ރޭގެ ޖަލްސާގައި ޢަބްދުﷲ އަމީން ވާހަކަދައްކަވަނީ-- ފޮޓޯ/ ދެން
ހަބަރު
16 Jun 2023 | 16:06
އަދިވެސް މިއުޅެނީ ޖަޒީރާ ރާއްޖޭގެ މަންޒަރުތައް ސާފުނުވެގެން: އަމީން

އަދިވެސް މިއުޅެނީ ޖަޒީރާ ރާއްޖޭގެ މަންޒަރުތައް ސާފުނުވެގެން ކަމަށް މިސަރުކާރުގެ ކުރީގެ ހެލްތް މިނިސްޓަރ އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމްގެ ތަރުޖަމާނު ޢަބްދުالله އަމީން ވިދާޅުވެއްޖެއެވެ.

އަމީން މިހެން ވިދާޅުވީ ރޭ ބޭއްވުނު ޖުމްހޫރީ ޕާޓީގެ ކެމްޕޭނު ޖަލްސާގައި ވާހަކަ ދައްކަވަމުން ނެވެ.

އަމީންގެ ވާހަކައިގައި އޭނާ ވަނީ ރައީސް ޞާލިހުގެ މި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. 

"އަނެއް ދިވެހިރާއްޖެ ކޮނޑު އަޅުއްވައިގެން ނުކުންނެވި ބޭފުޅުން އަނެއް ދިވެހިރާއްޖެއަށް ދިވެހިން ދެކުނު ހުވަފެންތަކާއިއެކީގަ ޤައުމާއި ރައްޔިތުން ގޮވައިގެން ދިޔައީ ދީނެއް މިއްލަތެއް ނެތް މުޅިން އެހެން ސަހަރަކަށް،  އެސަހަރުގެ މަސްތުގައި ޖެހި ގެއްލުމުގެ މަގުމަތީގައި ތިއްބާ ލިބުނު އުއްމީދުގެ ހުޅުކޮޅާއި އެކު ޤައުމު ހަށިފޮޅާލާނެ ކަމަށް ކުރި އުންމީދު ގޮސް ހުއްޓުނީ މިނިކާަރާއްޖެއަށް، އެރާއްޖޭގެ އަނިޔާވެރިކަމުގެ ކަސްތޮޅުން ނެއްޓުމަށްޓަކައި އެންމެން އެކުގައި ދުއްވައިގަތީ ޖަޒީރާ ރާއްޖެއަށް، އަދިވެސް އަޅުގަނޑުމެން މިއުޅެނީ ޖަޒީރާ ރާއްޖޭގެ މަންޒަރުތައް ސާފުނުވެގެން" އަމީން ވިދާޅުވިއެވެ.

އަހަރުތަކަކަށް ފަހު އަނެއްކާވެސް ރިޔާސީ އިންތިޚާބެއްގެ ތުންފަތްމައްޗަށް ހާޒިރުވެ މިތިބީ ރާއްޖޭގެ މުސްތަޤްބަލަށްޓަކައި އުމްމީދު ތަކެއް ކުރިއަށް ނެރެމުން އަދި ރާއްޖޭގެ ކަންތަތައް ކުރިއަށް އޮތް 5 އަހަރަށް ތަރުތީބުކޮށް ދިވެހިންގެ އުންމީދުތަކާއި ހުވަފެންތަކުގައި ކުލަ ޖެއްސުމުގެ ވަރުގަދަ ޢަޒުމުގައި ކަަމަށް އަމީން ވިދާޅުވިއެވެ.

އަމީން ވިދާޅުވީ ޤާސިމް ވެރިކަމަށް ކަުރިމަތިލައްވަގެން ހުންނެވީ ދިވެހިންގެ އެއުންމީދު ތަކާއި ހުވަފެންތަކުގައި ކުލަ ޖައްސައިދިނުމަށް، ވަރުގަދަ ޢަޒުމް ތަކަކާއި ވަޢުދުތަކަކާއި އެކުގައި ކަމަށެވެ.

