ފޮޓޯ: އަރބަންކޯ
ހަބަރު
14 Jun 2023 | 17:06
މަދިރިއާލާވުން ހުއްޓުވުމަށް އަރބަންކޯއިން ހުޅުމާލޭގައި ފޮގް ކުރަން ފަށައިފި

ހުޅުމާލޭގައި މަދިރި އާލާވެ، ޑެންގޫ ހުން ފެތުރެމުންދާ މިންވަރު އިތުރުވެފައިވާތީ މިކަން ހައްލުކުރުމުގެ ގޮތުން އަރބަންކޯއިން ހުޅުމާލޭގައި ފޮގް ކުރަން ފަށައިފިއެވެ.

އެގޮތުން މިކަމާއި ގުޅިގެން އަރބަންކޯއިން ނެރުން ބަޔާނެއްގައި ބުނެފައިވަނީ ކޮންމެ އަހަރަކު ވެސް ޖޫން ޖުލައި މަހަކީ ވިއްސާރަ ދުވަސްވަރަކަށް ވާއިރު، މި ދުވަސް ވަރު އެކި ސަރަހައްދުތަކުގައި މަދިރި އާލާވެ، އެތަކެތީގެ ސަބަބުން ޑެންގޫ ބަލި ފެތުރޭ މިންވަރު އިތުރުވެފައިވާކަން އެ ކުންފުންޏަށް ފާހަގަވެފައިވާ ކަމަށެވެ.

އެހެންކަމުން މިކަން ކޮންޓްރޯލްކޮށް، ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އަރބަންކޯއިން ކުރާ މަސައްކަތެއްގެ ގޮތުން މުޅި ހުޅުމާލޭގައި މަދިރި އާލާވުން ނައްތާލުމަށް ފޮގް ކުރަން މިހާރު ފަށާފައިވާ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

އެގޮތުން ކޮންމެ ދުވަހަކު ވެސް ފަތިހު އާއި، ހަވީރު ހުޅުމާލެ ތެރެ ފޮގްކުރާއިރު، މިކަމުގައި އިސްކަންދެނީ މީހުން ދިރިއުޅޭ ސަރަހައްދުތަކާއި، މަދިރި އާލާވުން އެކަށީގެންވާ ފަދަ ސަރަހައްދުތަކަށް ކަމަށް އަރބަންކޯއިން ވަނީ ފާހަގަކޮށްފައެވެ.

އަރބަންކޯއިން އިތުރަށް ބުނެފައިވަނީ އެ ކުންފުނީގެ ފަރާތުން މަދިރި އާލާވުން ހުއްޓުވައި، ބަލިތަކުން ރައްކާތެރިވުމަށް މަސައްކަތްކުރަމުން އަންނައިރު، މިކަމުގައި އެންމެހާ ފަރާތްތަކުގެ އެއްބާރުލުމަކީ މުހިންމު ކަމެއް ކަމަށެވެ.

