ގާޒީ ހައިލަމް ޖޭޕީއަށް ސޮއިކުރެއްވެވި ރަސްމިއްޔާތު
ހަބަރު
11 Jul 2023 | 22:07
ސަރުކާރަށް އޮތް އެންމެ ބޮޑު ބިރަކީ އިދިކޮޅުން ޤާސިމާއިއެކު ކޯލިޝަންހެދުން: ހައިލަމް

ސަރުކާރަށް ތާއީދު ކުރާ ފަރާތްތަކަށް އޮތް އެންމެ ބޮޑު ބިރަކީ އިދިކޮޅު ކޯލިޝަނެއް ހަދައި ޕާޓީތަކުން ޤާސިމް އިބްރާހިމްއަށް ތާއީދު ކުރުން ކަމަށް ޖުމްހޫރީ ޕާޓީގެ ސިޔާސީ ހަރަކާތްތަކުގައި އިސްކޮށްއުޅުއްވާ، އަދި ކްރިމިނަލް ކޯޓުގެ ކުރީގެ އިސްގާޒީ އަޙްމަދު ހައިލަމް ވިދާޅުވެއްޖެއެވެ.

ހައިލަމް މިހެން ވިދާޅުވީ ކުރީގެ ރައީސް ޢަބްދުﷲ ޔާމިންގެ އެދިލެއްވުމަކަށް ޕީޕީއެމް އަދި ޕީއެންސީގެ އިސްބޭފުޅުން ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމާއި އެކު ބައްދަލުވުމެއް މިއަދު ބާއްވަވާފައި ވަނިކޮށެވެ.

"ސަރުކާރަށް ތާއީދުކުރާ ފަރާތްތަކަށް އޮތް އެންމެ ބޮޑު ބިރަކީ އިދިކޮޅު ކޯލިޝަނެއް ހަދައި ޕާޓީތަކުން އޮނަރަބަލް ޤާސިމް އިބްރާހީމަށް ތާއީދުކުރުމުގެ ބިރު. ޖުމްހޫރީ ޕާޓީގެ އެންމެ ބޮޑު އަމާޒަކީ ރައްޔިތުންނަށް ހެޔޮ ބަދަލެއް ގެނެސްދިނުން. އެކަން މިފަހަރު އަޅުގަނޑުމެން ކުރާނަން. إن شاءالله" 

ހައިލަމްގެ ޓްވީޓުގައި ވިދާޅުވެފައިވެއެވެ.

ރައީސް ޔާމިންގެ އިސްނެންގެވުމުގެ ދަށުން އިދިކޮޅު ކޯލިޝަންގެ އިސް ލީޑަރުން ވަނީ މިއަދު ސަން އައިލެންޑްގައި ޤާސިމް އިބްރަހިމާއި އެކު މުހިންމު ބައްދަލުވުމެއް ބާއްވާފައެވެ.

މިބައްދަލު ކުރެއްވުމަށްފަހު ޖުމްހޫރީ ޕާޓީއިން ބުނެފައިވަނީ ޤައުމުގައި ހުރި ބޮޑެތި މައްސަލަތަކާއި ގުޅޭ ގޮތުން އިދިކޮޅު ކޯލިޝަނާއި އެކު ބައްދަލުވުމެއް ބޭއްވިފައިވާކަމަށެވެ.

މިބައްދަލު ކުރެއްވުމަށްފަހު ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާހިމް ވިދާޅުވެފައިވަނީ ޤާނޫނުއަސާސީ ވުޖޫދަށް އައުމުގެ އެއް މަޤްސަދަކީ މިނިވަންކަމާއި، އިންސާފުވެރިކަމާއެކު، ޢަދުލު އިންޞާފު ޤާއިމުކޮށް ރައްޔިތުންގެ އަސާސީ ހައްޤުތަކާއި މިނިވަންކަން ކަށަވަރު ކުރުން ކަމަށެވެ.

