ޖޭޕީގެ ލީޑަރު ޤާސިމް އިބްރާހިމް/ ފޮޓޯ: ޖޭޕީ
ހަބަރު
24 Jun 2023 | 23:17
އަޅުގަނޑުގެ ވެރިކަމެއްގައި ހުޅުމާލެ ފްލެޓުގެ ކުލި މާފުކޮށްދޭނަން: ޤާސިމް

ވެރިކަން ލިބިވަޑައިގެންފިކަމަށް ވާނަމަ، ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލޭގައި އަޅާފައިވާ ފްލެޓުތަކާއި، ސިފައިންނާއި ފުލުހުންނަށް ދީފައިހުރި ފްލެޓުތަކުގެ ކުލި މާފުކޮށްދެއްވާނެކަމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ޤާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ. 

ޖުމްހޫރީ ޕާޓީގެ 158 ވަނަ ކައުންސިލް ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޤާސިމް ވަނީ ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް މި ސަރުކާރުން ތަފާތުކުރުންތައް ގެންގުޅޭކަން ފާހަގަކުރައްވާ ނުރުހުން ފާޅުކުރައްވާފަ އެވެ. 

ބޯހިޔާވަހިކަމަކީ އަސާސީ ހައްޤަކަށް ވާއިރު، ބައެއް ފަރާތްތަކަށް އަގުބޮޑުކޮށް ބިންތައް ދޫކުރާއިރު، ސަރުކާރުގެ ވަކި ސިޔާސަތެއްގެ ތެރެއިން ހިލޭ ބިންތައް ބަހަން ނިންމާފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ. އަދި މިހާރު ދޫކޮށްފައިވާ ފްލެޓުތައް ހަދާފައިވާ އަގާއި ނުބައްދަލު ކުލި ނަގަމުންދާކަމަށް ޤާސިމް ވިދާޅުވި އެވެ. 

އެކަންކަން ފާހަގަކުރައްވާ ޤާސިމް ވިދާޅުވީ ރައްޔިތުންގެ މެދުގައި އޮތް ތަފާތުކުރުންތައް ނައްތާލުމަށް އެމަނިފާނުގެ ވެރިކަމެއްގައި ހުޅުމާލޭގައި ސަރުކާރުން ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް އަޅާފައިވާ ފްލެޓުތަކުގެ ކުލި އެއްކޮށް މާފުކޮށްދޭނެ ކަމަށެވެ. 

"އަޅުގަނޑުގެ ވެރިކަމެއްގައި ހުޅުމާލޭގައި ތި ދީފައި ހުރި ފްލެޓުތަކުގެ ކުލި އެއްފަހަރާ މާފުކޮށްދޭނަން. މާފު! ބޮޑު ލާރިއެއްވެސް ދައްކާކަށް ނުޖެހޭނެ"

ޖޭޕީގެ ލީޑަރު ޤާސިމް 

ޤާސިމް ވިދާޅުވީ އެއީ އޭނާ ސަމާސާއަކަށް ދައްކާ ވާހަކައެއް ނޫން ކަމަށެވެ. ރައްޔިތުންގެ މެދުގައި ތަފާތުކުރުންތައް އެެއްވެސް ސަރުކާރަކުން ގެންގުޅިގެން ނުވާނެ ކަމަށާއި، އިންސާފު ގާއިމްކުރުމާއި، ހަމަހަމަކަން ގާއިމް ކުރުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއްކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ. 

