ދިވެހި ހައްޖުވެރިން ތަކެއް-- ފޮޓޯ/ އިސްލާމިކް މިނިސްޓްރީ
ވިޔަފާރި
14 Jun 2023 | 22:52
ހައްޖު ދަތުރުގެ ޗެކްލިސްޓް ފުރިހަމަކޮށްލަމާ

ކައުބަތުالله ގެފުޅަށް ޙައްޖުގެ އަޅުކަން އަދާކުރުމަކީ މާއްދީ އަދި ރޫހަނީ ގޮތުން ވެސް ބޮޑު ދަތުރެކެވެ. ނަފްސަށް އުފަލާއި ހިތްހަމަޖެހުމާއި ސާފުކަން ގެނެސްދޭ ދަތުރެކެވެ. އުފާވެރި ހަނދާންތަކެއްގެ ދަތުރެކެވެ. އެ ދަތުރުގެ ޒަރިއްޔާއިން އެންމެ ފުރިހަމަ ރޫހާނީ ހިތްހަމަޖެހުން ލިބިގަތުމަށް ޓަކައި، މާއްދީ ކަންކަން ވެސް ހަމައަކަށް އެޅިފައި އޮތުމަކީ މޮޅު ގޮތެކެވެ.

ޙައްޖަށް ސައުދީ ޢަރަބިއްޔާއަށް ދާނީ މުހިންމު މުދާތަކެއް ވެސް ހިފައިގެންނެވެ. ތިމާގެ ފޮށިތަންމައްޗާއި، ޕާސްޕޯޓާއި، އެކިއެކި ހަރަދުތައް ހަމަޖެއްސުމަށާއި ރާއްޖޭގައި ތިބި އާއިލާގެ ލޮބުވެތި މެމްބަރުންނަށް ހަދިޔާ ގަނެދިނުމަށް ޓަކައި ހޭދަކުރާނެ ފައިސާއެވެ. މިއިން އެއްޗެއް ދަތުރުމަތީގައި ގެއްލިއްޖެ ނަމަ އެކަމުގެ ފިކުރު، ދަތުރުގެ ބާކީ އޮތް މުއްދަތުގައި ކުރެވިދާނެއެވެ.

އެހެންކަމުން މިފަދަ ހާދިސާއެއް ދިމާވެދާނެ ކަމަށް ތައްޔާރުވެ، އަޔާދީ ތަކާފުލްގެ ޙައްޖު އެންޑް ޢުމްރާ ޕްލޭނެއް ވެސް ހައްޖު ދަތުރުގެ ޗެކްލިސްޓަށް އިތުރުކޮށްލައްވާށެވެ. މިއީ އެކަންކަމުގެ ހައްލެވެ.

މިސާލަކަށް، ޙައްޖަށް ފުރައިގެން ސައުދީއަށް ދެވޭ އިރު ކޮންމެވެސް ސަބަބަކާ ހެދި ތިމާގެ ލަގެޖު ގެއްލިފައިވާ ނަމަ އެ ކުރިމަތިވަނީ ބޮޑު ގެއްލުމަކާއެވެ. ރާއްޖެއިން ގެނައި ތިމާގެ ހުރިހާ އަންނައުނަކާއި އެހެނިހެން ސާމާނާއެކު ފޮށި ގެއްލުނީމަ، އެކިއެކި ބޭނުންތައް ފުއްދުމަށް އަނެއްކާ ވެސް އިތުރު ހަރަދެއް ކުރަން ޖެހިދާނެއެވެ. އެކަމަކު އަޔާދީގެ ޕްލޭނުގެ ދަށުން މި ހާލަތުގައި 15,000 ރުފިޔާއާއި ހަމައަށް ބަދަލު ލިބޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ. 

މީގެ އިތުރުން އެއާލައިނާއި ހަވާލުކޮށްފައި ޗެކްއިންގައި ދޫކޮށްލާ ލަގެޖު އައުން ލަސްވެއްޖެ ނަމަ، ލަސްވާ ކޮންމެ 12 ގަޑިއިރަކަށް 800 ރުފިޔާގެ މަގުން، 2,400 ރުފިޔާއާ ހަމައަށް ތިމާއަށް ބަދަލު ލިބޭނެ ކަމަށްވެސް ބުނެފައިވެއެވެ. އެއީ ލަގެޖު ލިބުން ލަސްވުމުގެ ސަބަބުން ކުރިމަތިވާ ދައްޗާއި ގެއްލުމުގެ ބަދަލުގެ ގޮތުގައެވެ. 

