ޓިކެޓު ޖަލްސާގައި ޤާސިމް ވާހަކަދައްކަވަނީ/ ފޮޓޯ: ދެން
ހަބަރު
10 Jun 2023 | 05:17
ވެރިކަމުގެ ފުރަތަމަ 100 ދުވަސްތެރޭ ހިޔާ ފްލެޓުގެ ހުރިހާ މައްސަލައެއް ހައްލުކުރާނަން: ޤާސިމް

ވެރިކަމަށް ހުވާކުރައްވާތާ ފުރަތަމަ 100 ދުވަސްތެރޭ މިހާރު ހިޔާ ފްލެޓުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ދިމާވެފައިވާ ހުރިހާ މައްސަލައެއް ޙައްލުކޮށްދެއްވާނެކަމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ޤާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ. 

ޖޭޕީގެ ރިޔާސީ ޓިކެޓު ޤާސިމް އިބްރާހިމަށް ޙަވާލުކުރުމަށް ބޭއްވި ހަލްފާގައި އެމަނިކުފާނު ވަނީ ރިޔާސީ އިންތިޚާބަށް ކުރިމަތިލައްވާއިރު، އެމަނިކުފާނުގެ ރިޔާސީ މެނިފެސްޓޯގައި ހިމެނޭ ބައެއް ކަންކަން ރައްޔިތުންނާއި ހިއްސާކުރައްވާފަ އެވެ. 

އެގޮތުން ޤާސިމް ވިދާޅުވީ ހިޔާ ފްލެޓުގައި ދިރިއުޅޭ ރައްޔިތުންނަށް ދިމާވެފައިވާ މައްސަލަތައް ޙައްލުކުރުމަކީ އެމަނިކުފާނުގެ ވެރިކަމުގައި ޚާއްސަ އަހަންމިއްޔަތުކަމެއް ދީގެން ކުރައްވާނެ މަސައްކަތެއް ކަމަށެވެ. 

"ހިޔާ ފްލެޓުތަކުގައި ހުރި މައްސަލަތައް ފުރަތަމަ 100 ދުވަހުގެ ތެރޭގައި ޙައްލުކުރުމަށް އިސްކަންދީ ޓަވަރުތަކުގައި އިތުރު އެލެވޭޓަރާއި ބެކަޕް ޖަނަރޭޓަރު ބަހައްޓާ ހިޔާ ނޭބަހުޑް ޕާކުތައް ތަރައްގީކުރާނަން" 

ޖޭޕީގެ ލީޑަރު ޤާސިމް އިބްރާހިމް 

ޤާސިމް ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމެއްގައި ބޯހިޔާވަހިކަމުގެ މައްސަލަ ތަހަންމަލް ކުރަމުންދާ ރައްޔިތުންގެ ހާސްކަމާއި، އެ ރައްޔިތުންގެ އޮތް ނުތަވަސްކަން ފިލުވާ ދެއްވާނެކަމަށެވެ. 

