ރައީސް ޞާލިހު ނާލާފުށީގައި ވާހަކަދައްކަވަނީ/ ފޮޓޯ: ވޮއިސް
ހަބަރު
15 Jul 2023 | 16:59
ރައީސް ޞާލިހުގެ ދެވަނަ ދައުރެއްގައި ނާލާފުއްޓާއި މުލި ގުޅާލަން ވައުދުވެއްޖެ

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހުގެ ދެވަނަ ދައުރެއްގައި މ. ނާލާފުއްޓާއި މުލި ގުޅާލުމަށް އެމަނިކުފާނު ވައުދުވެވަޑައިގެންފި އެވެ. 

ރައީސް ޞާލިހު މ އަތޮޅަށް ކުރައްވާ ރިޔާސީ ކެމްޕޭނު ދަތުރުފުޅުގައި އެ އަތޮޅު ނާލާފުށީގައި ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުން ވިދާޅުވީ ނާލާފުއްޓާއި މުލި ގުޅާލުމަކީ ސަރުކާރުން ޕްލޭނުކޮށްފައިވާ ކަމެއް ކަމަށެވެ. 

އެގޮތުން އެމަނިކުފާނަށް ދެވަނަ ދައުރެއް ލިބިއްޖެނަމަ އެ މަސައްކަތް ކުރައްވާނެކަމަށް ރައީސް ޞާލިހު ވަނީ ވިދާޅުވެފަ އެވެ. 

"މިރަށާއި މުއްޔާއި އެދޭތެރޭގައި ގުޅާލުމަކީ އަޅުގަނޑުމެންގެ ވައުދެއް. އޭރުން މިރަށުގައި ލިބެން ނެތް ޚިދުމަތްތައް ހޯދުމަށްޓަކައި މުއްޔަށް ފަސޭހައިން އެއްގަމު މަގުން ދެވޭނެ ގޮތް ހަމަޖެހިގެން ދާނެ. އިރާދަކުރެއްވިއްޔާ މިހާރު އޮތީ އެ މަޝްރޫއު ޕްލޭން ކުރެވިފައި. ކުރިއަށް އޮތް އަހަރު ތެރޭގައި އެއާޕޯޓު ނިމުމާއި އެކީގައި މި ދެރަށް ގުޅާލުމުގެ މަޝްރޫއު އަޅުގަނޑުމެން ފަށައިގަންނާނަން"

ރައީސް ޞާލިހު

ރައީސް ޞާލިހު ވިދާޅުވީ ނާލާފުއްޓާއި މުލި ގުޅާލުމަކީ ދެރަށުގެ ރައްޔިތުންނަށް ވެސް ބޮޑެތި ފައިދާތަކެއް ލިބިގެންދާނެ ކަމެއް ކަމަށެވެ. 

އެގޮތުން ރަށުން ލިބެން ނެތް ޚިދުމަތްތައް ހޯދުމަށް އެއްގަމު މަގުން ދިއުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށާއި، ނާލާފުއްޓާއި މުލި ގުޅާލުމަކީ ދެ ރަށުގެ ތަރައްގީއަށް ވެސް އެޅިގެންދާނެ ފާލަމެއްގެ ގޮތުގައި ރައީސް ޞާލިހު ސިފަކުރެއްވި އެވެ. 

ނާލާފުއްޓާއި މުލި ގުޅާލުމުގެ އިތުރުން ރައީސް ޞާލިހު ވަނީ ނާލާފުށީގައި އާ ބަންދަރެއް އަޅުއްވާދެއްވާނެކަމަށް ވެސް ވައުދުވެވަޑައިގެންފަ އެވެ. އަދި މިހާރު ކުރިއަށްދާ އެރަށުގެ ފެނާއި ނަރުދަމާގެ މަސައްކަތް ވެސް މި އަހަރުތެރޭ ނިންމަވާދެއްވާނެކަމަށް ރައީސް ޞާލިހު ވިދާޅުވި އެވެ. 

ކޮމެންޓް
ރައްޔިތުމީހާ
މީ 2018 ގަވެސްވީ ވައުދެއް. އަނެއްކާވެސް ހަމަ އެވައުދު. 2018 ގަ މިވައުދު ވެފައިވާކަން ހަދާންވެސް ނެތް.
16 Jul 2023
ގުޅޭ ލިޔުންތައް
06 Aug 2026
ކޯޓްތަކަށް ސަރުކާރުން ނުފޫޒު ނުފޯރުވާކަން އެންމެ ރަނގަޅަށް އެނގޭނީ ޔާމީނަށް: އަބްދުއްރަހީމް
"ކޯޓުތަކަށް މި ސަރުކާރުން ނުފޫޒު ނުފޯރުވާކަން އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ ރައީސް ޔާމީނަށް، އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ ރައީސް ޔާމީނަށް," އަބްދުއްރަހީމް ވިދާޅުވި އެވެ.
06 Aug 2026
ދަތިތައް ހުރިނަމަވެސް ވައުދުތައް ފުއްދައިދޭނަން: ރައީސް ޑރ.މުއިއްޒު
ދަތިތަކާއެކުވެސް ރައްޔިތުންނަށް ވީ ވައުދުތައް 2028 ވަނަ އަހަރުގެ ފުރަތަމަ ހަމަސްދުވަހުގެ ތެރޭގައި ފުއްދަވާނޭކަމަށް ރައީސް ވިދާޅުވިއެވެ
05 Aug 2026
ގޮނޑުހޮވައި މަގުމަތިވެގެން އުޅޭ ހާހެއްހާ ކުދިން މާލެ ސަރަހައްދުގައި
އާޒިމް ވިދާޅުވީ މާލެ ސަރަހައްދުގައި އުޅޭ މިފަދަ ކުދިން އަލުން މުޖުތަމައުއަށް ނެރުމަށް އެންޑީއެމްއޭ އާއި ފުލުހުންނާއި، މާލެސިޓީ ކައުންސިލް އަދި ސަރުކާރު ގުޅިގެން މަސައްކަތްތަކެއް ކުރަންޖެހޭކަމަށެވެ
05 Aug 2026
ފަރުމަސްވެރި ކަމަށް ހާއްސަކޮށް އަޅާ ފުރަތަމަ އައިސްޕްލާންޓް އުކުޅަހުގައި
މިއީ ފަރުމަސްވެރި ކަމަށް ހާއްސަކޮށްގެން އަޅާ ކުދި އައިސްޕްލާންޓު ތަކުގެ ތެރެއިން ފުރަތަމަ އައިސްޕްލާންޓެވެ.
05 Aug 2026
އުކުޅަހުން އެދުނީ އަގުހެޔޮކޮށް ތެޔޮ ލިބޭނެ އިންތިޒާމެއް ހަމަޖައްސައިދިނުމަށް
މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިއަދު މެންދުރު އުކުޅަހު ކޮންވެންޝަން ސެންޓަރުގެ އިދާރާގަ އެވެ.
05 Aug 2026
އެމްޑީޕީގެ މުޒާހަރާގެ މައިގަނޑު މަގްސަދަކީ ރާއްޖޭގެ ހާލަތު ބަދަލުކުރުން: ޝިފާޒް
އެމްޑީޕީން ކުރިއަށްގެންދާ މި މުޒާހަރާ ފެށުމަށް ހަމަޖެހިފައިވަނީ އޮގަސްޓް 13 ވަނަ ދުވަހުގެ ރޭ 20:30 ގައި މަޖީދީމަދު ސޯޝަލް ސެންތަރު ކައިރިން ކަމަށް އެޕާޓީން ބުނެއެވެ
05 Aug 2026
'ޕާލް ރެސިޑެންސް" އާ ގުޅިގެން އިލްމުވެރިންގެ ގުޅުމުން މަޝްވަރާ ބައްދަލުވުންތަކެއް ކުރިއަށްގެންދަނީ
ޕާލް ރެސިޑެންސް ޕްރޮގްރާމާ ގުޅޭގޮތުން ސަރުކާރުން ބުނެފައިވަނީ، މިއީ ރާއްޖެއަށް ގެއްލުންވާ ބީދައިން ކުރިއަށްގެންދާ ޕްރޮގްރާމެއް ނޫންކަމަށެވެ
05 Aug 2026
ނިޔާވި ފަރާތްތަކުގެ އެކައުންޓަށް ޖަމާވި ފައިސާ ރިކަވާވޭ
ނިޔާވެފައިވާ 700 ވުރެ ގިނަ މީހުންގެ އެކައުންޓަށް ޖަމާކޮށްފައިވާ 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ރިކަވާ ކުރެވެމުންދާ ކަމަށް އެންސްޕާގެ ސީއީއޯ އާމިނަތު ޝިރުނާ ވިދާޅުވެއްޖެ އެވެ.