ޖޭޕީގެ އެޑްވައިޒަރު އަޒްލީނު/ ފޮޓޯ: ވޯ ނިއުސް
ހަބަރު
24 Jun 2023 | 17:46
ރައީސް ޔާމީނުގެ ޝަރީއަތް ލަސްކުރަނީ، ރިޔާސީ ކެންޑިޑޭޓުންނަށް ފުރުސަތު ހަނިކުރަން: އަޒްލީނު

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ޝަރީއަތްތައް ލަސްކުރަމުންދަނީ، ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރާނެކަން އިއުލާނުކޮށްފައިވާ ކެންޑިޑޭޓުންނަށް އޮތް ފުރުސަތުތައް ހަނިކުރުމަށް ކަމަށް ކުރީގެ ހޯމް މިނިސްޓަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރުގެ ސްޕެޝަލް އެޑްވައިޒަރު އަޒްލީން އަހްމަދު ވިދާޅުވެއްޖެ އެވެ. 

އަޒްލީން މިފަދައިން ވިދާޅުވެފައިވަނީ ޖުމްހޫރީ ޕާޓީގެ 158 ވަނަ ކައުންސިލް ބައްދަލުވުމުގައި ވާހަކަދައްކަވަމުން ނެވެ. 

އަންނަ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު ރިޔާސީ އިންތިޚާބުގެ ވޯޓުލުން އޮންނާނެކަން އިލެކްޝަންސް ކޮމިޝަނުން އިއުލާނުކޮށްފައިވާކަން ފާހަގަކުރަވާ އަޒްލީނު ވިދާޅުވީ އިންސާފުވެރި ރިޔާސީ އިންތިޚާބެއް ބޭއްވޭނީ ވާދަވެރި މާހައުލެއްގެ ތެރެއިން ރިޔާސީ ކެންޑިޑޭޓުންނަށް ވާދަކުރުމުގެ ފުރުސަތު ދެއްވައިގެން ކަމަށެވެ. އަދި ކެމްޕޭނުކުރުމަށް ވެސް އެކަށީގެންވާ ފުރުސަތުތަކެއް ދެއްވައިގެން ކަމަށެވެ. 

އެހެން ނަމަވެސް މިހާރު ފެނިގެންދާ މަންޒަރަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ނޫން އެހެން އެއްވެސް ރިޔާސީ ކެންޑިޑޭޓަކަށް ކެމްޕޭނު ކުރުމުގެ ފުރުސަތު ނުދީ އެކި ވަރުގެ ފިއްތުންތައް ކުރިމަތިކުރުވަމުންދާ މަންޒަރުކަން އޭނާ ފާހަގަކުރެއްވި އެވެ. 

އެގޮތުން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ޝަރީއަތް ލަސްކުރަމުންދަނީ ވެސް ރިޔާސީ ކެންޑިޑޭޓަކަށް ވުމުން ކަމަށާއި، އެފަދައިން އެކަން ކުރަމުން ދިއުމަކީ ރިޔާސީ ކެންޑިޑޭޓުންނަށް ކެމްޕޭނު ކުރުމަށް އޮތް ފުރުސަތުތައް ހަނިކުރުމަށް ސަރުކާރުން ކުރަމުންދާ ކަމެއްކަމަށް އަޒްލީނު ވިދާޅުވި އެވެ. އަދި އެކަން އެގޮތަށް ނުކުރުމަށް އަޒްލީނު ވަނީ ގޮވާލައްވާފަ އެވެ. 

އަޒްލީނު ވިދާޅުވީ ރައީސް ޔާމިނަށް ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު ހަނިކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުން ދިއުމަކީ ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ވަރަށް ބޮޑަށް ކަންބޮޑުފުޅުވާ ކަމެއް ކަމަށެވެ. އަދި ރައީސް ޔާމިނަށް ރިޔާސީ އިންތިޚާބުގައި ވާދަކުރެވެން ޖެހޭނެ ކަމަށާއި، އެމަނިކުފާނަށް ވެސް ނުހައްގުން އަނިޔާއެއް ދީގެން ނުވާނެކަމަށް ޤާސިމް ވިދާޅުވާކަމަށް އަޒްލީނުގެ ވާހަކައިގައި ފާހަގަކުރެއްވި އެވެ. 