ދިވެހި ޤާނޫނު އަސާސީ ހެދިގެން އެއަށް ޢަމަލު ކުރާތާ 15 އަހަރު ވެގެން ދިޔައިރުވެސް އަދިވެސް ދައްކަން މިޖެހެނީ މީގެ 15 އަހަރުކުރިން ކުރި އުންމީދު ތަކުގެ ވާހަކަ ކަމަށާއި މިއަދުވެސް އިހްސާސް ކުރަން ޖެހެނީ މީގެ 15 ވަރަކަށް އަހަރުކުރިން ކުރަމުން އައި ބައެއް އިހްސާސްތަކުގެ ޖަޒްބާތު ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން މިމައިދާނަށް އެއްވެ ސިޔާސީ ވާހަކަ ދައްކައި ވައުދުތައްވެ ވާހަކަ ދައްކަން މިޖެހެނީ ދިވެހިރައްޔިތުން ކުރި އުއްމީދުތައް ހަޤީޤަތަކަށް އަދިވެސް ނުވާތީ،
އަނެއް ދިވެހިރާއްޖެއަށް ނުދެވި، ޖަޒީރާ ރާއްޖެ ނުފެނި ފުސްކަމެއްގައި އުޅެން ޖެހުމުން" އަމީން ވިދާޅުވިއެވެ.

އަމީން ވިދާޅުވީ ވަރަށްގިނަ ތަޖުރިބާ ތަކެއް ކުރެވި ވަރަށް ގިނަ ކަންތައްތަކެއް ތަންފީޒުކުރެވުނު ވާހަކަތަކެއް އެބަދެކެވޭ ކަމަށެވެ.

"އެހެންނަމަވެސް ހާސްކަމެއް ނުފިލާ، ފިނިކަމެއް ނުލިބޭ، މަސްތުގެ ހާލަތުން އަރައެއް ނުގަނެވޭ، ކުށްމަދު މުޖްތަމަޢެއް ނުފެނޭ، ކުލުނުވެރި މުޖްތަމަޢަކަށް ނުދެވޭ، އެހެންވީމާ އަޅުގަނޑުމެންނަށް މިދެވެނީ ރަނގަޅު މަގަކުން ކަން ދެންނެވޭކަށްނެތް" އަމީން ވިދާޅުވިއެވެ.

އަމީން ވިދާޅުވީ ޖޭޕީގެ މެނިފެސްޓޯ އަދި ހާމަނުކުރި ނަަމަވެސް އެ މެނިފެސްޓޯގައި ހުރި ވައުދުތަކަކީ ރައްޔިތުންނަށް އުންމީދީ ވައުދުތަކަކަށްވާނެ ކަމަށެވެ.