އެގޮތުން ދިރިއުޅޭ ގެއާއި ގޯތި ތެރޭގައި މަދިރި އާލާވާ ފަދަ ތަންތަން ހުރި ނަމަ އެތަންތަން ނައްތާލުމާއި، ސާފުތާހިރުކޮށް ބެލެހެއްޓުމަކީ މުހިންމު ކަން ކަމަުގެ ގޮތުގައި އަރބަންކޯއިން ވަނީ ފާހަގަކޮށްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ކޮޅުވެއްޓިން ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ
ކ. ގާފަރު ކައިރިން ބަންޑުންޖަހާލި އެލްސީވީން ގެއްލިގެން ހޯދަމުންދާ ދެ މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ކަނޑާއި ވައިގެ މަގުން ކުރިއަށްގެންދާ ކަމަށާ އެހެން ނަމަވެސް އަދި އެމީހުން ނުފެންނަ ކަމަށް އެ އިދާރާއިން ބުނެފިއެވެ.
04 Aug 2026
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި 15،403 މީހުން
މިއަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގޮތުގައި 15،403 ފަރާތެއް ދަފްތަރުކުރެވިފައިވާ ކަމަށް އެންސްޕާއިން ބުނެފިއެވެ. މީގެ ތެރޭގައި އޭޕްރީލް މަހު އަލަށް ރަޖިސްޓަރީވި 96 ފަރާތެއްވެސް ހިމެނެއެވެ.
04 Aug 2026
ނިޔަފަތި ކެއުމުގެ އާދަ ހުއްޓައިލާނީ ކިހިނެއް؟
ނިޔަފަތި ކެއުމަކީ ގިނަ ބަޔަކު ނޭނގި ނަމަވެސް ކޮށް އުޅޭ ވަރަށް ޢާންމު އާދައެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފުރާވަރުގެ ކުދީންގެ ތެރެއިން ގާތްގަނޑަކަށް 45 އިންސައްތަ ކުދީން ނިޔަފަތި ކައެވެ. އަދި ކުޑަކުދީންގެ ތެރެއިން 30 އިންސައްތަ ކުދީންނާއި ޒުވާނުންގެ ތެރެއިން 25 އިންސައްތަ މީހުންނާއި ދޮށީ ޢުމުރުގެ ފަސް އިންސައްތަ މީހުންގެ ގައިގައި މި އާދަ ހުރެއެވެ.
04 Aug 2026
ނިއުކާސަލްގެ ބްރޫނޯ ގިމަރޭސް ހޯދުމަށް އާސެނަލުން ހުށަހެޅި ބިޑް ބޭރުކޮށްލައިފި
އުމުރުން 28 އަހަރުގެ ގިމަރޭސް ވަނީ އާސެނަލް އާ ގުޅެން ބޭނުންވާކަން ހާމަކޮށް މިދިޔަ މަހުގެ ތެރޭގައި ނިއުކާސަލަށް އަންގާފައެވެ.
04 Aug 2026
ފަލަސްތީނުގެ ފުޓްބޯޅައަށް އިޒްރޭލުން ދެމުންދާ ހަމަލާތަކަށް ފީފާއިން ފިޔަވަޅު ނޭޅި
ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަނުން (ޕީ.އެފް.އޭ) ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާއަށް ވަރުގަދަ ފާޑުކިޔުންތަކެއް އަމާޒުކޮށްފިއެވެ. ޕީ.އެފް.އޭ އިން ބުނި ގޮތުގައި އިޒްރޭލުން ފަލަސްތީނުގެ ފުޓްބޯޅައަށް ބޮޑެތި ގެއްލުންތަކެއް ދެމުންދާއިރު، ފީފާގެ އަމިއްލަ ގަވާއިދުތައް އިޒްރޭލާ ދެކޮޅަށް ތަންފީޒުކުރުމުގައި އެ އިދާރާ ވަނީ ނުކުޅެދިފައެވެ.
04 Aug 2026
އޮޑި ބަލިކޮށް މާޒިޔާއަށް މުހިންމު މޮޅެއް
ކަޕްވިނާސް ކަޕްގައި މާޒިޔާ ދެން އެންމެ އަވަހަށް ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ބުރު ސްޕޯޓްސް އާ ދެކޮޅަށެވެ.
04 Aug 2026
ޓްރަމްޕްގެ ސަރުކާރުން އަލަށް ތައާރަފްކުރި ޓެރިފްތަކާ ދެކޮޅަށް ދައުވާކޮށްފި
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ބޭރުގެ ގައުމުތަކުން އެތެރެކުރާ މުދަލުން ނަގަން ފެށި އާ ޓެރިފްތަކަކީ ގާނޫނީ އިމުން ބޭރުން ނިންމާފައިވާ ނިންމުމެއް ކަމަށް ބުނެ، އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ ކޮންޓްރޯލް އޮންނަ 25 ސްޓޭޓަކުން ސަރުކާރާ ދެކޮޅަށް ދައުވާ އުފުލައިފިއެވެ.
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