ރައްޔިތުން މަޖިލީހުގެ މާމިގިލި ދާއިރާގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް
ހަބަރު
11 Jul 2023 | 21:41
މިއަދުގެ ސަރުކާރުގެ މިސްރާބު މިހުރީ ހުރިހާ ބާރުވެރިކަމެއް ލިބުމުން ވަޢުދުވި ގޮތަށްތޯ؟: ޤާސިމް

މިއަދުގެ ސަރުކާރުގެ މިސްރާބު މިހުރީ، އިންސާފުގެ މަޤު ހޯދުމަށް ކުރި ދަތުރުގަައި، ހުރިހާ ބާރުވެރިކަމެއް ލިބުމުން އެ ވަޢުދުވި ގޮތަށްތޯ ރައްޔިތުން މަޖިލީހުގެ މާމިގިލި ދާއިރާގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީ (ޖޭޕޭ) ގެ ލީޑަރު ޤާސިމް އިބްރާހިމް ސުވާލުކުރައްވާފިއެވެ.

ޤާސިމް މިފަދައިން ސުވާލުކޮށްފައިވަނީ މިއަދު ޕީޕީއެމް ޕީއެންސީ ކޯލިޝަންގެ މެމްބަރުންތަކަކާއި ބައްދަލުކުރެއްވުމަށްފަހު މިރޭ ކުރެއްވި ޓްވީޓެއްގައެވެ.

އެގޮތުން ޤާސިމް ވިދާޅުވީ ޤާނޫނު އަސާސީ ވުޖޫދަށް އައުމުގެ އެއް މަޤްސަދަކީ މިނިވަންކަމާއި، އިންސާފުވެރިކަމާއެކު، ޢަދުލު އިންޞާފު ޤާއިމުކޮށް ރައްޔިތުންގެ އަސާސީ ހައްްޤުތަކާއި މިނިވަންކަން ކަށަވަރު ކުރުން ކަމަށެވެ.

އެހެން ކަމުން ކޮންމެ ދިވެހި ރައްޔިތަކަށްވެސް އިސްވެ މިދެންނެވި ހައްޤުތަައް ފުރިހަމައަށް ލިބެން ޖެހޭނެ ކަމަށް ޤާސިމް ފާހަގަކުރެއްވިއެވެ.

އެގޮތުން އިދިކޮޅު ކޯލިޝަންގެ ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ކަމުގައި ވިޔަސް ނުވަތަ އެހެން ދިވެހި ރައްޔިތެއްކަމުގައި ވިއަސް އިންސާފުވެރި ޝަރީއަތެއް ލިބުމަކީ މިއަދު ޤާނޫން އަސާސީއިން ލިބިދޭ އަސާސީ ހައްޤެއް ކަމަށް ޤާސިމް ވިދާޅުވިއެވެ.

އަދި މިއީ އިންސާނީ ހައްްޤެއް ކަމަށް ވެސް ޤާސިމް ވަނީ ފާހަގަކުރައްވާފައެވެ.

މިއާއިއެކު ލަސްވުމެއް ފަސްވުމެއް ނެތި ޢަދުލު ވެރިކަމާ، ހަމަ ހަމަކަމާއެކު، އިންސާފު މި ޤައުމުގައި ޤާއިމް ކުރެވެން ވާނެ ކަމަށް ޤާސިމް ވިދާޅުވިއެވެ.

އެހެންކަމުން މިއަދު އުފެދޭ ސުވާލަކީ، މިއަދުގެ ސަރުކާރުގެ މިސްރާބު މިހުރީ، އިންސާފުގެ މަގު ހޯދުމަށް ކުރި ދަތުރުގަައި، ހުރިހާ ބާރުވެރިކަމެއް ލިބުމުން އެ ވަޢުދުވި ގޮތަށްތޯ ކަމަށް ޤާސިމް ވިދާޅުވިއެވެ.

ޖޭޕީއަކީ ސަރުކާރުގެ ކޯލިޝަންގެ ބައިވެރިއެއް ނަމަވެސް މިހާރު އަންނަނީ ސަރުކާރާއި ދެކޮޅަށް ހަރަކާތް ތެރިވަމުންނެވެ. އެގޮތުން އެ ޕާޓީއިން ވަނީ އެޕާޓީގެ ލީޑަރު ރިޔާސީ ކެނޑިޑޭޓްގެ ގޮތުގައި އިންތިޚާބުކޮށް ކެމްޕެއިންގެ ހަރަކާތްތައްވެސް ފަށާފައެވެ.

މިއާއިއެކު ސަރުކާރާއި ދެކޮޅަށް ކޮންމެ ރެއަކުންހެން އަޑުއުފުލާ ހަދާ އިދިކޮޅު ކޯލިޝަންއާއިއެކު މިއަދު އޮތް ބައްދަލުވުމުގައި ޖޭޕީގެ ފަރާތުން ޤާސިމްގެ އިތުރުން އޭނާގެ ސްޕެޝަލް އެޑްވައިޒަރ އަހްމަދު ނިހާން ހަސަން މަނިކުވެސް ބައިވެރިވެ ވަޑައިގަތެވެ.

އިދކޮޅު ކޯލިޝަންގެ ފަރާތުން މި ބައްދަލުވުމުގައި ބައިވެރިވެފައިވަނީ އިދިކޮޅު ކޯލިޝަން ވަގުތީގޮތުން ހިންގެވުމާއި ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުالله، ރައްޔިތުން މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް، މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ޠާރިގު، އަދި ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ޙުސައިން މުހައްމަދު ލަޠީފްއެވެ.

