ޖޭޕީގެ ލީޑަރު ޤާސިމް އިބްރާހިމް/ ފޮޓޯ: ދެން
ހަބަރު
10 Jun 2023 | 09:15
ވެރިކަމުގެ ފުރަތަމަ 5 އަހަރުން 100 މިލިއަނަރުން އުފައްދަން ޤާސިމް ވައުދުވެއްޖެ!

ވެރިކަމުގެ ފުރަތަމަ 5 އަހަރު ދުވަސްތެރޭ ދިވެހިރާއްޖޭގައި 100 މިލިއަނަރުން އުފައްދަދާދެއްވާނެކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ޤާސިމް އިބްރާހިމް ވައުދުވެވަޑައިގެންފި އެވެ. 

ރިޔާސީ އިންތިޚާބުގައި ޖުމްހޫރީ ޕާޓީން ވާދަކުރައްވާ އެ ޕާޓީގެ ކެންޑިޑޭޓު ޤާސިމް އިބްރާހިމަށް ރިޔާސީ ޓީކެޓު ހަވާލުކުރުމުގެ ޖަލްސާގައި ވާހަކަދައްކަވަމުން ޤާސިމް ވަނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ފުޅާކުރުމަށް އެމަނިކުފާނު ގެންގުޅުއްވާ ތަސައްވަރާއި، އެކަމާއި ގުޅޭގޮތުން މެނިފެސްޓޯގައި ހުރި ބައެއް މުހިންމު ކަންކަން ހާމަކުރައްވާފަ އެވެ. 

ޤާސިމް ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމުގައި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް 3 ބިލިއަން ރުފިޔާ ހޭދަކޮށް، 500 ސްމޯލް ބިޒްނަސްމަނުން އުފައްދަވާނެކަމަށެވެ. އަދި ވެރިކަމުގެ ފުރަތަމަ ދައުރުގައި 100 މިލިއަނަރުން ރާއްޖޭގައި އުފައްދަވާދެއްވާނެ ކަމަށެވެ.

"5 އަހަރު ދުވަހުގެ މުއްދަތުގެ ތެރޭގައި ދިވެހިރާއްޖޭގައި 100 މިލިއަނަރުން އުފައްދާނަން"

ޖޭޕީގެ ލީޑަރު ޤާސިމް އިބްރާހިމް 

ސިޔާސީ މައިދާނުގައި އެތައް ދުވަހެއް ވަންދެން ހަރަކާތްތެރިވަމުން އައިސްފައިވި ނަމަވެސް ޤާސިމަކީ ރާއްޖޭގައި އުފެދުނު އެންމެ ސްމާޓު ބިޒްނަސްމޭން ކަމަށް ޖޭޕީގެ އެޑްވައިޒަރުން ގެންދަވަނީ ފާހަގަކުރައްވަމުން ނެވެ. 

އަމިއްލަ މަސައްކަތުން ޤާސިމް އޭނާގެ ވިޔަފާރި ކޮޅަށް ޖަހައި، މިހާތަނަށް އެ ވިޔަފާރިތައް ބަލަހައްޓަމުން ގެންދަވާ ގޮތަށް ތައުރީފު ހައްގުކަމަށާއި، އެމަނިކުފާނުގެ ހިންގުންތެރިކަމަށް ބަލާފައި ވެސް ވެރިކަމަށް ގެންނަން ރަނގަޅުކަމަށް ޖުމްހޫރީ ޕާޓީގެ އިސް ބޭފުޅުން ދަނީ ވިދާޅުވަމުން ނެވެ. 

އޭގެ އިތުރުން ޤާސިމަކީ އަބަދުވެސް މީހުން ބިނާކުރުމަށް މަސައްކަތްޕުޅު ކުރައްވާ ބޭފުޅެއް ކަމަށާއި، މީހުންގެ ބިނާކުރުމަށް ޚާއްސަ އިސްކަމެއް ދެއްވާ ބޭފުޅެއްގެ ގޮތުގައި ޖުމްހޫރީ ޕާޓީން ދަނީ ސިފަކުރަމުންނެވެ. 

ޤާސިމް އިބްރާހިމްގެ އިޤްތިޞާދީ ސިޔާސަތުގެ ދަށުން 100 މިލިއަނަރުން 5 އަހަރު ތެރޭ އުފެއްދުމަށް ވެލެއްވި ވައުދަކީ މިހާތަނަށް ސިޔާސީ ލީޑަރަކު ވީ އެންމެ ތަފާތު ވައުދުތަކަމަށް ގިނަ ބަޔަކު ދަނީ ފާހަގަކުރަމުން ނެވެ. 

