އެމްޑީޕީގެ ކުރީގެ ނައިބު ރައީސް ޝިފާޒު/ ފޮޓޯ: ދެން
ހަބަރު
19 Jun 2023 | 10:26
އަޅުގަނޑުމެން ނުލާ ޖަލެއް، ނުޖެހޭ ކަރުނަ ގޭހެއް ނެތް: ޝިފާޒު

ބިރުދައްކައިގެން ނުވަތަ ޖެއްސުން ކޮށްގެން "ދަ ޑިމޮކްރެޓްސް" އުފެއްދުން ނުހުއްޓުވޭނެކަމަށް އެމްޑީޕީން ވަކިވެވަޑައިގެންނެވި އިރު އެ ޕާޓީގެ ނައިބު ރައީސްގެ މަޤާމުގައި ހުންނެވި އަހުމަދު ޝިފާޒު ވިދާޅުވެއްޖެ އެވެ. 

ޝިފާޒު މިފަދައިން ވިދާޅުވެފައިވަނީ ރޭ ދަ ޑިމޮކްރެޓްސްއިން ބޭއްވި ހަރުގެ ޖަލްސާގައި ވާހަކަދައްކަވަމުން ނެވެ. 

ޝިފާޒު ވިދާޅުވީ އެމްޑީޕީން ވަކިވި ފަރާތްތަކުން އުފައްދަން މަސައްކަތް ކުރާ ސިޔާސީ ޕާޓީ ރަޖިސްޓާކޮށް ނުދިނުމަށް އިލެކްޝަން ކޮމިޝަނުން ބަހަނާތައް ދައްކަމުންދަނީ އެމީހުންނަށް ސަރުކާރުން އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ޕްރެޝާކޮށްގެން ކަމަށެވެ. 

"އިއްޔެ ރައީސުލްޖުމްހޫރިއްޔާ ނިންމައިފި އެބޭފުޅާއަށް ހެދެން އޮތް އެންމެ ބޮޑު އުނދަގުލެއް، ކުރެވެން އޮތް އެންމެ ބޮޑު ދުއްތުރާލެއް މިކަމަށް ކުރަން. އިންތިޚާބަކަށް ދެމަސް ދުވަހަކަށް ވެފައި އޮއްވާ ހައެއްކަ ރަށުގައި ނެގި ބައި އިލެކްޝަނެއް އެ އޮތީ ބޮޑުތަނުން ބަލިވެފައި. ދެން އޭނަގެ (ރައީސްގެ) މިޒާޖު އެނގޭ މީހަކަށް ވާތީ މި ދަންނަވަނީ ވަރަށް ހިތުގަ ޖެހޭނެ، ހަމަ ވަރަށް ރުޅިގަދަވާނެ... ދެން ކީކޭ އަޅުގަނޑު ދަންނަވާނީ ބަލިވީއޭ ހަމަ... ދެން އެ ރުޅިވެރިކަން އަޅުގަނޑުމެންގެ މައްޗަށް ބާލަންވީ ސަބަބެއް ހަގީގަތުގައި ނެތް، އެހެން ނަމަވެސް އެއީ އޭނާ"

އެމްޑީޕީގެ ކުރީގެ ނައިބު ރައީސް ޝިފާޒު 

ޝިފާޒު ވިދާޅުވީ އިންތިޒާމުވެގެން ސިޔާސީ ހަރަކާތްތައް ހިންގުމަށް، ސިޔާސީ ޕާޓީއެއް އެ ބޭފުޅުން އެންމެ ފުރަތަމަ ދުވަހު ވެސް އުފެއްދީ ވަރަށް ގިނަ ގޮންޖެހުންތަކުގެ ތެރެއިން ކަމަށެވެ. 

