ޤާސިމަށް ޓިކެޓު ހަވާލުކުރުމަށް ބޭއްވި ޖަލްސާގެ ތެރެއިން/ ފޮޓޯ: ދެން
ހަބަރު
09 Jun 2023 | 23:34
ޖޭޕީގެ ރިޔާސީ ސްލޯގަން: "ހާސްކަނޑާލާ، ހަމަޖެހޭނެ، ކުރިއަށް ދިވެހި ޤައުމު"

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ޖުމްހޫރީ ޕާޓީން ރަސްމީކޮށް ބޭނުންކުރާނެ ރަސްމީ ސްލޯގަން "ހާސް ކަނޑާލާ، ހަމަޖެހޭނެ، ކުރިއަށް ދިވެހި ޤައުމު" ރަސްމީކޮށް އިފްތިތާހުކޮށްދެއްވައިފި އެވެ. 

މި ސްލޯގަން އިފްތިތާހުކޮށްދެއްވީ ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ޤާސިމް އިބްރާހިމަށް ރިޔާސީ ޓިކެޓު އެރުވުމަށް ބޭއްވި ޚާއްސަ ޖަލްސާގައި އެމަނިކުފާނެވެ. 

މި ޖަލްސާގައި ރިޔާސީ އިންތިޚާބުގައި ޖޭޕީން ބޭނުން ކުރާނެ ރަސްމީ ސްލޯގަންގެ އިތުރުން ކެމްޕޭނުގެ ރަސްމީ ލަވަ ވެސް ވަނީ އިފްތިތާހުކޮށްދެއްވާފަ އެވެ. 

ޤާސިމް އިބްރާހިމަށް ޖޭޕީގެ ރިޔާސީ ޓިކެޓު އަރުވާފައިވާއިރު، އެމަނިކުފާނު ވަނީ ޓިކެޓު ޤަބޫލުފުޅު ކުރައްވާފަ އެވެ. ޤާސިމަށް ޖޭޕީގެ ރިޔާސީ ޓިކެޓު ދިނުމަށް ނިންމާފައިވަނީ ޖޭޕީގެ ކައުންސިލްގެ ފުރިހަމަ އަގުލަބިއްޔަތުންނެވެ. 

ރިޔާސީ ޓިކެޓު ޤާސިމަށް އެރުވި ޚާއްސަ ހަފްލާގައި ގިނަ ބަޔަކު ބައިވެރިވެވަޑައިގެންފައި ވާއިރު، ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ޖޭޕީއަށް ފުރުސަތު ދެއްވުމަށް ޤާސިމް ވަނީ އެދިވަޑައިގެންފަ އެވެ. 

ޖުމްހޫރީ ޕާޓީއަކީ ފެހި ޤާނޫނު އަސާސީއަށްފަހު ރާއްޖޭގައި އުފެދުނު ކޮންމެ ވެރިކަމަކަށް އެއްބާރުލުން ދެމުން އައި ޕާޓީއެއް ކަމަށާއި، ރާއްޖޭގައި ތިންވަނައަށް އެންމެ މީހުން ގިނަ ޕާޓީއަށް ވެފައި، ތަޖުރިބާކާރުން ގިނަ ޕާޓީއަކަށް ވުމުން، މިފަހަރަކީ ޖޭޕީގެ ފަހަރުކަމުގައި ހައްދަވާ އެ ޕާޓީއަށް ރައްޔިތުން އިތުބާރުކުރެއްވުމަށް ވެސް ޤާސިމް ވަނީ އެދިވަޑައިގަންނަވާފަ އެވެ. 

މިރޭގެ ޖަލްސާގައި ރިޔާސީ އިންތިޚާބަށް ޖޭޕީން ތައްޔާރުކޮށްފައިވާ މެނިފެސްޓޯގައި ހިމަނާފައިވާ ބައެއް މުހިންމު ކަންކަން ވެސް ވަނީ ހާމަކުރައްވާފަ އެވެ. އަދި ޤާސިމްގެ މުހިންމު ވައުދުތައް ވެސް ހިއްސާކުރައްވާފައި ވެއެވެ. 