އެކަންކަން ފާހަގަކުރައްވާ އަޒްލީނު ވަނީ ސަރުކާރުން މިނިވަން މުއައްސަސާތަކަށް ނުފޫޒު ފޯރުވުން ހުއްޓާލުމަށް ގޮވާލައްވާފަ އެވެ. އަދި މިނިވަން އިންސާފިވެރި އިންތިޚާބެއް ބޭއްވުމަށް ހުރިހާ ރިޔާސީ ކެންޑިޑޭޓުންނަށް ވެސް ހަމަހަމަ ފުރުސަތުތަކެއް ދެއްވުމަށް އޭނާ ވަނީ ގޮވާލައްވާފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Sep 2026
ޤުރުއާން ކިޔެވުމުގެ 38 ވަނަ ގައުމީ މުބާރާތުގެ ރަންވަނަތައް އިޒުޢާން، އާޔަން އަދި ޒީކަށް
ޙާފިޡުގެ ގޮފިން، މުޅި މުބާރާތުން އެއް ވަނަ ޚާޞިލްކޮށްފައިވަނީ އިސްމާޢީލް އިޒުޢާން އިބްރާހީމްއެވެ. މުޅި މުބާރާތުން ނުބަލާ ކިޔެވުމުގެ ގޮފިން އެެއް ވަނަ ޚާޞިލްކޮށްފައިވަނީ ޢާއިޝަތު ޒީކް ރިޔާޟްއެވެ.
25 Sep 2026
މަސްޖިދުލްޙަރާމްގެ އިމާމު ޑރ ޔާސިރް އައްދައުސަރީ ރާއްޖެ ވަޑައިގަންނަވަނީ
މިއީ 43 އަހަރު ފަހުން މަސްޖިދުލް ޙަރަމްގެ އިމާމަކު ރާއްޖެވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.
24 Sep 2026
ފަހު ހާފްގައި ޖެހި ލަނޑުތަކާއެކު ޗައިނާއިން ދިވެހިރާއްޖެ ބަލިކޮށްފި
އީތަން އަދި އިލާން ނުލައި ރާއްޖެ ނުކުތް މި މެޗުގެ ފުރަތަމަ ހާފްގައި، ޗައިނާ ކުޅުންތެރިން ފޮނުވާލި ގިނަ ހަމަލާތައް ރާއްޖޭގެ ކީޕަރު ވަނީ ވަރަށް ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.
24 Sep 2026
ގަން އެއާޕޯޓުން 3,345 ގްރާމުގެ ކެނަބިސް އަތުލައިގެންފި
މި ތަކެތި ފެނިފައިވަނީ ސެޕްޓެމްބަރު 22 ވަނަ ދުވަހު ގަން އިންޓަރނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެ އެތެރެވި އިންޑިއާގެ ދެ ރައްޔިތެއްގެ ފޮށިތައް ބަލައި ފާސްކުރުމުގެ ތެރޭގައެވެ.
24 Sep 2026
ބާރަށުގައި ރޭގަނޑު 9 ގެ ފަހުން ދަރިވަރުން ބޭރުގައި އުޅުން މަނާކޮށްފި
ޒަރޫރީ ބޭނުމެއް ނެތި ރޭގަނޑު ނުވައެއް ޖެހުމަށް ފަހު، ބެލެނިވެރިއަކާއެކު މެނުވީ ދަރިވަރުން ބޭރުގައި
24 Sep 2026
އެމްޓީސީސީގެ މަސައްކަތްތަކަށް ޔޫއޭއީ ކުންފުންޏަކުން އިންވެސްޓުކުރުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފި
ޔޫއޭއީގެ އެންއެމްޑީސީއާ އެމްޓީސީސީ ގުޅިގެން ރާއްޖޭގައި މަޝްރޫޢުތައް ހިންގުމާއި ޑްރެޖިންގ ސަޕޯޓާއި މުވައްޒަފުން ތަމްރީނުކުރުމާ ގުޅޭ ގޮތުން އަބޫދާބީގައި މަޝްވަރާކޮށް، އެއްބަސްވުމެއްގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ.
24 Sep 2026
ހިލޭ ޑިގްރީ ސްކީމުގައި ބައިވެރިވި ދެބައިކުޅަ އެއްބައި ދަރިވަރުން ކޯސް ނުނިންމާ
އެ ރިޕޯޓުގައި ދިރާސާކޮށްފައި ވަނީ ހިލޭ ޑިގްރީ ސްކީމް ހިންގުމުގައި ކަންކަން އޮތް ގޮތެވެ. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ) އާއި ކިޔަވައިދޭ އެކި މަރުކަޒުތަކުން ހޯދި ތަފާސްހިސާބުތައް ދައްކާ ގޮތުން އެ މުއްދަތުގައި ޖުމްލަ 11641 ދަރިވަރުން ސްކީމުގައި ބައިވެރިވެފައިވެއެވެ. ނަމަވެސް ކޯސް ނިންމައިގެން ނުކުމެފައި ވަނީ 5833 ދަރިވަރުންނެވެ.
24 Sep 2026
ޗައިނާއާ އޮތީ ވަރަށް ގާތްގުޅުމެއް، އެ ގުޅުމުގެ ފައިދާ ވަރަށް ބޮޑު: ރައީސް
ރައީސް ވިދާޅުވީ ދެ ގައުމުގެ ގުޅުން ބިނާވެފައި އޮތީ އިހްތިރާމްގެ މައްޗަށް ކަމަށާ ރާއްޖެއާ ޗައިނާގެ ގުޅުމަކީ ފައިދާހުރި ގުޅުމެއް ކަމަަށެވެ. އެ ގުޅުމުގެ ފައިދާ މުސްތަގުބަލުގައި ވެސް ލިބިގެންދާނެ ކަމަށް ވިދާޅުވި އެވެ.