އިލެކްޝަން ކޮމިޝަންގެ މެމްބަރުން ބައްދަލުވުމެއްގައި/ ފޮޓޯ: އީސީ
ހަބަރު
05 Jul 2023 | 14:20
ބާކީ ވޯޓު ކަރުދާސް ފާހަގަވާނެހެން ކަނުން ކަނޑާލަން ގިނަ ސިޔާސީ ޕާޓީތައް އެއްބަސްވެއްޖެ

މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިޚާބުގައި ބޭނުންކުރާ ވޯޓު ކަރުދާހުގެ ތެރެއިން ބާކީ ވާ ވޯޓު ކަރުދާސްތައް ވަގުތުން ވަގުތަށް ނައްތާނުލި ނަމަވެސް، އެ ކަރުދާސްތައް ވަކި ކުރެވޭނެ ގޮތެއް ހެދުން މުހިންމުކަމަށް ގިނަ ސިޔާސީ ޕާޓީތަކުން ބުނެފި އެވެ.

ރިޔާސީ އިންތިޚާބުގެ ލަފާދޭ ކޮމެޓީގެ ބައްދަލުވުމެއް މިއަދު އިލެކްޝަން ކޮމިޝަނުން ބާއްވާފައިވާއިރު، އެ ބައްދަލުވުމަށް ވަނީ ކޮމެޓީގެ ލަފާއަށް ބައެއް ކަންކަން ހުށައަޅާފަ އެވެ.

އެގޮތުން ރިޔާސީ އިންތިޚާބުގައި ބޭނުންކުރާ ވޯޓު ކަރުދާސްތަކުގެ ތެރެއިން ބާކީވާ ކަރުދާސްތައް ނައްތާލުމަށް ޕީޕީއެމުން ހުށައެޅި ހުށައެޅުމަށް ކޮމެޓީގެ ލަފާއަށް މިއަދުގެ ބައްދަލުވުމުގައި ވަނީ ހުށައަޅާފަ އެވެ.

އެ ހުށައެޅުމާއި ގުޅޭގޮތުން ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމު ވިދާޅުވީ ވޯޓުލާ ނިމިގެން ބާކީ ވާ ކަރުދާސްތަކާއި ދޭތެރޭގައި ރައްޔިތުންގެ ވަރަށް ބޮޑު ކަންބޮޑުވުމެއް އޮންނަ ކަމަށެވެ.

ވަކިން ޚާއްސަކޮށް ސަރުކާރުން ކޮމިޝަންތަކަށް ވަރަށް ބޮޑަށް ނުފޫޒު ފޯރުވަމުންދާއިރު، ބާކީ ކަރުދާސްތައް ބޭނުންކޮށްގެން ވޯޓު އޮޅުވާލާނެކަމުގެ ބިރު ރައްޔިތުންގެ މެދުގައި އޮތްކަމަށް ޝިޔާމު ވިދާޅުވި އެވެ. އަދި ވޯޓުލާ ކޮންމެ މަރުކަޒެއްގައި ހުންނަ ބާކީ ކަރުދާސްތައް ނާއްތާލުމަށް ޕީޕީއެމުން ހުށައެޅީ އެ ފުރުސަތު ނުދިނުމަށް ކަމަށް ޝިޔާމު ފާހަގަކުރެއްވި އެވެ.

އެ ހުށައެޅުމާއި ގުޅޭގޮތުން އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބު ވިދާޅުވީ ވޯޓު ކަރުދާސްތައް އެ ދުވަހުން ދުވަހަށް ނައްތާލުމަކީ ގާނޫނު ތަންދޭ ކަމެއް ނޫން ކަމަށެވެ.

އެހެން ނަމަވެސް، ޕީޕިއެމުން ހުށައެޅި އެ މައްސަލައަށް ޙައްލު ހޯދުމަށް ވޯޓު ކަރުދާސްކޮޅު ތައްޔާރުކުރާއިރު، ކަރުދާސްކޮޅުގެ އެއް ކަން ކަނޑާލެވޭގޮތަށް ފަރުމާ ކުރެވިދާނެކަމަށް އޭނާ ވިދާޅުވި އެވެ. އަދި ބާކީ ކަރުދާސްކޮޅު ޕަންޗުކޮށް ބޮޅެއް އަޅައިގެން ނަމަވެސް ފާހަގަކުރެވޭނެ ގޮތެއް ހެދިދާނެކަމަށް އޭނާ ވިދާޅުވި އެވެ.

އެ މައްސަލައަށް ލަފާދޭ ކޮމެޓީގައި ބައިވެރިވާ ގިނަ ސިޔާސީ ޕާޓީތަކުން ވަނީ ތާއީދުކޮށްފަ އެވެ.

