ޖޭޕީގެ އެސްޖީ އަލީ އާރިފް / ފޮޓޯ: ދެން
ހަބަރު
21 Jun 2023 | 12:46
ކޯވިޑްތެރޭ ދިއްކޮށްލާނެ އެއްޗެއް ނެތިގެން ޤާސިމް ހުންނެވީ ވަރަށް ލަދުފުޅުގެންފަ: އާރިފު

ކޯވިޑް-19 ގެ ދަތި ދުވަސްވަރު ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ޤާސިމް އިބްރާހިމްގެ އަތްޕުޅުގައި މީހަކަށް ދިއްކޮށްލާނެ އެއްޗެއް ނެތިގެން އެމަނިކުފާނު ހުންނެވީ ވަރަށް ބޮޑަށް ލަދުފުޅުން ކަމަށް ޖުމްހޫރީ ޕާޓީގެ ސެކެޓްރީ ޖެނެރަލް އަލީ އާރިފް ވިދާޅުވެއްޖެ އެވެ. 

އަލީ އާރިފް މިފަދައިން ވިދާޅުވެފައިވަނީ ޤާސިމްގެ ދީލަތި ކަމާއި ގުޅޭގޮތުން ޖުމްހޫރީ ޕާޓީން ރޭ ބޭއްވި ކެމްޕޭނު ޖަލްސާގައި ވާހަކަދައްކަވަމުން ނެވެ. 

އާރިފު ވިދާޅުވީ ކޯވިޑް-19 ގެ ދުވަސްވަރު މުޅި ގައުމު ބަންދުވެފައި އޮތް އިރު، ޤާސިމް އިބްރާހިމާއި، އޭނާގެ ވިޔަފާރިތައް ވެސް އޮތީ ބަންދުވެފައި ކަމަށެވެ. 

އެހެންކަމުން، ޤާސިމު އިބްރާހިމް ހުންނެވީ އެ ހާލަތުގައި މީހަކަށް ދިއްކޮށްލާނެ އެއްޗެއް އެމަނިކުފާނުގެ އަތްޕުޅުގައި ނެތީމަ ވަރަށް ބޮޑަށް ދެރަފުޅުވެ ލަދުފުޅުގެންފައި ކަމަށް އާރިފު ވިދާޅުވި އެވެ. 

ޖޭޕީގެ އެސްޖީ އަލީ އާރިފް 

"އެމަނިކުފާނު އެއް ދުވަހު އަޅުގަނޑަށް ގުޅުއްވަނީ، ގުޅުއްވާފަ ވިދާޅުވަނީ އަލީ އޭ! ކުއްޖަކާ ވެސް ގުޅާލަން ނުކެރިގެންނޭ މި އުޅެނީ. ދިއްކޮށްލާނެ އެއްޗެއް ނެތީމަ"

ޖޭޕީގެ އެސްޖީ އަލީ އާރިފް 

އާރިފް ވިދާޅުވީ ޤާސިމްގެ އެ ވާހަކަފުޅު އަޑުއައްސަވާ އޭނާ ވަރަށް ބޮޑަށް ހައިރާންވެވަޑައިގެން ކަމަށެވެ. 

އެހެން ލީޑަރުން އަބަދުވެސް މަސައްކަތްޕުޅު ކުރައްވަނީ ރައްޔިތުންނަށް ފިލަން ކަމަށާއި، އެހެން ނަމަވެސް ޤާސިމް އިބްރާހިމް ރައްޔިތަކަށް ދިއްކޮށްލާނެ އެއްޗެއް އެމަނިކުފާނުގެ އަތްޕުޅުގައި ނެތިގެން އެކަމާއި ކަންބޮޑުވެވަޑައިގެން އުޅުއްވާތީ، ވަރަށް ބޮޑަށް ހައިރާންވެވަޑައިގެން ކަމަށް އަލީ އާރިފް ވިދާޅުވި އެވެ. 

ޖޭޕީގެ އެސްޖީ އަލީ އާރިފް 

"އެހެން މީހުން ބަލަނީ މީހަކު އައިއްސިއްޔާ ބެޗޭތޯ! މީނާ ލަދުން މި އުޅެނީ މީހަކަށް އެއްޗެއް ނުދެވިގެން. އަޅުގަނޑު ހަމަ ހައްގު އީމާނަށް މި ދަންނަވަނީ އަޅުގަނޑު ހަމަ ހިތަށް އެރި މި ކޮންކަހަލަ ޑީއެންއޭއެއް ބާ އޭ އެމަނިކުފާނުގެ މި ހުންނަވަނީ" 

ޖޭޕީގެ އެސްޖީ އަލީ އާރިފް 

އަލީ އާރިފް ވިދާޅުވީ ރިޔާސީ އިންތިޚާބުގައި ޤާސިމް ވާދަކުރައްވާނެކަން އިއުލާނުކުރައްވާ ރަސްމީކޮށް އެމަނިކުފާނަށް ޓިކެޓު އެރުވި ހިސާބުން އެމަނިކުފާނަށް ބޮޑެތި ފިއްތުންތައް ކުރިމަތިކުރުވަމުން އަންނަ ކަމަށެވެ. 

އެހެން ނަމަވެސް މިފަހަރު ޖުމްހޫރީ ޕާޓީ އޮތީ ފިއްތުންތަކަށް ބަލައިގެން ފަހަތަށް ޖެހޭ ގޮތަށް ނޫން ކަމަށާއި، ރައްޔިތުން ތިބީ ޤާސިމް އިބްރާހިމްގެ ފަހަތްޕުޅުގައި ކަން ޔަގީން ކުރެވޭތީ މި އިންތިޚާބު އެމަނިކުފާނު ކާމިޔާބު ކުރައްވާނެކަމަށް އަލީ އާރިފް ވިދާޅުވި އެވެ. 

