ޖޭޕީގެ ލީޑަރު ޤާސިމް އިބްރާހިމް/ ފޮޓޯ: ދެން
ހަބަރު
10 Jun 2023 | 09:13
ވެރިކަމުގައި އެންމެ އިސްކަން ދޭނީ އަރަބިއްޔާ ސުކޫލުގެ މައްސަލަ ޙައްލުކުރުމަށް: ޤާސިމް

ޖުމްހޫރީ ޕާޓީގެ ވެރިކަމެއްގައި އެންމެ އިސްކަން ދެއްވާނީ އަރަބިއްޔާ ސުކޫލަށް ދިމާވެފައިވާ މައްސަލަތައް ޙައްލުކުރުމަށް ކަމަށް އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު އަދި ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ. 

ޖުމްހޫރީ ޕާޓީގެ ރިޔާސީ ޓިކެޓު ޕާޓީގެ ކެންޑިޑޭޓު ޤާސިމް އިބްރާހިމަށް އެރުވުމަށް ބޭއްވި ޚާއްސަ ރަސްމިޔާތުގައި ވާހަކަދައްކަވަމުން ޤާސިމް ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމެއްގައި އެންމެ އިސްކަމެއް ދެއްވާނެ ކަމަކީ ދިވެހިރާއްޖޭގައި އަރަބި އިސްލާމީ ތައުލީމު ކިޔވައިދޭ ހަމައެކަނި ސުކޫލުކަމަށްވާ އަރަބިއްޔާ ސުކޫލަށް މިހާރު ދިމާވެފައިވާ މައްސަލަތަކަށް ދާއިމީ ޙައްލެއް ހޯއްދަވާދެއްވުމަށެވެ. 

އަރަބިއްޔާ ސުކޫލުގެ އިމާރާތް މަރާމާތުނުކުރެވި ގިނަ ދުވަސްތަކެއް ވެގެންދިއުމާއި ގުޅިގެން އެ ސުލޫކުގެ އިމާރާތް މަރާމާތުނުކޮށް ކިޔަވައިދެމުން ދިއުމަކީ ދަރިވަރުންނަށް ރައްކާތެރިގޮތެއް ކަމަށް ނުފެންނާނީ ބެލެނިވެރިން މުޒާހަރާކޮށްގެން ކުދިން ވަނީ ވަގުތީ އިމާރާތަކަށް ބަދަލުކޮށްފަ އެވެ. އަދި ސުކޫލުގެ ދާއިމީ އިމާރާތް މި ދައުރުގައި ނިންމާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ވަނީ ވައުދުވެވަޑައިގެންފަ އެވެ. 

އެހެން ނަމަވެސް މިހާތަނަށް އެ ސުކޫލުގެ އަމަލީ މަސައްކަތް ނިންމާފައެއް ނުވެއެވެ. އަދި އެ މަސައްކަތް ދާ ސްޕީޑާއި ގުޅިގެން ދައުރު ނިމެންވާއިރަށް ސުކޫލު އިމާރާތް ނިންމާލެވިދާނެ ކަމާމެދު ބެލެނިވެރިން ގެންދަނީ ސުވާލު އުފައްދަވަމުންނެވެ. 

މިހާރު އެ ސުކޫލުގެ ދަރިވަރުން ކިޔަވަމުންދަނީ ފޮރިން މިނިސްޓްރީގެ ވަގުތީ އިމާރާތުގައެވެ. އެތަނުގއި ދަރިވަރުން ކިޔަވަމުންދާއިރު އަސާސީ އެތައް ކަމަކުން ދަރިވަރުން މަހުރޫމުވެފައިވާކަން ބެލެނިވެރިން ދަނީ ފާހަގަކުރަމުން ނެވެ. އަދި އެކަން ޙައްލުކޮށްދިނުމަށް އެދި ބެލިވެރިން ވަނީ އެކިފަހަރުމަތިން އިހުތިޖާޖުވެސް ކޮށްފަ އެވެ. 

