ރައީސް ޞާލިހު ނޫމަރާގެ ޖަލްސާގައި ދެއްކެވި ވާހަކަފުޅު/ ފޮޓޯ: ވޮއިސް
ހަބަރު
09 Jul 2023 | 17:30
ނުފޫޒެއް ނެތި މިނިވަންކަމާއެކު ހުކުމް ކުރުމުގެ ބާރު ކޯޓުތަކަށް ދެވިއްޖެ: ރައީސް ޞާލިހު

މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ މި ސަރުކާރުން ކުރި އެންމެ މުޙިންމު ކަމަކީ ޝަރޫއީ ދާއިރާއަށް އޮތް ނުފޫޒު ނައްތާލާ މިނިވަންކަމާއެކު ހުކުމްތައް ކުރުމުގެ މަގުފަހިކޮށް ދިނުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ވިދާޅުވެއްޖެ އެވެ.

ރައީސް ޞާލިހު މިފަދައިން ވިދާޅުވެފައިވަނީ އެ މަނިކުފާނު ށ. އަތޮޅަށް ކުރައްވާ ކެމްޕޭނު ދަތުރުފުޅުގައި އެ އަތޮޅުގެ ނޫމަރާއަށް ވަޑައިގެން ބޭއްވި ޖަގަހަ ޖަލްސާގައި ވާހަކަދައްކަވަމުން ނެވެ. 

ރައީސް ޞާލިހު ވިދާޅުވީ މި ފަސް އަހަރުގައި މި ސަރުކާރުން ކުރި އެންމެ މުހިންމު ކަމަކީ ޤާނޫނީ އިމުގެ ތެރެއިން ވެރިކަން ކުރުމާއި ޤާނޫނީ އިމުގެ ތެރެއިން ކަންކަން ކުރެއްވުން ކަމަށެވެ. 

އެގޮތުން ޝަރުއީ ދާއިރާއަށް އޮތް ނުފޫޒު ނައްތާލެވި، މިނިވަންކަމާއެކު ހުކުމް ކުރުމުގެ ބާރު ވޯޓުތަކަށް މި ސަރުކާރުން ފަހިކޮށްދީފައިވާކަމަށް ރައީސް ޞާލިހު ވިދާޅުވި އެވެ. 

"މި ސަރުކާރުން ކުރި އެންމެ މުހިންމު ކަމަކީ.. ޝަރުއީ ދާއިރާއަށް ނުފޫޒު ނުފޯރުވާ މިނިވަންކަމާއެކީގައި ޝަރީއަތްތައްކޮށް ހުކުމް ކުރުމުގެ ބާރާއި އިޚްތިޔާރު ފުރިހަމައަށް ކޯޓުތަކަށް ދިނުން"

ރައީސް ޞާލިހު

ރައީސް ޞާލިހު ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމުގެ ފަސް އަހަރަކީ ސިޔާސީ ހަލަބޮލިކަމުން ނިކުމެ ތިބެ ރައްޔިތުންނަށް އަސާސީ ޚިދުމަތްތައް ފޯރުކޮށްދެވުނު ފަސް އަހަރުކަމުގައި ދެކިވަޑައިގަންނަވާ ކަމަށެވެ. 

ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށްދާ ތަރައްގީ މަޝްރޫއުތަކަކީ ސިޔާސީ ހަލަބޮލިކަމުން ގައުމު ސަލާމަތްކޮށް އަމާން ގައުމެއް ބުނާކުރުމަށް ކުރެވުނު މަސައްކަތްތަކުގެ ނަތީޖާ ކަމަށާއި، މި އަމާންކަމާއި ރައްކާތެރިކަން ދެމެހެއްޓުމުގެ ބާރު އޮތީ ރައްޔިތުންގެ އަތްމަތީގައި ކަމަށް ރައީސް ޞާލިހު ވިދާޅުވި އެވެ. 

ރައީސް ޞާލިހު އިތުރަށް ވިދާޅުވީ އެމަނިކުފާނު ސިޔާސީ ވާދަވެރިކަމަށް ވުރެ އަބަދުވެސް އިންކުރާނީ ރައްޔިތުންގެ ހިތްހަމަޖެހުމާއި، ރާއްޖެއަކީ އަމާން ގައުމެއްގެ ގޮތުގައި ބޭއްވޭނެ ގޮތްތަކަކަށް ކަމަށެވެ.

