ފޮޓޯ: އަރބަންކޯ
ހަބަރު
20 Jun 2023 | 12:49
ހުޅުމާލެ ސްމާޓް ސިޓީއަކަށް ވާސިލުވުމަށް ލޯރާވޭން އައި.އޯ.ޓީ ސެންސަރ ނެޓްވޯކެއް!

ހުޅުމާލެ ސްމާޓް ސިޓީއަކަށް ވާސިލުވުމަށް ކުރާ ދަތުރުގައި އަރބަންކޯއިން ލޯރާވޭން އައި.އޯ.ޓީ ސެންސަރ ނެޓްވޯކެއް ގާއިމު ކޮށްފިއެވެ.

މިކަމާއި ގުޅިގެން މައުލޫމާތު ދެމުން އެ ކޯޕަރޭޝަންއިން ނެރުން ނޫސް ބަޔާނެއްގައި ބުނެފައިވަނީ ހުޅުމާލޭގެ ރައްޔިތުންގެ ދިރިއުޅުން ހިތްފަސޭހަކުރުމަށް އިންގިލާބީ ބަދަލެއް ގެނައުމަށް އާބަންކޯއިން ކުރާ ބިޔަ ދަތުރުގައި މުހިއްމު ދައުރެއް އަދާކުރާ އެއް ބްރޭންޑަކީ ސްމާޓްކޮމް ކަމަށެވެ.

އެގޮތުން ސްމާރޓް ސިޓީއެއްގެ ހުވަފެން ޙަޤީޤަތަކަށް ހެދުމަށްޓަކައި އަސާސީ ޚިދުމަތްތައް ހަރުދަނާ ކުރުމަށް ކުރެވިފައިވާ މަސައްކަތްތަކުގެ ތެރެއިން މިފަހަރު އަރބަންކޯއިން ފާހަގަކޮށްފައިވަނީ މުޅި ހުޅުމާލެ ކަވަރުކުރާގޮތަށް ޤާއިމު ކުރެވިފައިވާ ވަޔަލެސް އައި.އޯ.ޓީ ސެންސަރ ނެޓްވޯކްއެކެވެ.

އައި.އޯޓީ ސެންސަރ ނެޓްވާކެއް މުހިއްމުވަނީ ކީއްވެ؟

އަރބަންކޯއިން ވަނީ ދާދިފަހުން ހުޅުމާލޭ ހިޔާ ފްލެޓް ތަކުގައި ހިނގައިދިޔަ އަލިފާނުގެ ހާދިސާތަކަށް އަލިއަޅުވާލައި މިފަދަ ހާދިސާތައް ދެނެގަނެ ކޮންޓްރޯލް ކުރުމަށް ކަމާބެހޭ އިދާރާއަށް ދިމާވާނެ އެންމެ ބޮޑު އެއް ގޮންޖެހުމަކީ އެކަށީގެންވާ އަވަސްމިނެއްގައި އިތުބާރު ހިފޭގޮތަކަށް އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭކަން ކަށަވަރުކޮށް ވީހާވެސް އަވަހަށް އެކަމަށް އިޖާބަދިނުން ކަމަށް ފާހަގަކޮށްފައެވެ.

އެގޮތުން މިކަމުގައި އާއްމު ފަރާތްތަކުން ރިޕޯޓު ކުރަންވާއިރަށް އަލިފާނުގެ ޙާދިސާއެއް އިތުރަށް ގޯސް ވެގެން ދާން އެލިބޭ ވަގުތަކީ ވަރަށް މުހިންމު ވަގުތު ކޮޅެއް ކަމަށް އަރބަންކޯއިން ވަނީ ފާހަގަކޮށްފައެވެ.

މިއާއިއެކު އަލިފާނުގެ ޙާދިސާތައް ދެނެގަތުމަށް ބޭނުން ކުރާ އެލާމް ސިސްޓަމްތައް ގިނަފަހަރަށް ބެލެހެއްޓުންވެސް ތަކުލީފު ބޮޑު މަސައްކަތަކަށް ވެފައިވާއިރު ޓެކްނޮލޮޖީގެ ބޭނުން ކޮށްގެން އިންޓަނެޓަށް ބަރޯސާވާ ސެންސަރ އެއް ހަރުކުރުމުން އިންޓަނެޓް ނުހުންނަ ވަގުތަކުގައި އޭގެ އިތުބާރު ހިފޭނެ މިންވަރާ ގުޅޭ ގޮތުން އަރބަންކޯއިން ވަނީ ސުވާލު އުފައްދާފައެވެ.