އަދި އެކަން ކަށަވަރުކުރުމަށް ފްލެޓުތަކުގެ ކުލި އެއްފަހަރާ މާފުކޮށްދެއްވާނެކަމުގެ ޔަގީންކަން ޤާސިމް ވަނީ ދެއްވާފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Sep 2026
ޤުރުއާން ކިޔެވުމުގެ 38 ވަނަ ގައުމީ މުބާރާތުގެ ރަންވަނަތައް އިޒުޢާން، އާޔަން އަދި ޒީކަށް
ޙާފިޡުގެ ގޮފިން، މުޅި މުބާރާތުން އެއް ވަނަ ޚާޞިލްކޮށްފައިވަނީ އިސްމާޢީލް އިޒުޢާން އިބްރާހީމްއެވެ. މުޅި މުބާރާތުން ނުބަލާ ކިޔެވުމުގެ ގޮފިން އެެއް ވަނަ ޚާޞިލްކޮށްފައިވަނީ ޢާއިޝަތު ޒީކް ރިޔާޟްއެވެ.
25 Sep 2026
މަސްޖިދުލްޙަރާމްގެ އިމާމު ޑރ ޔާސިރް އައްދައުސަރީ ރާއްޖެ ވަޑައިގަންނަވަނީ
މިއީ 43 އަހަރު ފަހުން މަސްޖިދުލް ޙަރަމްގެ އިމާމަކު ރާއްޖެވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.
24 Sep 2026
ފަހު ހާފްގައި ޖެހި ލަނޑުތަކާއެކު ޗައިނާއިން ދިވެހިރާއްޖެ ބަލިކޮށްފި
އީތަން އަދި އިލާން ނުލައި ރާއްޖެ ނުކުތް މި މެޗުގެ ފުރަތަމަ ހާފްގައި، ޗައިނާ ކުޅުންތެރިން ފޮނުވާލި ގިނަ ހަމަލާތައް ރާއްޖޭގެ ކީޕަރު ވަނީ ވަރަށް ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.
24 Sep 2026
ގަން އެއާޕޯޓުން 3,345 ގްރާމުގެ ކެނަބިސް އަތުލައިގެންފި
މި ތަކެތި ފެނިފައިވަނީ ސެޕްޓެމްބަރު 22 ވަނަ ދުވަހު ގަން އިންޓަރނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެ އެތެރެވި އިންޑިއާގެ ދެ ރައްޔިތެއްގެ ފޮށިތައް ބަލައި ފާސްކުރުމުގެ ތެރޭގައެވެ.
24 Sep 2026
ބާރަށުގައި ރޭގަނޑު 9 ގެ ފަހުން ދަރިވަރުން ބޭރުގައި އުޅުން މަނާކޮށްފި
ޒަރޫރީ ބޭނުމެއް ނެތި ރޭގަނޑު ނުވައެއް ޖެހުމަށް ފަހު، ބެލެނިވެރިއަކާއެކު މެނުވީ ދަރިވަރުން ބޭރުގައި
24 Sep 2026
އެމްޓީސީސީގެ މަސައްކަތްތަކަށް ޔޫއޭއީ ކުންފުންޏަކުން އިންވެސްޓުކުރުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފި
ޔޫއޭއީގެ އެންއެމްޑީސީއާ އެމްޓީސީސީ ގުޅިގެން ރާއްޖޭގައި މަޝްރޫޢުތައް ހިންގުމާއި ޑްރެޖިންގ ސަޕޯޓާއި މުވައްޒަފުން ތަމްރީނުކުރުމާ ގުޅޭ ގޮތުން އަބޫދާބީގައި މަޝްވަރާކޮށް، އެއްބަސްވުމެއްގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ.
24 Sep 2026
ހިލޭ ޑިގްރީ ސްކީމުގައި ބައިވެރިވި ދެބައިކުޅަ އެއްބައި ދަރިވަރުން ކޯސް ނުނިންމާ
އެ ރިޕޯޓުގައި ދިރާސާކޮށްފައި ވަނީ ހިލޭ ޑިގްރީ ސްކީމް ހިންގުމުގައި ކަންކަން އޮތް ގޮތެވެ. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ) އާއި ކިޔަވައިދޭ އެކި މަރުކަޒުތަކުން ހޯދި ތަފާސްހިސާބުތައް ދައްކާ ގޮތުން އެ މުއްދަތުގައި ޖުމްލަ 11641 ދަރިވަރުން ސްކީމުގައި ބައިވެރިވެފައިވެއެވެ. ނަމަވެސް ކޯސް ނިންމައިގެން ނުކުމެފައި ވަނީ 5833 ދަރިވަރުންނެވެ.
24 Sep 2026
ޗައިނާއާ އޮތީ ވަރަށް ގާތްގުޅުމެއް، އެ ގުޅުމުގެ ފައިދާ ވަރަށް ބޮޑު: ރައީސް
ރައީސް ވިދާޅުވީ ދެ ގައުމުގެ ގުޅުން ބިނާވެފައި އޮތީ އިހްތިރާމްގެ މައްޗަށް ކަމަށާ ރާއްޖެއާ ޗައިނާގެ ގުޅުމަކީ ފައިދާހުރި ގުޅުމެއް ކަމަަށެވެ. އެ ގުޅުމުގެ ފައިދާ މުސްތަގުބަލުގައި ވެސް ލިބިގެންދާނެ ކަމަށް ވިދާޅުވި އެވެ.