މިކަމާއި ގުޅިގެން އަބްދުއްރަހީމް ކުރައްވާފައިވާ ޓްވީޓުގައި ބުނެފައިވަނީ މި ބައްދަލުވުމަކީ ގައުމުގައި ހުރި ބޮޑެތި މައްސަލަތަކާ ގުޅޭގޮތުން ރައީސް ޔާމީންގެ ލަފާފުޅާ އިރުޝާދުގެ މަތިން ކުރިއަށް ގެންދެވުނު މުހިންމު ބައްދަލުވުމެއް ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Sep 2026
ޤުރުއާން ކިޔެވުމުގެ 38 ވަނަ ގައުމީ މުބާރާތުގެ ރަންވަނަތައް އިޒުޢާން، އާޔަން އަދި ޒީކަށް
ޙާފިޡުގެ ގޮފިން، މުޅި މުބާރާތުން އެއް ވަނަ ޚާޞިލްކޮށްފައިވަނީ އިސްމާޢީލް އިޒުޢާން އިބްރާހީމްއެވެ. މުޅި މުބާރާތުން ނުބަލާ ކިޔެވުމުގެ ގޮފިން އެެއް ވަނަ ޚާޞިލްކޮށްފައިވަނީ ޢާއިޝަތު ޒީކް ރިޔާޟްއެވެ.
25 Sep 2026
މަސްޖިދުލްޙަރާމްގެ އިމާމު ޑރ ޔާސިރް އައްދައުސަރީ ރާއްޖެ ވަޑައިގަންނަވަނީ
މިއީ 43 އަހަރު ފަހުން މަސްޖިދުލް ޙަރަމްގެ އިމާމަކު ރާއްޖެވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.
24 Sep 2026
ފަހު ހާފްގައި ޖެހި ލަނޑުތަކާއެކު ޗައިނާއިން ދިވެހިރާއްޖެ ބަލިކޮށްފި
އީތަން އަދި އިލާން ނުލައި ރާއްޖެ ނުކުތް މި މެޗުގެ ފުރަތަމަ ހާފްގައި، ޗައިނާ ކުޅުންތެރިން ފޮނުވާލި ގިނަ ހަމަލާތައް ރާއްޖޭގެ ކީޕަރު ވަނީ ވަރަށް ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.
24 Sep 2026
ގަން އެއާޕޯޓުން 3,345 ގްރާމުގެ ކެނަބިސް އަތުލައިގެންފި
މި ތަކެތި ފެނިފައިވަނީ ސެޕްޓެމްބަރު 22 ވަނަ ދުވަހު ގަން އިންޓަރނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެ އެތެރެވި އިންޑިއާގެ ދެ ރައްޔިތެއްގެ ފޮށިތައް ބަލައި ފާސްކުރުމުގެ ތެރޭގައެވެ.
24 Sep 2026
ބާރަށުގައި ރޭގަނޑު 9 ގެ ފަހުން ދަރިވަރުން ބޭރުގައި އުޅުން މަނާކޮށްފި
ޒަރޫރީ ބޭނުމެއް ނެތި ރޭގަނޑު ނުވައެއް ޖެހުމަށް ފަހު، ބެލެނިވެރިއަކާއެކު މެނުވީ ދަރިވަރުން ބޭރުގައި
24 Sep 2026
އެމްޓީސީސީގެ މަސައްކަތްތަކަށް ޔޫއޭއީ ކުންފުންޏަކުން އިންވެސްޓުކުރުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފި
ޔޫއޭއީގެ އެންއެމްޑީސީއާ އެމްޓީސީސީ ގުޅިގެން ރާއްޖޭގައި މަޝްރޫޢުތައް ހިންގުމާއި ޑްރެޖިންގ ސަޕޯޓާއި މުވައްޒަފުން ތަމްރީނުކުރުމާ ގުޅޭ ގޮތުން އަބޫދާބީގައި މަޝްވަރާކޮށް، އެއްބަސްވުމެއްގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ.
24 Sep 2026
ހިލޭ ޑިގްރީ ސްކީމުގައި ބައިވެރިވި ދެބައިކުޅަ އެއްބައި ދަރިވަރުން ކޯސް ނުނިންމާ
އެ ރިޕޯޓުގައި ދިރާސާކޮށްފައި ވަނީ ހިލޭ ޑިގްރީ ސްކީމް ހިންގުމުގައި ކަންކަން އޮތް ގޮތެވެ. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ) އާއި ކިޔަވައިދޭ އެކި މަރުކަޒުތަކުން ހޯދި ތަފާސްހިސާބުތައް ދައްކާ ގޮތުން އެ މުއްދަތުގައި ޖުމްލަ 11641 ދަރިވަރުން ސްކީމުގައި ބައިވެރިވެފައިވެއެވެ. ނަމަވެސް ކޯސް ނިންމައިގެން ނުކުމެފައި ވަނީ 5833 ދަރިވަރުންނެވެ.
24 Sep 2026
ޗައިނާއާ އޮތީ ވަރަށް ގާތްގުޅުމެއް، އެ ގުޅުމުގެ ފައިދާ ވަރަށް ބޮޑު: ރައީސް
ރައީސް ވިދާޅުވީ ދެ ގައުމުގެ ގުޅުން ބިނާވެފައި އޮތީ އިހްތިރާމްގެ މައްޗަށް ކަމަށާ ރާއްޖެއާ ޗައިނާގެ ގުޅުމަކީ ފައިދާހުރި ގުޅުމެއް ކަމަަށެވެ. އެ ގުޅުމުގެ ފައިދާ މުސްތަގުބަލުގައި ވެސް ލިބިގެންދާނެ ކަމަށް ވިދާޅުވި އެވެ.