ވެރިކަމުގެ ފުރަތަމަ ދައުރުގައި މަދުވެގެން 20000 ހައުސިން ޔުނިޓު އަޅުއްވާނެ ކަމަށާއި، އަދި ޓާގެޓުކުރައްވަނީ އެ އަދަދު 30000 އަށް ޖެއްސުމަށްކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Sep 2026
ޤުރުއާން ކިޔެވުމުގެ 38 ވަނަ ގައުމީ މުބާރާތުގެ ރަންވަނަތައް އިޒުޢާން، އާޔަން އަދި ޒީކަށް
ޙާފިޡުގެ ގޮފިން، މުޅި މުބާރާތުން އެއް ވަނަ ޚާޞިލްކޮށްފައިވަނީ އިސްމާޢީލް އިޒުޢާން އިބްރާހީމްއެވެ. މުޅި މުބާރާތުން ނުބަލާ ކިޔެވުމުގެ ގޮފިން އެެއް ވަނަ ޚާޞިލްކޮށްފައިވަނީ ޢާއިޝަތު ޒީކް ރިޔާޟްއެވެ.
25 Sep 2026
މަސްޖިދުލްޙަރާމްގެ އިމާމު ޑރ ޔާސިރް އައްދައުސަރީ ރާއްޖެ ވަޑައިގަންނަވަނީ
މިއީ 43 އަހަރު ފަހުން މަސްޖިދުލް ޙަރަމްގެ އިމާމަކު ރާއްޖެވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.
24 Sep 2026
ފަހު ހާފްގައި ޖެހި ލަނޑުތަކާއެކު ޗައިނާއިން ދިވެހިރާއްޖެ ބަލިކޮށްފި
އީތަން އަދި އިލާން ނުލައި ރާއްޖެ ނުކުތް މި މެޗުގެ ފުރަތަމަ ހާފްގައި، ޗައިނާ ކުޅުންތެރިން ފޮނުވާލި ގިނަ ހަމަލާތައް ރާއްޖޭގެ ކީޕަރު ވަނީ ވަރަށް ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.
24 Sep 2026
ގަން އެއާޕޯޓުން 3,345 ގްރާމުގެ ކެނަބިސް އަތުލައިގެންފި
މި ތަކެތި ފެނިފައިވަނީ ސެޕްޓެމްބަރު 22 ވަނަ ދުވަހު ގަން އިންޓަރނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެ އެތެރެވި އިންޑިއާގެ ދެ ރައްޔިތެއްގެ ފޮށިތައް ބަލައި ފާސްކުރުމުގެ ތެރޭގައެވެ.
24 Sep 2026
ބާރަށުގައި ރޭގަނޑު 9 ގެ ފަހުން ދަރިވަރުން ބޭރުގައި އުޅުން މަނާކޮށްފި
ޒަރޫރީ ބޭނުމެއް ނެތި ރޭގަނޑު ނުވައެއް ޖެހުމަށް ފަހު، ބެލެނިވެރިއަކާއެކު މެނުވީ ދަރިވަރުން ބޭރުގައި
24 Sep 2026
އެމްޓީސީސީގެ މަސައްކަތްތަކަށް ޔޫއޭއީ ކުންފުންޏަކުން އިންވެސްޓުކުރުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފި
ޔޫއޭއީގެ އެންއެމްޑީސީއާ އެމްޓީސީސީ ގުޅިގެން ރާއްޖޭގައި މަޝްރޫޢުތައް ހިންގުމާއި ޑްރެޖިންގ ސަޕޯޓާއި މުވައްޒަފުން ތަމްރީނުކުރުމާ ގުޅޭ ގޮތުން އަބޫދާބީގައި މަޝްވަރާކޮށް، އެއްބަސްވުމެއްގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ.
24 Sep 2026
ހިލޭ ޑިގްރީ ސްކީމުގައި ބައިވެރިވި ދެބައިކުޅަ އެއްބައި ދަރިވަރުން ކޯސް ނުނިންމާ
އެ ރިޕޯޓުގައި ދިރާސާކޮށްފައި ވަނީ ހިލޭ ޑިގްރީ ސްކީމް ހިންގުމުގައި ކަންކަން އޮތް ގޮތެވެ. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ) އާއި ކިޔަވައިދޭ އެކި މަރުކަޒުތަކުން ހޯދި ތަފާސްހިސާބުތައް ދައްކާ ގޮތުން އެ މުއްދަތުގައި ޖުމްލަ 11641 ދަރިވަރުން ސްކީމުގައި ބައިވެރިވެފައިވެއެވެ. ނަމަވެސް ކޯސް ނިންމައިގެން ނުކުމެފައި ވަނީ 5833 ދަރިވަރުންނެވެ.
24 Sep 2026
ޗައިނާއާ އޮތީ ވަރަށް ގާތްގުޅުމެއް، އެ ގުޅުމުގެ ފައިދާ ވަރަށް ބޮޑު: ރައީސް
ރައީސް ވިދާޅުވީ ދެ ގައުމުގެ ގުޅުން ބިނާވެފައި އޮތީ އިހްތިރާމްގެ މައްޗަށް ކަމަށާ ރާއްޖެއާ ޗައިނާގެ ގުޅުމަކީ ފައިދާހުރި ގުޅުމެއް ކަމަަށެވެ. އެ ގުޅުމުގެ ފައިދާ މުސްތަގުބަލުގައި ވެސް ލިބިގެންދާނެ ކަމަށް ވިދާޅުވި އެވެ.