އެހެންކަމުން އަރބަންކޯއިން ބުނެފައިވަނީ މިފަދަ ކަންކަމަށް ހައްލެއް ހޯދައިދެނީ އެކަމަށް ޚާއްޞަކޮށް ޤާއިމުކުރެވޭ ނެޓްވޯކަކުން ކަމަށެވެ.

އެގޮތުން މިހާރު ހުޅުމާލޭގައި ސްމާރޓްކޮމް އިން ޤާއިމުކޮށްފައިވާ ވަޔަލެސް ސެންސަރ ނެޓްވޯކަކީ މިފަދަ ސެންސަރތަކަށް ޚާއްޞަ ނެޓްވޯކެއް ކަމަށާއި މިފަދަ ނިޒާމެއްގެ ތެރެއިން އަލިފާނުގެ ޙާދިޘާތައް ދެނެގަތުމުގައި ކަމާބެހޭ ފަރާތްތަކަށް އިތުރު ފަސޭހަކަމާއި އަވަސްކަމެއް ފަހިކުރެވިދާނެ ކަމަށް އަރބަންކޯއިން މައުލޫމާތު ދެއެވެ.

އައި.އޯ.ޓީ ސެންސަރ ނެޓްވާކެއް ޤާއިމުކުރުމުން ހުޅުވިގެންދާ ދޮރުތައް:

-ކޮލެޖެއް ނުވަތަ ޔުނިވާސިޓީގެ ދިރާސާތަކަށް މިނެޓްވޯކް ބޭނުން ކުރެވިދާނެ

-ސިޓީއަކަށް ދިމާވާ އެންމެ ބޮޑެތި ގޮންޖެހުންތައް ހައްލުކުރުމަށް އެކި ދާއިރާތަކުން ސްމާޓް ސޮލިއުޝަންތައް ތަޢާރަފްކުރުމަށް މިފަދަ ނެޓްވޯކެއް ބޭނުން ކުރެވިދާނެ

-ގަސްހެއްދުމާއި ގަސްތަކަށް ފެންޖެހުމަށް ކުރާ މަސައްކަތްތައް ސްމާޓް އިރިގޭޝަންގެ އެހީގައި ލުއި ކުރެވިދާނެ

-މަގުމަތީގެ ތޮއްޖެހުމާއި ޓްރެފިކް މައްސަލަތައް ދެނެގަތުމަށް ސްމާޓް ޓްރެފިކް މޮނިޓަރިން ބޭނުން ކުރެވިދާނެ

-އެއްގަމު އުޅަނދުފަހަރު ޓްރެކްކޮށް ބެލެހެއްޓުމާއި ވެއާހައުސް މެނޭޖުކުރުމަށް ސްމާޓް އެސެޓް މޮނިޓަރިން ބޭނުން ކުރެވިދާނެ

-ކޮންސްޓްރަކްޝަން މަސައްކަތްކުރާ މަސައްކަތްތެރިންގެ ރައްކާތެރިކަން ދެނެގަތުމަށް ސްމާޓް ސޭފްޓީ ބޭނުން ކުރެވިދާނެ: އެގޮތުން މީގެ އެހީގައި ރައްކާތެރިކަމުގެ ހެލްމެޓް ނުވަތަ ވަޞީލަތްތައް ބޭނުން ނުކުރާ މަސައްކަތްތެރިން ދެނެގަނެ ޒިންމާދާރުކުރުވިދާނެއެވެ.

-ރަށުތެރޭގެ ކުނިބުނި މެނޭޖުކުރުމާއި އަޑުގަދަވުމާއި މިބާވަތުގެ އެތައް މައްސަލަތަކެއް ހައްލުކުރުމަށް ބޭނުންކުރަންޖެހޭ އެތަކެއް ސަތޭކަ ސެންސާތަކެއް ވަރަށް ފަސޭހަކަމާއެކު މިފަދަ ނެޓްވޯކަކާއި ގުޅާލެވިދާނެ

މިހާރު ކުރިއަށްދާ ޕްރޮޖެކްޓްތައް

ހުޅުމާލޭގައި ދިމާވާ އެންމެ ބޮޑު އެއްމައްސަލަ އަކީ ޢާއްމު ސަރަޙައްދުތަކަށް ކުނިއެޅުމުގެ މައްސަލަކަން ފާހަގަކޮށް އަރބަންކޯއިން ބުނެފައިވަނީ މީގެ ތެރެއިން ޚާއްޞަކޮށް މޫދުކައިރި އާއި އަތިރިމަތީގައި ކޮތަޅާއި، ފުޅި ދަޅު އަދި ނެޕީ ފަދަ ކުނި އުކާލާފައި ހުންނަ ހުރުމަކީ ލަދުވެތި ކަމެއް ކަމަށެވެ.

