ހައިލަމް ޖޭޕީއަށް ސޮއި ކުރައްވައި، ފޯމު ގާސިމްއާއި ހަވާކުކުރައްވަނީ-- ފޮޓޯ/ ޖޭޕީ
ހަބަރު
18 Jun 2023 | 18:14
ވާވެއްދިފަޅު ވިއްކުން ހުއްޓުވީ ސަރުކާރުގެ ނުފޫޒުން ގާސިމްގެ ކެންޕެއިނަށް ހުރަސް އަޅަން: ހައިލަމް

ކ. ވާވެއްދިފަޅާ ގުޅިގެން ވިލާ ކުންފުނިން އެއްވެސް މުޢާމަލާތެއް ނުހިންގުމަށް އޭސީސީ އިން ވިލާ ކުންފުންޏަށް އެންގީ އެ ކުންފުނީގެ ޗެއަރ އަދި ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމްގެ ކެންޕެއިނަށް ހުރަސްއެޅުއްވުމަށް ކަމަށް ދާދިފަހުން ޖުމްހޫރީ ޕާޓީ އާއި ގުޅިވަޑައިގެންނެވި ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަހުމަދު ހައިލަމް ވިދާޅުވެއްޖެއެވެ.

ޓޫރިޒަމް މިނިސްޓްރީން ދޫކުރި ބޭނުމާ އެއްގޮތަށް މަސައްކަތް ކުރިއަށް ނުދާ ކަމަށް ބުނެ ވާވެއްދި ފަޅު ވިލާ ކުންފުނީގެ އަތުން އަތުލީ ކުރީގެ ރައީސް އަބްދުالله ޔާމީންގެ ވެރިކަމުގައި 2015 ގައެވެ.  އޭރު އަތުލި ތަންތަނުގެ ތެރޭގައި ވާވެއްދި ފަޅާއި ކ. ބޮލިދިއްފަރާއި ރ. މާނެންފުއްޓާއި ގދ. ގަޒީރާ އާއި ކ. މާދިއްގަރުފަޅު ހިމެނެއެވެ. ނަމަވެސް މި މައްސަލައިގައި ސަރުކާރުން އެއްބަސްވުން އުވާލީ ގާނޫނާ ހިލާފަށް ކަމަށް ބުނެ ސުޕްރީމް ކޯޓުން ވަނީ އެ މައްސަލަ ވިލާއާ އެއްކޮޅަށް ފަހުން ނިންމައިފައެވެ.

އެފަދައިން ކަން ހިނގާފައިވަނިކޮށް، ވާވެއްދިފަޅާއި ގުޅިގެން އެއްވެސް މުޢާމަލާތެއް ނުހިންގުމަށް ދާދިފަހުން އެންޓި-ކޮރަޕްޝަން ކޮމިޝަނުން ވިލާ އަށް ވަނީ އަންގާފައެވެ. 

އެކަމާއި ގުޅިގެން ކްރިމިނަލް ކޯޓުން އެ މައްސަލައިގައި ނިންމި ނިންމުމުގެ ފޮޓޯއަކާއި އެކު ހައިލަމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ވާވެއްދިފަޅު ކުއްޔަށް ދިނުމަށްޓަކައި ދައުލަތުން ވިލާ ކުންފުންޏާއެކު ވެފައިވާ އެއްބަސްވުމަށް އިޙްތިރާމްކޮށް، އެއްބަސްވުމާ އެއްގޮތަށް ޢަމަލުކުރުމަށް ދައުލަތުގެ މައްޗަށް 18 އެޕްރީލް 2018 ވަނަ ދުވަހު ސުޕްރީމް ކޯޓުން ޙުކުމް ކޮށްފައިވާ ކަމަށެވެ.

އަދި އެފަޅާއި ގުޅިގެން ވިލާ ކުންފުނިން އެއްވެސް މުޢާމަލާތެއް ނުހިންގުމަށް އޭސީސީ އިން ވިލާ ކުންފުންޏަށް އަންގާފައިވަނީ، ވާވެއްދިފަޅު، ވިލާ ކުންފުންޏަށް ކުއްޔަށްދިނުމުގައި ކޮރަޕްޝަންގެ ކުށެއް އެކުލެވިގެންނުވާކަމަށް އޮކްޓޫބަރު 2018 ގައި އޭސީސީން ނިންމާފައިވަނިކޮށްކަންވެސް ހައިލަމް ފާހަގަ ކުރެއްވިއެވެ.

އަދި އެކަން ކޮށްފައިވަނީ ޤާސިމް އިބްރާހީމް 2023 ވަނަ އަހަރުގެ ރިޔާސީ އިންތީޚާބަށް ކުރިމަތިލައްވާނެކަން އިޢުލާންކުރެއްވުމުން އެމަނިކުފާނުގެ ކެމްޕެއިނަށް ހުރަސްއެޅުމުގެގޮތުން ސަރުކާރުން ވާގިވެރިވެގެން ކަމަށްވެސް އޭނާ ވިދާޅުވި އެވެ. 

