ޝަރީފު މަޖިލީހުގައި ވާހަކަދައްކަނީ/ ފޮޓޯ: މަޖިލިސް
ހަބަރު
11 Jun 2023 | 23:38
މަޖިލީސް ހައިޖެކު ކޮށްގެން އުޅޭ އުޅުން ނިމުމަކަށް ގެންނަން ޖެހޭ: ޝަރީފު

ރައްޔިތުންގެ މަޖިލީސް ބަޔަކު ހައިކެޖު ކޮށްގެން އުޅޭ އުޅުން ނިމުމަކަށް ގެންނަން ޖެހޭކަމަށް މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފު (މަވޯޓާ) ވިދާޅުވެއްޖެ އެވެ. 

ޝަރީފު މިފަދައިން ވިދާޅުވެފައި ވަނީ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށައަޅާފައި ވަނިކޮށް ރިޔާސަތު ބަލަހައްޓަވަން އުޒުރުވެރިވާ ކަމަށް އެމަނިކުފާނު ވިދާޅުވުމާއި ގުޅިގެން ނުރުހުން ފާޅުކުރައްވާ ކުރެއްވި ޓްވީޓެއްގަ އެވެ. 

މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުން ހުށައަޅާފައިވަނީ މަޖިލީހުގެ ނައިބުރައީސް އީވާ އަބްދުﷲ ގެ އިތުބާރު ނެތްކަމުގެ މައްސަލަ ވެސް މަޖިލީހަށް ހުށައަޅާ، އެ މައްސަލަ ވަކިގޮތަކަށް ނިންމުމުގެ ކުރިން ނެވެ. 

އަދި ނައިބު ރައީސް އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ވަނީ ހޯދަ ދުވަހުގެ އެޖެންޑާއިން ވެސް އުނިކޮށްފަ އެވެ. 

އެކަމަށް އިޝާރާތްކުރައްވާ ޝަރީފު ވިދާޅުވީ އެއީ ކަނޑައެޅިގެން ގާނޫނާއި ޚިލާފަށް ކޮށްފައިވާ ކަމެއް ކަމަށެވެ. އެ މައްސަލައިގައި ބަހުސްކުރުމަށް އާންމު ކޮމެޓީއިން ވަގުތު ކަނޑަނާޅާއި އޮތްކަމަށް ވާނަމަ މަޖިލީހުގެ ތަޅުމުގައި އެކަމަށް ވަގުތު ކަނޑައެޅޭނަކަމަށް އޭނާ ވިދާޅުވި އެވެ. 

އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ އެޖެންޑާ ނުކުރުން ޝަރީފު ސިފަކުރެއްވީ ބަޔަކު މަޖިލީސް ހައިޖެކުކޮށްގެން އުޅޭތީ ކުރި ކަމެއްގެ ގޮތުގައެވެ. އަދި އެފަދައިން މަޖިލީސް ހައިޖެކު ކުރުން ނިމުމަކަށް ގެންނަން ޖެހޭކަމަށް ޝަރީފު ވިދާޅުވި އެވެ. 

"މަޖިލީހުގެ ނައިބުރައީސް އީވާގެ މައްޗަށް ހުށައެޅިފައިވާ އިތުބާރު ނެތްކަމުގެ ގަރާރު އެޖެންޑާއިން ނަގާފައި އޮތީ ގަވައިދާއި ޚިލާފަށް. އާންމު ކޮމެޓީން ވަގުތު ކަނޑަނާޅާ އޮތިއްޔާ މަޖިލިސް ފްލޯއިން ވެސް ވަގުތު ކަނޑައެޅޭނެ. ބަޔަކު މަޖިލިސް ހައިޖެކް ކޮށްގެން އުޅޭ އުޅުން ނިނުމަކަށް ގެންނަން ޖެހޭ"

މަރަދޫ މެމްބަރު ޝަރީފު

އޭގެ އިތުރުން ޝަރީފު ވަނީ ނަޝީދަށް ވެސް ފާޑުވިދާޅުވެފަ އެވެ. 

އޭނާ ވިދާޅުވީ މަޖިލީހުގެ ރައީސްކަމުގެ މަގާމަކީ ބޭނުންވީމާ ޒިންމާތަކުން އެކަހެރިވެވޭގޮތަށް އޮތް މަގާމެއް ނޫން ކަމަށެވެ. 

މަޤާމުގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް އުޒުރުވެރިވާނަމަ އެންމެ ރަނގަޅުވާނީ ރައްޔިތުންނަށް "މުސީބާތަކަށް" ވެވަޑއި ނުގެން ނަޝީދު އިސްތިއުފާދެއްވުންކަމަށް ޝަރީފު ވަނީ ވިދާޅުވެފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.