މިއާއިއެކު ހުޅުމާލޭ އޮޕަރޭޝަންސް ސްޓާފުން ވަނީ ބަރާބަރަށް ޑަސްބިންތައް ބޭނުން ނުކުރުމާއި ފުރޭ ޑަސްބިންތައް ދެނެގަނެ ވީހާވެސް އަވަހަށް އެޑަސްބިންތައް ހުސްކުރުމަކީ ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށް ފާހަގަކޮށްފައިކަމަށް އަރބަންކޯއިން ވަނީ ބުނެފައެވެ.

އެހެންކަމުން މިކަމަށް ހައްލެއް ހޯދައި ދިނުމުގެ ގޮތުން ސްމާޓްކޮމް އިން ޑަސްބިންތައް "ސްމާޓް" ކުރަން ފަށާފައިވާ މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން ކަމާގުޅޭ މުވައްޒަފުންނަށް މި ޑަސްބިންތައް ބޭނުންކުރާގޮތުގެ ތަފާސްހިސާބު ބަލާލެވޭނެ ކަމަށް އެ ކޯޕަރޭޝަން އިން މައުލޫމާތުދެއެވެ.

އެގޮތުން އެންމެ ގިނައިން ފުރޭ ބިންތަކާއި ފުރޭ ދުވަސްތަކާއި ފުރޭ ވަގުތުތައް ފަސޭހަކަމާއެކު ދެނެގަނެވި، މިއީ ތިމާވެއްޓާ ރައްޓެހި ހިތްފަސޭހަ ތަނަކަށް ހުޅުމާލެ ހެދުމަށް ކުރެވޭ މަސައްކަތްތަކަށް އިތުރު ފަސޭހަކަމެއް ލިބިގެންދާ ކަމެއް ކަމަށް އަރބަންކޯއިން ވަނީ ބުނެފައެވެ.

ލޯރާވޭން – ސްމާރޓްސިޓީތަކަށް އެންމެ އެކަށޭނަ ވަޔަލެސް ނެޓްވާރކް

ސްމާރޓްކޮމްއިން ޤާއިމުކޮށްފައިވާ ލޯރާވޭން އައި.އޯ.ޓީ ސެންސަރ ނެޓްވޯކަކީ މިއަދު ކުރިއަރާފައިވާ ޤައުމުތަކުގައި ޤާއިމުކުރަމުން ދާ އެންމެ ފުރިހަމަ އައި.އޯ.ޓީ ނެޓްވާކްގެ ބާވަތެކެވެ.

މިނެޓްވޯކުގެ ޚާއްޞަކަމަކީ، ކަވަރޭޖު ބޮޑުވެފައި، ޑޭޓާ ބޭނުންކުރާ ވަރު މަދުވެފައި ޑިވައިސްތަކުގެ ބެޓެރީގެ ޢުމުރު ދިގުވުން ކަމަށް އަރބަންކޯ އިން ވަނީ ބުނެފައެވެ.

އެގޮތުން ޢާއްމުގޮތެއްގައި މިފަދަ ސެންސައެއްގެ ބެޓެރީގެ ޢުމުރަކީ 5 އަހަރާއި 7 އަހަރާއި ދެމެދު ކަމުގައިވުމުގެ ސަބަބުން މިއީ ޑިވައިސްތައް ބެލެހެއްޓުމަށް ކުރަންޖެހޭ މަސައްކަތްތަކަށް ލިބޭ ވަރަށް ބޮޑު ފަސޭހަކަމެއް ކަމުގައި އެ ކޯޕަރޭޝަންއިން ވަނީ ފާހަގަކޮށްފައެވެ.

