ޤާސިމް އިބްރާހިމް އަދި ރައީސް ޞާލިހު/ ފޮޓޯ: އިންޓަނެޓް
ހަބަރު
24 Jun 2023 | 20:45
ޤާސިމް ރައީސަށް: ތި ހައްދަވަނީ ބޮޑެތި ގޯސް، ގެއަށް ކަނޑާލާ!

ރައީސްކަމުގެ މަޤާމުގައި ހުންނަވާ ބޮޑެތި ގޯސްތައް ނަހައްދަވާ ވެރިކަމުން ދުރަށް ވަޑައިގަތުމަށް ޖޭޕީގެ ލީޑަރު ޤާސިމް އިބްރާހިމް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހަށް ގޮވާލައްވައިފި އެވެ. 

ޤާސިމް ވަނީ ޖުމްހޫރީ ޕާޓީގެ 158 ވަނަ ކައުންސިލް ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިހާރު ސަރުކާރުން ހަދަމުންދާ ބޮޑެތި ގޯސްތަކަށް އަލިއަޅުވާލައްވާ ގިނަ ފާޑުނިޔުންތަކެއް އަމާޒުކުރައްވާފަ އެވެ. 

ޤާސިމް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި ތަޅު އަޅުވާ އެ މުއައްސަސާ ޤާނޫނީ ޒިންމާތައް އަދާނުކުރެވޭ ގޮތަށް ތަޅުއަޅުވާފައިވަނީ އެމްޑީޕީން ކަމަށެވެ. އަދި އެމްޑީޕީގެ އެންމެ އިސް ލީޑަރުގެ ހައިސިއްޔަތުން ރައީސް ޞާލިހު އެކަމުގެ ފުރިހަމަ ޒިންމާ ނަންގަވަން ޖެހިވަޑައިގަންނަވާނެ ކަމަށެވެ. 

މަޖިލީހުގެ އިތުރުން، މިހާރު މިނިވަންކަމާއެކު މަސައްކަތް ކުރާ އެއްވެސް މުއައްސަސާއެއް ނެތްކަމަށާއި، ހުރިހާ މުއައްސަސާއެއްގައި އޮތީ ސަރުކާރުން ތަޅުއަޅުވާފައިކަމަށް ޤާސިމް ވިދާޅުވި އެވެ. 

ޤާސިމް ވިދާޅުވީ ޤާނޫނު އަސާސީގެ 115 ވަނަ މާއްދާގައި ރައީސުލްޖުމްހޫރިއްޔާގެ ބާރުތަކާއި މަސްއޫލިއްޔަތުތަކުގެ ވާހަކަ ވަރަށް ރަނގަޅަށް ބަޔާންކޮށްފައިވާނެ ކަމަށެވެ.

އެހެން ނަމަވެސް މުއައްސަސާތަކުގައި ބޮޑު ތަޅު އެޅުވިގެންދާއިރު، އެމަނިކުފާނު އެކަން ކަން ޙައްލު ކުރެއްވުމަށް އެކަށީގެންވާ މަސައްކަތްތަކެއް ކުރަމުން ނުދާކަމަށް ޤާސިމް ވިދާޅުވި އެވެ. 

ޤާސިމް ވިދާޅުވީ ބާރުގައި ހުންނެވުމަށް ރައީސް ޞާލިހު ބޮޑެތި ގޯސްތަކެއް ހައްދަވަމުންދާ ކަމަށެވެ. އަދި އެގޮތަށް އެކަންކަން ކުރައްވާނަމަ އެމަނިކުފާނަށް ޖެހިވަޑައިގަންނަވާނީ ވެރިކަމުން ފައިބާ ވަޑައިގަންނަވަން ކަމަށް ޤާސިމް ވިދާޅުވި އެވެ. 

"މިހާރު މަނިކުފާނު ތިޔަ ހައްދަވަނީ ގޯސް މައްޗަށް ގޯސް. ދެން އެހެންވީމާ މަނިކުފާނު ދެން ވެރިކަމަށް ވަޑައިގަންނަވަން އިތުރަށް ކުރިމަތިލައްވަން އުޅުއްވުމުގެ މާނައެއް ނެތް. ރައްޔިތުންނަށް މިއަދު ވަރަށް ރަނގަޅަށް ސާފުވޭ" 

ޖޭޕީގެ ލީޑަރު ޤާސިމް 

ޤާސިމް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތުތައް ނެންގެވުމުގައި ރައީސް ޞާލިހު ފެއިލްވެވަޑައިގެންފައި ވާ ކަމަށެވެ. 

