ރައީސް ނަޝީދު ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަނީ---ފޮޓޯ: މަޖިލިސް
ހަބަރު
19 Jun 2023 | 18:26
މާދަމާގެ މަޖިލީހުގެ ޖަލްސާ ބޭއްވޭކަށް ނެތް: ރައީސް ނަޝީދު

މަޖިލީހުގެ ގަވައިދުގެ ސަބަބުން މާދާމާގެ ޖަލްސާ ކުރިއަށް ގެންދެވެން ނެތް ކަމަށް މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވެއްޖެއެވެ.

އެގޮތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަށާއި އަށާއި ނައިބު ރައީސްްގެ އީވާ އަބްދުالله ގެ މައްޗަށް އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހަޅާފައިވުމުގެ ސަބަބުން މިއަދުގެ މަޖިލީހުގެ ޖަލްސާއާއި ވޭތުވެދިޔަ 2 ޖަލްސާގެ ރިޔާސަތު ބަލަހައްޓަވަމުން ގެންދަވާފައިވަނީ ވިލުފުށި ދާއިރާގެ މެންބަރު ހަސަން އަފީފު އެވެ.

މަޖިލީހުގެ ގަވާއިދުގައި ވާގޮތުން މަޖިލީހުގެ ރައީސް އާއި ނައިބު ރައީސް ފިޔަވައި އެހެން ބޭފުޅަކު މަޖްލީހުގެ ރިޔާސަތު ބެލެހެއްޓޭނީ ވިދިވިދިގެން 3 ޖަލްސާއަށެވެ.

މިކަމާއި ގުޅޭގޮތުން ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ މަޖިލީހުގެ ރައީސް ރިޔާސަތު ނުބެލެެހެއްޓުމާއި ގުޅޭ ގޮތުން ގާނޫނު އަސާސީ އުފަން ކުރުވާފައިވާ މަފްހޫމްގައި ބަޔާންކޮށްދީފައިވަނީ، މަޖްލީހުގެ ރައީސް މަޖިލީހުގައި ހަމަ ކަށަވަރުންވެސް ނީންނާންވި ވަގުތަކީ އޭނާގެ މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓެއް ހުށަހެޅި، އެ ވޯޓް ނަގާ ގަޑި ކަމުގައި ކަމަށެވެ. އަދި މިމަފްހޫމާއި މެދު އެމަނިކުފާނުގެ ހިތުގައި އެއްވެސް ޝައްކެއް ނެތް ކަމަށެވެ.

މިއާއިއެކު މަޖިލީހުގެ ރައީސް ރިޔާސަތު ބެލެހެއްޓުމުން އެއްކިބާ ވާންޖެހޭ ހާލަތްތަކުގައި ވާންޖެހޭ ގޮަތްތައް މަޖިލީހުގެ ގަވައިދުގައި ބަޔާންކޮށްފައިވާ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އެހެންކަމުން މަޖިލީހުގެ ރައީސް އާއި ނައިބު ރައީސްގެ މައްޗަށް އެއްފަހަރާ އިތުބާރު ނެތް ކަމުގެ މައްސަލައެއް ހުށައެޅުމަކީ އުސޫލުތަކާއި، ގާނޫނު އަސާސީ އަދި މަޖިލީހުގެ ގަވައިދު ވިސްނާފަ އޮތް ގޮތްތަކާއި ވަރަށް ބޮޑަށް ޚިލާފު ވެވުން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

އަދި އެމަނިކުފާނަށް ފެންނަ ފެނުމުގައި ކަނޑައެޅިގެން މަޖިލިސް ހުއްޓާލުމުގެ ނިޔަތުގައި ނޫނީ މިފަދައިން އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހުގެ މެމްބަރުންނެއް ހުށައެއް ނާޅުއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

