އަލީ ވަހީދު--
ހަބަރު
11 Jul 2023 | 15:57
އެމްއެމްޕީއާރުސީގެ މައްސަލާގައި ހެދީ ދޮގެއް ނޫން؛ އެއީ "ސްމޯކް ސްކްރީން" އެއް: އަލީ ވަހީދު

މޯލްޑިވްސް މާކެޓިންގ ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ޚިޔާނާތާއި ގުޅޭ ފައިސާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ނެންގެވިކަމަށް ބުނެ ހެދީ ދޮގެއް ނޫން ކަމަށާ، އެއީ "ސްމޯކް ސްކްރީން" އެއް ކަމަށް ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ބުނެފިއެވެ. 

އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތް ހިނގި އިރު އަލީ ވަހީދު ހުރީ އެމްޑީޕީގެ ޗެއާޕާސަންގެ މަގާމުގައެވެ. އެ ޚިޔާނާތާއި ގުޅޭ ގޮތުން، ރާއްޖެއިން ބޭރުގައި ހުރެ އޭނާ އޮންލައިންކޮށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އޭނާ ވަނީ، ޚިޔާނާތުގެ ފައިސާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހަށްވެސް ލިބިލެއްވި ކަމަށެވެ. އަދި އެ މައްސަލައިގެ މޭސްތިރިޔާ ކަމުގައިވާ ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބުގެ ފޯނު އޭނާގެ އަތަށް ލިބުނު ކަމަށްވެސް އަލީ ވަހީދު، الله ގަންދީ ހުވާކޮށްފައިވެއެވެ. 

އެކަމާއި ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެމުން އަލީ ވަހީދު ބުނީ، އޭނާ އިނގިރޭސި ވިލާތުގައި ހުރި އިރު، އަދީބުގެ ފޯނު އޭނާގެ އަތަށް ލިބުނު ކަމަށެވެ. 

"އެ ފޯނުން ފެނުނު އެއްޗެއް އަދިވެސް ހަނދާން އެބަހުރި. އޭގެ ބަދަލެއް ނައިސް. އޭތި އިނގިރޭސި ވިލާތުގައި އިންވެސްޓިގޭޓް ކުރާ ޓީމުގެ އަތަށް ދިޔުމުގެ ކުރިންވެސް އަޅުގަނޑުގެ އަތުގައި އެ ހުރިހާ ފޯނެއް ހުރި." 

އަލީ ވަހީދު 

މިއާއެކު އަލީ ވަހީދު ބުނީ، އެ ފޯނު ތަކުގެ މައްސަލަވެސް ސިޔާސީ ކުޅި ސަމާއަކަށް ވެފައިވާ ކަމަށެވެ. އަދި އެ މައްސަލައިގައި ދެތިން މީހަކު ނަގައިގެން އެމީހުންގެ "ބަނޑު ފެޅުމަކީ"ވެސް ގަބޫލުކުރެވޭ ކަމެއް ނޫން ކަމަށާ، އެ މައްސަލައިގެ ވާހަކަ ދައްކައިގެން ޚަރާބުން ޚަރާބަށް ދިޔުން ނޫން ކަމެއް ނުވާނެ ކަމަށް އޭނާ ބުންޏެވެ. 

"އޭގައި އެބަހުރި، އަޅުގަނޑަށް އެ ފޯނުން ފެނުނުއިރު އަޅުގަނޑަށް އެނގޭ، ނޭގި މިއީ، ވަގު ފައިސާކަން ނޭނގި އޭގައި ހިފި މީހުންވެސް އެބަ ތިބި. އަޅުގަނޑަށް ހަމަ ޔަގީން. އެ މެސެޖުތަކުގައި، އެއަށް ކޮށްފައި ހުރި ރިޕްލައި ތަކުގައި."

އަލީ ވަހީދު 

މިއާއެކު އަލީ ވަހީދު ބުނީ، އޭނާ ރާއްޖެއިން ބޭރަށް ފުރި ދުވަހުން ފެށިގެން، އޮންލައިން ކޮށް ނޫސްވެރިންގެ ބައްދަލުވުން ބޭއްވި ދުވަހާއި ހަމައަށް، އޭނާ "ފްރޭމް" ކުރި މީހުން ނޭނގޭ ކަމަށެވެ. އަދި އެކަން ކުރީ ޕީޕީއެމް ނުވަތަ ޖުމްހޫރީ ޕާޓީން ނޫންކަން ވެސް އޭނާއަށް ޔަގީންވާ ކަމަށާ، އެއީ އޭނާ ނިޒާމުން ގެއްލުވާލުމަށް ބަޔަކު ކުރި ކަމެއް ކަމަށް އޭނާ ބުންޏެވެ. 