ކޮމެންޓް
ބޮޑުބެ
އަލިބޭ، ހެޔޮނުވާނެ ދައްކާނެ ވާހަކައެއް ނެތިއްޔާ އަގަމަޑުންލައިގެން ހުރެބަލަ.
21 Jun 2023
ގުޅޭ ލިޔުންތައް
25 Sep 2026
ޤުރުއާން ކިޔެވުމުގެ 38 ވަނަ ގައުމީ މުބާރާތުގެ ރަންވަނަތައް އިޒުޢާން، އާޔަން އަދި ޒީކަށް
ޙާފިޡުގެ ގޮފިން، މުޅި މުބާރާތުން އެއް ވަނަ ޚާޞިލްކޮށްފައިވަނީ އިސްމާޢީލް އިޒުޢާން އިބްރާހީމްއެވެ. މުޅި މުބާރާތުން ނުބަލާ ކިޔެވުމުގެ ގޮފިން އެެއް ވަނަ ޚާޞިލްކޮށްފައިވަނީ ޢާއިޝަތު ޒީކް ރިޔާޟްއެވެ.
25 Sep 2026
މަސްޖިދުލްޙަރާމްގެ އިމާމު ޑރ ޔާސިރް އައްދައުސަރީ ރާއްޖެ ވަޑައިގަންނަވަނީ
މިއީ 43 އަހަރު ފަހުން މަސްޖިދުލް ޙަރަމްގެ އިމާމަކު ރާއްޖެވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.
24 Sep 2026
ފަހު ހާފްގައި ޖެހި ލަނޑުތަކާއެކު ޗައިނާއިން ދިވެހިރާއްޖެ ބަލިކޮށްފި
އީތަން އަދި އިލާން ނުލައި ރާއްޖެ ނުކުތް މި މެޗުގެ ފުރަތަމަ ހާފްގައި، ޗައިނާ ކުޅުންތެރިން ފޮނުވާލި ގިނަ ހަމަލާތައް ރާއްޖޭގެ ކީޕަރު ވަނީ ވަރަށް ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.
24 Sep 2026
ގަން އެއާޕޯޓުން 3,345 ގްރާމުގެ ކެނަބިސް އަތުލައިގެންފި
މި ތަކެތި ފެނިފައިވަނީ ސެޕްޓެމްބަރު 22 ވަނަ ދުވަހު ގަން އިންޓަރނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެ އެތެރެވި އިންޑިއާގެ ދެ ރައްޔިތެއްގެ ފޮށިތައް ބަލައި ފާސްކުރުމުގެ ތެރޭގައެވެ.
24 Sep 2026
ބާރަށުގައި ރޭގަނޑު 9 ގެ ފަހުން ދަރިވަރުން ބޭރުގައި އުޅުން މަނާކޮށްފި
ޒަރޫރީ ބޭނުމެއް ނެތި ރޭގަނޑު ނުވައެއް ޖެހުމަށް ފަހު، ބެލެނިވެރިއަކާއެކު މެނުވީ ދަރިވަރުން ބޭރުގައި
24 Sep 2026
އެމްޓީސީސީގެ މަސައްކަތްތަކަށް ޔޫއޭއީ ކުންފުންޏަކުން އިންވެސްޓުކުރުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފި
ޔޫއޭއީގެ އެންއެމްޑީސީއާ އެމްޓީސީސީ ގުޅިގެން ރާއްޖޭގައި މަޝްރޫޢުތައް ހިންގުމާއި ޑްރެޖިންގ ސަޕޯޓާއި މުވައްޒަފުން ތަމްރީނުކުރުމާ ގުޅޭ ގޮތުން އަބޫދާބީގައި މަޝްވަރާކޮށް، އެއްބަސްވުމެއްގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ.
24 Sep 2026
ހިލޭ ޑިގްރީ ސްކީމުގައި ބައިވެރިވި ދެބައިކުޅަ އެއްބައި ދަރިވަރުން ކޯސް ނުނިންމާ
އެ ރިޕޯޓުގައި ދިރާސާކޮށްފައި ވަނީ ހިލޭ ޑިގްރީ ސްކީމް ހިންގުމުގައި ކަންކަން އޮތް ގޮތެވެ. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ) އާއި ކިޔަވައިދޭ އެކި މަރުކަޒުތަކުން ހޯދި ތަފާސްހިސާބުތައް ދައްކާ ގޮތުން އެ މުއްދަތުގައި ޖުމްލަ 11641 ދަރިވަރުން ސްކީމުގައި ބައިވެރިވެފައިވެއެވެ. ނަމަވެސް ކޯސް ނިންމައިގެން ނުކުމެފައި ވަނީ 5833 ދަރިވަރުންނެވެ.
24 Sep 2026
ޗައިނާއާ އޮތީ ވަރަށް ގާތްގުޅުމެއް، އެ ގުޅުމުގެ ފައިދާ ވަރަށް ބޮޑު: ރައީސް
ރައީސް ވިދާޅުވީ ދެ ގައުމުގެ ގުޅުން ބިނާވެފައި އޮތީ އިހްތިރާމްގެ މައްޗަށް ކަމަށާ ރާއްޖެއާ ޗައިނާގެ ގުޅުމަކީ ފައިދާހުރި ގުޅުމެއް ކަމަަށެވެ. އެ ގުޅުމުގެ ފައިދާ މުސްތަގުބަލުގައި ވެސް ލިބިގެންދާނެ ކަމަށް ވިދާޅުވި އެވެ.