މިއަދު އެމްޑީޕީގެ އިސް ސަފުގައި ތިއްބެވި ފޮރިން މިނިސްޓަރު އަބްދުالله ޝާހިދުމެން ފަދަ ބޭބޭފުޅުންނަށް އެމްޑީޕީ އުފައްދަން ކުރި ބުރަ މަސައްކަތް އިހުސާސް ވެސް ނުކުރެވޭނެ ކަމަށާއި، ޝާހިދުމެންނަކީ އެ ދުވަހު އެމްޑީޕީ އުފެއްދުމަށް އެންމެ ބޮޑަށް ހުރަސްއަޅަމުން ދިޔަ މީހުންކަމަށް ޝިފާޒު ވިދާޅުވި އެވެ. 

އެއާއެކު އޭނާ ވިދާޅުވީ، ޑިމޮކްރެޓްސް އުފައްދަން ނިކުމެ ތިބީ އެމްޑީޕީ އުފެއްދުމަށް މަގުމަތީގައި ގުރުބާންވި މީހުން ކަމަށެވެ. އެހެންކަމުން، އެހާ އަވަހަށް ފަހަތަށް ޖެހި، ބިރުގަންނާނެ ބަޔަކަށް އެމީހުން ނުވާނެކަން ސަރުކާރަށް ވެސް އަދި ފޮރިން މިނިސްޓަރަށް ވެސް އެނގިވަޑައިގަންނަވަން ވާނެކަމަށް އޭނާ ވިދާޅުވި އެވެ. 

" ސާފުވާންވީ އެއްޗަކީ އޭރުގައި ވެސް މިނިސްޓަރު ޝާހިދަކަށް ނުހުއްޓުވުނު. ދެން މިއަދު ވަކި ހިފެހެއްޓޭނެކަަމަށް އެހެން ދެކިގެން ނުވާނެ. އަޅުގަނޑުމެން ސާފުކޮށް މި ދަންނަވަނީ، މި ރާއްޖެއަކު އެއް، މި ރާއްޖޭގެ ސަރުކާރެއްގައެއް، ސަރުކާރެއްގެ ތެރޭގައި ނުލިބޭ ވަކި އިތުރު އަނިޔާއެއް ކުރިމަތިނުވާ އުނދަގުލެއް ނުލާ ޖަލެއް، ނުޖެހޭ ކަރުނަ ގޭހެއް މިއިން އެއްވެސް މީހެއް ނުހުންނާނެ"

އެމްޑީޕީގެ ކުރީގެ ނައިބު ރައީސް ޝިފާޒު 

އެކަން ކަން ފާހަގަކޮށް ޝިފާޒު ވިދާޅުވީ ދަ ޑިމޮކްރެޓްސް ދާދި އަވަހަށް އުފައްދާނެ ކަމަށެވެ. އަދި އެ ޕާޓީ ނިކުމެ މި ސަރުކާރު ޖަވާބުދާރީ ކުރުވާނެ ކަމަށާއި، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހަށް ވެރިކަމުގެ ދެވަނަ ދައުރެއް ނުދޭނެކަމަށް ޝިފާޒު ވަނީ ތަކުރާރުކޮށް ވިދާޅުވެފަ އެވެ. 

ކޮމެންޓް
އާދަނު123
ހިތުން ވަރަށް މޮޅުވާހަކައެއް މިދެއްކެނީ، ޖަނަވާރުން އުޅޭހެން މަޖިލީހާ މަގުމަތީ އުޅެ ދިވެހިރާއްޖޭގެ އަމަން އަމާންކަން ނަގާލާ ދިވެހިންގެ ލަދު ހަޔާތް ކަނޑުވާލީ ވެރިކަމުގެ ދަހިވެތި ކަމުގަ
19 Jun 2023
ގުޅޭ ލިޔުންތައް
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.
05 Oct 2026
ތަންފީޒު ކުރަން ފަށައިފި؛ ނުރައްކާތެރިކޮށް ދުއްވި ސައިކަލެއް ޓޯކޮށް ފިޔަވަޅު އަޅައިފި
މި ސައިކަލު ހުއްޓުވައި އޭގައި ތިބި ދެ މީހުން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ސުވާލުކުރުމަށްފަހު ދޫކޮށްލައިފައި ކަމަށް ފުލުހުން ބުންޏެވެ.