ވިލިމާލޭ ދާއިރާގެ މެންބަރު އަހްމަދު އުޝާމް - ފޮޓޯ: މަޖިލިސް
ހަބަރު
13 Jul 2023 | 08:01
ރައީސް ޔާމީންގެ ޝަރީއަތް ހިނގަނީ އިންސާފުވެރިކަމާއެކު ކަމަށް އެކަވެސް ގަބޫލެއް ނުކުރާނެ: އުޝާމް

ކުރީގެ ރައީސް އަދި އިދިކޮޅު ރިޔާސީ ކެންޑިޑޭޓް ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމް ގެ ޝަރީއަތް ހިންގަނީ އިންސާފުވެރިކަމާއިއެކު ކަމަށް، އަދުލުވެރިކަމާ އިންސާފުވެެރިކަމާއެކު ޝަރީއަތްކުރެވުމުގެ ހައްގު އެންމެންނަށްވެސް ލިބިދޭންވާނެކަމަށް ގަބޫލުކުރާ އެއްވެސް މީހަކު ގަބޫލެއް ނުކުރާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިމާލޭ ދާއިރާގެ މެންބަރު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.

އުޝާމް މިފަދައިން ވިދާޅުވީ 2015 ވަނަ އަހަރު ތެރޭގައި އެމްއެމްޕީއާރސީ މެދުވެރިކޮށް ރ. ފުއްގިރި ޓޫރިޒަމް ބޭނުމަށް ދޫކުރުމުގެ މުޢާމަލާތުގައި ރިޝްވަތު ހިފައި މަނީ ލޯންޑަރކުރި މައްސަލައިގައި, އަޙްމަދު ކުރިކް ރިޟާގެ މައްޗަށް ކޮށްފައިވާ ދައުވާތައް އަނބުރާ ގެންދިޔުމަށްފަހު، އެ މައްސަލާގައި ދައުވާ އުފުލާފައިވާ އަނެއް ފަރާތް ކަމުގައިވާ، ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމް ގެ ޝަރީޢަތް މިއަދަށް ތާވަލް ކުރުމާއި ގުޅިގެން ކުރެއްވި ޓުވީޓެއްގައެވެ. 

އެގޮތުން އުޝާމް ވިދާޅުވީ ރައީސް ޔާމީން ވިޔަސް އެހެން ރައްޔިތެއް ވިޔަސް އިންސާފުން ޝަރީއަތްކުރެވުމުގެ ހައްގު ލިބިދޭންޖެހޭނެ ކަމަށެވެ. އެހެން ނަމަވެސް އެކަން އެގޮތަށް ނުހިނގާކަން ގިނަ ބަޔަކު ގަބޫލުކުރާނެ ކަމަށް އުޝާމް ވިދާޅުވި އެވެ. 

"އަދުލުވެރިކަމާ އިންސާފުވެެރިކަމާއެކު ޝަރީއަތްކުރެވުމުގެ ހައްގު އެންމެންނަށްވެސް ލިބިދޭންވާނެކަމަށް ގަބޫލުކުރާ އެއްވެސް މީހަކު މިއަދު ގަބޫލެއް ނުކުރާނެ މިއީ އިންސާފުވެރިކަމާއެކު ހިންގާ ޝަރީއަތެއްކަމަށް" އުޝާމް ވިދާޅުވި އެވެ. 

ފުއްގިރި މައްސަލައިގައި ކްރިކް ރިޟާއަށް ކޮށްފައިވާ ދައުވާތައް އަނބުރާ ގެންދަން ޕީޖީ އޮފީހުން ނިންމީ، ރިޟާގެ ފަރާތުން ހުށަހެޅި މެޑިކަލް ރިޕޯޓް ތަކާއި ގުޅިގެން އެ މައްސަލަ ކުރިއަށް ނުގެންދެވުމާއި، އޭނާގެ ފަރާތުން ހުށަހެޅި ދިފާޢީ ހެކިތަކެއްގެ ޞައްޙަކަން ކަށަވަރުކުރުމަށްޓަކައި ފުލުހުން އިތުރަށް ބަލަންޖެހޭ ބެލުންތައް ބަލަމުން އަންނާތީ ކަމަށް ޕީޖީ އޮފީހުން ބުނެއެވެ.

ކްރިކް ރިޟާގެ މައްސަލަ އަނބުރާ ގެންދިޔުމަށްފަހު، ދައުލަތުން އެދުނު ގޮތަށް، ރައީސް ޔާމީންގެ މައްސަލަ ވަކީން ކުރިއަށް ގެންދަން ކްރިމިނަލް ކޯޓުން މިހާރު ވަނީ ނިންމާފައެވެ. އެގޮތުން މި މައްސަލައިގެ ޝަރީއަތެއް މިއަދު ހެނދުނު 9:00 އަށް ވަނީ ތާވަލުކޮށްފައެވެ.

ފުއްގިރި ކުއްޔަށް ދިނުމުގައި ހިޔާނާތްތެރިވި މައްސަލައިގައި ޔާމީނާއި ރިޒާގެ އިތުރުން ދައުވާކޮށްފައި ވަނީ ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން، އަދި ސަން އިންވެސްޓްމަންޓްގެ މައްޗަށެވެ.

ޔާމީންގެ މައްޗަށް އުފުލާފައި ވަނީ މަނީ ލޯންޑަރިން އާއި ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާ އެވެ. ރިޒާގެ މައްޗަށް ކުރަނީ މަނީ ލޯންޑަރިން އަދި ރިޝްވަތު ހިފުމުގައި މެދުވެރިއަކަށް ވުމުގެ ދައުވާ އެވެ. ސަންގެ ދެ ކުންފުނީގެ މައްޗަށް ކޮށްފައި ވަނީ މަނީ ލޯންޑަރިންގެ ދައުވާ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
މޯދީއަށް ބަދުބަސް ބުނި އިންޑިއާގެ އަންހެން ކުއްޖަކަށް މަރުގެ އިންޒާރު
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފުރައްސާރަކޮށް ބަދުބަސް ބުނި ކަމަށް ބުނެ ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން، ނޮއިޑާގެ އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކާއި އޭނާގެ މަންމައަށް މަރުގެ އިންޒާރު ލިބި، ސަލާމަތީ ސަބަބުތަކަށްޓަކައި ތިން ފަހަރެއްގެ މަތިން ދިރިއުޅޭ ތަން ބަދަލުކުރަން މަޖުބޫރުވެއްޖެއެވެ.
05 Aug 2026
މެޑްރިޑް އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް މެސީގެ ފަރާތުން މާލީ އެހީއެއް
އަލިފާނުގެ މި ހާދިސާގައި ގާތްގަނޑަކަށް 34,000 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ވަނީ އަނދާ އަޅިއަށް ވެފައެވެ
05 Aug 2026
މާދަމާ މާފަރުގައި ފަށާ "ވިޔަނަ ކޭމްޕް" އަށް މުޅި ރަށް ތައްޔާރުވެއްޖެ
ޅ. ނައިފަރު ފަތިސް ޖަމްޢިއްޔާއިން އިސްނަގައިގެން ބާއްވަމުން އަންނަ ކާމިޔާބު "ވިޔަނަ ކޭމްޕް" ގެ 2026 ވަނަ އަހަރުގެ އެޑިޝަން މި މަހުގެ 6 ވަނަ ދުވަހު ނ. މާފަރުގައި ފެށުމަށްޓަކައި އެ ރަށުގެ މުވައްސަސާތަކާއި ޖަމްޢިއްޔާތަކުން ފުރިހަމައަށް ތައްޔާރުވެއްޖެއެވެ.
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.