54 މެމްބެރުން މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހެޅުމުން ޑިމޮކްރަޓިކް މުޖްތަމައުތަކުގައި ކަން ހިނގާ ގޮަތަށް ބަލާއިރު ރައީސް ނަޝީދު ރިޔާސަތުގައި އިންނެވުމަކީ އެއްގޮތަކަށްވެސް ކަމުދާ ކަމެއް ނޫން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"އަޅުގަނޑު ރައީސުލްޖުމްހޫރިއްޔާ އަރިހުން އެދެން މަޖިލިސް ހުއްޓަވާ ނުލެއްވުމަށް އަދި މަޖިލިސް ބަންދުވާ ބާވަތުގެ އެއްވެސް ކަމެއް ވިޔަ ނުދެއްވުމަށް. ރައީސުލްޖުމްހޫރިއްޔާ އަކީ އެމްޑީޕީގެ ގެ އިސް ލީޑަރު. ދެން އިސް ލީޑަރު މި އުޅުއްވަނީ ހަމަ އެ ޕާޓީގެ ރައީސްގެ މައްޗަށް އިތުބާރު ނެތް ކަމަށް ވޯޓު ނެގުމަށް. އަޅުގަނޑު ދަންނަވާނީ ތިކަން ކުރައްވާން އޮތް އިޖުރާތުގަ ކުރައްވާށޭ." ނަޝީދު ވިދާޅުވިއެވެ.

އެހެންކަމުން ފުރަތަމަ ނައިބު ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލަ އަނބުރާނެންގެވުމަށްފަހު ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށައެޅުއްވުމަށް އެމަނިކުފާނު އެދުނެވެ.

"އަދި އަޅުގަނޑަށް ފެންނަ ފެނުމުގައި ރައީސް މަޖްލިސް ނުހުއްޓުވައި މިކަން ކުރައްވާން އެދި ވަޑައިގަންނަވާނަމަ ހަމަ ރީތިކޮށް ގެންގޮސް އަޅުގަނޑުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ނިންމޭނެ. އެއީ އެއްވެސް ޝައްކެއް ހުރި ކަމެއް ނޫން. ރައީސް އެވަނީ މަޖިލީހުގެ ކޮންޓްރޯލް ނަންގަވާފަ. އެ ކޮންޓްރޯލް ބޭނުން ކުރައްވައިގެން މަޖިލިސް ކުރިއަށްދަނީ. އަޅުގަނޑު ވަރަށް ބޮޑަށް އިޚްލާސްތެރިކަމާއިއެކު ރައީސްގެ އަރިހުން އެދެން މިކަން މިހެން ކޮށްދެއްވުމަށް." ނަޝީދު ވިދާޅުވިއެވެ.

ނަޝީދު އިތުރަށް ވިދާޅުވީ މިދިޔަ ބުރާސްފަތި ދުވަހު އަފީފް އާއި ރައީސް ޞާލިހު މަޝްވަރާ ކުރުމަށް އެޕޮއިންޓް ހެއްދުމަށް މަޖިލީހުގެ އަމިންއާންމުގެ އަރިހުން އެދުމުން އެކަން ކުރެއްވުމަށް ބޭއްވި ބައްދަލު ކުރެއްވުމުގައި މިކަން ބައްލަވާނެ ކަމަށް ރައީސް ޞާލިހު ވިދާޅުވެފައިވާ ކަމަށެވެ.

"މާދަމާގެ ޖަލްސާއެއް ބޭއްވޭކަށެއް ނެތް. ގަވައިދު މި ބުނަނީ މަޖިލިސް ރައީސް އާއި މަޖިލިސްް ނައިބު ރައީސް ފިޔަވައި އެހެން ބޭފުޅަކު މަޖިލީހުގެ ރިޔާސަތު ބެލެހެއްޓޭނީ ވިދިވިދިގެން 3 ޖަލްސާއަށޭ. މިއަދަށް އެ 3 ޖަލްސާ އެ ހަމަވީ. މަޖިލިސްގެ ގަވައިދު އެބަ ބުނޭ ދައުރުގެ އެންމެ ފަހު ބުރާސްފަތީގައި ޗުއްޓީއަށް ދާނެކަމަށް. އެހެންވީމަ މަޖްލިސް ޗުއްޓީއަށްވެސް ދާނެ." މަޖިލިސް ނަޝީދު ވިދާޅުވިއެވެ.

އެހެންކަމުން ކުރިއަށް މި އޮތް 2 ޖަލްސާ އެމަނިކުފާނަށް ފެނިވަޑައިގަންނަވާ ގޮތުގައި ދެން ބޭއްވެން ނެތް ކަމަށް ނަޝީދު ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.