ދެވަނަ ދައުރެއް ބޭފުޅަކަށް ދޭ ނަމަ، އެކަން ކުރައްވާނީ، މާޒީގައި ކޮށްފައިވާ ކަންތައްތަކަށް ބައްލަވައިގެން ކަމަށާއި، މި ދައުރަށް ވީ ވައުދުތައް ނުފުއްދުނު ފަރާތަކަށް ދެވަނަ ދައުރެއް ދޭން ޖެހޭ އެއްވެސް ސަބަބެއް ނޯންނާނެކަމަށް ޤާސިމް ވަނީ ވިދާޅުވެފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Sep 2026
ޤުރުއާން ކިޔެވުމުގެ 38 ވަނަ ގައުމީ މުބާރާތުގެ ރަންވަނަތައް އިޒުޢާން، އާޔަން އަދި ޒީކަށް
ޙާފިޡުގެ ގޮފިން، މުޅި މުބާރާތުން އެއް ވަނަ ޚާޞިލްކޮށްފައިވަނީ އިސްމާޢީލް އިޒުޢާން އިބްރާހީމްއެވެ. މުޅި މުބާރާތުން ނުބަލާ ކިޔެވުމުގެ ގޮފިން އެެއް ވަނަ ޚާޞިލްކޮށްފައިވަނީ ޢާއިޝަތު ޒީކް ރިޔާޟްއެވެ.
25 Sep 2026
މަސްޖިދުލްޙަރާމްގެ އިމާމު ޑރ ޔާސިރް އައްދައުސަރީ ރާއްޖެ ވަޑައިގަންނަވަނީ
މިއީ 43 އަހަރު ފަހުން މަސްޖިދުލް ޙަރަމްގެ އިމާމަކު ރާއްޖެވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.
24 Sep 2026
ފަހު ހާފްގައި ޖެހި ލަނޑުތަކާއެކު ޗައިނާއިން ދިވެހިރާއްޖެ ބަލިކޮށްފި
އީތަން އަދި އިލާން ނުލައި ރާއްޖެ ނުކުތް މި މެޗުގެ ފުރަތަމަ ހާފްގައި، ޗައިނާ ކުޅުންތެރިން ފޮނުވާލި ގިނަ ހަމަލާތައް ރާއްޖޭގެ ކީޕަރު ވަނީ ވަރަށް ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.
24 Sep 2026
ގަން އެއާޕޯޓުން 3,345 ގްރާމުގެ ކެނަބިސް އަތުލައިގެންފި
މި ތަކެތި ފެނިފައިވަނީ ސެޕްޓެމްބަރު 22 ވަނަ ދުވަހު ގަން އިންޓަރނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެ އެތެރެވި އިންޑިއާގެ ދެ ރައްޔިތެއްގެ ފޮށިތައް ބަލައި ފާސްކުރުމުގެ ތެރޭގައެވެ.
24 Sep 2026
ބާރަށުގައި ރޭގަނޑު 9 ގެ ފަހުން ދަރިވަރުން ބޭރުގައި އުޅުން މަނާކޮށްފި
ޒަރޫރީ ބޭނުމެއް ނެތި ރޭގަނޑު ނުވައެއް ޖެހުމަށް ފަހު، ބެލެނިވެރިއަކާއެކު މެނުވީ ދަރިވަރުން ބޭރުގައި
24 Sep 2026
އެމްޓީސީސީގެ މަސައްކަތްތަކަށް ޔޫއޭއީ ކުންފުންޏަކުން އިންވެސްޓުކުރުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފި
ޔޫއޭއީގެ އެންއެމްޑީސީއާ އެމްޓީސީސީ ގުޅިގެން ރާއްޖޭގައި މަޝްރޫޢުތައް ހިންގުމާއި ޑްރެޖިންގ ސަޕޯޓާއި މުވައްޒަފުން ތަމްރީނުކުރުމާ ގުޅޭ ގޮތުން އަބޫދާބީގައި މަޝްވަރާކޮށް، އެއްބަސްވުމެއްގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ.
24 Sep 2026
ހިލޭ ޑިގްރީ ސްކީމުގައި ބައިވެރިވި ދެބައިކުޅަ އެއްބައި ދަރިވަރުން ކޯސް ނުނިންމާ
އެ ރިޕޯޓުގައި ދިރާސާކޮށްފައި ވަނީ ހިލޭ ޑިގްރީ ސްކީމް ހިންގުމުގައި ކަންކަން އޮތް ގޮތެވެ. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ) އާއި ކިޔަވައިދޭ އެކި މަރުކަޒުތަކުން ހޯދި ތަފާސްހިސާބުތައް ދައްކާ ގޮތުން އެ މުއްދަތުގައި ޖުމްލަ 11641 ދަރިވަރުން ސްކީމުގައި ބައިވެރިވެފައިވެއެވެ. ނަމަވެސް ކޯސް ނިންމައިގެން ނުކުމެފައި ވަނީ 5833 ދަރިވަރުންނެވެ.
24 Sep 2026
ޗައިނާއާ އޮތީ ވަރަށް ގާތްގުޅުމެއް، އެ ގުޅުމުގެ ފައިދާ ވަރަށް ބޮޑު: ރައީސް
ރައީސް ވިދާޅުވީ ދެ ގައުމުގެ ގުޅުން ބިނާވެފައި އޮތީ އިހްތިރާމްގެ މައްޗަށް ކަމަށާ ރާއްޖެއާ ޗައިނާގެ ގުޅުމަކީ ފައިދާހުރި ގުޅުމެއް ކަމަަށެވެ. އެ ގުޅުމުގެ ފައިދާ މުސްތަގުބަލުގައި ވެސް ލިބިގެންދާނެ ކަމަށް ވިދާޅުވި އެވެ.