ޖޭޕީގެ ރިޔާސީ ކެންޑިޑޭޓު ޤާސިމް/ ފޮޓޯ: ދެން
ހަބަރު
10 Jun 2023 | 05:11
އެމްޑީޕީއާއި ޕީޕީއެމް ޓެސްޓު ކުރެވިއްޖެ، މިފަހަރު ޖޭޕީއަށް ފުރުސަތު ދިނުން ކީއްތޯ؟: ޤާސިމް

ރާއްޖޭގައި އޮތް އެންމެ ބޮޑު ދެ ޕާޓީކަމަށްވާ ޕީޕީއެމްއާއި އެމްޑީޕީއަށް ވެރިކަން ކުރުމުގެ ފުރުސަތު ރައްޔިތުންނަށް ދެވިއްޖެކަމަށާއި، އަދި އެ ޕާޓީތަކުގެ ވެރިކަން ރައްޔިތުން ތަޖުރިބާ ވެސް ކޮށްފައިވާ ކަމަށާއި، މިހާރު ތަޖުރިބާ ނުކުރެވި އޮތީ ޖުމްހޫރީ ޕާޓީތަކަށް ވާތީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ޖޭޕީއަށް ވޯޓުދެއްވާމިފަހަރު ޖުމްހޫރީ ޕާޓީއަށް ވެރިކަން ކުރުމުގެ ފުރުސަތު ދެއްވުމަށް އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ޤާސިމް އިބްރާހިމް އެދިވަޑައިގެންފި އެވެ. 

ޤާސިމް މިފަދައިން އެދިވަޑައިގެންފައި ވަނީ ޖުމްހޫރީ ޕާޓީގެ ރިޔާސީ ޓިކެޓު އެމަނިކުފާނާއި ރަސްމީކޮށް ހަވާލުކުރި ޖަލްސާގައި ވާހަކަދައްކަވުން ނެވެ. 

ޤާސިމް ވިދާޅުވީ ފެހި ޤާނޫނު އަސާސީ ވުޖޫދުވިފަހުން އުފެދުނު ކޮންމެ ވެރިކަމެއް ވެސް އުފެދުނީ ޖޭޕީގެ ހިއްސާއާއި އެކުގައި ކަމަށެވެ. އަދި ވެރިކަމަށް އައުމަށްޓަކައި، ޖޭޕީއާއެކު އެކި ސަރުކާރުތަކުން އެއްބަސްވުންތައް ހަދާކަމަށާއި، އެހެން ނަމަވެސް ވެރިކަމަށް ހޮވުމާއެކު ކޯލިޝަންގެ ބޭނުން ކަނޑުވާލާކަމީ ފެންނަމުންދާ ކަމެއްކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. 

އެކަން ފާހަގަކުރައްވާ ޤާސިމް ވިދާޅުވީ ކޯލިޝަން ހަދައިގެން ވެރިކަމަށް އަންނަ ސަރުކާރުތަކުން ކޯލިޝަން ރޫޅާލާ، ނުވަތަ ބާކީކޮށްލަމުން ދިޔަ ނަމަވެސް، ސަރުކާރަށް ޖެއްސުންކުރުމަށް ނުވަތަ ދަތިކުރުމަށް ޖުމްހޫރީ ޕާޓީން މަސައްކަތްކޮށްފައި ނުވާނެ ކަމަށެވެ. އަދި ސަރުކާރަށް ވާގިވެރިވާ ބައެއްގެ ގޮތުގައި ޖޭޕީ ދެމިއޮންނަނީ ރައްޔިތުންގެ ހައްގުގައި ކަމަށެވެ. 

ޤާސިމް ވިދާޅުވީ ގައުމަށްޓަކައި، އަދި ރައްޔިތުންގެ ދިރިއުޅުން ތަނަވަސްކޮށް ފާގަތިކުރުމަށްޓަކައި ޖުމްހޫރީ ޕާޓީގެ އަމިއްލަ ވިސްނުންތަކާކާއި ތަސައްވުރެއް އޮންނަ ކަމަށެވެ. 

