ދި ޑިމޮކްރެޓްސްއާއި ޕީޕީއެމް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން/ ފޮޓޯ: ދެން
ހަބަރު
26 Jun 2023 | 14:22
ޞާލިހު ބަލިވެއްޖެ، މިހާރު ހިފަހައްޓަނީ ފައިސާ ބަހައިގެން: އާޒިމް

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ބަލިވެއްޖެ ކަމަށާއި، މިހާރު އެމަނިކުފާނުގެ ވެރިކަން ހިފަހައްޓަމުން ދަނީ ފައިސާ ބައްސަވައިގެން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވެއްޖެ އެވެ.

އާޒިމް މިފަދައިން ވިދާޅުވެފައި ވަނީ މި ސަރުކާރު ބަލިކުރުމަށް ދި ޑިމޮކްރެޓްސްއާއި ޕީޕީއެމް ކުރިއަށް ގެންދިޔަ ދެވަނަ މަޝްވަރާ ބައްދަލުވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް ބޭއްވި ޕްރެސް ކޮންފަރެންސްގައި ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބުދެއްވަމުން ނެވެ. 

އާޒިމް ވިދާޅުވީ ރައީސް ޞާލިހަށް ދެވަނަ ދައުރެއް ހޯދާދިނުމަށް އެމަނިކުފާނާއި އެކުގައި ތިބި ސިޔާސީ ޕާޓީތަކަކީ އާންމު ރައްޔިތުންގެ މާބޮޑު ތާއީދެއް އޮތް ޕާޓީތަކެއް ނޫން ކަމަށެވެ.

އެގޮތުން މިހާރު ރައީސް ޞާލިހާއެކު ކޯލިޝަން ހަދައިގެން ތިބި އަދާލަތު ޕާޓީއާއި އެމްޑީއޭގައި 3000 މީހުން ތިބިކަމާމެދު ވެސް ޝައްކު ކުރެވޭކަމަށް އޭވާ ވިދާޅުވި އެވެ. 

އެއާއެކު އާޒިމް ވިދާޅުވީ، ރިޔާސީ އިންތިޚާބުގައި ރައީސް ޞާލިހު އެކަނިވެ ބާކީވާ މަންޒަރު ފެނިގެން ދިއުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށެވެ. 

"ރައީސް ޞާލިހު އެކަނިވެގެން ދިއުމަކީ ވަރަށް ފުރުސަތު ބޮޑުކަމެއްގެ ގޮތުގައި ފެންނަނީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް. އަޅުގަނޑަށް ޝައްކު އަދާލަތު ޕާޓީވެސް ސަން ޓްރެވަލްސް ޝިޔާމު ޕާޓީ އެމްޑީއޭ ވެސް ރިޔާސީ އިންތިޚާބަށް ވާންވާއިރަށް ރައީސް ޞާލިހާއި އެކު އޮންނާނެކަމަށް"

މެމްބަރު އަލީ އާޒިމް 

އާޒިމް އިތުރަށް ވިދާޅުވީ ހަޤީގަތުގައި ރައީސް ޞާލިހުގެ ވެރިކަން މިހާރު މިއޮތީ ނިމިފައި ކަމަށެވެ. އަދި އެމަނިކުފާނު މިހާރު ވެރިކަމުގައި އެ ހުންނަވަނީ ތާއީދުބޮޑުކަމުން ނޫން ކަމަށާއި، ފައިސާ ޚަރަދުކުރައްވައިގެން ކަމަށެވެ. 

"އިބްރާހިމް މުޙައްމަދު ޞާލިހު ދެރަވާތަން އެބަ ފެނޭ. މިހާރު އެ ހިފަހައްޓަނީ ފައިސާ ދީގެން.. ފައިސާ އަކީ ވަޒީފާވެސް ދީގެން. ބިރުދައްކައިގެން. ދެން ފައިސާ ޗާޕުކުރި ވާހަކަ އަޅުގަނޑު ފާހަގަކޮށްފިން" 

މެމްބަރު އަލީ އާޒިމް 

އާޒިމް އިތުރަށް ވިދާޅުވީ ސަރުކާރު މިހާރު ހިނގަމުންދާ ގޮތާއި މެދު ގިނަ ސިޔާސީ ޕާޓީތަކެއްގެ ކަންބޮޑުވުން މިހާރު ވެސް ފާޅުކުރަމުންދާ ކަމަށެވެ. އަދި މިނިވަން މުއައްސަސާތަކުގެ ބާރު ކަނޑުވާލާފައި އޮތް އޮތުމަށްވެސް ގިނަ ޕާޓީތަކުގެ ފާޑުކިޔުން އަމާޒުވެފައި ވާ ކަމަށެވެ. 

އެހެން ކަމުން ކުރިއަށް އޮތް ތަނުގައި މި ސަރުކާރު ބަދަލުކުރުމަށް ގިނަ ޕާޓީތަކެއް ޕީޕީއެމް އަދި ޑި ޑިމޮކްރެޓްސްގެ މަސައްކަތްތަކާއި ގުޅުމަކީ ވެސް އެކަށީގެންވާ ކަމެއްކަމަށް އާޒިމް ވިދާޅުވި އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.
05 Oct 2026
ތަންފީޒު ކުރަން ފަށައިފި؛ ނުރައްކާތެރިކޮށް ދުއްވި ސައިކަލެއް ޓޯކޮށް ފިޔަވަޅު އަޅައިފި
މި ސައިކަލު ހުއްޓުވައި އޭގައި ތިބި ދެ މީހުން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ސުވާލުކުރުމަށްފަހު ދޫކޮށްލައިފައި ކަމަށް ފުލުހުން ބުންޏެވެ.
05 Oct 2026
އެމްއެމްޕީއާރްސީގެ ޚިޔާނާތް: އަދީބުއަތުން 150،000 ޑޮލަރު ހޯދި ކަމުގެ ތުހުމަތުގައި ކުންފުންޏަކަށް މަނީ ލޯންޑަރިންގެ ދައުވާ
މީގެ އިތުރުން އެސްއޯއެފްގެ ދެ ޗެކަކުން މޮންޓިލިއަންއަށް ޖަމާކޮށްފައިވާ $150,000.00 (އެއްލައްކަ ފަންސާސް ހާސް އެމެރިކާ ޑޮލަރު) އަނބުރާ ހޯދުމަށް އެމްއެމްޕީއާރްސީއަށް އެންގުމަށް ކޮމިޝަނުން ނިންމާފައިވާ ކަމަށް ވެސް ބުންޏެވެ.