"ޖޭޕީގެ ލީޑަރު އޮނަރަބަލް ޤާސިމް އިބްރާހީމް 2023 ވަނަ އަހަރުގެ ރިޔާސީ އިންތީޚާބަށް ކުރިމަތިލައްވާނެކަން އިޢުލާންކުރެއްވުމުން އެމަނިކުފާނުގެ ކެމްޕެއިނަށް ހުރަސްއެޅުމުގެގޮތުން ސަރުކާރުން ވާގިވެރިވެ އަދި ދައުލަތުގެ މުއައްސަސާތަކަށް ނުފޫޒު ފޯރުވައިގެން ހިންގާ ހުތުރުކަންބޮޑު ސިޔާސީ މި ފިނޑިޢަމަލު ޖުމްހޫރީ ޕާޓީގެ ފަރާތުން ހަރުކަށި އިބާރާތުން ކުށްވެރިކުރަމެވެ." ހައިލަމް ވިދާޅުވިއެެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Sep 2026
ޤުރުއާން ކިޔެވުމުގެ 38 ވަނަ ގައުމީ މުބާރާތުގެ ރަންވަނަތައް އިޒުޢާން، އާޔަން އަދި ޒީކަށް
ޙާފިޡުގެ ގޮފިން، މުޅި މުބާރާތުން އެއް ވަނަ ޚާޞިލްކޮށްފައިވަނީ އިސްމާޢީލް އިޒުޢާން އިބްރާހީމްއެވެ. މުޅި މުބާރާތުން ނުބަލާ ކިޔެވުމުގެ ގޮފިން އެެއް ވަނަ ޚާޞިލްކޮށްފައިވަނީ ޢާއިޝަތު ޒީކް ރިޔާޟްއެވެ.
25 Sep 2026
މަސްޖިދުލްޙަރާމްގެ އިމާމު ޑރ ޔާސިރް އައްދައުސަރީ ރާއްޖެ ވަޑައިގަންނަވަނީ
މިއީ 43 އަހަރު ފަހުން މަސްޖިދުލް ޙަރަމްގެ އިމާމަކު ރާއްޖެވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.
24 Sep 2026
ފަހު ހާފްގައި ޖެހި ލަނޑުތަކާއެކު ޗައިނާއިން ދިވެހިރާއްޖެ ބަލިކޮށްފި
އީތަން އަދި އިލާން ނުލައި ރާއްޖެ ނުކުތް މި މެޗުގެ ފުރަތަމަ ހާފްގައި، ޗައިނާ ކުޅުންތެރިން ފޮނުވާލި ގިނަ ހަމަލާތައް ރާއްޖޭގެ ކީޕަރު ވަނީ ވަރަށް ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.
24 Sep 2026
ގަން އެއާޕޯޓުން 3,345 ގްރާމުގެ ކެނަބިސް އަތުލައިގެންފި
މި ތަކެތި ފެނިފައިވަނީ ސެޕްޓެމްބަރު 22 ވަނަ ދުވަހު ގަން އިންޓަރނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެ އެތެރެވި އިންޑިއާގެ ދެ ރައްޔިތެއްގެ ފޮށިތައް ބަލައި ފާސްކުރުމުގެ ތެރޭގައެވެ.
24 Sep 2026
ބާރަށުގައި ރޭގަނޑު 9 ގެ ފަހުން ދަރިވަރުން ބޭރުގައި އުޅުން މަނާކޮށްފި
ޒަރޫރީ ބޭނުމެއް ނެތި ރޭގަނޑު ނުވައެއް ޖެހުމަށް ފަހު، ބެލެނިވެރިއަކާއެކު މެނުވީ ދަރިވަރުން ބޭރުގައި
24 Sep 2026
އެމްޓީސީސީގެ މަސައްކަތްތަކަށް ޔޫއޭއީ ކުންފުންޏަކުން އިންވެސްޓުކުރުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފި
ޔޫއޭއީގެ އެންއެމްޑީސީއާ އެމްޓީސީސީ ގުޅިގެން ރާއްޖޭގައި މަޝްރޫޢުތައް ހިންގުމާއި ޑްރެޖިންގ ސަޕޯޓާއި މުވައްޒަފުން ތަމްރީނުކުރުމާ ގުޅޭ ގޮތުން އަބޫދާބީގައި މަޝްވަރާކޮށް، އެއްބަސްވުމެއްގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ.
24 Sep 2026
ހިލޭ ޑިގްރީ ސްކީމުގައި ބައިވެރިވި ދެބައިކުޅަ އެއްބައި ދަރިވަރުން ކޯސް ނުނިންމާ
އެ ރިޕޯޓުގައި ދިރާސާކޮށްފައި ވަނީ ހިލޭ ޑިގްރީ ސްކީމް ހިންގުމުގައި ކަންކަން އޮތް ގޮތެވެ. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ) އާއި ކިޔަވައިދޭ އެކި މަރުކަޒުތަކުން ހޯދި ތަފާސްހިސާބުތައް ދައްކާ ގޮތުން އެ މުއްދަތުގައި ޖުމްލަ 11641 ދަރިވަރުން ސްކީމުގައި ބައިވެރިވެފައިވެއެވެ. ނަމަވެސް ކޯސް ނިންމައިގެން ނުކުމެފައި ވަނީ 5833 ދަރިވަރުންނެވެ.
24 Sep 2026
ޗައިނާއާ އޮތީ ވަރަށް ގާތްގުޅުމެއް، އެ ގުޅުމުގެ ފައިދާ ވަރަށް ބޮޑު: ރައީސް
ރައީސް ވިދާޅުވީ ދެ ގައުމުގެ ގުޅުން ބިނާވެފައި އޮތީ އިހްތިރާމްގެ މައްޗަށް ކަމަށާ ރާއްޖެއާ ޗައިނާގެ ގުޅުމަކީ ފައިދާހުރި ގުޅުމެއް ކަމަަށެވެ. އެ ގުޅުމުގެ ފައިދާ މުސްތަގުބަލުގައި ވެސް ލިބިގެންދާނެ ކަމަށް ވިދާޅުވި އެވެ.