ކޯލިޝަން ހަދައިގެން ވެރިކަމަށް އައުމަށްފަހު، އެ ތަސައްވުރުތަކާއި އެއްގޮތަށް މަސައްކަތްކުރުމުގެ ފަހި ފުރުސަތުތަކެއް ޖޭޕީއަށް މިހާތަނަށް ލިބިފައި ނުވާކަމަށާއި، ޖޭޕީގެ ވެރިކަމެއް މިހާތަނަށް ރައްޔިތުންނަށް ތަޖުރިބާކޮށްލަން ވެސް ލިބިފައި ނުވާއިރު، މި އަހަރުގައި އޮންނަ ރިޔާސީ އިންތިޚާބުގައި އެ ފުރުސަތު ދެއްވުމަށް ޤާސިމް ވަނީ އެދިވަޑައިގެންފަ އެވެ. 

"ތިޔަ އިއްޒަތްތެރި ރައްޔިތުން ތިޔަ ވަނީ އެމްޑީޕީއާއި ޕީޕީއެމް ވެސް ތަޖުރިބާކޮށްފައި. ތިޔަ ބޭފުޅުންނަށް ޓެސްޓު ނުކުރެވި އޮތް ސިޔާސީ ފިކުރަކީ 2008 ގެ ފަހުން ރާއްޖޭގައި އުފެދުނު ސަރުކާރުތައް ވެރިކަމަށް ގެނައުމުގައި އެންމެ ބޮޑަށް އެހީތެރިވި ޖުމްހޫރީ ފިކުރު. އެހެންކަމުން ރައްޔިތުންގެ ކިބައިން ފެށިގެން އަންނަ ވެރިކަމުގެ މޫރިތިކަން ހަގީގީ މާނައިގައި ދެކެވަޑައިގަންނަވަން ބޭނުންފުޅުވާނަމަ އެ ފުރުސަތު އަޅުގަނޑަށާއި ޖުމްހޫރީ ޕާޓީއަށް ދެއްވުން ކީއްތޯ"

ޖޭޕީގެ ލީޑަރު ޤާސިމް އިބްރާހިމް

ޤާސިމު ވިދާޅުވީ އެމަނިކުފާނަށް ރައްޔިތުން އިތުބާރުކޮށް 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވޯޓުދެއްވާ ވެރިކަމަށް ހޮއްވަވައިފި ނަމަ ރައްޔިތުންނަށް އުފާވެރި ހިތްފަސޭހަ އަމާން މާހައުލެއް ގާއިމްކޮށްދިނުމަށް މަސައްކަތްޕުޅު ކުރައްވާނެކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ. 