ޕާސްޕޯޓަކީ ބައިނަލްއަގުވާމީ ދަތުރުތައް އެޔާ ނުލައި ނުކުރެވޭ، ވަރަށް މުހިންމު ލިޔެކިޔުމަކަށް ވާ އިރު، ޕާސްޕޯޓު ގެއްލިއްޖެ ނަމަ އެނބުރި ގައުމަށް އައުމަށް ވެސް ތަކުލީފާ ކުރިމަތިލާން ޖެހިދާނެއެވެ. ޙައްޖުގެ ދަތުރުމަތީގައި ޕާސްޕޯޓު ގެއްލިއްޖެ ނަމަ އެކަމަށް އަޔާދީއިން 1,500 ރުފިޔާއާއި ހަމައަށް ބަދަލު ދޭނެ ކަމަށް އެ ކުންފުނިން ފާހަގަކޮށްފައިވެއެވެ. ސައުދީގައި ހުންނަ ދިވެހި އެމްބަސީ ނުވަތަ ކޮންސިއުލޭޓު މެދުވެރިކޮށް ވަގުތީ ޓްރެވަލް ޑޮކިއުމަންޓެއް ހެދުން ފަދަ އެހެން ގޮތެއް ހަމަޖެއްސުމަށް އެ ފައިސާގެ ބޭނުން ކުރެވިދާނެއެވެ.

އަދި ހަމަ އެއާއެކު، ގާތްމީހުންނަށް ހަދިޔާ ގަތުމަށާއި އެފަދަ އެކި ބޭނުންތަކަށް ގެންދާ ފައިސާ، ދަތުރުމަތީގައި ގެއްލިއްޖެ ނަމަ އެކަމުގެ ބަދަލުގައި މި ޕްލޭނުން 5,000 ރުފިޔާއާ ހަމައަށް ލިބޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ. 

ކުރު ގޮތަކަށް ބުނާ ނަމަ، އަޔާދީގެ ޙައްޖު/ޢުމްރާ ތަކާފުލް ޕްލޭނެއް ނަންގަވައިލައްވައިގެން ޙައްޖަށް ދިއުމަކީ ގިނަ ކަންތައްތަކަކަށް ފިކުރު ކުރުމުން ދުރުކޮށްދޭން އެހީތެރިވެދޭނެ ކަމެއްކަން ޔަގީނެވެ. އުނދަގޫ ހާލަތެއް މެދުވެރިވެ، މާލީ ތަކުލީފަކާ ކުރިމަތިލާން ޖެހިއްޖެ ނަމަ އަޔާދީ ތަކާފުލްގެ އެހީތެރިކަން ލިބޭނެއެވެ.

އެހެންކަމުން، ޙައްޖަށް ވަޑައިގަތުމުގެ ކުރިން, އެލައިޑް އިންޝުއަރަންސްގެ "މައި އެލައިޑް" ޕޯޓަލް މެދުވެރިކޮށް އަޔާދީގެ ޙައްޖު އެންޑް ޢުމްރާ ތަކާފުލް ޕްލޭނެއް ނަންގަވާލައްވާށެވެ. 