ކޮމެންޓް
ޖާބެ
ސިޔާސީގޮތުން ޢާފިލްވެފަ ތިބިބަޔެއް ތިޔައީ
12 Jul 2023
ގުޅޭ ލިޔުންތައް
25 Sep 2026
ޤުރުއާން ކިޔެވުމުގެ 38 ވަނަ ގައުމީ މުބާރާތުގެ ރަންވަނަތައް އިޒުޢާން، އާޔަން އަދި ޒީކަށް
ޙާފިޡުގެ ގޮފިން، މުޅި މުބާރާތުން އެއް ވަނަ ޚާޞިލްކޮށްފައިވަނީ އިސްމާޢީލް އިޒުޢާން އިބްރާހީމްއެވެ. މުޅި މުބާރާތުން ނުބަލާ ކިޔެވުމުގެ ގޮފިން އެެއް ވަނަ ޚާޞިލްކޮށްފައިވަނީ ޢާއިޝަތު ޒީކް ރިޔާޟްއެވެ.
25 Sep 2026
މަސްޖިދުލްޙަރާމްގެ އިމާމު ޑރ ޔާސިރް އައްދައުސަރީ ރާއްޖެ ވަޑައިގަންނަވަނީ
މިއީ 43 އަހަރު ފަހުން މަސްޖިދުލް ޙަރަމްގެ އިމާމަކު ރާއްޖެވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.
24 Sep 2026
ފަހު ހާފްގައި ޖެހި ލަނޑުތަކާއެކު ޗައިނާއިން ދިވެހިރާއްޖެ ބަލިކޮށްފި
އީތަން އަދި އިލާން ނުލައި ރާއްޖެ ނުކުތް މި މެޗުގެ ފުރަތަމަ ހާފްގައި، ޗައިނާ ކުޅުންތެރިން ފޮނުވާލި ގިނަ ހަމަލާތައް ރާއްޖޭގެ ކީޕަރު ވަނީ ވަރަށް ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.
24 Sep 2026
ގަން އެއާޕޯޓުން 3,345 ގްރާމުގެ ކެނަބިސް އަތުލައިގެންފި
މި ތަކެތި ފެނިފައިވަނީ ސެޕްޓެމްބަރު 22 ވަނަ ދުވަހު ގަން އިންޓަރނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެ އެތެރެވި އިންޑިއާގެ ދެ ރައްޔިތެއްގެ ފޮށިތައް ބަލައި ފާސްކުރުމުގެ ތެރޭގައެވެ.
24 Sep 2026
ބާރަށުގައި ރޭގަނޑު 9 ގެ ފަހުން ދަރިވަރުން ބޭރުގައި އުޅުން މަނާކޮށްފި
ޒަރޫރީ ބޭނުމެއް ނެތި ރޭގަނޑު ނުވައެއް ޖެހުމަށް ފަހު، ބެލެނިވެރިއަކާއެކު މެނުވީ ދަރިވަރުން ބޭރުގައި
24 Sep 2026
އެމްޓީސީސީގެ މަސައްކަތްތަކަށް ޔޫއޭއީ ކުންފުންޏަކުން އިންވެސްޓުކުރުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފި
ޔޫއޭއީގެ އެންއެމްޑީސީއާ އެމްޓީސީސީ ގުޅިގެން ރާއްޖޭގައި މަޝްރޫޢުތައް ހިންގުމާއި ޑްރެޖިންގ ސަޕޯޓާއި މުވައްޒަފުން ތަމްރީނުކުރުމާ ގުޅޭ ގޮތުން އަބޫދާބީގައި މަޝްވަރާކޮށް، އެއްބަސްވުމެއްގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ.
24 Sep 2026
ހިލޭ ޑިގްރީ ސްކީމުގައި ބައިވެރިވި ދެބައިކުޅަ އެއްބައި ދަރިވަރުން ކޯސް ނުނިންމާ
އެ ރިޕޯޓުގައި ދިރާސާކޮށްފައި ވަނީ ހިލޭ ޑިގްރީ ސްކީމް ހިންގުމުގައި ކަންކަން އޮތް ގޮތެވެ. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ) އާއި ކިޔަވައިދޭ އެކި މަރުކަޒުތަކުން ހޯދި ތަފާސްހިސާބުތައް ދައްކާ ގޮތުން އެ މުއްދަތުގައި ޖުމްލަ 11641 ދަރިވަރުން ސްކީމުގައި ބައިވެރިވެފައިވެއެވެ. ނަމަވެސް ކޯސް ނިންމައިގެން ނުކުމެފައި ވަނީ 5833 ދަރިވަރުންނެވެ.
24 Sep 2026
ޗައިނާއާ އޮތީ ވަރަށް ގާތްގުޅުމެއް، އެ ގުޅުމުގެ ފައިދާ ވަރަށް ބޮޑު: ރައީސް
ރައީސް ވިދާޅުވީ ދެ ގައުމުގެ ގުޅުން ބިނާވެފައި އޮތީ އިހްތިރާމްގެ މައްޗަށް ކަމަށާ ރާއްޖެއާ ޗައިނާގެ ގުޅުމަކީ ފައިދާހުރި ގުޅުމެއް ކަމަަށެވެ. އެ ގުޅުމުގެ ފައިދާ މުސްތަގުބަލުގައި ވެސް ލިބިގެންދާނެ ކަމަށް ވިދާޅުވި އެވެ.