އެގޮތުން ޖުމްހޫރީ ޕާޓީގެ ފަރާތުން ރިޔާޒު ރަޝީދު ވިދާޅުވީ އީސީގެ ނައިބު ރައީސް ފާހަގަކުރެއްވި ގޮތަށް ކަރުދާސްތައް އެއްކޮށް ނައްތާލައިފިނަމަ ދިމާވެފާނެ މައްސަލަތަކެއް ހުރިކަމަށް ޤަބޫލު ކުރެވޭ ކަމަށެވެ. އަދި ބާކީ ކަރުދާސްކޮޅު ކަންކަނޑާލުން ނުވަތަ ލޯވަޅެއް އަގައިގެން ވެސް ދެވަނަ ފަހަރަށް އެ ބޭނުން ނުކުރެވޭނެ ފަދަ ގޮތަކަށް އެކަން ކުރުމަކީ ޕީޕީއެމްގެ ކަންބޮޑުވުންތަކަށް ޙައްލު ލިބޭނަމަ ރަނގަޅު ކަމެއްކަމަށް ރިޔާޒު ވިދާޅުވި އެވެ.

އިންތިޚާބުގައި ބައިވެރިވާ ފަރާތްތަކުގެ ހައްގުތައް ކަށވަރުކުރުމަށް އެފަދައިން އެކަން ކުރުމަކީ މުހިންމު ކަމެއް ނަމަ އެކަން ކުރުމަކީ އެދެވޭ ކަމެއްކަމަށް ރިޔާޒު ވިދާޅުވި އެވެ.

ލަފާދޭ ކޮމެޓީގައި ބައިވެރިވެވަޑައިގެން އަދާލަތު ޕާޓީގެ މަންބޫދު ޝަފީއު ވެސް ވިދާޅުވީ ބާކީ ކަރުދާސްތައް އަލުން ބޭނުން ނުކުރެވޭ މިންވަރަށް ކަނަކުން ކަފާލުން ނުވަތަ ބޮޅެއް އެޅުމަކީ ރަނގަޅުކަމެއް ކަމަށް ޤަބޫލުކުރައްވާ ކަމަށެވެ. އަދި އެގޮތަށް އެކަން ކުރުމަށް އަދާލަތު ޕާޓީގެ އެއްވެސް މައްސަލައެއް ނެތްކަމަށް އޭނާ ވިދާޅުވި އެވެ.

ރިޔާސީ އިންތިޚާބުގެ ލަފާދޭ ކޮމެޓީގައި އެމްޑީޕީގެ ފަރާތުން ބައިވެރިވެވަޑައިގެންނެވި އިބްރާހީމް ވަހީދު (އިބުރޭ) ވެސް ވަނީ ބާކީ ކަރުދާސްކޮޅާއި ގުޅިގެން ޕީޕީއެމުން ހުށައެޅި މައްސަލައަށް، ބާކީ ކަރުދާސްކޮޅު ނައްތާނުލި ނަމަވެސް ނަން ކަނޑާލައިގެން ނުވަތަ ކަރުދާސް ދެވަނަ ފަހަރަށް ބޭނުން ނުކުރެވޭނެ ގޮތަށް ބޮޅެއް އަޅާލުމަކީ އެ ޕާޓީން ވެސް ދެކޮޅު ހަދާ ކަމެއް ނޫން ކަމަށެވެ.

އިންތިޚާބުގެ ޞައްހަކަން ކަށަވަރުކުރުމަށް ނުވަތަ އިންތިޚާބަކީ އޮޅުވާ ނުލެވޭނެ އިންތިޚާބަކަށް ހެދުމަށް، ޕާޓީތަކުގެ އޮތް ކަންބޮޑުވުންތައް ހައްލުކޮށްދިނުމަކީ މުހިންމުކަމެއް ކަމަށް އެމްޑީޕީން ވެސް ވަނީ ބުނެފައެވެ.

ސިޔާސީ ޕާޓީތަކުގެ އިތުރުން ލަފާދޭ ކޮމެޓީގައި ހިމެނިވަޑައިގަންނަވާ ބައެއް ޖަމުއިއްޔާ ޖަމާއަތްތަކުން ވެސް ވަނީ ބާކީ ކަރުދާސްކޮޅުތައް މާކުކުރުމަކީ އިންތިޚާބުގެ ސައްހަކަން ކަށަވަރުކުރުމަށް މުހިންމުކަމެއްކަމުގައި ފާހަގަކޮށްފައެވެ.

