ހައްޖުގެ އަޅުކަން ކުރުމަށް ފުރާ ދިވެހިންތަކެއް -- ފޮޓޯ/ ސަން
ހަބަރު
12 Jun 2023 | 13:00
ހައްޖާޖީން މިއަދު ފުރަން ފަށާތީވެ ޓްރެފިކް ތޮއްޖެހުން ބޮޑުވާނެތީ ސަމާލުވުމަށް ފުލުހުން އެދިއްޖެ

މިއަހަރުގެ ހައްޖުގެ އަޅުކަން އަދާކުރުމަށްޓަކައި ހައްޖާޖީން މިއަދު ފުރަން ފަށާތީވެ، ޓްރެފިކް ތޮއްޖެހުން ބޮޑުވާނެެ ކަމަށް ލަފާކޮށް މިކަމަށް ސަމާލު ވުމަށް ފުލުހުން އެދިއްޖެއެވެ.

އެގޮތުން މިކަމާއި ގުޅިގެން ފުލުހުން ކުރި ޓްވީޓެއްގައި ބުނެފައިވަނީ މިއަހަރު ހައްޖަށްދާ ގިނަ އަދަދެއްގެ ޙައްޖުވެރިން ފުރުމަށްޓަކައި މިއަދުން މި މަހު 19 އަށް ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓަށް ދިއުމަށް ހަމަޖެހިފައިވާތީ، އެއާޕޯޓުގައި ޓްރެފިކް ތޮއްޖެހުން ބޮޑުވާނެކަމަށް ބެލެވޭ ކަމަށެވެ.

އެހެންކަމުން އޮމާންކަމާއިއެކު ޓްރެފިކް ފްލޯ ކުރިއަށް ދާނެކަން ކަށަވަރުކުރުމަށް މި ދުވަސްތަކުގައި އިތުރު ފުލުހުން އެއާޕޯޓުގައި ހަރަކާތްތެރި ވަމުން ދާނެ ކަމަށެވެ.

މިއާއިއެކު އެކި ބޭނުންތަކުގައި އެއާޕޯޓުން ފުރަންދާ މީހުންނާއި ޙައްޖަށް ދިއުމަށްޓަކައި ފުރަންދާ މީހުންނަށްވެސް ޓްރެފިކް ތޮއްޖެހުމުގެ ސަބަބުން ލަސްތަކެއް ކުރިމަތިވުން އެއީ އެކަށީގެންވާ ކަމެއް ކަމަށް ފުލުހުން ދެކޭ ކަމަށް ވަނީ ފާހަގަކޮށްފައެވެ.

އެހެންކަމުން މި ދުވަސްތަކުގައި އެއާޕޯޓުން ފުރާ މީހުންނާއި ހައްޖުވެރިން ވަގުތު އޮއްވައި އެއާޕޯޓަށް ގޮސް ފުރުމުގެ އިންތިޒާމް ދުރާލާ ނިންމުމަށް ފުލުހުން ވަނީ އިލްތިމާސް ކޮށްފައެވެ.

އަދި މި ދުވަސްތަކުގައި ދަތުރުކުރާ މީހުންނަށް ކުރިމަތިވެދާނެ އުނދަގޫތައް ކުޑަކުރުމަށްޓަކައި ކުރެވެންހުރި ކަންކަން ފުލުހުންގެ އޮފިސަރުން ކުރަމުން ގެންދާނެ ކަމުގެ ޔަގީންކަން ވަނީ އަރުވާފައެވެ.

މީގެ އިތުރުން ފުލުހުން ވަނީ ޙައްޖުވެރިން ފުރުވުމަށްޓަކައި ވަޑައިގަންނަވާ ގާތްތިމާގެ މީހުންވެސް ފުލުހުންގެ އޮފިސަރުންގެ އިރުޝާދުތަކާ އެއްގޮތަށް އަމަލު ކުރެއްވުމަށް އެދި، މި އޮފިސަރުން ތިބޭނީ މި ބޭފުޅުންނަށް އެހީތެރިވެދީ، އަމާންކަމާއި އޮމާންކަމާއިއެކު ކަންކަން ކުރިއަށް ދާނެކަން ޔަގީންކުރުމަށްޓަކައި ކަމަށް ބުނެފައެވެ.