އޭގެ އިތުރުން އަރަބިއްޔާ ސުކޫލުގައި މޫނު ބުރުގާ އަޅައިގެން ކިޔަވަންދާ ދަރިވަރުންނަށް، މޫނު ބުރުގާނަގަން މަޖުބޫރުކުރުމާއި ސުކޫލުގައި ފުރައްސާރަކުރުންފަދަ އެތައް ކަމެއް ކުރިމަތިވަމުންދާކަން ބެލެނިވެރިން ގެންދަނީ ފާހަގަކުރަމުން ނެވެ. އަދި އެ ސުކޫލާއި އެހެން ސުކޫލުތަކާއި ތަފާތުކުރާ ކަމުގެ އެތައް ޝަކުވާއެއް ބެލެނިވެރިން ކުރަމުންދާކަން ވެސް ފާހަގަކޮށްލެވެއެވެ. 

ޓިކެޓު ޖަލްސާގައި ޤާސިމްގެ ވެރިކަމުގެ ތައުލީމީ ސިޔާސަތާއި ގުޅޭގޮތުން ވާހަކަދައްކަވަމުން ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމުގައި އަރަބިއްޔާ ސުކޫލަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމަކީ އެންމެ އިސްކަން ދީގެން ކުރައްވާނެ މަސައްކަތް ކަމަށެވެ. 

"އަރަބިއްޔާ ސުކޫލާއި އަރަބިއްޔާގެ ބެލެނިވެރިންގެ ކަންބޮޑުވުންތަކަށް ޙައްލެއް ހޯދައިދިނުމަކީ އަޅުގަނޑުގެ ވެރިކަމުގައި އެންމެ އިސްކަން ދޭނެ ކަންތައްތަކުގެ ތެރޭގައި ހިމަނާނަން"