"އަޅުގަނޑު އެދުވަހު އެ ނޫސް ކޮންފަރެންސް ބޭނުން ކުރީ ސްމޯކް ސްކްރީން އަކަށް. ރައީސް އިބްރާހިމް މުހައްމަދު ޞާލިހަށް އަޅުގަނޑު އެ ލަފްޒު (ކޮރަޕްޝަން ފައިސާ ނެގި ކަމުގެ ތުހުމަތު) އަމާޒުކޮށްލީ ސްމޯކް ސްކްރީން އަކަށް. ސަބަބަކީ އަޅުގަނޑުމެން އެންމެންވެސް އެމްޑީޕީގައި އުޅެފިން. އެމްޑީޕީ އަޅުގަނޑުމެން އެންމެނަށްވެސް އެނގޭ. އަޅުގަނޑު އެމްޑީޕީގެ ޗެއާޕާސަން ކަންވެސް ކުރިން. ރައީސް ޞާލިހު އެއީ އެމްޑީޕީގެ ޕީޖީ ލީޑަރު. ރައީސް ނަޝީދަކީ ޕާޓީގެ ރައީސް. މިހަމަލާ އައީ އެތެރެއިންނޭ. އަޅުގަނޑު އެ ދުވަހުގެ ފަހުން، ޔަގީން ކަށަވަރުވާވަރަށް ޔަގީން ކުރެވުނު ހަމަލާ އައީ ކޮން ދިމާލަކުން ކަން." 

އަލީ ވަހީދު 

މިއާއެކު ނޫސްވެރިއެއް ވަނީ ރައީސް ޞާލިހަށް ކުރި ތުހުމަތު ތަކަކީ ދޮގެއް ތޯ އޭނާ އާއި ސުވާލު ކޮށްފައެވެ.

"ނޫން ނޫން ނޫން. މިދެންނެވީ އެއްނު ސްމޯކް ސްކްރީން އެކޭ. އަޅުގަނޑު ފަހަތުގައި ވިއްދާފައި ހުރީ ކޮން ހިޔަމައެއްތޯ ޔަގީން ކުރަން. ހަނގުރާމައިގެ މައިދާނުގައި ނަސްރު ހޯދުމަށް ކުރަންޖެހޭ ކޮންމެ ކަމެއް ކުރަން ދީނުގައިވެސް އޮވޭ. ރައީސް އިބްރާހިމް މުހައްމަދު ޞާލިހު 35 މިލިއަން ނަގާކަށް ނުޖެހޭނެ. އެއަށްވުރެ މާ ލިބޭ ބޭފުޅެއް އެއީ."

އަލީ ވަހީދު 

ޓޫރިޒަމް މިނިސްޓްރީގެ އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ގޯނާކުރުމާއި ޖިންސީ އަނިޔާ ދިނުމާއި ރޭޕްކުރަން އުޅުމާއި ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަކުރުމާއި ހުއްދަ ނޫން ޖިންސީ މުއާމަލާތެއް ހިންގުމުގެ ދައުވާ އުފުލާފައިވަނިކޮށް، ބޭސްފަރުވާއަށް ކަމަށް ބުނެ ރާއްޖެއިން ބޭރަށް ދިޔުމަށްފަހު، އެ ދައުވާ އަނބުރާ ގެންދިޔުމުން އަލީ ވަހީދު ވަނީ އެނބުރި ރާއްޖެ އައީ މިއަދު އެވެ. މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި އޭނާ ތާއީދު ކުރާ ސިޔާސީ ލީޑަރު ހާމަ ނުކުރި ނަމަވެސް، ސިޔާސީ ތަޖުރިބާ ކާރުން ދެކޭ ގޮތުގައި އޭނާގެ ތާއީދު އޮންނާނީ ރައީސް ޞާލިހަށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.