ޖޭޕީގެ ލީޑަރު ޤާސިމް އިބްރާހިމް/ ފޮޓޯ: ދެން
ހަބަރު
10 Jun 2023 | 06:15
އިސް ރަށްވެހިންނަށް ދޭ އިނާޔަތް 7000 ރުފިޔާއަށް ބޮޑުކުރާނަން: ޤަސިމް

ޖުމްހޫރީ ޕާޓީގެ ވެރިކަމެއްގައި ދިވެހިރާއްޖޭގައި ތިބި 65 އަހަރުން މަތީގެ މީހުން (އިސް ރަށްވެހިންނަށް) ދޭ އިނާޔަތް 7000 ރުފިޔާއަށް ބޮޑުކުރާނެކަމަށް ޖޭޕީގެ ރިޔާސީ ކެންޑިޑޭޓު އަދި އެ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ. 

ޤާސިމް މިފަދައިން ވިދާޅުވެފައިވަނީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް ޖުމްހޫރީ ޕާޓީން އެކުލަވާލާފައިވާ މެނިފެސްޓޯގައި ހިމެނޭ ބައެއްކަންކަން ހިއްސާކުރައްވާ ޖޭޕީގެ ރިޔާސީ ޓިކެޓު ޤާސިމަށް އެރުވުމަށް ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ނެވެ. 

ޤާސިމްގެ މެނިފެސްޓޯގައި ޚާއްސަކުރެވިފައިވާ އެއް ދާއިރާއަކީ އިސް ރަށްވެހިންކަމަށް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ އެމަނިކުފާނަށް ވެރިކަން ލިބިވަޑައިގެންފި ނަމަ އިސް ރަށްވެހިންނަށް ދޭ އެލަވަންސް 7000 ރުފިޔާއަށް ބޮޑުކުރައްވާނެ ކަމަށެވެ. 

"65 އަހަރު ފުރުމުން ދައުލަތުން ދޭ އިނާޔަތް 7000 ރުފިޔާއަށް އިތުރުކުރާނަން" 

ޖޭޕީގެ ލީޑަރު ޤާސިމް އިބްރާހިމް 

ޤާސިމް ވިދާޅުވީ އެމަނިކުފާނަކީ ރައްޔިތުންނަށް ހުވަފެން ދައްކާނެ ބޭފުޅަކަށް ވެވަޑައި ނުގަންނަވާނެ ކަމަށެވެ. 

އިސް ރަށްވެހިންގެ އިތުރުން ސިއްހީ ދާއިރާއަށް ވެސް ހެޔޮ ބަދަލުތަކެއް ގެނައުމަށް މެނިފެސްޓޯގައި ހިމަނުއްވާފައިވާކަން ޤާސިމް ހާމަކުރެއްވި އެވެ. 

އެގޮތުން ޤާސިމް ވިދާޅުވީ ސްޕެލިސްޓު ޑޮކްޓަރަކަށް ނުދެއްކިގެން ކިޔުގައި ނުވަތަ ވެއިޓިންގައި މަޑުކުރަން ޖެހޭޖެހުން ނިމުމަކަށް ގެންނަވާނެ ކަމަށެވެ. އަދި ގިނަވެގެން 7 ދުވަސްތެރޭ ސްޕެޝަލިސްޓު ޑޮކްޓަރަށް ދެއްކޭނެ ގޮތަށް ރިފަރަލް ސިސްޓަމް ހަރުދަނާ ކުރައްވާނެ ކަމަށެވެ. 

އާސަންދައިގެ އިސްރާފު ކުޑަކޮށް، އާސަންދައަކީ ބޭސްފަރުވާއަށް ސަލާންޖަހާން ނުޖެހޭ ނަޒާހަތްތެރި ނިޒާމަކަށް ބަދަލުކުރައްވާނެކަމަށް ޤާސިމް ވަނީ ވިދާޅުވެފަ އެވެ. 

ޤާސިމް އިތުރަށް ވިދާޅުވީ ޖަލްސާގައި އެމަނިކުފާނު އިއުމާލުކުރެއްވި ކަންކަމުގެ އިތުރުން ވެސް ރައްޔިތުންނަށް މުހިންމު އެތައް ކަމެއް މެނިފެސްޓޯގައި ހިމަނާފައިވާނެ ކަމަށެވެ. އަދި އެ ވައުދުތައް ފުއްދުމަށް މިފަހަރު ޖޭޕީއަށް އިތުބާރުކޮށް އެމަނިކުފާނަށް ވޯޓުދެއްވުމަށް ޤާސިމް ވަނީ އެދިވަޑައިގެންފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Sep 2026
ޤުރުއާން ކިޔެވުމުގެ 38 ވަނަ ގައުމީ މުބާރާތުގެ ރަންވަނަތައް އިޒުޢާން، އާޔަން އަދި ޒީކަށް
ޙާފިޡުގެ ގޮފިން، މުޅި މުބާރާތުން އެއް ވަނަ ޚާޞިލްކޮށްފައިވަނީ އިސްމާޢީލް އިޒުޢާން އިބްރާހީމްއެވެ. މުޅި މުބާރާތުން ނުބަލާ ކިޔެވުމުގެ ގޮފިން އެެއް ވަނަ ޚާޞިލްކޮށްފައިވަނީ ޢާއިޝަތު ޒީކް ރިޔާޟްއެވެ.
25 Sep 2026
މަސްޖިދުލްޙަރާމްގެ އިމާމު ޑރ ޔާސިރް އައްދައުސަރީ ރާއްޖެ ވަޑައިގަންނަވަނީ
މިއީ 43 އަހަރު ފަހުން މަސްޖިދުލް ޙަރަމްގެ އިމާމަކު ރާއްޖެވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.
24 Sep 2026
ފަހު ހާފްގައި ޖެހި ލަނޑުތަކާއެކު ޗައިނާއިން ދިވެހިރާއްޖެ ބަލިކޮށްފި
އީތަން އަދި އިލާން ނުލައި ރާއްޖެ ނުކުތް މި މެޗުގެ ފުރަތަމަ ހާފްގައި، ޗައިނާ ކުޅުންތެރިން ފޮނުވާލި ގިނަ ހަމަލާތައް ރާއްޖޭގެ ކީޕަރު ވަނީ ވަރަށް ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.
24 Sep 2026
ގަން އެއާޕޯޓުން 3,345 ގްރާމުގެ ކެނަބިސް އަތުލައިގެންފި
މި ތަކެތި ފެނިފައިވަނީ ސެޕްޓެމްބަރު 22 ވަނަ ދުވަހު ގަން އިންޓަރނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެ އެތެރެވި އިންޑިއާގެ ދެ ރައްޔިތެއްގެ ފޮށިތައް ބަލައި ފާސްކުރުމުގެ ތެރޭގައެވެ.
24 Sep 2026
ބާރަށުގައި ރޭގަނޑު 9 ގެ ފަހުން ދަރިވަރުން ބޭރުގައި އުޅުން މަނާކޮށްފި
ޒަރޫރީ ބޭނުމެއް ނެތި ރޭގަނޑު ނުވައެއް ޖެހުމަށް ފަހު، ބެލެނިވެރިއަކާއެކު މެނުވީ ދަރިވަރުން ބޭރުގައި
24 Sep 2026
އެމްޓީސީސީގެ މަސައްކަތްތަކަށް ޔޫއޭއީ ކުންފުންޏަކުން އިންވެސްޓުކުރުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފި
ޔޫއޭއީގެ އެންއެމްޑީސީއާ އެމްޓީސީސީ ގުޅިގެން ރާއްޖޭގައި މަޝްރޫޢުތައް ހިންގުމާއި ޑްރެޖިންގ ސަޕޯޓާއި މުވައްޒަފުން ތަމްރީނުކުރުމާ ގުޅޭ ގޮތުން އަބޫދާބީގައި މަޝްވަރާކޮށް، އެއްބަސްވުމެއްގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ.
24 Sep 2026
ހިލޭ ޑިގްރީ ސްކީމުގައި ބައިވެރިވި ދެބައިކުޅަ އެއްބައި ދަރިވަރުން ކޯސް ނުނިންމާ
އެ ރިޕޯޓުގައި ދިރާސާކޮށްފައި ވަނީ ހިލޭ ޑިގްރީ ސްކީމް ހިންގުމުގައި ކަންކަން އޮތް ގޮތެވެ. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ) އާއި ކިޔަވައިދޭ އެކި މަރުކަޒުތަކުން ހޯދި ތަފާސްހިސާބުތައް ދައްކާ ގޮތުން އެ މުއްދަތުގައި ޖުމްލަ 11641 ދަރިވަރުން ސްކީމުގައި ބައިވެރިވެފައިވެއެވެ. ނަމަވެސް ކޯސް ނިންމައިގެން ނުކުމެފައި ވަނީ 5833 ދަރިވަރުންނެވެ.
24 Sep 2026
ޗައިނާއާ އޮތީ ވަރަށް ގާތްގުޅުމެއް، އެ ގުޅުމުގެ ފައިދާ ވަރަށް ބޮޑު: ރައީސް
ރައީސް ވިދާޅުވީ ދެ ގައުމުގެ ގުޅުން ބިނާވެފައި އޮތީ އިހްތިރާމްގެ މައްޗަށް ކަމަށާ ރާއްޖެއާ ޗައިނާގެ ގުޅުމަކީ ފައިދާހުރި ގުޅުމެއް ކަމަަށެވެ. އެ ގުޅުމުގެ ފައިދާ މުސްތަގުބަލުގައި ވެސް ލިބިގެންދާނެ ކަމަށް ވިދާޅުވި އެވެ.