އަދި މިއަހަރު ރާއްޖެއިން ހައްޖަށް ފުރާ ހުރިހާ ޙައްޖުވެރިންނަށް މަބްރޫރު ޙައްޖަކަށް އެދުމާއިއެކު ފުލުހުން ވަނީ މިފަދަ ކަންކަމުގައި އާންމު ރައްޔިތުން ދެއްވާ އެއްބާރުލެއްވުމަށް ޝުކުރު ދަންނަވާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.
04 Aug 2026
ހިމަބިހީގެ އިތުރު 13 ކޭސް، ޖުމްލަ އަދަދު 199 އަށް
އެޗްޕީއޭ އިން ބުނީ މިދިޔަ ހަފްތާގައި ހިމަބިހީގެ 13 ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށެވެ.
04 Aug 2026
ނުރަނގަޅު ތަޞައްވުރު ފެތުރުން ހުއްޓާލުމަށް ކަސްޓަމްސްއިން އިލްތިމާސްކޮށްފި
ރާއްޖެއަށް އެތެރެކުރުން މަނާތަކެތި ބޯޑަރުން އެތެރެވިޔަނުދީ ހިފެހެއްޓުމަކީ ކަސްޓަމްސްގެ ޤާނޫނީ ޒިންމާއެއް ކަމަށާއި، އެ މަސައްކަތާމެދު ރައްޔިތުންގެ މެދުގައި ނުރަނގަޅު ތަޞައްވުރެއް އުފެދޭގޮތަށް ޢަމަލުނުކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިލްތިމާސްކޮށްފިއެވެ.
04 Aug 2026
ބީއެމްއެލްގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި
ބީއެމްއެލްއިން ބުނީ މި ބަދަލުތަކަކީ ބޭންކުގެ ޒިންމާދާރުކަން އިތުރުކުރުމަށާއި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފަސޭހަކޮށް، ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް އެކުލަވާލާފައިވާ ދިގު މުއްދަތުގެ އިސްތިރާތީޖީގެ ދަށުން ގެނައި ބަދަލުތަކެއް ކަމަށެވެ. މިގޮތުން ގެނައި ބަދަލުތަކާއެކު އެގްޒެކެޓިވް ޓީމުގެ ހަތަރު މެންބަރަކު ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އާ މަގާމުތަކަކާ ހަވާލުވެފައެވެ.
04 Aug 2026
ވީއައިއޭއާއި މާމަހި ލައުންޖް ވޯލްޑް ޓްރެވަލް އެވޯޑްސް އަށް ނޮމިނޭޓްވެއްޖެ
ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ޝަރަފުވެރި ދެ ކެޓަގަރީއަކުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި މާމަހި އެގްޒެކެޓިވް ލައުންޖް ނޮމިނޭޓްވެއްޖެއެވެ.
04 Aug 2026
އެސްޖޭ މިސްކިތް ލަސްވުމުން ކުންފުނީގެ ދިފާޢުގައި ޝަހީމް ނުކުންނަވައިފި
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ޙުސައިން ޝަރީފު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، އެ މިސްކިތް ބިނާކުރުމުގެ ކަންކަމާގުޅޭ އިދާރީ މަސައްކަތާއި އަދި މިސްކިތުގެ ޑިޒައިނާއި ގުޅިގެން، މަސައްކަތްކުރިއަށް ގެންދާ ކުންފުންޏަށް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރު ސުވާލުކުރެއްވި އިރު މިސްކިތުގެ މައްސަލަ ހައްލުވިތާ 4 މަސް ފާއިތުވެ ހިނގައްޖެ
މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ތުޅާދޫ މިސްކިތް ހުރި ސަރަހައްދުން ގަބުރުތައް ނަގައި ސާފްކޮށް ނިމިގެންދިޔަ ރޯދަމަހު އެ މިސްކިތުގައި ނަމާދުކުރަން ފަށާފައިވާކަމަށެވެ
04 Aug 2026
ޣައްޒާގައި ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާ މިއަދު
އިސްރާއީލުގެ ނިރުބަވެރި ބާރުތަކުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދުކޮށްލާފައިވާ އެއް އާއިލާއަކަށް ނިސްބަތްވާ 112 މީހެއްގެ ހަށިގަނޑު ވަޅުލުމަށް ބާއްވާ ބޮޑު ޖަނާޒާ މިއަދު ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. މިއީ މި ޤަތުލްއާއްމު ފެށުނު ފަހުން ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާއެވެ.