ޤާސިމް އިބްރާހިމް އަދި އަލީ ވަހީދު ބައްދަލުކުރެއްވުމުގެ ތެރެއިން
ހަބަރު
15 Jul 2023 | 13:01
ޤާސިމް އަލީ ވަހީދަށް: ޅަ އުމުރުގަ ދިމާވާނެ ތިކަހަލަ ކިތަންމެ ކަމެއް، މާޔޫސްވާކަށް ނުވާނެ

ޅަ އުމުރުގަ ކަންކަން ދިމާވާނެ ކަމަށާއި އެފަދަ ކަންކަމާއި މެދު މާޔޫސްވެގެން ނުވާނެ ކަމަށް ރައްޔިތުން މަޖިލީހުގެ މާމިގިލި ދާއިރާގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ލީޑަރު ޤާސިމް އިބްރާހިމް، ކުރީގެ ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދަށް ނަސޭހަތް ދެއްވަމުން ވިދާޅުވެއްޖެއެވެ.

ޤާސިމް މިފަދައިން ވިދާޅުވެފައިވަނީ އަލީ ވަހީދު ވިލާ މާމިގިލީ އެއަރޕޯޓަށް ވަޑައިގަތުމުން މަރުހަބާ ދެންނެވުމަށްފަހު ދެއްވި ބަސްދީގަތުމެއްގައެވެ.

އެގޮތުން ޤާސިމް ވިދާޅުވީ ޅަ އުމުރުގައާއި އުމުރުގެ ފަހު ކޮޅުގައިވެސް ބައިވަރު އެތައް ކަންތައްތަކެއް ދިމާވާނެ ކަމަށެވެ.

"ދުނިޔޭގެ ހަޔާތަކީ ބައެއް ފަހަރަށް ނޫން ހުރިހާ ފަހަރަކުވެސް އަޕް އެންޑް ޑައުންގެ ކާޅު ކާޅުއޮތްދުޅަ އަށޭ މީހުން ބުނާނެ. ދުނިޔޭގެ ހަޔާތުގަ އިންސާނާ ދާނެ ދަތުރު ކުރާނެ އެއް ވަތް މަތިން އަނެއް ވަތް ދަށުން ލާފަ."

ޤާސިމް އިބްރާހިމް

އެހެންކަމުން ކުރިމަތިވާ ކަންތައްތަކާއި ހެދި ނާއުންމީދު ވެގެން މީހާގެ މުޅި ހަޔާތް ބަރުބާދު ކޮށްލައި، މީހާގެ އެއްވެސް ކަހަލަ ޝައުގުވެއި ކަމެއް ނެތި، މާޔޫސް ވެގެން ދިޔުމަކީ ވެގެން ވާނެ ކަމެއް ނޫން ކަމަށް ޤާސިމް ވިދާޅުވިއެވެ.

މީގެ ބަދަލުގައި އަބަދުވެސް ދާންވާނީ ކުރިއަށް ކަމަށް ޤާސިމް ވިދާޅުވިއެވެ.

"އަބަދުވެސް ކުރިއަށް އޮންނަން ވާނީ ހުރިހާ ރަނގަޅު ކަމެއްގަވެސް ދާންވާޏީ ކުރިއަށް ވިޔާނުދާ ކަމެއް ހުރިއްޔާ އެކަމުން ތައުބާވެެ ތައުބާވެ އިސްތިޣްފާރުކުރާނީ ރަނގަޅު ކަންތައްތައްތަކުގައި އަބަދުވެސް ދާންވާނީ ކުރިއަށް." 

ޤާސިމް އިބްރާހިމް

ޓޫރިޒަމް މިނިސްޓްރީގެ އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ގޯނާކުރުމާއި ޖިންސީ އަނިޔާ ދިނުމާއި ރޭޕްކުރަން އުޅުމާއި ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަކުރުމާއި ހުއްދަ ނޫން ޖިންސީ މުއާމަލާތެއް ހިންގުމުގެ ދައުވާ އުފުލާފައިވަނިކޮށް، ބޭސްފަރުވާއަށް ކަމަށް ބުނެ ރާއްޖެއިން ބޭރަށް ދިޔުމަށްފަހު، އެ ދައުވާ އަނބުރާ ގެންދިޔުމުން އަލީ ވަހީދު އަނބުރާ ރާއްޖެ އައިސްފައިވަނީ މިދިޔަ އަންގާރަ ދުވަހުއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.