މިއަދުގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން--
ހަބަރު
14 Jun 2023 | 13:47
މެންބަރު ހުސެއިންގެ މޫނުމަތީގައި ޝަރީފު ޖެހި ކަމަށް ވިދާޅުވެއްޖެ

ރައްޔިތުންގެ މަޖިލީހުގެ ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފް (ސެމްބެ) ގެ މޫނުގައި މަރާދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް (މަވޯޓާ) ޖެއްސެވި ކަމަށް ސެމްބެ ވިދާޅުވެއްޖެއެވެ. 

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ވެސް އެއްކޮށް ނިންމާލާފައިވަނީ އެއްވެސް މަސައްކަތެއް ނުކުރެވި ނިޒާމީ ނުކުތާ ނެންގެވުމާއި، އެކެއް އަނެކަކާ ދިމާއަށް އަވަގުރާނަ ގޮވުމާއި، ގަޔަށް ބޮލަށް އެރުމުގައެވެ. 

އެގޮތުން، ޖަލްސާގައި އެންމެ ފުރަތަަމަ މަސައްކަތަށް އޮތް، ކުއްލި މައްސަލަ ހުށަހެޅުންވެސް ކުރިއަށް ގެންދެވިފައިވާ ނުވާއިރު، އެކަން ކުރުމަށް ފުރުސަތު ނުލިބުނީ، އަމިއްލަ ބައެއް މެންބަރުން ނިޒާމީ ނުކުތާ ނަންގަވައި، ކޮމިޓީ އެކުލަވައި ލުމުގެ މަސައްކަތް މިއަދަށް އެޖެންޑާ ކުރުމުން އެކަމާއި ނުރުހުން ފާޅުކުރައްވަން ފެށި ހިސާބުންނެވެ. އެގޮތުން، މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވާހަކަ ދައްކަވަމުން ދަނިކޮށް، އޭނާ އާއި ދިމާއަށް ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދުވެސް އަވަގުރާނަ ގޮވި ކަމަށް އާޒިމް ވަނީ ވިދާޅުވެފަ އެވެ. 

އެއަށްފަހު، މަވޯޓާވެސް ނިޒާމީ ނުކުތާ ނަންގަވާ ވާހަކަދައްކަވަމުން ދަނިކޮށް، އޭނާގެ ފަހަތުން ގައްދޫ ދާއިރާގެ މެންބަރު ޗޯރު އިބުރޭއޭ ގޮވަމުން ދިޔައިރު ކައިރީގައި ހުންނަވައިގެން ސެމްބެވެސް ވަނީ އަޑުގަދަ ކުރައްވާފައެވެ. 

އެއާއެކު އޭނާ ސެމްބެގެ މޫނުމަތީގައި ޖަހާފައިވާ ކަމަށް ސެމްބެ ވަނީ ވިދާޅުވެފަ އެވެ. އެހެންނަމަވެސް، އެބައި މަޖިލީހުގެ ސްޓްރީމިންގ އިން ކަނޑާލާފައި ނުފެނުނު ނަމަވެސް އޭގެ ފަހުންވެސް ސެމްބެ ވަނީ އެކަމާއި ނުރުހުން ފާޅުކުރައްވައި އޭނާގެ އިމްތިޔާޒަށް އަރައިގެންފައިވާ ކަމަށް ވިދާޅުވެފައެވެ. 

"އިމްތިޔާޒާއި ބެހޭ ގަވާއިދުގެ ދަށުން، އަޅުގަނޑުގެ އިމްތިޔާޒަށް، މަރަދޫ ދާއިރާގެ މެންބަރު ގަވާއިދު ފޮތުން އަޅުގަނޑުގެ މޫނުމަތީގައި ޖެހީމާ. އިއްޒަތްތެރި ރައީސް ތި އިންނަވަނީ އެއްވެސް ކަމަކަށް ފަރުވާލެއް ނުބަހައްޓަވައި". 

ހުސެއިން މުހައްމަދު ލަތީފު

ސެމްބެގެ ވާހަކަތަކާއި ގުޅިގެން މަޖިލީހުގެ ރިޔާސަތުގައި އިންނެވި ވިލިފުށި ދާއިރާގެ މެންބަރު ހަސަން އަފީފު ވަނީ އެ މައްސަލަ ކޮމިޓީއަށް ހުށަހެޅުއްވުމަށް އެދި ލައްވާފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.