މިއަހަރުގެ ރިޔާސީ އިންތިޚާބުގައި އެމަނިކުފާނުގެ ސްލޯގަން އަކީވެސް އަމާން ދިވެހި ރާއްޖެ މި ޝިއާރެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Aug 2026
ކޯޓްތަކަށް ސަރުކާރުން ނުފޫޒު ނުފޯރުވާކަން އެންމެ ރަނގަޅަށް އެނގޭނީ ޔާމީނަށް: އަބްދުއްރަހީމް
"ކޯޓުތަކަށް މި ސަރުކާރުން ނުފޫޒު ނުފޯރުވާކަން އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ ރައީސް ޔާމީނަށް، އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ ރައީސް ޔާމީނަށް," އަބްދުއްރަހީމް ވިދާޅުވި އެވެ.
06 Aug 2026
ދަތިތައް ހުރިނަމަވެސް ވައުދުތައް ފުއްދައިދޭނަން: ރައީސް ޑރ.މުއިއްޒު
ދަތިތަކާއެކުވެސް ރައްޔިތުންނަށް ވީ ވައުދުތައް 2028 ވަނަ އަހަރުގެ ފުރަތަމަ ހަމަސްދުވަހުގެ ތެރޭގައި ފުއްދަވާނޭކަމަށް ރައީސް ވިދާޅުވިއެވެ
05 Aug 2026
ގޮނޑުހޮވައި މަގުމަތިވެގެން އުޅޭ ހާހެއްހާ ކުދިން މާލެ ސަރަހައްދުގައި
އާޒިމް ވިދާޅުވީ މާލެ ސަރަހައްދުގައި އުޅޭ މިފަދަ ކުދިން އަލުން މުޖުތަމައުއަށް ނެރުމަށް އެންޑީއެމްއޭ އާއި ފުލުހުންނާއި، މާލެސިޓީ ކައުންސިލް އަދި ސަރުކާރު ގުޅިގެން މަސައްކަތްތަކެއް ކުރަންޖެހޭކަމަށެވެ
05 Aug 2026
ފަރުމަސްވެރި ކަމަށް ހާއްސަކޮށް އަޅާ ފުރަތަމަ އައިސްޕްލާންޓް އުކުޅަހުގައި
މިއީ ފަރުމަސްވެރި ކަމަށް ހާއްސަކޮށްގެން އަޅާ ކުދި އައިސްޕްލާންޓު ތަކުގެ ތެރެއިން ފުރަތަމަ އައިސްޕްލާންޓެވެ.
05 Aug 2026
އުކުޅަހުން އެދުނީ އަގުހެޔޮކޮށް ތެޔޮ ލިބޭނެ އިންތިޒާމެއް ހަމަޖައްސައިދިނުމަށް
މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިއަދު މެންދުރު އުކުޅަހު ކޮންވެންޝަން ސެންޓަރުގެ އިދާރާގަ އެވެ.
05 Aug 2026
އެމްޑީޕީގެ މުޒާހަރާގެ މައިގަނޑު މަގްސަދަކީ ރާއްޖޭގެ ހާލަތު ބަދަލުކުރުން: ޝިފާޒް
އެމްޑީޕީން ކުރިއަށްގެންދާ މި މުޒާހަރާ ފެށުމަށް ހަމަޖެހިފައިވަނީ އޮގަސްޓް 13 ވަނަ ދުވަހުގެ ރޭ 20:30 ގައި މަޖީދީމަދު ސޯޝަލް ސެންތަރު ކައިރިން ކަމަށް އެޕާޓީން ބުނެއެވެ
05 Aug 2026
'ޕާލް ރެސިޑެންސް" އާ ގުޅިގެން އިލްމުވެރިންގެ ގުޅުމުން މަޝްވަރާ ބައްދަލުވުންތަކެއް ކުރިއަށްގެންދަނީ
ޕާލް ރެސިޑެންސް ޕްރޮގްރާމާ ގުޅޭގޮތުން ސަރުކާރުން ބުނެފައިވަނީ، މިއީ ރާއްޖެއަށް ގެއްލުންވާ ބީދައިން ކުރިއަށްގެންދާ ޕްރޮގްރާމެއް ނޫންކަމަށެވެ
05 Aug 2026
ނިޔާވި ފަރާތްތަކުގެ އެކައުންޓަށް ޖަމާވި ފައިސާ ރިކަވާވޭ
ނިޔާވެފައިވާ 700 ވުރެ ގިނަ މީހުންގެ އެކައުންޓަށް ޖަމާކޮށްފައިވާ 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ރިކަވާ ކުރެވެމުންދާ ކަމަށް އެންސްޕާގެ ސީއީއޯ އާމިނަތު ޝިރުނާ ވިދާޅުވެއްޖެ އެވެ.