ރައީސް އަބްދުﷲ ޔާމީން/ ފޮޓޯ: އިންޓަނެޓް
ހަބަރު
01 Jul 2023 | 20:21
ރައީސް ޔާމިނުގެ ފުއްގިރި މައްސަލައިގެ އަޑުއެހުމެއް މާދަމާއަށް ތާވަލުކޮށްފި

ވާދަވެރި ސިޔާސީ ލީޑަރު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ މައްޗަށް ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާއި ގުޅުވާ އުފުލާފައިވާ ދައުވާތަކާއި ގުޅޭ ޝަރީއަތުގެ އަޑުއެހުމެއް މާދަމާގެ 9:00 އަށް ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފި އެވެ.

ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާއި ގުޅިގެން ރައީސް ޔާމިނުގެ މައްޗަށް ދައުލަތުން ވަނީ ރިޝްވަތު ޤަބޫލުކުރުމާއި މަނީ ލޯންޑަރިންގެ ދައުވާ އުފުލާފައެވެ.

މިހާރު ކުރިއަށް ދަނީ އެ ދައުވާތައް ސާބިތުކޮށްދިނުމަށް ދައުލަތުން ހުށައަޅާ ޝަފަވީ ހެކިންގެ ހެކިބަސް ނެގުމުގެ މަރުހަލާއެވެ.

މިހާތަނަށް 6 ފަރާތެއްގެ ހެކިބަސް ވަނީ ނަގާފައެވެ.

އޭގެތެރޭގައި އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ކުށް ސާބިތުވެފައިވާ ކުރީގެ ނައިބުރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު ހިމެނެއެވެ.

ރައީސް ޔާމިނާއި ދެކޮޅަށް އަދީބާއި ޒިޔަތުގެ ހެކިބަސް ނުނެގޭނެ ކަމަށާއި، އެ ދެމީހުންނަކީވެސް ރައީސް ޔާމިނުގެ އަދާވާތްތެރިންކަމަށް އެމަނިކުފާނުގެ ގާނޫނީ ވަކީލުން ވަނީ ފާހަގަކުރައްވާފަ އެވެ.

އެހެން ނަމަވެސް ދައުލަތުން ބުނީ މި މައްސަލައިގައި ދައުލަތުން ރައީސް ޔާމިނުގެ މައްޗަށް އުފުލާ ދައުވާތައް ސާބިތުކުރުމަށް އަދީބާއި ޒިޔަތުގެ ހެކިބަސް ނޫން އިތުރު ކާފީ ހެއްކެއް ނެތުމުން، އެ ދެމީހުންގެ ހެކިބަސް ބަލައިގަންނަން ޖެހޭ ކަމަށެވެ.

އެއާއެކު ކޯޓުން ވަނީ އަދީބާއި ޒިޔަތުގެ ހެކިބަސް ބަލައިގަތުމަށް ނިންމާފައެވެ. އަދި ހެއްކަށް ބުރަދަން ދޭނެތޯ ނޫންތޯ ކަނޑައަޅާނީ ހުކުން ކުރަމުންކަމަށް ގާޒީވަނީ ވިދާޅުވެފަ އެވެ.

ފުއްގިރި މައްސަލައިގެ އަޑުއެހުމެއް މާދަމާއަށް ތާވަލުކޮށްފައިވާއިރު، މި މަހުގެ 4،6،9،11 އަދި 13 ގައިވެސް މި މައްސަލައިގެ އަޑުއެހުންތައް އޮތީ ތާވަލުކޮށްފަ އެވެ.

އޭގެ އިތުރުން ޖުލައިމަހުގައި ރައީސް ޔާމީނުގެ ފަރާތްޕުޅުން ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވާ އާރަށު މައްސަލައިގެ ހުކުމާއި ގުޅޭ އަޑުއެހުންތައް ވެސް އެ ކޯޓުން ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފަ އެވެ.

ދަށު ކޯޓުގައި އޮތް މައްސަލަ ފަސްކޮށްފައި ނަމަވެސް އާރަށު މައްސަލައިގެ އިސްތިއުނާފު އަވަސްކޮށްދިނުމަށް ރައީސް ޔާމިނުގެ ފަރާތްޕުޅުން ވަނީ އެދިވަޑައިގެންފަ އެވެ.

އާރަށު ހުކުން އިސްތިއުނާފު މައްސަލައިގައި ރައީސް ޔާމީނުގެ ފަރާތްޕުޅުން މިހާރު ވަނީ އިސްތިއުނާފީ ނުކުތާތައް ހުށައަޅާފަ އެވެ.

ދެން އޮންނަ އަޑުއެހުމެއްގައި އޮންނާނީ ރައީސް ޔާމިނުގެ ފަރާތްޕުޅުން ހުށައެޅި ކަންކަމަށް ދައުލަތުން ޖަވާބުދިނުމެވެ. އެފަހުން އެ މައްސަލައިގެ އަޑުއަހުންތައް ނިންމާނެއެވެ. އަދި ހުކުން އިއްވާނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
މޯދީއަށް ބަދުބަސް ބުނި އިންޑިއާގެ އަންހެން ކުއްޖަކަށް މަރުގެ އިންޒާރު
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފުރައްސާރަކޮށް ބަދުބަސް ބުނި ކަމަށް ބުނެ ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން، ނޮއިޑާގެ އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކާއި އޭނާގެ މަންމައަށް މަރުގެ އިންޒާރު ލިބި، ސަލާމަތީ ސަބަބުތަކަށްޓަކައި ތިން ފަހަރެއްގެ މަތިން ދިރިއުޅޭ ތަން ބަދަލުކުރަން މަޖުބޫރުވެއްޖެއެވެ.
05 Aug 2026
މެޑްރިޑް އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް މެސީގެ ފަރާތުން މާލީ އެހީއެއް
އަލިފާނުގެ މި ހާދިސާގައި ގާތްގަނޑަކަށް 34,000 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ވަނީ އަނދާ އަޅިއަށް ވެފައެވެ
05 Aug 2026
މާދަމާ މާފަރުގައި ފަށާ "ވިޔަނަ ކޭމްޕް" އަށް މުޅި ރަށް ތައްޔާރުވެއްޖެ
ޅ. ނައިފަރު ފަތިސް ޖަމްޢިއްޔާއިން އިސްނަގައިގެން ބާއްވަމުން އަންނަ ކާމިޔާބު "ވިޔަނަ ކޭމްޕް" ގެ 2026 ވަނަ އަހަރުގެ އެޑިޝަން މި މަހުގެ 6 ވަނަ ދުވަހު ނ. މާފަރުގައި ފެށުމަށްޓަކައި އެ ރަށުގެ މުވައްސަސާތަކާއި ޖަމްޢިއްޔާތަކުން ފުރިހަމައަށް ތައްޔާރުވެއްޖެއެވެ.
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.