ޖޭޕީގެ ލީޑަރު ޓިކެޓު ޖަލްސާއަށް ވަޑައިގަންނަވަނީ/ ފޮޓޯ: ދެން
ހަބަރު
10 Jun 2023 | 09:17
އަޅުގަނޑުގެ ސަރުކާރު ވާނީ ވައްކަމާއި ކޮރަޕްޝަނާއި އެންމެ ދުރު ސަރުކާރަށް: ޤާސިމް

ޖުމްހޫރީ ޕާޓީއަށް ވެރިކަން ލިބިއްޖެނަމަ އެ ޕާޓީން އުފައްދާ ސަރުކާރު ވެގެންދާނީ ވައްކަމާއި ކޮރަޕްޝަނާއި އެންމެ ދުރު ސަރުކާރަށްކަމަށް ޖޭޕީގެ ރިޔާސީ ކެންޑިޑޭޓު އަދި ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ. 

ޤާސިމް މިފަދައިން ވިދާޅުވެފައި ވަނީ ޖުމްހޫރީ ޕާޓީގެ ރިޔާސީ ޓިކެޓު، އެމަނިކުފާނަށް ހަވާލުކުރުމަށް ބޭއްވި ޚާއްސަ ހަފްލާގައި ވާހަކަދައްކަވަމުން ނެވެ. 

އެގޮތުން ޤާސިމް ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމެއްގައި ދައުލަތުގެ މުދަލުން ވައްކަންކޮށް ކޮރަޕްޝަން ހިންގަން ޖާގަ ނުދެއްވާނެ ކަމަށެވެ. އަދި ޚުދު އެމަނިކުފާނު ވެސް ދައުލަތުގެ ބައި ރުފިޔާއެއްގައި ވެސް ޖެހިވަޑައިގަންނަވާ ބޭފުޅަކު ކަމުގައި ނުވާނެކަމުގެ ޔަގީންކަން ދެއްވާކަމަށެވެ. 

އެމަނިކުފާނުގެ ސަރުކާރު ވެގެންދާނީ މިހާތަނަށް ދިވެހިރާއްޖޭގައި އުފެދުނު ވައްކަމާއި ކޮރަޕްޝަނާއި އެންމެ ދުރު ސަރުކާރަށްކަމަށް ޤާސިމް ވިދާޅުވި އެވެ. 

ޖޭޕީގެ ލީޑަރު ޤާސިމް އިބްރާހިމް 

"الله އިރާދަފުޅާއެކު އަޅުގަނޑަށް ރާއްޖޭގެ ވެރިކަން ތިޔަބޭފުޅުން ދެއްވައިފިނަމަ ދިވެހިރާއްޖޭގެ ފަހުގެ ތާރީހެއްގައި ފެންނާނެ ކޮރަޕްޝަނާއި އެންމެ ދުރު ސަރުކާރުކަމުގައި އަޅުގަނޑުގެ ސަރުކާރު ވާނެ ކަމުގެ ޔަގީންކަން އަރުވަން" 

ޖޭޕީގެ ލީޑަރު ޤާސިމް އިބްރާހިމް 

ޤާސިމް ވިދާޅުވީ ދިވެހިރާއްޖޭގެ މާލިއްޔާއިން ލޯ ލާރިއެއްވެސް ގެއްލިނުދާނެ ގޮތަށް ވެރިކަން ކުރުމުގެ ތަޖުރިބާ އެމަނިކުފާނަށް ލިބިވަޑައިގެން ހުންނެވި ކަމަށެވެ. 

ޖޭޕީގެ ލީޑަރު ޤާސިމް އިބްރާހިމް 

"މިނިސްޓާ އޮފް ފިނޭންސް އާއި އެމްއެމްއޭގެ ގަވަރުނަރު ކަމާއި ރާއްޖެއިން ވޯލްޑް ބޭންކަށް ކަނޑައަޅާފައި ހުރި ގަވަރުނަރު ކަމާއި އައިއެމްއެފްއަށް ރާއްޖެއިން ކަނޑައަޅާފައި ހުރި ގަވަރުނަރުކަން ވެސް އަޅުގަނޑު ކުރިން"

ޖޭޕީގެ ލީޑަރު ޤާސިމް އިބްރާހިމް 

ޤާސިމް ވިދާޅުވީ އެމަނިކުފާނު ބޭނުންފުޅުވަނީ ރައްޔިތުން އިތުބާރުކޮށް ފުރުސަތެއް ދެއްވުން ކަމަށެވެ. 

ރާއްޖޭގައި އޮތް އެންމެ ބޮޑު ދެ ސިޔާސީ ޕާޓީއަށް ރައްޔިތުން ވެރިކަން ކުރުމުގެ ފުރުސަތު ދެއްވާ އަޖުމަ ބައްލަވައިފި ކަމަށާއި، މިހާރު ޓެސްޓު ނުކޮށް އޮތީ ޖުމްހޫރީ ފިކުރުކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. 

