ޤާސިމް އިބްރާހިމް ޒުވާން ދަނޑުވެރިޔާއާއެކު -- ފޮޓޯ/ ގާސިމް
ހަބަރު
19 Jun 2023 | 05:19
އަޅުގަނޑުގެ ވެރިކަމުގައި ދިވެހިރާއްޖެއަށް ދަނޑުވެރިކަމުގެ ރަން ޒަމާން ގެންނާނަން: ޤާސިމް

ދިވެހިރާއްޖެއަށް ދަނޑުވެރިކަމުގެ ރަން ޒަމާން ގެނެސްދެއްވާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރ އަދި އެ ޕާޓީގެ ރިޔާސީ ކެނޑިޑޭޓް ޤާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ. 

ޤާސިމް ވިދާޅުވީ ދިވެހީންގެ މި ޢިއްޒަތްތެރި ބިމުގައި، ދިވެހީންގެ މުނާސަބު ފެހި ދަނޑުގައި، ދިވެހީންގެ މުރާލިކަމާ އެކުގައި، ރުވަމުން މިދާ ގަސްތައް الله ތަޢާލާގެ އިރާދަފުޅާ މިންވަރުފުޅުން ފޯދޭނެ ކަމަށެވެ.

އަދި ދިވެހި ޒުވާން ދަނޑުވެރިޔާ ރަމްޒީފަދަ އެތަކެއް ހާސް ދަނޑުވެރީން މި ޤައުމުގެ މުސްތަޤްބަލަށްޓަކާ ބޭނުންވާ ކަމަށް ޤާސިމް ވިދާޅުވިއެވެ. 

"އަޅުގަނޑުގެ ވެރިކަމެއްގައި ދަޑުވެރިކަން ޒަމާނީ ޓެކްނޯލިޖީއާއި އެކު ތަރައްޤީ ކޮށް، ޤައުމުގެ ފުޑްސެކިއުރިޓީއަށް އިސްކަންދީ، ދިވެހިރާއްޖޭގެ ދަނޑުވެރިކަމުގެ ރަންޒަމާން ގެންނާނަށް. އިންޝާ الله" ޤާސިމް ވިދާޅުވިއެވެ.

އެކި ދާއިރާ ތަކުގެ މަސައްކަތްތެރިންނާ ބައްދަލު ކުރައްވައި، ޤާސިމް ގެންދަވަނީ އެ ދާއިރާތަކުގެ އަޑު އައްސަވަމުންނެވެ.

އެގޮތުން މަސްވެރިންގެ ދަތިތައް ހައްލުކޮށްދެވޭނީ ސީދާ މަސްވެރިންގެ ގާތުން ހާލު އަހައިގެން ކަމަށް ވިދާޅުވެ ޤާސިމް ވަނީ މި ހަފްތާ ތެރޭގައި ބައެއް މަސްވެރިންނާ ބައްދަލު ކުރައްވާފައެވެ.

‏"ދިވެހި މަސްވެރިންނަށް ދިމާވެފައިވާ އެކިދަތިތަށް ހައްލު ކުރުމުގައި ފާއިތުވި ހުރިހާ ސަރުކާރުތަކުންވެސްް ވަނީ އެކި މިންވަރަށް އިހްމާލުވެފަ، އެކަންކަމަށް ހައްލުގެނެވޭނީ، މަސްވެރިންނާއި ގާތުން މަސައްކަތްކޮށް، މަސްވެރިންގެ ހާލަތު ސީދާ މަސްވެރިންގެ ފަރާތުން އަޑުއަހައިގެން" މަސްވެރިންނާ ބައްދަލު ކުރެއްވުމަށްފަހު ޤާސިމް ކުރެއްވި ޓްވީޓުގައި ވިދާޅުވިއެވެ.

މިއަހަރު ސެޕްޓެމްބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގައި ޖުމްހޫރީ ޕާޓީގެ ފަރާތުން ޤާސިމް ވާދަކުރުމަށް މިހާރުވަނީ ހަމަޖެހިފައެވެ.

ރިޔާސީ އިންތިޚާބާއި ގުޅިގެން އެކި ދާއިރާތަކާއި ގުޅޭ އެކި ވަޢުދުތައް ކޮންމެ ކެނޑިޑޭޓަކުވެސް ރައްޔިތުންނާއި ހަމައަށް ގެނެއެވެ.

މިހާރުގެ ސަރުކާރުންވެސް ވެރިކަމަށް  އައުމަށް ކެމްޕޭނު ކުރިއިރު މަސްވެރިންނަށް ގިނަ ވަޢުދުތަކެއް ވެފައި ވާއިރު، އެކަންކަން ކުރެވިފައި ނުވާކަމަށް ބުނެ އިދިކޮޅުން އަންނަނީ ބުނަމުންނެވެ. 