ޖުމްހޫރީ ޕާޓީގެ ފަަރާތުން ޤާސިމް އިބްރާހިމަށް ރިޔާސީ ޓިކެޓަ އަރުވައި ކެމްޕޭނުގެ މަސައްކަތްތައް މިހާރު މަޑުމަޑުން ގެންދަން ވަނީ ފަށައިފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Sep 2026
ޤުރުއާން ކިޔެވުމުގެ 38 ވަނަ ގައުމީ މުބާރާތުގެ ރަންވަނަތައް އިޒުޢާން، އާޔަން އަދި ޒީކަށް
ޙާފިޡުގެ ގޮފިން، މުޅި މުބާރާތުން އެއް ވަނަ ޚާޞިލްކޮށްފައިވަނީ އިސްމާޢީލް އިޒުޢާން އިބްރާހީމްއެވެ. މުޅި މުބާރާތުން ނުބަލާ ކިޔެވުމުގެ ގޮފިން އެެއް ވަނަ ޚާޞިލްކޮށްފައިވަނީ ޢާއިޝަތު ޒީކް ރިޔާޟްއެވެ.
25 Sep 2026
މަސްޖިދުލްޙަރާމްގެ އިމާމު ޑރ ޔާސިރް އައްދައުސަރީ ރާއްޖެ ވަޑައިގަންނަވަނީ
މިއީ 43 އަހަރު ފަހުން މަސްޖިދުލް ޙަރަމްގެ އިމާމަކު ރާއްޖެވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.
24 Sep 2026
ފަހު ހާފްގައި ޖެހި ލަނޑުތަކާއެކު ޗައިނާއިން ދިވެހިރާއްޖެ ބަލިކޮށްފި
އީތަން އަދި އިލާން ނުލައި ރާއްޖެ ނުކުތް މި މެޗުގެ ފުރަތަމަ ހާފްގައި، ޗައިނާ ކުޅުންތެރިން ފޮނުވާލި ގިނަ ހަމަލާތައް ރާއްޖޭގެ ކީޕަރު ވަނީ ވަރަށް ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.
24 Sep 2026
ގަން އެއާޕޯޓުން 3,345 ގްރާމުގެ ކެނަބިސް އަތުލައިގެންފި
މި ތަކެތި ފެނިފައިވަނީ ސެޕްޓެމްބަރު 22 ވަނަ ދުވަހު ގަން އިންޓަރނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެ އެތެރެވި އިންޑިއާގެ ދެ ރައްޔިތެއްގެ ފޮށިތައް ބަލައި ފާސްކުރުމުގެ ތެރޭގައެވެ.
24 Sep 2026
ބާރަށުގައި ރޭގަނޑު 9 ގެ ފަހުން ދަރިވަރުން ބޭރުގައި އުޅުން މަނާކޮށްފި
ޒަރޫރީ ބޭނުމެއް ނެތި ރޭގަނޑު ނުވައެއް ޖެހުމަށް ފަހު، ބެލެނިވެރިއަކާއެކު މެނުވީ ދަރިވަރުން ބޭރުގައި
24 Sep 2026
އެމްޓީސީސީގެ މަސައްކަތްތަކަށް ޔޫއޭއީ ކުންފުންޏަކުން އިންވެސްޓުކުރުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފި
ޔޫއޭއީގެ އެންއެމްޑީސީއާ އެމްޓީސީސީ ގުޅިގެން ރާއްޖޭގައި މަޝްރޫޢުތައް ހިންގުމާއި ޑްރެޖިންގ ސަޕޯޓާއި މުވައްޒަފުން ތަމްރީނުކުރުމާ ގުޅޭ ގޮތުން އަބޫދާބީގައި މަޝްވަރާކޮށް، އެއްބަސްވުމެއްގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ.
24 Sep 2026
ހިލޭ ޑިގްރީ ސްކީމުގައި ބައިވެރިވި ދެބައިކުޅަ އެއްބައި ދަރިވަރުން ކޯސް ނުނިންމާ
އެ ރިޕޯޓުގައި ދިރާސާކޮށްފައި ވަނީ ހިލޭ ޑިގްރީ ސްކީމް ހިންގުމުގައި ކަންކަން އޮތް ގޮތެވެ. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ) އާއި ކިޔަވައިދޭ އެކި މަރުކަޒުތަކުން ހޯދި ތަފާސްހިސާބުތައް ދައްކާ ގޮތުން އެ މުއްދަތުގައި ޖުމްލަ 11641 ދަރިވަރުން ސްކީމުގައި ބައިވެރިވެފައިވެއެވެ. ނަމަވެސް ކޯސް ނިންމައިގެން ނުކުމެފައި ވަނީ 5833 ދަރިވަރުންނެވެ.
24 Sep 2026
ޗައިނާއާ އޮތީ ވަރަށް ގާތްގުޅުމެއް، އެ ގުޅުމުގެ ފައިދާ ވަރަށް ބޮޑު: ރައީސް
ރައީސް ވިދާޅުވީ ދެ ގައުމުގެ ގުޅުން ބިނާވެފައި އޮތީ އިހްތިރާމްގެ މައްޗަށް ކަމަށާ ރާއްޖެއާ ޗައިނާގެ ގުޅުމަކީ ފައިދާހުރި ގުޅުމެއް ކަމަަށެވެ. އެ ގުޅުމުގެ ފައިދާ މުސްތަގުބަލުގައި ވެސް ލިބިގެންދާނެ ކަމަށް ވިދާޅުވި އެވެ.