އެހެންކަމުން އަންނަ ރިޔާސީ އިންތިޚާބުގައި ޖޭޕީގެ އަޖުމަ ބަލާލުމުގެ ގޮތުން ވެރިކަން ކުރެއްވުމުގެ ފުރުސަތު ދެއްވުމަށް ޤާސިމް ވަނީ އެދިވަޑައިގަންނަވާފަ އެވެ. އަދި ވެރިކަން ލިބިވަޑައިގެންފި ނަމަ، ރައްޔިތުންގެ ކަންބޮޑުވުންތަކަށް ހާސްކަން ފިލުވާލުމަށް މަސައްކަތްޕުޅު ކުރައްވާނެކަމުގެ ޔަގީންކަން ޤާސިމް ވަނީ ދެއްވާފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Sep 2026
ޤުރުއާން ކިޔެވުމުގެ 38 ވަނަ ގައުމީ މުބާރާތުގެ ރަންވަނަތައް އިޒުޢާން، އާޔަން އަދި ޒީކަށް
ޙާފިޡުގެ ގޮފިން، މުޅި މުބާރާތުން އެއް ވަނަ ޚާޞިލްކޮށްފައިވަނީ އިސްމާޢީލް އިޒުޢާން އިބްރާހީމްއެވެ. މުޅި މުބާރާތުން ނުބަލާ ކިޔެވުމުގެ ގޮފިން އެެއް ވަނަ ޚާޞިލްކޮށްފައިވަނީ ޢާއިޝަތު ޒީކް ރިޔާޟްއެވެ.
25 Sep 2026
މަސްޖިދުލްޙަރާމްގެ އިމާމު ޑރ ޔާސިރް އައްދައުސަރީ ރާއްޖެ ވަޑައިގަންނަވަނީ
މިއީ 43 އަހަރު ފަހުން މަސްޖިދުލް ޙަރަމްގެ އިމާމަކު ރާއްޖެވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.
24 Sep 2026
ފަހު ހާފްގައި ޖެހި ލަނޑުތަކާއެކު ޗައިނާއިން ދިވެހިރާއްޖެ ބަލިކޮށްފި
އީތަން އަދި އިލާން ނުލައި ރާއްޖެ ނުކުތް މި މެޗުގެ ފުރަތަމަ ހާފްގައި، ޗައިނާ ކުޅުންތެރިން ފޮނުވާލި ގިނަ ހަމަލާތައް ރާއްޖޭގެ ކީޕަރު ވަނީ ވަރަށް ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.
24 Sep 2026
ގަން އެއާޕޯޓުން 3,345 ގްރާމުގެ ކެނަބިސް އަތުލައިގެންފި
މި ތަކެތި ފެނިފައިވަނީ ސެޕްޓެމްބަރު 22 ވަނަ ދުވަހު ގަން އިންޓަރނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެ އެތެރެވި އިންޑިއާގެ ދެ ރައްޔިތެއްގެ ފޮށިތައް ބަލައި ފާސްކުރުމުގެ ތެރޭގައެވެ.
24 Sep 2026
ބާރަށުގައި ރޭގަނޑު 9 ގެ ފަހުން ދަރިވަރުން ބޭރުގައި އުޅުން މަނާކޮށްފި
ޒަރޫރީ ބޭނުމެއް ނެތި ރޭގަނޑު ނުވައެއް ޖެހުމަށް ފަހު، ބެލެނިވެރިއަކާއެކު މެނުވީ ދަރިވަރުން ބޭރުގައި
24 Sep 2026
އެމްޓީސީސީގެ މަސައްކަތްތަކަށް ޔޫއޭއީ ކުންފުންޏަކުން އިންވެސްޓުކުރުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފި
ޔޫއޭއީގެ އެންއެމްޑީސީއާ އެމްޓީސީސީ ގުޅިގެން ރާއްޖޭގައި މަޝްރޫޢުތައް ހިންގުމާއި ޑްރެޖިންގ ސަޕޯޓާއި މުވައްޒަފުން ތަމްރީނުކުރުމާ ގުޅޭ ގޮތުން އަބޫދާބީގައި މަޝްވަރާކޮށް، އެއްބަސްވުމެއްގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ.
24 Sep 2026
ހިލޭ ޑިގްރީ ސްކީމުގައި ބައިވެރިވި ދެބައިކުޅަ އެއްބައި ދަރިވަރުން ކޯސް ނުނިންމާ
އެ ރިޕޯޓުގައި ދިރާސާކޮށްފައި ވަނީ ހިލޭ ޑިގްރީ ސްކީމް ހިންގުމުގައި ކަންކަން އޮތް ގޮތެވެ. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ) އާއި ކިޔަވައިދޭ އެކި މަރުކަޒުތަކުން ހޯދި ތަފާސްހިސާބުތައް ދައްކާ ގޮތުން އެ މުއްދަތުގައި ޖުމްލަ 11641 ދަރިވަރުން ސްކީމުގައި ބައިވެރިވެފައިވެއެވެ. ނަމަވެސް ކޯސް ނިންމައިގެން ނުކުމެފައި ވަނީ 5833 ދަރިވަރުންނެވެ.
24 Sep 2026
ޗައިނާއާ އޮތީ ވަރަށް ގާތްގުޅުމެއް، އެ ގުޅުމުގެ ފައިދާ ވަރަށް ބޮޑު: ރައީސް
ރައީސް ވިދާޅުވީ ދެ ގައުމުގެ ގުޅުން ބިނާވެފައި އޮތީ އިހްތިރާމްގެ މައްޗަށް ކަމަށާ ރާއްޖެއާ ޗައިނާގެ ގުޅުމަކީ ފައިދާހުރި ގުޅުމެއް ކަމަަށެވެ. އެ ގުޅުމުގެ ފައިދާ މުސްތަގުބަލުގައި ވެސް ލިބިގެންދާނެ ކަމަށް ވިދާޅުވި އެވެ.