ކޮމެންޓް
އެލެކްސް
މުވައްޒިފުންނަށް މުސާރަ ކޮޅު ދިފަ ދައުލަތަށް ދައްކަންޖެހޭ ޓެކްސް ދައްކަބަލަ ރައީސް ކަމަށް އަރަން ވިސްނަން ލަދުގަނެބަލަ
19 Jun 2023
ގުޅޭ ލިޔުންތައް
25 Sep 2026
ޤުރުއާން ކިޔެވުމުގެ 38 ވަނަ ގައުމީ މުބާރާތުގެ ރަންވަނަތައް އިޒުޢާން، އާޔަން އަދި ޒީކަށް
ޙާފިޡުގެ ގޮފިން، މުޅި މުބާރާތުން އެއް ވަނަ ޚާޞިލްކޮށްފައިވަނީ އިސްމާޢީލް އިޒުޢާން އިބްރާހީމްއެވެ. މުޅި މުބާރާތުން ނުބަލާ ކިޔެވުމުގެ ގޮފިން އެެއް ވަނަ ޚާޞިލްކޮށްފައިވަނީ ޢާއިޝަތު ޒީކް ރިޔާޟްއެވެ.
25 Sep 2026
މަސްޖިދުލްޙަރާމްގެ އިމާމު ޑރ ޔާސިރް އައްދައުސަރީ ރާއްޖެ ވަޑައިގަންނަވަނީ
މިއީ 43 އަހަރު ފަހުން މަސްޖިދުލް ޙަރަމްގެ އިމާމަކު ރާއްޖެވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.
24 Sep 2026
ފަހު ހާފްގައި ޖެހި ލަނޑުތަކާއެކު ޗައިނާއިން ދިވެހިރާއްޖެ ބަލިކޮށްފި
އީތަން އަދި އިލާން ނުލައި ރާއްޖެ ނުކުތް މި މެޗުގެ ފުރަތަމަ ހާފްގައި، ޗައިނާ ކުޅުންތެރިން ފޮނުވާލި ގިނަ ހަމަލާތައް ރާއްޖޭގެ ކީޕަރު ވަނީ ވަރަށް ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.
24 Sep 2026
ގަން އެއާޕޯޓުން 3,345 ގްރާމުގެ ކެނަބިސް އަތުލައިގެންފި
މި ތަކެތި ފެނިފައިވަނީ ސެޕްޓެމްބަރު 22 ވަނަ ދުވަހު ގަން އިންޓަރނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެ އެތެރެވި އިންޑިއާގެ ދެ ރައްޔިތެއްގެ ފޮށިތައް ބަލައި ފާސްކުރުމުގެ ތެރޭގައެވެ.
24 Sep 2026
ބާރަށުގައި ރޭގަނޑު 9 ގެ ފަހުން ދަރިވަރުން ބޭރުގައި އުޅުން މަނާކޮށްފި
ޒަރޫރީ ބޭނުމެއް ނެތި ރޭގަނޑު ނުވައެއް ޖެހުމަށް ފަހު، ބެލެނިވެރިއަކާއެކު މެނުވީ ދަރިވަރުން ބޭރުގައި
24 Sep 2026
އެމްޓީސީސީގެ މަސައްކަތްތަކަށް ޔޫއޭއީ ކުންފުންޏަކުން އިންވެސްޓުކުރުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފި
ޔޫއޭއީގެ އެންއެމްޑީސީއާ އެމްޓީސީސީ ގުޅިގެން ރާއްޖޭގައި މަޝްރޫޢުތައް ހިންގުމާއި ޑްރެޖިންގ ސަޕޯޓާއި މުވައްޒަފުން ތަމްރީނުކުރުމާ ގުޅޭ ގޮތުން އަބޫދާބީގައި މަޝްވަރާކޮށް، އެއްބަސްވުމެއްގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ.
24 Sep 2026
ހިލޭ ޑިގްރީ ސްކީމުގައި ބައިވެރިވި ދެބައިކުޅަ އެއްބައި ދަރިވަރުން ކޯސް ނުނިންމާ
އެ ރިޕޯޓުގައި ދިރާސާކޮށްފައި ވަނީ ހިލޭ ޑިގްރީ ސްކީމް ހިންގުމުގައި ކަންކަން އޮތް ގޮތެވެ. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ) އާއި ކިޔަވައިދޭ އެކި މަރުކަޒުތަކުން ހޯދި ތަފާސްހިސާބުތައް ދައްކާ ގޮތުން އެ މުއްދަތުގައި ޖުމްލަ 11641 ދަރިވަރުން ސްކީމުގައި ބައިވެރިވެފައިވެއެވެ. ނަމަވެސް ކޯސް ނިންމައިގެން ނުކުމެފައި ވަނީ 5833 ދަރިވަރުންނެވެ.
24 Sep 2026
ޗައިނާއާ އޮތީ ވަރަށް ގާތްގުޅުމެއް، އެ ގުޅުމުގެ ފައިދާ ވަރަށް ބޮޑު: ރައީސް
ރައީސް ވިދާޅުވީ ދެ ގައުމުގެ ގުޅުން ބިނާވެފައި އޮތީ އިހްތިރާމްގެ މައްޗަށް ކަމަށާ ރާއްޖެއާ ޗައިނާގެ ގުޅުމަކީ ފައިދާހުރި ގުޅުމެއް ކަމަަށެވެ. އެ ގުޅުމުގެ ފައިދާ މުސްތަގުބަލުގައި ވެސް ލިބިގެންދާނެ ކަމަށް ވިދާޅުވި އެވެ.