ކޮމެންޓް
ސަލާހު މިގިލީ
ހާސްކަނޑާލާ ވެރިކަމޭ ނުކިޔާ ތިމާގެންގުޅޭ މުއައްޒިފުންގެ މުސާރަބޮޑުކޮއްބަލަ އަދި ސޭވިސްޗާޖުކޮޅު ބައިނާޅާ ހަމަޔައްދީބަލައަބަދު ވެރިކަން ނުގޮވާ ފުރަތަމަ މިކަންތައްކޮއްލަނަ ފެނޭ
10 Jun 2023
ގުޅޭ ލިޔުންތައް
25 Sep 2026
ޤުރުއާން ކިޔެވުމުގެ 38 ވަނަ ގައުމީ މުބާރާތުގެ ރަންވަނަތައް އިޒުޢާން، އާޔަން އަދި ޒީކަށް
ޙާފިޡުގެ ގޮފިން، މުޅި މުބާރާތުން އެއް ވަނަ ޚާޞިލްކޮށްފައިވަނީ އިސްމާޢީލް އިޒުޢާން އިބްރާހީމްއެވެ. މުޅި މުބާރާތުން ނުބަލާ ކިޔެވުމުގެ ގޮފިން އެެއް ވަނަ ޚާޞިލްކޮށްފައިވަނީ ޢާއިޝަތު ޒީކް ރިޔާޟްއެވެ.
25 Sep 2026
މަސްޖިދުލްޙަރާމްގެ އިމާމު ޑރ ޔާސިރް އައްދައުސަރީ ރާއްޖެ ވަޑައިގަންނަވަނީ
މިއީ 43 އަހަރު ފަހުން މަސްޖިދުލް ޙަރަމްގެ އިމާމަކު ރާއްޖެވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.
24 Sep 2026
ފަހު ހާފްގައި ޖެހި ލަނޑުތަކާއެކު ޗައިނާއިން ދިވެހިރާއްޖެ ބަލިކޮށްފި
އީތަން އަދި އިލާން ނުލައި ރާއްޖެ ނުކުތް މި މެޗުގެ ފުރަތަމަ ހާފްގައި، ޗައިނާ ކުޅުންތެރިން ފޮނުވާލި ގިނަ ހަމަލާތައް ރާއްޖޭގެ ކީޕަރު ވަނީ ވަރަށް ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.
24 Sep 2026
ގަން އެއާޕޯޓުން 3,345 ގްރާމުގެ ކެނަބިސް އަތުލައިގެންފި
މި ތަކެތި ފެނިފައިވަނީ ސެޕްޓެމްބަރު 22 ވަނަ ދުވަހު ގަން އިންޓަރނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެ އެތެރެވި އިންޑިއާގެ ދެ ރައްޔިތެއްގެ ފޮށިތައް ބަލައި ފާސްކުރުމުގެ ތެރޭގައެވެ.
24 Sep 2026
ބާރަށުގައި ރޭގަނޑު 9 ގެ ފަހުން ދަރިވަރުން ބޭރުގައި އުޅުން މަނާކޮށްފި
ޒަރޫރީ ބޭނުމެއް ނެތި ރޭގަނޑު ނުވައެއް ޖެހުމަށް ފަހު، ބެލެނިވެރިއަކާއެކު މެނުވީ ދަރިވަރުން ބޭރުގައި
24 Sep 2026
އެމްޓީސީސީގެ މަސައްކަތްތަކަށް ޔޫއޭއީ ކުންފުންޏަކުން އިންވެސްޓުކުރުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފި
ޔޫއޭއީގެ އެންއެމްޑީސީއާ އެމްޓީސީސީ ގުޅިގެން ރާއްޖޭގައި މަޝްރޫޢުތައް ހިންގުމާއި ޑްރެޖިންގ ސަޕޯޓާއި މުވައްޒަފުން ތަމްރީނުކުރުމާ ގުޅޭ ގޮތުން އަބޫދާބީގައި މަޝްވަރާކޮށް، އެއްބަސްވުމެއްގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ.
24 Sep 2026
ހިލޭ ޑިގްރީ ސްކީމުގައި ބައިވެރިވި ދެބައިކުޅަ އެއްބައި ދަރިވަރުން ކޯސް ނުނިންމާ
އެ ރިޕޯޓުގައި ދިރާސާކޮށްފައި ވަނީ ހިލޭ ޑިގްރީ ސްކީމް ހިންގުމުގައި ކަންކަން އޮތް ގޮތެވެ. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ) އާއި ކިޔަވައިދޭ އެކި މަރުކަޒުތަކުން ހޯދި ތަފާސްހިސާބުތައް ދައްކާ ގޮތުން އެ މުއްދަތުގައި ޖުމްލަ 11641 ދަރިވަރުން ސްކީމުގައި ބައިވެރިވެފައިވެއެވެ. ނަމަވެސް ކޯސް ނިންމައިގެން ނުކުމެފައި ވަނީ 5833 ދަރިވަރުންނެވެ.
24 Sep 2026
ޗައިނާއާ އޮތީ ވަރަށް ގާތްގުޅުމެއް، އެ ގުޅުމުގެ ފައިދާ ވަރަށް ބޮޑު: ރައީސް
ރައީސް ވިދާޅުވީ ދެ ގައުމުގެ ގުޅުން ބިނާވެފައި އޮތީ އިހްތިރާމްގެ މައްޗަށް ކަމަށާ ރާއްޖެއާ ޗައިނާގެ ގުޅުމަކީ ފައިދާހުރި ގުޅުމެއް ކަމަަށެވެ. އެ ގުޅުމުގެ ފައިދާ މުސްތަގުބަލުގައި ވެސް ލިބިގެންދާނެ ކަމަށް ވިދާޅުވި އެވެ.