ލަފާދޭ ކޮމެޓީގެ ޚިޔާލަށްފަހު އީސީން ބުނީ، އެ ކޮމެޓީގެ ޚިޔާލާއި އެއްގޮތަށް އެ ބަދަލު ގެނެވެން އޮތްކަމުގައި ވާނަމަ އީސީން އެކަން ކުރައްވާނެ ކަމަށެވެ. އަދި އިންތިޚާބަކީ ވީހާ ވެސް ބޮޑަށް ދެފުށް ފެންނަ އިންތިޚާބަކަށް ހެދުމަށް އެ ކޮމިޝަނުން މަސައްކަތް ކުރަމުން ގެންދާނެ ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Sep 2026
ޤުރުއާން ކިޔެވުމުގެ 38 ވަނަ ގައުމީ މުބާރާތުގެ ރަންވަނަތައް އިޒުޢާން، އާޔަން އަދި ޒީކަށް
ޙާފިޡުގެ ގޮފިން، މުޅި މުބާރާތުން އެއް ވަނަ ޚާޞިލްކޮށްފައިވަނީ އިސްމާޢީލް އިޒުޢާން އިބްރާހީމްއެވެ. މުޅި މުބާރާތުން ނުބަލާ ކިޔެވުމުގެ ގޮފިން އެެއް ވަނަ ޚާޞިލްކޮށްފައިވަނީ ޢާއިޝަތު ޒީކް ރިޔާޟްއެވެ.
25 Sep 2026
މަސްޖިދުލްޙަރާމްގެ އިމާމު ޑރ ޔާސިރް އައްދައުސަރީ ރާއްޖެ ވަޑައިގަންނަވަނީ
މިއީ 43 އަހަރު ފަހުން މަސްޖިދުލް ޙަރަމްގެ އިމާމަކު ރާއްޖެވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.
24 Sep 2026
ފަހު ހާފްގައި ޖެހި ލަނޑުތަކާއެކު ޗައިނާއިން ދިވެހިރާއްޖެ ބަލިކޮށްފި
އީތަން އަދި އިލާން ނުލައި ރާއްޖެ ނުކުތް މި މެޗުގެ ފުރަތަމަ ހާފްގައި، ޗައިނާ ކުޅުންތެރިން ފޮނުވާލި ގިނަ ހަމަލާތައް ރާއްޖޭގެ ކީޕަރު ވަނީ ވަރަށް ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.
24 Sep 2026
ގަން އެއާޕޯޓުން 3,345 ގްރާމުގެ ކެނަބިސް އަތުލައިގެންފި
މި ތަކެތި ފެނިފައިވަނީ ސެޕްޓެމްބަރު 22 ވަނަ ދުވަހު ގަން އިންޓަރނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެ އެތެރެވި އިންޑިއާގެ ދެ ރައްޔިތެއްގެ ފޮށިތައް ބަލައި ފާސްކުރުމުގެ ތެރޭގައެވެ.
24 Sep 2026
ބާރަށުގައި ރޭގަނޑު 9 ގެ ފަހުން ދަރިވަރުން ބޭރުގައި އުޅުން މަނާކޮށްފި
ޒަރޫރީ ބޭނުމެއް ނެތި ރޭގަނޑު ނުވައެއް ޖެހުމަށް ފަހު، ބެލެނިވެރިއަކާއެކު މެނުވީ ދަރިވަރުން ބޭރުގައި
24 Sep 2026
އެމްޓީސީސީގެ މަސައްކަތްތަކަށް ޔޫއޭއީ ކުންފުންޏަކުން އިންވެސްޓުކުރުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފި
ޔޫއޭއީގެ އެންއެމްޑީސީއާ އެމްޓީސީސީ ގުޅިގެން ރާއްޖޭގައި މަޝްރޫޢުތައް ހިންގުމާއި ޑްރެޖިންގ ސަޕޯޓާއި މުވައްޒަފުން ތަމްރީނުކުރުމާ ގުޅޭ ގޮތުން އަބޫދާބީގައި މަޝްވަރާކޮށް، އެއްބަސްވުމެއްގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ.
24 Sep 2026
ހިލޭ ޑިގްރީ ސްކީމުގައި ބައިވެރިވި ދެބައިކުޅަ އެއްބައި ދަރިވަރުން ކޯސް ނުނިންމާ
އެ ރިޕޯޓުގައި ދިރާސާކޮށްފައި ވަނީ ހިލޭ ޑިގްރީ ސްކީމް ހިންގުމުގައި ކަންކަން އޮތް ގޮތެވެ. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ) އާއި ކިޔަވައިދޭ އެކި މަރުކަޒުތަކުން ހޯދި ތަފާސްހިސާބުތައް ދައްކާ ގޮތުން އެ މުއްދަތުގައި ޖުމްލަ 11641 ދަރިވަރުން ސްކީމުގައި ބައިވެރިވެފައިވެއެވެ. ނަމަވެސް ކޯސް ނިންމައިގެން ނުކުމެފައި ވަނީ 5833 ދަރިވަރުންނެވެ.
24 Sep 2026
ޗައިނާއާ އޮތީ ވަރަށް ގާތްގުޅުމެއް، އެ ގުޅުމުގެ ފައިދާ ވަރަށް ބޮޑު: ރައީސް
ރައީސް ވިދާޅުވީ ދެ ގައުމުގެ ގުޅުން ބިނާވެފައި އޮތީ އިހްތިރާމްގެ މައްޗަށް ކަމަށާ ރާއްޖެއާ ޗައިނާގެ ގުޅުމަކީ ފައިދާހުރި ގުޅުމެއް ކަމަަށެވެ. އެ ގުޅުމުގެ ފައިދާ މުސްތަގުބަލުގައި ވެސް ލިބިގެންދާނެ ކަމަށް ވިދާޅުވި އެވެ.