ކުރިމަގަށް ކުރާ އުއްމީދު

ސްމާރޓްކޮމް ގެ އުއްމީދަކީ ރައްޔިތުންނަށް ފަސޭހަވާފަދަ ސްމާޓް ޚިދުމަތްތައް ތަޢާރަފުކުރުމަށާއި ރައްޔިތުންނާއި އެންމެ ގުޅުންހުރި ބޮޑެތި މައްސަލަތައް ހައްލުކުރުމަށް އަރބަންކޯގެ އިންފްރާސްޓަރަކްޗަރ ހުޅުވާލައި، ސްމާޓް ސޮލިއުޝަންތަކެއް ފޯރުކޮށްދިނުމަށް މަގުފަހިކޮށްދިނުން ކަމަށް އެ ކޯޕަރޭޝަންއިން ވަނީ ބުނެފައެވެ. އަދި މިއީ އެންމެންގެ ބައިވެރިވުމާއެކު ކުރެވިދާނެ ކަމެއް ކަމަށް އެ ކޯޕަރޭޝަންއިން ވަނީ ބުނެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ކޮޅުވެއްޓިން ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ
ކ. ގާފަރު ކައިރިން ބަންޑުންޖަހާލި އެލްސީވީން ގެއްލިގެން ހޯދަމުންދާ ދެ މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ކަނޑާއި ވައިގެ މަގުން ކުރިއަށްގެންދާ ކަމަށާ އެހެން ނަމަވެސް އަދި އެމީހުން ނުފެންނަ ކަމަށް އެ އިދާރާއިން ބުނެފިއެވެ.
04 Aug 2026
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި 15،403 މީހުން
މިއަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގޮތުގައި 15،403 ފަރާތެއް ދަފްތަރުކުރެވިފައިވާ ކަމަށް އެންސްޕާއިން ބުނެފިއެވެ. މީގެ ތެރޭގައި އޭޕްރީލް މަހު އަލަށް ރަޖިސްޓަރީވި 96 ފަރާތެއްވެސް ހިމެނެއެވެ.
04 Aug 2026
ނިޔަފަތި ކެއުމުގެ އާދަ ހުއްޓައިލާނީ ކިހިނެއް؟
ނިޔަފަތި ކެއުމަކީ ގިނަ ބަޔަކު ނޭނގި ނަމަވެސް ކޮށް އުޅޭ ވަރަށް ޢާންމު އާދައެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފުރާވަރުގެ ކުދީންގެ ތެރެއިން ގާތްގަނޑަކަށް 45 އިންސައްތަ ކުދީން ނިޔަފަތި ކައެވެ. އަދި ކުޑަކުދީންގެ ތެރެއިން 30 އިންސައްތަ ކުދީންނާއި ޒުވާނުންގެ ތެރެއިން 25 އިންސައްތަ މީހުންނާއި ދޮށީ ޢުމުރުގެ ފަސް އިންސައްތަ މީހުންގެ ގައިގައި މި އާދަ ހުރެއެވެ.
04 Aug 2026
ނިއުކާސަލްގެ ބްރޫނޯ ގިމަރޭސް ހޯދުމަށް އާސެނަލުން ހުށަހެޅި ބިޑް ބޭރުކޮށްލައިފި
އުމުރުން 28 އަހަރުގެ ގިމަރޭސް ވަނީ އާސެނަލް އާ ގުޅެން ބޭނުންވާކަން ހާމަކޮށް މިދިޔަ މަހުގެ ތެރޭގައި ނިއުކާސަލަށް އަންގާފައެވެ.
04 Aug 2026
ފަލަސްތީނުގެ ފުޓްބޯޅައަށް އިޒްރޭލުން ދެމުންދާ ހަމަލާތަކަށް ފީފާއިން ފިޔަވަޅު ނޭޅި
ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަނުން (ޕީ.އެފް.އޭ) ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާއަށް ވަރުގަދަ ފާޑުކިޔުންތަކެއް އަމާޒުކޮށްފިއެވެ. ޕީ.އެފް.އޭ އިން ބުނި ގޮތުގައި އިޒްރޭލުން ފަލަސްތީނުގެ ފުޓްބޯޅައަށް ބޮޑެތި ގެއްލުންތަކެއް ދެމުންދާއިރު، ފީފާގެ އަމިއްލަ ގަވާއިދުތައް އިޒްރޭލާ ދެކޮޅަށް ތަންފީޒުކުރުމުގައި އެ އިދާރާ ވަނީ ނުކުޅެދިފައެވެ.
04 Aug 2026
އޮޑި ބަލިކޮށް މާޒިޔާއަށް މުހިންމު މޮޅެއް
ކަޕްވިނާސް ކަޕްގައި މާޒިޔާ ދެން އެންމެ އަވަހަށް ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ބުރު ސްޕޯޓްސް އާ ދެކޮޅަށެވެ.
04 Aug 2026
ޓްރަމްޕްގެ ސަރުކާރުން އަލަށް ތައާރަފްކުރި ޓެރިފްތަކާ ދެކޮޅަށް ދައުވާކޮށްފި
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ބޭރުގެ ގައުމުތަކުން އެތެރެކުރާ މުދަލުން ނަގަން ފެށި އާ ޓެރިފްތަކަކީ ގާނޫނީ އިމުން ބޭރުން ނިންމާފައިވާ ނިންމުމެއް ކަމަށް ބުނެ، އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ ކޮންޓްރޯލް އޮންނަ 25 ސްޓޭޓަކުން ސަރުކާރާ ދެކޮޅަށް ދައުވާ އުފުލައިފިއެވެ.
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