އަދި އެމަނިކުފާނު އަބަދުވެސް އިސްކުރައްވާނީ ގައުމާއި ރައްޔިތުންގެ މަސްލަހަތު ކަމަށާއި، އެމަނިކުފާނަކީ ދައުލަތުގެ ބައި ރުިފޔާއެއްގައި ވެސް ޖެހިވަޑައިގަންނަވާނެ ބޭފުޅަކަށް ނުވާނެކަމަށް ޤާސިމް ވިދާޅުވި އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Sep 2026
ޤުރުއާން ކިޔެވުމުގެ 38 ވަނަ ގައުމީ މުބާރާތުގެ ރަންވަނަތައް އިޒުޢާން، އާޔަން އަދި ޒީކަށް
ޙާފިޡުގެ ގޮފިން، މުޅި މުބާރާތުން އެއް ވަނަ ޚާޞިލްކޮށްފައިވަނީ އިސްމާޢީލް އިޒުޢާން އިބްރާހީމްއެވެ. މުޅި މުބާރާތުން ނުބަލާ ކިޔެވުމުގެ ގޮފިން އެެއް ވަނަ ޚާޞިލްކޮށްފައިވަނީ ޢާއިޝަތު ޒީކް ރިޔާޟްއެވެ.
25 Sep 2026
މަސްޖިދުލްޙަރާމްގެ އިމާމު ޑރ ޔާސިރް އައްދައުސަރީ ރާއްޖެ ވަޑައިގަންނަވަނީ
މިއީ 43 އަހަރު ފަހުން މަސްޖިދުލް ޙަރަމްގެ އިމާމަކު ރާއްޖެވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.
24 Sep 2026
ފަހު ހާފްގައި ޖެހި ލަނޑުތަކާއެކު ޗައިނާއިން ދިވެހިރާއްޖެ ބަލިކޮށްފި
އީތަން އަދި އިލާން ނުލައި ރާއްޖެ ނުކުތް މި މެޗުގެ ފުރަތަމަ ހާފްގައި، ޗައިނާ ކުޅުންތެރިން ފޮނުވާލި ގިނަ ހަމަލާތައް ރާއްޖޭގެ ކީޕަރު ވަނީ ވަރަށް ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.
24 Sep 2026
ގަން އެއާޕޯޓުން 3,345 ގްރާމުގެ ކެނަބިސް އަތުލައިގެންފި
މި ތަކެތި ފެނިފައިވަނީ ސެޕްޓެމްބަރު 22 ވަނަ ދުވަހު ގަން އިންޓަރނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެ އެތެރެވި އިންޑިއާގެ ދެ ރައްޔިތެއްގެ ފޮށިތައް ބަލައި ފާސްކުރުމުގެ ތެރޭގައެވެ.
24 Sep 2026
ބާރަށުގައި ރޭގަނޑު 9 ގެ ފަހުން ދަރިވަރުން ބޭރުގައި އުޅުން މަނާކޮށްފި
ޒަރޫރީ ބޭނުމެއް ނެތި ރޭގަނޑު ނުވައެއް ޖެހުމަށް ފަހު، ބެލެނިވެރިއަކާއެކު މެނުވީ ދަރިވަރުން ބޭރުގައި
24 Sep 2026
އެމްޓީސީސީގެ މަސައްކަތްތަކަށް ޔޫއޭއީ ކުންފުންޏަކުން އިންވެސްޓުކުރުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފި
ޔޫއޭއީގެ އެންއެމްޑީސީއާ އެމްޓީސީސީ ގުޅިގެން ރާއްޖޭގައި މަޝްރޫޢުތައް ހިންގުމާއި ޑްރެޖިންގ ސަޕޯޓާއި މުވައްޒަފުން ތަމްރީނުކުރުމާ ގުޅޭ ގޮތުން އަބޫދާބީގައި މަޝްވަރާކޮށް، އެއްބަސްވުމެއްގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ.
24 Sep 2026
ހިލޭ ޑިގްރީ ސްކީމުގައި ބައިވެރިވި ދެބައިކުޅަ އެއްބައި ދަރިވަރުން ކޯސް ނުނިންމާ
އެ ރިޕޯޓުގައި ދިރާސާކޮށްފައި ވަނީ ހިލޭ ޑިގްރީ ސްކީމް ހިންގުމުގައި ކަންކަން އޮތް ގޮތެވެ. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ) އާއި ކިޔަވައިދޭ އެކި މަރުކަޒުތަކުން ހޯދި ތަފާސްހިސާބުތައް ދައްކާ ގޮތުން އެ މުއްދަތުގައި ޖުމްލަ 11641 ދަރިވަރުން ސްކީމުގައި ބައިވެރިވެފައިވެއެވެ. ނަމަވެސް ކޯސް ނިންމައިގެން ނުކުމެފައި ވަނީ 5833 ދަރިވަރުންނެވެ.
24 Sep 2026
ޗައިނާއާ އޮތީ ވަރަށް ގާތްގުޅުމެއް، އެ ގުޅުމުގެ ފައިދާ ވަރަށް ބޮޑު: ރައީސް
ރައީސް ވިދާޅުވީ ދެ ގައުމުގެ ގުޅުން ބިނާވެފައި އޮތީ އިހްތިރާމްގެ މައްޗަށް ކަމަށާ ރާއްޖެއާ ޗައިނާގެ ގުޅުމަކީ ފައިދާހުރި ގުޅުމެއް ކަމަަށެވެ. އެ ގުޅުމުގެ ފައިދާ މުސްތަގުބަލުގައި ވެސް ލިބިގެންދާނެ ކަމަށް ވިދާޅުވި އެވެ.