ބަޖެޓު ކުޑަކޮށް ބޮޑު ދަތުރެއް އަޅަން ބޭނުންތަ؟

15 Feb 2019 | 16:33

މަސައްކަތުގަ ވަގުތުތަކެއް ހޭދަކުރުމަށްފަހު، ޗުއްޓީ އެއް ބޭނުންވާހިނދު ދަބަސްތައް ޕެކް ކޮށްލައިގެން ދަތުރެއް ދިޔުން އެއީ މާ އުނދަގޫކަމެއް ނޫނެވެ. އިންޓަރނެޓް މެދުވެރިކޮށް ދަތުރުގެ ހުރިހާ ކަމެއްހެން އެންމެ ފުރިހަމައަށް ރާވަލާ، ދުރާލާ ތައްޔާރުވުމުގެ ފުރުސަތު އަޅުގަނޑުމެންނަށް މިހާރު ވަނީ ހުޅުވިފައެވެ.

ހޮޓަލަކާއި ފްލައިޓެއްގެ އިތުރުން، ދަތުރު ގޮސް ހުންނައިރު ކެއިން ބުއިމުގެ ކަންތައްވެސް މީއީ މިހާރު މަދު ލާރިކޮޅަކަށް، ދަތުރު އައިސް ޖެހުމުގެ މަހެއް ދެމަސް ކުރިންވެސް އިންތިޒާމުކުރެވޭނެ ކަންތައްތަކެވެ.

ކުއްލި ގޮތަކަށް ދާން ޖެހުނަސް، ނުވަތަ އަހަރުގެ ބޮޑު ބައި ފައިސާ ރައްކާކޮށްގެން ކޮންމެވެސް ޗުއްޓީއަކަށް ތާވަލްކުރާ ދަތުރެއް ވިޔަސް، އެކި ވަސީލަތްތައް މެދުވެރިކޮށް އެންމެ ޖީބަށް ލުއި ގޮތަކަށް ދަތުރު ރޭވިދާނެއެވެ. އަދި މިކަން ކުރުމަށް ޚިޔާލުކުރެވޭނެ ޙާއްސަ އުކުޅުތަކެއްވެސް ވެއެވެ.

ދަތުރެއް ދާން ބަލާއިރު އެންމެ ފުރަތަމައިނުން ޖެހޭނީ އެ ދަތުރަކަށް ބަޖެޓެއް ހަމަޖައްސާށެވެ. ތިބާގެ މާލީ ޙާލަތު ރަނގަޅަށް ދެނެގަނެ، އެއަށް އެކަށީގެންވާ މަންޒިލެއް ޚިޔާރުކުރުމަކީ ދަތުރެއް ރޭވުމުގައި ވިސްނަންޖެހޭ އެންމެ މުހިންމު ކަމެވެ. އަދި ދާ ތަނެއް ކަށަވަރުކުރުމަށްފަހު ދެން ޖެހޭނީ ދަތުރުފަތުރާއި ހުރުމުގެ ކަންތައް ޔަޤީންކުރާށެވެ. މިކަން ކުރަން އެންމެ ފަސޭހަ އަދި އަގުހެޔޮ ގޮތަކީ އިންޓަރނެޓް މެދުވެރިކޮށް "ބަޖެޓް ޓްރެވަލް" ވެބްސައިޓަކުން ބުކިންގްތައް ހެދުމެވެ. މަތިންދާ ބޯޓުގެ ޓިކެޓުތައްވެސް އިންޓަރނެޓްގައި އެއް ޓިކެޓެއް އެކި އަގުތަކަށް ވިއްކަން ހުންނައިރު، އެންމެ އަގުހެޔޮ ފުރުސަތު ހޯދާ އެ ފުރުސަތު ލިބިގަތުމަކީ ކުޑަ ވަގުތުކޮޅަކަށް ގޫގުލް ކޮށްލުމުން ކުރެވޭނެ ކަމެކެވެ. އަދި ބޭރު ގައުމަކަށް ދަތުރުކުރާނަމަ "އެއާރބީއެންބީ" އެއް މެދުވެރިކޮށް، ރައްކާތެރި އަދި އަގުހެޔޮގޮތެއްގައި ދަތުރުމަތީ ހުރުމުގެ ކަންތައްތައް ހަމަޖެއްސުމަކީ އެންމެ ބުއްދިވެރިގޮތެވެ.

ދަތުރުކުރުމުގައި އިސްރާފްކުޑަކޮށް، ރަނގަޅު ޑިސްކައުންޓް ތަކާއި އަގުހެޔޮ ވަސީލަތްތައް ބޭނުންކުރުމުން އެންމެ ހިތްގައިމު މަންޒިލްވެސް ވެގެންދާނީ ކޮންމެވެސްވަރަކަށް ޖީބަށް ލުއި ތަނަކަށެވެ. އާއިލީ އަދި އެހެނިހެން ޒިންމާތަކައިގެން މުޅި އަހަރުދުވަހު ވަރުބަލިކަމެއްގައި ހޭދަކޮށް، ހިތްފަސޭހަ ދަތުރެއް ދިޔުމަކީ ކުރެވޭނެ ކަމެކެވެ. ކުރިއަރާފައިވާ މުޖުތަމަޢު އެއްގައި، ލިބެންހުރި ހުރިހާ ފަސޭހަތަކެއްގެ ބޭނުން ފުރިހަމަ ގޮތުގައި ހިފުމަކީ، ދަތުރެއް ދާން ޚިޔާލުކުރާ ފަރާތެއްނަމަ ވިސްނާލަން ރަނގަޅު ކަންތައްތަކެވެ.

Advertisement

ކޮމެންޓް

Advertisement