މެމްބަރު ޝަރީފު މަޖިލީހުގައި/ ފޮޓޯ: މަޖިލިސް
ހަބަރު
22 Jun 2023 | 11:26
މަޖިލީސް ހިޞާރުކޮށްގެން ތިބީ މަޖިލީހުގައި ތިބި ނުފޫޒުގަދަ މެމްބަރުންތަކެއް: ޝަރީފު

ރައްޔިތުންގެ މަޖިލީސް ހިޞާރުކޮށްގެން ތިބީ މަޖިލީހުގައި ތިބި ނުފޫޒުގަދަ މެމްބަރުންތަކެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފު (މަވޯޓާ) ވިދާޅުވެއްޖެ އެވެ. 

ޝަރީފު މިފަދައިން ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން ނެވެ. 

ޝަރީފު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީއަށް ނިސްބަތްވާ މެމްބަރުންތަކެއް އެ ޕާޓީން ވަކިވުމާއި ގުޅިގެން މަޖިލީހުގެ ކޮމެޓީތަކުގެ ކޮމްޕޮސިޝަނަށް ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހި، ކޮމެޓީތައް އަލުން އެތުރުމުގެ މަސައްކަތްތައް ކުރަން ޖެހިފައި އޮތް އިރު އެކަން ނުކޮށް ހުއްޓުވާފައި އޮތް ކަމަށެވެ. 

މަޖިލީހުގެ ކޮމެޓީތައް އެކުލަވާނުލާ އޮތުމަކީ ކޮމެޓީޓަކުގެ މަސައްކަތް ހުއްޓި، މަޖިލީހުގެ މަސައްކަތްތަކަށް ވަރަށް ބޮޑަށް ބުރޫއަރާ ކަމެއްކަން އޭނާ ފާހަގަކުރެއްވި އެވެ. އަދި އެކަމުގެ ޒިންމާ މަޖިލީހުގެ ރައީސް ނަންގަވަން ޖެހިވަޑައިގަންނަވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. 

އެއާއެކު ޝަރީފު ވިދާޅުވީ މަޖިލީސް ހިޞާރުކޮށްގެން ހުންނެވީ ރައީސުލްޖުމްހޫރިއްޔާ ނޫން ކަމަށެވެ. މަޖިލީހުގެ މަސައްކަތްތައް ހުއްޓުވާ މަޖިލީސް ހިޞާރުކޮށްގެން ތިއްބަވަނީ މަޖިލީހުގައި ތިއްބަވާ ނުފޫޒު ގަދަ މެމްބަރުންތަކެއް ކަމަށް ޝަރީފުވަނީ ވިދާޅުވެފަ އެވެ. 

"މި މަޖިލީސް ތެރެއިން މަޖިލީހުގެ ބާރުގަދަ ބޭބޭފުޅުން މިއަދު މަޖިލީސް ހިޞާރުކުރައްވައިގެން ލޮކު އަޅުވައިގެން އެ އުޅުއްވަނީ"

މަރަދޫ ދާއިރާގެ މެމްބަރު ޝަރީފު

ޝަރީފު ވިދާޅުވީ މިއަދު ފެންނަމުން މިދަނީ މަޖިލީހުގެ ހަޔާތުގައި ކުރިމަތިވި އެންމެ ކަޅު ދުވަސްތައް ކަމަށެވެ. 

އޭނާ މިފަދައިން ވިދާޅުވެފައިވާއިރު، މަޖިލީހުގެ ރައީސް އާއި ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ އެކުއެކީގައި މަޖިލީހަށް ހުށައެޅުމާއި ގުޅިގެން، އެ ދެބޭފުޅުން މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވަން އުޒުރުވެރިވެ މަޖިލީހުގައި ވަނީ މަރުތަޅު އެޅުވިގެން ގޮސްފައެވެ. 

އަދި މަޖިލީހުގެ ވަރަށް ގިނަ ޖަލްސާތަކެއް ކުރިއަށް ނުގެންދެވި ހުއްޓާލަން ޖެހުނެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.