ޖޭޕީގެ ލީޑަރު ޤާސިމް 

ޤާސިމް ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމުގައި ތައުލީމީ ސިޔާސަތަށް ވެސް ބޮޑު ބަދަލެއް ގެންނަވާނެ ކަމަށެވެ. އަދި ސުކޫލުތަކުން ކިޔަވައިގެން ނިކުންނަ ދަރިވަރުން މަސައްކަތުގެ މާހައުލަށް އަހުލުވެރި ކުރުވުމަށްޓަކައި ވެސް މުހިންމު ގިނަ މަސައްކަތްޕުޅުތަކެއް ކުރައްވާނެކަމަށް ޤާސިމް ވަނީ ވިދާޅުވެފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Sep 2026
ޤުރުއާން ކިޔެވުމުގެ 38 ވަނަ ގައުމީ މުބާރާތުގެ ރަންވަނަތައް އިޒުޢާން، އާޔަން އަދި ޒީކަށް
ޙާފިޡުގެ ގޮފިން، މުޅި މުބާރާތުން އެއް ވަނަ ޚާޞިލްކޮށްފައިވަނީ އިސްމާޢީލް އިޒުޢާން އިބްރާހީމްއެވެ. މުޅި މުބާރާތުން ނުބަލާ ކިޔެވުމުގެ ގޮފިން އެެއް ވަނަ ޚާޞިލްކޮށްފައިވަނީ ޢާއިޝަތު ޒީކް ރިޔާޟްއެވެ.
25 Sep 2026
މަސްޖިދުލްޙަރާމްގެ އިމާމު ޑރ ޔާސިރް އައްދައުސަރީ ރާއްޖެ ވަޑައިގަންނަވަނީ
މިއީ 43 އަހަރު ފަހުން މަސްޖިދުލް ޙަރަމްގެ އިމާމަކު ރާއްޖެވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.
24 Sep 2026
ފަހު ހާފްގައި ޖެހި ލަނޑުތަކާއެކު ޗައިނާއިން ދިވެހިރާއްޖެ ބަލިކޮށްފި
އީތަން އަދި އިލާން ނުލައި ރާއްޖެ ނުކުތް މި މެޗުގެ ފުރަތަމަ ހާފްގައި، ޗައިނާ ކުޅުންތެރިން ފޮނުވާލި ގިނަ ހަމަލާތައް ރާއްޖޭގެ ކީޕަރު ވަނީ ވަރަށް ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.
24 Sep 2026
ގަން އެއާޕޯޓުން 3,345 ގްރާމުގެ ކެނަބިސް އަތުލައިގެންފި
މި ތަކެތި ފެނިފައިވަނީ ސެޕްޓެމްބަރު 22 ވަނަ ދުވަހު ގަން އިންޓަރނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެ އެތެރެވި އިންޑިއާގެ ދެ ރައްޔިތެއްގެ ފޮށިތައް ބަލައި ފާސްކުރުމުގެ ތެރޭގައެވެ.
24 Sep 2026
ބާރަށުގައި ރޭގަނޑު 9 ގެ ފަހުން ދަރިވަރުން ބޭރުގައި އުޅުން މަނާކޮށްފި
ޒަރޫރީ ބޭނުމެއް ނެތި ރޭގަނޑު ނުވައެއް ޖެހުމަށް ފަހު، ބެލެނިވެރިއަކާއެކު މެނުވީ ދަރިވަރުން ބޭރުގައި
24 Sep 2026
އެމްޓީސީސީގެ މަސައްކަތްތަކަށް ޔޫއޭއީ ކުންފުންޏަކުން އިންވެސްޓުކުރުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފި
ޔޫއޭއީގެ އެންއެމްޑީސީއާ އެމްޓީސީސީ ގުޅިގެން ރާއްޖޭގައި މަޝްރޫޢުތައް ހިންގުމާއި ޑްރެޖިންގ ސަޕޯޓާއި މުވައްޒަފުން ތަމްރީނުކުރުމާ ގުޅޭ ގޮތުން އަބޫދާބީގައި މަޝްވަރާކޮށް، އެއްބަސްވުމެއްގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ.
24 Sep 2026
ހިލޭ ޑިގްރީ ސްކީމުގައި ބައިވެރިވި ދެބައިކުޅަ އެއްބައި ދަރިވަރުން ކޯސް ނުނިންމާ
އެ ރިޕޯޓުގައި ދިރާސާކޮށްފައި ވަނީ ހިލޭ ޑިގްރީ ސްކީމް ހިންގުމުގައި ކަންކަން އޮތް ގޮތެވެ. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ) އާއި ކިޔަވައިދޭ އެކި މަރުކަޒުތަކުން ހޯދި ތަފާސްހިސާބުތައް ދައްކާ ގޮތުން އެ މުއްދަތުގައި ޖުމްލަ 11641 ދަރިވަރުން ސްކީމުގައި ބައިވެރިވެފައިވެއެވެ. ނަމަވެސް ކޯސް ނިންމައިގެން ނުކުމެފައި ވަނީ 5833 ދަރިވަރުންނެވެ.
24 Sep 2026
ޗައިނާއާ އޮތީ ވަރަށް ގާތްގުޅުމެއް، އެ ގުޅުމުގެ ފައިދާ ވަރަށް ބޮޑު: ރައީސް
ރައީސް ވިދާޅުވީ ދެ ގައުމުގެ ގުޅުން ބިނާވެފައި އޮތީ އިހްތިރާމްގެ މައްޗަށް ކަމަށާ ރާއްޖެއާ ޗައިނާގެ ގުޅުމަކީ ފައިދާހުރި ގުޅުމެއް ކަމަަށެވެ. އެ ގުޅުމުގެ ފައިދާ މުސްތަގުބަލުގައި ވެސް ލިބިގެންދާނެ ކަމަށް ވިދާޅުވި އެވެ.