ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ-- ފޮޓޯ/ ރައީސް އޮފީސް
ހަބަރު
21 Jun 2023 | 09:45
ސިފައިންގެ ފްލެޓުތަކަށް އަންނަ މަހު ވަދެވޭނެ: މާރިޔާ

ސިފައިންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި އިމާރާތް ކުރަމުން އަންނަ "ސިފްކޯ ހިޔާ"އަށް އަންނަ މަހު ވަދެވޭނެ ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

ސިފައިންގެ 131 ވަނަ އަހަރީ ދުވަހުގެ ޖަލްސާގައި ވާހަަކަދައްކަވަމުން މާރިޔާ ވިދާޅުވީ މި ސަރުކާރު ވެރިކަމަށް އައި އިރު ސިފްކޯ ހިޔާ އޮތި "ކޮންކްރީޓް ސްޓްރަކްޗަރ" އެއްހެން ކަމަށެވެ. ނަމަވެސް އެ މަސައްކަތަށް މި ސަރުކާރުން ބޮޑު ހޭދައެއް ކޮށް، މިއަންނަ މަހުގެ ނިޔަލަށް އާއިލާތަކަށް ވަދެވޭ ވަރު ވާނެ ކަމުގެ ޔަގީންކަން ސިފްކޯ އިން ދީފައިވާ ކަމަށްވެސް މާރިޔާ ވިދާޅުވި އެވެ.

މިސަރުކާރު ވެރިކަމާ ހަވާލުވިއިރު ހަމައެކަނި ކޮންކްރީޓް ސްޓްރަކްޗަރއެއްހެން ހުރި ސިފްކޯ ހިޔާއަށް، މިއަންނަ ޖުލައިގެ ނިޔަލަށް އާއިލާތަކަށް ވަދެވޭނެކަމަށް ސިފްކޯއިން އެބަ ޔަގީންކަން ދެއްވާ. މިކަމަށް ސަރުކާރުންވަނީ ބޮޑު ހޭދައެއްކޮށްފަ.

މާރިޔާ އަހުމަދު ދީދީ

މިއާއެކު މާރިޔާ ވިދާޅުވީ، ސިފްކޯ ހިޔާގެ މަސައްކަތް ނިމިގެންދަނީ ސީދާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު އެކަމަށް ދެއްވާ އަހަންމިއްޔަތުކަމުގެ ސަބަބުންކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"ސިފްކޯ ހިޔާގެ މަސައްކަތް މި ނިމެނީ، ސީދާ ރައީސް އިބްރާހިމް މުހައްމަދު ސޯލިޙް އެކަމަށް ދެއްވާ އަހަންމިއްޔަތުކަމުގެ ސަބަބުންކަން އަޅުގަނޑު ފާހަގަކޮށް، ހުރިހާ ސިފައިންގެ ނަމުގައި އެމަނިކުފާނަށް ޝުކުރު ދަންނަވަން." މާރިޔާ ވިދާޅުވިއެވެ.

ސިފައިންނާއި ސިފައިންގެ އާއިލާތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށްޓަކައި ސިފްކޯހިޔާގެ ނަމުގައި ބިންގާ އެޅިގެންދިޔަ 330 ފްލެޓުގެ އަމަލީ މަސައްކަތް ފަށާފައިވަނީ 2013 ސެޕްޓެމްބަރު މަހުގެ 02 ވަނަ ދުވަހުއެވެ.

އެ މަސައްކަތް ޑިފެންސް މިނިސްޓްރީން އޭރު ހަވާލުކުރީ ނޫމަޑި ރިސޯޓު އެންޑް ރެޒިޑެންސްއާއެވެ. ނަމަވެސް އެއްބަސްވުމާ އެއްގޮތަށް މަސައްކަތް ނުކުރާތީ އާއި މަޝްރޫއުގެ ސްޕީޑް ލަސްވާތީ އެއްބަސްވުން ބާތިލް ކުރިއެވެ.

އޭގެ ފަހުން އެ މަޝްރޫއު ހިންގީ އައިލެންޑް އެކްސްޕާޓް ނަމަކަށް ކިޔާ ކުންފުންޏަކުންނެވެ. އެކަމަކު ކޮވިޑާ އެކު ކުންފުނި ބަނގުރޫޓުވެ، މުވައްޒަފުންނަށް މުސާރަ ނުދެވުމުން އެ މަސައްކަތް ކުރިއަކަށް ނުދިޔައެވެ.

އެހެންވެ، ސިފައިންގެ ފްލެޓްތައް ނިންމަން އެންމެ ފަހުން ހަވާލު ކުރީ ޗައިނާގެ "ދަ ޓްވެންޓީ ތާޑް މެޓަލުޖިކަލް ކޮންސްޓްރަކްޝަން ގްރޫޕް"އާ އެވެ.

ސިފްކޯހިޔާގައި ހިމެނެނީ ސޯޝަލް ހައުސިންގ ޔުނިޓްތަކަށްވުރެ ލަގްޜަރީ ފެންވަރުގެ، 3 ކޮޓަރީގެ އެޕާޓްމަންޓްތަކެވެ. 3 ޓަވަރު ހިމެނޭގޮތަށް އިމާރާތްކުރާ މި ފްލެޓްތަކުގެ ކޮންމެ އެޕާޓްމެންޓެއްގައިވެސް 900 އަކަފޫޓު ހުރެއެވެ. ސިފައިންގެ ތިން ޓަވަރުގައި ތިން ކޮޓަރީގެ 330 ފްލެޓު، އަދި 20 ޕެންޓް ހައުސް ހުންނާނެކަމަށް ކުރިން ބުނެފައިވެއެވެ. މި މަސައްކަތް ނިމޭއިރު ހުންނާނެ ގޮތުގެ "މޮކަޕް ރޫމެއް" ފްލެޓްތައް ލިބޭ މީހުންނަށް މިދިޔަ އަހަރު ދައްކާލާފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.
05 Oct 2026
ތަންފީޒު ކުރަން ފަށައިފި؛ ނުރައްކާތެރިކޮށް ދުއްވި ސައިކަލެއް ޓޯކޮށް ފިޔަވަޅު އަޅައިފި
މި ސައިކަލު ހުއްޓުވައި އޭގައި ތިބި ދެ މީހުން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ސުވާލުކުރުމަށްފަހު ދޫކޮށްލައިފައި ކަމަށް ފުލުހުން ބުންޏެވެ.
05 Oct 2026
އެމްއެމްޕީއާރްސީގެ ޚިޔާނާތް: އަދީބުއަތުން 150،000 ޑޮލަރު ހޯދި ކަމުގެ ތުހުމަތުގައި ކުންފުންޏަކަށް މަނީ ލޯންޑަރިންގެ ދައުވާ
މީގެ އިތުރުން އެސްއޯއެފްގެ ދެ ޗެކަކުން މޮންޓިލިއަންއަށް ޖަމާކޮށްފައިވާ $150,000.00 (އެއްލައްކަ ފަންސާސް ހާސް އެމެރިކާ ޑޮލަރު) އަނބުރާ ހޯދުމަށް އެމްއެމްޕީއާރްސީއަށް އެންގުމަށް ކޮމިޝަނުން ނިންމާފައިވާ ކަމަށް ވެސް ބުންޏެވެ.