އެލައިޑް އިންޝުއަރަންސްގެ އިސްލާމިކް ވިންޑޯ؛ "އަޔާދީ ތަކާފުލް" އަކީ އިސްލާމީ ޝަރީޢާގެ އާސާސްތަކާއި އެއްގޮތްވާ ގޮތުގެ މަތިން އަމިއްލަ ފަރުދުންނާއި ކުންފުނިތަކަށް ކުރިމަތިވެދާނެ މާލީ ގެއްލުންތަކަށް ރައްކާތެރިކަން ފޯރުކޮށްދޭ އިސްލާމިކް ވިންޑޯއެކެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
18 Sep 2026
މާލޭގެ ތޮށިގަނޑުމަތީ މަސް ބާނަން ހުރި މީހަކު ވެއްޓި ގާތަކުގެ ތެރޭގައި ތާށިވެއްޖެ
ފުލުހުންނާއި ސިފައިން މިހާރު ގެންދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަަމުންނެވެ. އަދި އެ މީހާ ތަނުން ނެގޭތޯ ދަނީ މަސައްކަތް ކުރަމުންނެވެ.
18 Sep 2026
ޕީއެންސީގެ ލީޑާޝިޕަށް ރައީސް މުޢިއްޒު 10 ބޭފުޅަކު އައްޔަނުކުރައްވައިފި
އެއީ ވަޒީރުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި ވަޒީރުންގެ ފެންވަރުގެ ބައެއް ބޭފުޅުންނާއި ސަފީރަކާއި ކުންފުނިތަކުގެ ތިން އެމްޑީންނެވެ.
18 Sep 2026
ޕީއެންސީގެ ލީޑާޝިޕަށް އިންތިޚާބުވީ ބޭފުޅުން ހުވާ ކުރައްވައިފި
މީގެ އިތުރުން ޕާޓީގެ ލީޑާޝިޕަށް އެ ޕާޓީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު އައްޔަނު ކުރެއްވި ބޭފުޅުން ވެސް ހިމެނެ އެވެ.
18 Sep 2026
ނިއުރޭޑިއަންޓުން ބުނީ އެސިސްޓަންޓް ކޯޗަށް ދިން ހަމަލާ ބަލައެއް ނުގަނެވޭނެކަމަށް
ކުޅިވަރުގެ މައިދާނުގައި ހިނގާ މިފަދަ އަނިޔާވެރި އަމަލުތަކަކީ އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ ކަންކަން ނޫންކަން ފާހަގަކުރަމުން، ނިއު ރޭޑިއަންޓުން ބުނީ މިފަދަ ކަންކަމުގެ ސަބަބުން ކުޅިވަރުގެ ރޫހާއި ރައްކާތެރިކަން ގެއްލިގެންދާ ކަމަށެވެ
18 Sep 2026
ޔާމީންގެ ޕީއެންއެފުން ފަތުރަނީ ދޮގެެއް ކަމަށް ބުނެ އީސީން ރައްދު ދީފި
ހަގީގަތްތް އޮޅޭގޮތަށް، އާންމުންގެ މެދުގައި އިލެކްޝަންސް ކޮމިޝަނަށާއި ޕާޓީތަކުގެ މެންބާޝިޕް ނިޒާމަށް އޮތް އިތުބާރު ގެއްލޭގޮތަށް ޕީޕަލްސް ނެޝަނަލް ފްރަންޓް އިން ކުރަމުންދާ ދޮގު ތުހުމަތުތަކާއި ދައްކަމުންދާ ވާހަކަތައް ކޮމިޝަނުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަަމަށެވެ.
18 Sep 2026
އައިފޯން ޑުއޯގެ ސްކްރީނުން ސެމްސަންގަށް ބިލިއަނެއް ލިބިދާނެ
އައިފޯން ޑުއޯގެ ފަތްޖެހޭ އޯލެޑް ޕެނެލް ސަޕްލައިކުރާ ތިން އަހަރުގެ އެއްބަސްވުމެއްގެ ދަށުން ސެމްސަންގަށް 1.25 ބިލިއަން ޑޮލަރު ލިބިދާނެ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
18 Sep 2026
ޙޫޘީންގެ ހަމަލާ ކުށްވެރިކޮށް މައްކާއާ މަދީނާގެ ޚިމާޔަތަށް އެދި ހުކުރު ޚުތުބާގައި ދުޢާކޮށްފި
އެ ތަންތަނަށް އަރައިގަންނަން މަސައްކަތް ކުރާ ކޮންމެ ބަޔަކު ނިކަމެތި ކުރެއްވުން އެދިވެސް ދުއާ ކުރައްވާފައިވެ އެވެ.
18 Sep 2026
ދަރަންޏެއް ނަގަން ޖެހިއްޖެ ހާލުގައިވެސް ރިބާ ހިމެނޭ ދަރަނިތަކާ ދުރުހެލިވޭ
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިއަދު އިއްވި ހުކުރު ޚުތުބާ ޚާއްޞަކޮށްފައިވަނީ "މާލީ މުޢާމަލާތުތަކުގައި ތެދުވެރިވުން" މި މައުޟޫޢަށެވެ. ޚުތުބާގައި ބަޔާންކޮށްފައިވާ ގޮތުގައި މުދަލަކީ الله ތަޢާލާ އިންސާނާއާ ހަވާލުކުރައްވާފައިވާ އަމާނާތެކެވެ. އަދި ޤިޔާމަތް ދުވަހުން އެ މުދާ ހޯދި ގޮތާއި ހޭދަކުރި ގޮތާ މެދު ސުވާލުވެވޭނެ ކަމަށް ހަނދާންކޮށްދީފައިވެއެވެ.