ސިފައިންގެ 131 ވަނަ އަހަރީ ޖަލްސާގެ ތެރެއިން--ފޮޓޯ/ ރައީސް އޮފީސް
21 Jun 2023 | 11:05
ސިފައިން، ސިޔާސީ އޮއިވަރުގައި ޖެހި، ސިޔާސީ ކަންކަމުގައި ބައިވެރި ނުވުމަށް މާރިޔާ ނަސޭހަތްތެރިވެއްޖެ!

އެއްވެސް ސިފައިންގެ މީހަކު ސިޔާސީ އޮއިވަރުގައި ޖެހި، ސިޔާސީ ކަންކަމުގައި ބައިވެރި ނުވުމަށް ހުރިހާ ސިފައިންނަށް ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ ނަސޭހަތްތެރިވެވަޑައިގަންނަވައިފިއެވެ.

ސިފައިންގެ 131 ވަނަ އަހަރީ ޖަލްސާގައި ވާހަކަދައްކަވަމުން މާރިޔާ ވިދާޅުވީ، މަލްޓިޕާޓީ ޑިމޮކްރެސީއެއްގައި، އޭރަކު ހުންނަ ވެރިއަކު ހިތްހަމަނުޖެހޭ އިރަށް، ޑިއު ޕްރޮސެސް އެއް ނެތި، ސިފައިން ވަޒީފާއިން ވަކިކޮށް އަދަބުތައް ދީ ހެދުމަކީ، ރައްޔިތުންގެ ފުރާނަ އާއި މުދާ ސަލާމަތްކުރުމަށް ހުވާކޮށްގެން ތިބޭ ބަޔަކާމެދު ވެވޭ ބޮޑު ބޭއިންސާފެއްކަމަށެވެ.

އެހެންކަމުން، ސިޔާސީ ނުފޫޒާއި ތަފާތުކުރުން ތަކުން އެއްކިބާވެ، ރޭވި ތަރުތީބު ކުރެވިފައިވާ، އަސްކަރީ ޢަދުލުގެ ނިޒާމެއް، ޤައުމީ ދިފާޢީ ބާރުގައި ތަޢާރަފްކުރެވި ހިނގާތާ މިހާރު 2 އަހަރު ވެއްޖެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

އެހެންކަމުން، ސިޔާސީ ނުފޫޒާއި ތަފާތުކުރުން ތަކުން އެއްކިބާވެ، ރޭވި ތަރުތީބު ކުރެވިފައިވާ، އަދި ޕްރޮސީޖަރަލް ފެއަރނެސް އާއި ނެޗުރަލް ޖަސްޓިސްގެ އުޞޫލުތަކަށް އިޙްތިރާމްކުރާ އަސްކަރީ ޢަދުލުގެ ނިޒާމެއް، ޤައުމީ ދިފާޢީ ބާރުގައި ތަޢާރަފްކުރެވި ހިނގާތާ މިހާރު ގާތްގަނޑަކަށް 2 އަހަރު ވެއްޖެ.

ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ 

މިއާއެކު މާރިޔާ ވަނީ މިއަހަރަކީ ރިޔާސީ އިންތިހާބު ބޭއްްވުމަށް ހަމަޖެހިފައިވާ އަހަރުކަން ފާހަގަކުރައްވައި، މި އަހަރު ސިފައިންވެސް ސިޔާސީ ގޮންޖެހުންތަކާ ކުރިމަތިލާންޖެހި، ސިޔާސީ ކަންކަމުގެ ތެރެއަށް ވެއްދުމަށް ސިޔާސީ ފަރާތްތަކުން މަސައްކަތްކުރާ ދުވަސްވަރެއް ކަމަށް ވިދާޅުވެފައެވެ. 

އެހެންނަމަވެސް، ސިފައިންނަކީ ސިޔާސީ ޙަރަކާތްތަކުގައި ބައިވެރިވުން ޤާނޫނުން މަނާ ކުރެވިފައިވާ ބައެއްކަން ހަނދާންކޮށްދެއްވަމުން މާރިޔާ ވަނީ އެއްވެސް ސިފައިންގެ މީހަކު ސިޔާސީ އޮއިވަރުގައި ޖެހި، ސިޔާސީ ކަންކަމުގައި ބައިވެރި ނުވުމަށް ނަސޭހަތްތެރިވެވަޑައިގަންނަވާފައެވެ.

މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ދިފާޢީ ދާއިރާއަށް ޚާއްސަ ސަމާލުކަމެއްދެއްވާ، ސފައިންނަކީ ރައްޔިތުންގެ އިތުބާރާއި އިޙްތިރާމް ލިބިފައިވާ ބަޔަކަށް ހެއްދެވުމަށް އިސްކަމެއްދެއްވާކަން ފާހަގަކުރައްވައި، މާރިޔާ ވިދާޅުވީ، ރާއްޖެއަށް ބޭނުންވާ ހަމަޖެހުމާއި ސުލްހަ މަސަލަސްކަން ދެމެހެއްޓޭނީ އެމަނިކުފާނަށް ދެވަނަ ދައުރެއް ލިބިވަޑައިގެން ކަމަށް އޭނާ ގަބޫލު ކުރައްވާ ކަމަށެވެ.  

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.
05 Oct 2026
ތަންފީޒު ކުރަން ފަށައިފި؛ ނުރައްކާތެރިކޮށް ދުއްވި ސައިކަލެއް ޓޯކޮށް ފިޔަވަޅު އަޅައިފި
މި ސައިކަލު ހުއްޓުވައި އޭގައި ތިބި ދެ މީހުން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ސުވާލުކުރުމަށްފަހު ދޫކޮށްލައިފައި ކަމަށް ފުލުހުން ބުންޏެވެ.
05 Oct 2026
އެމްއެމްޕީއާރްސީގެ ޚިޔާނާތް: އަދީބުއަތުން 150،000 ޑޮލަރު ހޯދި ކަމުގެ ތުހުމަތުގައި ކުންފުންޏަކަށް މަނީ ލޯންޑަރިންގެ ދައުވާ
މީގެ އިތުރުން އެސްއޯއެފްގެ ދެ ޗެކަކުން މޮންޓިލިއަންއަށް ޖަމާކޮށްފައިވާ $150,000.00 (އެއްލައްކަ ފަންސާސް ހާސް އެމެރިކާ ޑޮލަރު) އަނބުރާ ހޯދުމަށް އެމްއެމްޕީއާރްސީއަށް އެންގުމަށް ކޮމިޝަނުން ނިންމާފައިވާ ކަމަށް ވެސް ބުންޏެވެ.