ކޮމެންޓް
ލޮލް
ތިބޭފުޅާ ވިޔަފާރި ކުރައްވާގޮތަށް މީހުންނަށް ހައްގު މުސާރަނުދީ ގުލާން ކުރުވައިގެން ބަޔަކު މުއްސަނދިވާން ދަސްކޮށްދެނިތޯ؟
10 Jun 2023
ގުޅޭ ލިޔުންތައް
25 Sep 2026
ޤުރުއާން ކިޔެވުމުގެ 38 ވަނަ ގައުމީ މުބާރާތުގެ ރަންވަނަތައް އިޒުޢާން، އާޔަން އަދި ޒީކަށް
ޙާފިޡުގެ ގޮފިން، މުޅި މުބާރާތުން އެއް ވަނަ ޚާޞިލްކޮށްފައިވަނީ އިސްމާޢީލް އިޒުޢާން އިބްރާހީމްއެވެ. މުޅި މުބާރާތުން ނުބަލާ ކިޔެވުމުގެ ގޮފިން އެެއް ވަނަ ޚާޞިލްކޮށްފައިވަނީ ޢާއިޝަތު ޒީކް ރިޔާޟްއެވެ.
25 Sep 2026
މަސްޖިދުލްޙަރާމްގެ އިމާމު ޑރ ޔާސިރް އައްދައުސަރީ ރާއްޖެ ވަޑައިގަންނަވަނީ
މިއީ 43 އަހަރު ފަހުން މަސްޖިދުލް ޙަރަމްގެ އިމާމަކު ރާއްޖެވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.
24 Sep 2026
ފަހު ހާފްގައި ޖެހި ލަނޑުތަކާއެކު ޗައިނާއިން ދިވެހިރާއްޖެ ބަލިކޮށްފި
އީތަން އަދި އިލާން ނުލައި ރާއްޖެ ނުކުތް މި މެޗުގެ ފުރަތަމަ ހާފްގައި، ޗައިނާ ކުޅުންތެރިން ފޮނުވާލި ގިނަ ހަމަލާތައް ރާއްޖޭގެ ކީޕަރު ވަނީ ވަރަށް ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.
24 Sep 2026
ގަން އެއާޕޯޓުން 3,345 ގްރާމުގެ ކެނަބިސް އަތުލައިގެންފި
މި ތަކެތި ފެނިފައިވަނީ ސެޕްޓެމްބަރު 22 ވަނަ ދުވަހު ގަން އިންޓަރނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެ އެތެރެވި އިންޑިއާގެ ދެ ރައްޔިތެއްގެ ފޮށިތައް ބަލައި ފާސްކުރުމުގެ ތެރޭގައެވެ.
24 Sep 2026
ބާރަށުގައި ރޭގަނޑު 9 ގެ ފަހުން ދަރިވަރުން ބޭރުގައި އުޅުން މަނާކޮށްފި
ޒަރޫރީ ބޭނުމެއް ނެތި ރޭގަނޑު ނުވައެއް ޖެހުމަށް ފަހު، ބެލެނިވެރިއަކާއެކު މެނުވީ ދަރިވަރުން ބޭރުގައި
24 Sep 2026
އެމްޓީސީސީގެ މަސައްކަތްތަކަށް ޔޫއޭއީ ކުންފުންޏަކުން އިންވެސްޓުކުރުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފި
ޔޫއޭއީގެ އެންއެމްޑީސީއާ އެމްޓީސީސީ ގުޅިގެން ރާއްޖޭގައި މަޝްރޫޢުތައް ހިންގުމާއި ޑްރެޖިންގ ސަޕޯޓާއި މުވައްޒަފުން ތަމްރީނުކުރުމާ ގުޅޭ ގޮތުން އަބޫދާބީގައި މަޝްވަރާކޮށް، އެއްބަސްވުމެއްގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ.
24 Sep 2026
ހިލޭ ޑިގްރީ ސްކީމުގައި ބައިވެރިވި ދެބައިކުޅަ އެއްބައި ދަރިވަރުން ކޯސް ނުނިންމާ
އެ ރިޕޯޓުގައި ދިރާސާކޮށްފައި ވަނީ ހިލޭ ޑިގްރީ ސްކީމް ހިންގުމުގައި ކަންކަން އޮތް ގޮތެވެ. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ) އާއި ކިޔަވައިދޭ އެކި މަރުކަޒުތަކުން ހޯދި ތަފާސްހިސާބުތައް ދައްކާ ގޮތުން އެ މުއްދަތުގައި ޖުމްލަ 11641 ދަރިވަރުން ސްކީމުގައި ބައިވެރިވެފައިވެއެވެ. ނަމަވެސް ކޯސް ނިންމައިގެން ނުކުމެފައި ވަނީ 5833 ދަރިވަރުންނެވެ.
24 Sep 2026
ޗައިނާއާ އޮތީ ވަރަށް ގާތްގުޅުމެއް، އެ ގުޅުމުގެ ފައިދާ ވަރަށް ބޮޑު: ރައީސް
ރައީސް ވިދާޅުވީ ދެ ގައުމުގެ ގުޅުން ބިނާވެފައި އޮތީ އިހްތިރާމްގެ މައްޗަށް ކަމަށާ ރާއްޖެއާ ޗައިނާގެ ގުޅުމަކީ ފައިދާހުރި ގުޅުމެއް ކަމަަށެވެ. އެ ގުޅުމުގެ ފައިދާ މުސްތަގުބަލުގައި ވެސް ލިބިގެންދާނެ ކަމަށް ވިދާޅުވި އެވެ.