މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ/ ފޮޓޯ: އޭއޯ ނިއުސް
ހަބަރު
08 Jul 2023 | 12:57
މޭ މަހަށްވުރެ ޖޫން މަހު ޖުމްލަ ރިޒާވް 46 މިލިއަން ޑޮލަރު ދަށަށް!

މި އަހަރުގެ މޭ މަހާއި އަޅާ ބަލާއިރު ދައުލަތުގެ ޖުމްލަ ރިޒާވް 46 މިލިއަން ޑޮލަރު ދަށަށް ގޮސްފައިވާކަން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ. 

އެމްއެމްއޭގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި މި އަހަރުގެ މޭ މަހު ދައުލަތުގެ ޖުމްލަ ރިޒާވުގައި ހުރީ 748.15 މިލިއަން ޑޮލަރެވެ.

އެހެން ނަމަވެސް ޖޫން މަހުގައި  މި އަދަދު ވަނީ 702.16 މިލިއަން ޑޮލަރަށް ވެއްޓިފަ އެވެ. މިއީ ގާތްގަނޑަކަށް 46 މިލިއަން ޑޮލަރުގެ ވެއްޓުމެކެވެ. 

ޖުމްލަ ރިޒާވްގެ އިތުރުން ބޭނުން ކުރެވޭ (ޔޫސަބަލް ރިޒާވް) ވެސް ދަށަށް ގޮސްފައިވާކަން ތަފާސް ހިސާބުތަކުން ވަނީ ހާމަވެފައެވެ. 

މެއި މަހު ޔޫޒަބަލް ރިޒާވުގައި 370 މިލިއަން ޑޮލަރު ހުރި ނަމަވެސް މިހާރު ރިޒާވުގައި ހުރީ 148 މިލިއަން ޑޮލަރެވެ. މިއީ ގާތްގަނޑަކަށް ދެމަހުގެ އިމްޕޯޓަށްވާ ފައިސާ އެވެ.

ދައުލަތުގެ ރިޒާވް ދަށްވެފައިވާއިރު، މިދިޔަ ޑިސެމްބަރު މަހު ރިޒާވް ވަރަށް ބޮޑަށް އިތުރުވެގެން ދިޔަކަން ވެސް ފާހަގަކޮށްލެވެއެވެ. 

އެހެން ނަމަވެސް ޑިސެމްބަރު މަހު ރިޒާވް މަތިވެގެން ދިޔައީ އިންޑިއާގެ މަރުކަޒީ ބޭންކު ރިޒާވް ބޭންކް އޮފް އިންޑިއާ (އާރުބީއައި) އާއި ރާއްޖޭގެ އެމްއެމްއޭއިން ހެދި ކަރަންސީ ސްވޮޕް ނުވަތަ ފައިސާ ބަދަލު ކުރުމުގެ އެއްބަސްވުމުގެ ސަބަބުންކަން ފާހަގަކޮށްލެވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
31 Jul 2026
ޕޮއިސްޑް މަޝްރޫޢާއެކު އަހަރަކު 3.13 މިލިއަން ލީޓަރުގެ ޑީސަލް ސަލާމަތްކުރެވޭނެ: ފެނަކަ
31 Jul 2026
ސްރީލަންކާގެ ކުރީގެ ފުލުސް ވެރިޔާއަށް މަރުގެ ޙުކުމް އިއްވައިފި
ތިން ފަނޑިޔާރުންގެ ބެންޗުގެ ތެރެއިން ދެ ފަނޑިޔާރުންގެ އަޣުލަބިއްޔަތުން އެ ޙުކުމް އިއްވީ ޖިނާއީ އިހުމާލާއި ވާޖިބު އަދާނުކުރުމުގެ ކުށާއި މީހުން މެރުމަށް ވާގިވެރިވުމުގެ ކުށް ސާބިތުވެގެންނެވެ
31 Jul 2026
ތަޖުރިބާކާރުން ހިމެނޭ ޤައުމީ ލަފާދޭ މަޖިލީހެއް އެކުލަވައިލައްވަނީ
ރައީސް ވިދާޅުވީ ޤައުމަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވާފައިވާ އެތައް ބޭފުޅުންނެއް ތިއްބެވި ކަމަށާއި އެ ބޭފުޅުންނަށް ޤައުމީ ކަންކަމުގައި ޚިޔާލު ހުށަހެޅޭނެ ރަސްމީ އޮނިގަނޑެއް ބޭނުންވާ ކަމަށެވެ
31 Jul 2026
ބީއެމްއެލްގެ ސީއީއޯ ޝަރީފް، އޭޝިއާގެ ބޭންކިން ޖަމިއްޔާގެ އެންމެ އިސް މަޤާމަށް
31 Jul 2026
މޮރޯކޯއިން އެތައްހާސް ރެފިއުޖީންނެއް ސްޕެއިންގެ ސެއުޓާއަށް ވަދެގަނެއްޖެ
ސެއުޓާ ސަރަހައްދުގެ ކަމާބެހޭ ފަރާތްތަކުން އިންޒާރު ދޭ ގޮތުގައި ހިޖުރަވެރިން ބަލައިގަންނަ ނިޒާމަށް މިހާރު ވަނީ އޮބިނޯންނަ ވަރަށް ބާރުބޮޑުވެފައެވެ.
31 Jul 2026
އެސްޓީއޯ ޓަވަރު އެޕާޓްމަންޓުގައި އަލިފާނުގެ ހާދިސާ ހިނގީ އެގްޒޯސްޓެއްގައި ރޯވެގެން
މިހާދިސާގެ ސަބަބުން ފާޚާނާގެ ސީލިންގަށް ގެއްލުންތަކެއް ލިބިފައިވީނަމަވެސް އެއްވެސް މީހަކަށް އަދި އިތުރު އެއްްޗަކަށްވެސް ގެއްލުމެއް ލިބިފައެއްނުވާކަމަށް ޑިޒާސްޓާއިން ބުންޏެވެ
31 Jul 2026
މޫސުން ރަނގަޅެއް ނުވޭ؛ ރީނދޫ ސަމާލު ދަންމާލައިފި
މެޓް އޮފީހުން ބުނި ގޮތުގައި، މި ވަގުތުތަކުގައި ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނެއްގައި ވައިގަދަވާނެއެވެ. އަދި ވިލާގަނޑުގައި 50 މޭލަށް ވައިގަދަވެ ކަނޑުތައް ވަރަށްގަދަވާނެއެވެ.
31 Jul 2026
މޫސުން ގޯސްވެ، ކަނޑުމަތީގެ ހާދިސާތައް އިތުރުވަމުންދާތީ ފުލުހުންގެ އިލްތިމާސެއް
މޫސުން މިގޮތަށް ހުރުމުގެ ސަބަބުން ކަނޑުމަތީގެ ތަފާތު ހާދިސާތައް ހިނގަމުންދާތީ، ދަތުރަށް ފުރުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދުމަށާއި، މޫސުން ގޯސްނަމަ ދަތުރު ނުކުރުމަށް ފުލުހުން ވަނީ އިރުޝާދު ދީފައެވެ. އަދި ކޮންމެހެން ކުރަންޖެހޭ ދަތުރުތަކުގައި ސަލާމަތީ ހުރިހާ ފިޔަވަޅުތަކެއް ފުރިހަމަކުރުމަށާއި، ދަތުރުގެ ތަފުސީލު ކަމާބެހޭ އިދާރާތަކާ ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ.