އިކްރާމު ރައީސް ޞާލިހުގެ ކެމްޕޭނު ޖަލްސާގައި ވާހަކަދައްކަވަނީ/ ފޮޓޯ: ވޮއިސް
ހަބަރު
15 Jul 2023 | 21:36
ރައީސް ޞާލިހު އެ ހުނެނެވީ ޓެސްޓުކުރެވި ފާސްވެފައި، ރައްޔިތުން ވޯޓުދެއްވާ: އިކްރާމް

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ދެވަނަ ދައުރަކަށް ކުރިމަތިލެއްވީ ރައްޔިތުންގެ އިތުބާރު ހޯއްދަވައިގެން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އިކުރާމް ހަސަން ވިދާޅުވެއްޖެ އެވެ. 

އިކުރާމު މިފަދައިން ވިދާޅުވެފައި ވަނީ ރައީސް ޞާލިހު މ އަތޮޅަށް ކުރައްވާ ކެމްޕޭނު ދަތުރުފުޅުގައި މުލީގައި ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުން ނެވެ. 

އެ ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ޞާލިހަށް ދެވަނަ ދައުރެއް ދޭން ޖެހޭ ސަބަބުތައް ވަނީ ތަރައްގީގެ މަޝްރޫއުތަކުގެ ގޮތުގައި އުފައްދަވާދެއްވާފައި ކަމަށެވެ. އެގޮތުން އެމަނިކުފާނު 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް ވެލެއްވި ވައުދުތަކުގެ ތެރެއިން ބޮޑުވައި ފުއްދަވާދެއްވާފައިވާކަމަށް އޭނާ ވިދާޅުވި އެވެ. 

އިކްރާމް ވިދާޅުވީ އިތުބާރުހުރި، ވެވަޑައިގަންނަވާ ވައުދުފުޅާ އެއްގޮތަށް މަސައްކަތްތައް ކުރިއަށް ގެންދަވާ ވެރިއަކަށް ވޯޓްދޭނަމަ، ވޯޓް ދޭން ޖެހެނީ ރައީސް ޞާލިހަށް ކަމަށެވެ. އަދި އެމަނިކުފާނަކީ ޓެސްޓު ކުރެވި ފާސްވެ ރައްޔިތުންގެ އިތުބާރު ލިބިފައިވާ ރައީސެއްކަން އިކުރާމު ފާހަގަކުރެއްވި އެވެ. 

"އަޅުގަނޑު ތިބޭފުޅުންނަށް އިލްތިމާސް ކުރަނީ އިތުބާރު ހުރި ރައީސަކަށް ވެރިއަކަށް ވޯޓުދެއްވާ ކަމަށް ވާނަމަ ޔަގީންކަމާއެކު ތިބޭފުޅުންނަށް ޓެސްޓު ކުރެވި ފާސްވެފައިވާ ވެރިއަކަށް ވޯޓުދެއްވާ ކަމަށް ވާނަމަ ރައީސް ޞާލިހަށް ވޯޓުދެއްވާށޭ. އިރާދަކުރެއްވިއްޔާ ކުރިއަށް މިއޮތް  5 އަހަރަކީ މާ ފާގަތި، މާ ރަނގަޅު ފަސް އަހަރަށް ވެގެންދާނެ އޭ"

ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމު

އިކުރާމު އިތުރަށް ވިދާޅުވީ ރައީސް ޞާލިހުގެ މި ދައުރުގައި މުލީ ރައްޔިތުންނަށް ބޭނުންޖެހިފައިވާ ވަރަށް ގިނަ ކަންތައްތަކެއް ފުރިހަމަކޮށްދެއްވާފައިވާ ކަމަށެވެ. އަދި ދެވަނަ ދައުރެއްގައި ކުރަން ހުރީ މަގު ހެދުންފަދަ މަދު މަސައްކަތްތަކެއް ކަމަށާއި، އެ ކަންކަން އަންނަ ދައުރުގައި ފުރިހަމަ ވެގެންދާއިރު މުއްޔަކީ މ އަތޮޅުގައި އޮތް ރަނގަޅު ފެންވަރުގެ ސިޓީއަކަށް ބަދަލުވެގެންދާނެ ކަމަށް އިކްރާމު ވިދާޅުވި އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް