ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަނީ---ފޮޓޯ: އެމްޑީޕީ
ހަބަރު
15 Jul 2023 | 23:37
މިފްކޯއަށް ގެންނަ މަސް ކަލެކްޓިންގ 3 ބޯޓުގެ ތެރެއިން 1 ބޯޓު ބާއްވާނީ މި ސަރަހައްދުގައި: ރައީސް ޞާލިހު

މިފްކޯއަށް އަލަށް ގެންނަ މަސް ކަލެކްޓިންގ 3 ބޯޓުގެ ތެރެއިން 1 ބޯޓު ބާއްވާނީ މ. މުލަކުގެ މަސްވެރިންނަށްޓަކައި އެ ސަރަހައްދުގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ރައީސް ޞާލިހު މިފަދައިން ވިދާޅުވެފައިވަނީ އެމަނިކުފާނުގެ ކެމްޕެއިންއަށް އެރަށަށް ވަޑައިގެން މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެގޮތުން ރައީސް ޞާލިހު ވިދާޅުވީ ރާއްޖޭގެ ތަރައްގީއަށްޓަކައި އެކި ރަށްރަށުގައި ގިނަ މަޝްރޫއުތަކެއް ސަރުކާރުން ހިންގާ ކަމަށާއި މުލަކުގައިވެސް މިފަދަ މަޝްރޫއުތަކުގެ ވައުދުތަކެއް ވެފައިވާ ކަމަށެވެ.

މީގެ ތެރެއިން ގިނަ މަޝްރޫއުތަކުގެ މަސައްކަތްތައް އަދިވެސް ކުރެވެމުންދާ ކަމަށާއި ބައެއް މަސައްކަތްތައް ރައްޔިތުން އެދޭ ބާރު ސްޕީޑުގައި ނުދާކަން އެމަނިކުފާނު ގަބޫލްކުރައްވާ ކަމަށް ރައީސް ޞާލިހު ވަނީ ފާހަގަކުރައްވާފައެވެ.

އަދި މިހެން ހުރި މަޝްރޫއުތައް ދެނެގަނެ އެ މަޝްރޫއުތައް ހަލުވިކަމާއިއެކު ކުރިއަށް ގެންދިއުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް މިހާރު އަޅަމުންދާ ކަމަށްވެސް ރައީސް ޞާލިހު ވަނީ ފާހަގަކުރައްވާފައެވެ.

"އެގޮތުން މިރަށުގެ މަގުތައް ހެދުމާއި، ބަނދަރު ބޮޑުކުރުމާ އެހެންގޮސްް މިރަށަށް އަޅުގަނޑުމެން ވެފައިހުރި ވައުދުތަކުގެ ތެރެއިން މިހާރު މަޑުޖެހިފަ ހުރި މަސައްްކަތްތައް ހަލުވިކޮށް ކުރިއަށް ގެންދިޔުމަށްޓަކައި، ގިނަ ރޭވުންތަކެއް ރާވައިގެން އަލުގަނޑުމެން ކުރިއަށް އެބަ ގެންދަވަން." 

ރައީސް ޞާލިހު ވިދާޅުވިއެވެ.

މިއާއިއެކު މެދުރާއްޖެތެރޭގައި މުލަކަކީ މަސްވެރި ރަށެއް ކަމަށް ފާހަގަކުރައްވާ ރައީސް ޞާލިހު ވިދާޅުވީ އެރަށުގެ މަސްވެރިންގެ އެދުމާއި އެއްގޮތަށް މިފްކޯގެ މަސް ކަލެކްޓިންގ ސެންޓަރެއް ހަދަން ވިސްްނައި އެ މަސައްކަތް ފެށިގެން މިހާރު ކުރިއަށްދާ ކަމަށެވެ.

އެގޮތުން ރަށުގެ ބަނދަރު ގާތްގަނޑަކަށް ނިމުމަކާއި ހަމައަށް ގޮސްފައިވާއިރު އިތުރު ވަސީލަތްތައް ތަރައްގީ ކުރުމުގެ މަސައްކަތްވެސް ކުރިއަށްދާ ކަމަށް ރައީސް ޞާލިހު ވިދާޅުވިއެވެ.

"ދެން އޮތީ ފްރީޒިންގ ކެޕޭސިޓީއާ ކޯލްޑް ސްޓޯރޭޖް ގާއިމްކުރުން. އިރާދަކުރެއްވިއްޔާ އެކަންވެސް މިވަނީ މިހާރު ޓެންޑަރ ކުރެވިފަ. ކުރިއަށް އޮތް ތަނުގައި ލަސްތަކެއް ނުވެ އެ މަސައްކަތްތަކުގެ އަމަލީ މަސައްކަތް ފެށޭވަރު އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ކުރާނަން. އަދި އެކަން ނިމެންދެން އިރާދަކުރެއްވިއްޔާ މަސްވެރިން އެ އެދުނު ގޮތަށް، މި ސަރަހައްދުން މަސް ގަނެވޭނެ، ކަލެކްޓިންގ ވެސަލްއެއް މިތާ ބޭއްވުމުގެ މަސައްކަތް އަޅުގަނޑު ފަށާނަން. މިފްކޯއަށް އަލަށް އެ ގެންނަ 3 ބޯޓުގެ ތެރޭން އިރާދަކުރެއްވިއްޔާ 1 ބޯޓު އަޅުގަނޑުމެން ބާއްވާނީ މި ސަރަހައްދުގަ."

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު

މީގެ އިތުރުންވެސް ރައްޔިތުން އެދޭ ފަދައިން އޭޓީއެމްގެ ޚިދުމަތް ދިނުމަށްޓަކައި އެންމެ އަވަހަށް އޭޓީއެމް ބަހައްޓާ ރަށްތަކުގެ ތެރޭގައި މުލައް ހިމެނިފައި އޮތް ކަމަށް ރައީސް ޞާލިހު ވިދާޅުވިއެވެ.

އެގޮތުން މިއަހަރުގެ ތެރޭގައި އޭޓީއެމްގެ ޚިދުމަތް ލިބޭ ގޮތް ހަމަޖައްސަވައި ދެއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މިއާއިއެކު މިހާރު މުލަކު މަގު ހެދުމުގެ މަސައްކަތް ކުރިއަށް ދާއިރު، މީގެ އިތުރުން މުލަކުގައި ނުހަދާ ހުރި މަގުތައްވެސް ހިމަނައިގެން މުޅި ރަށުގެ ހުރިހާ މަގުތަކެއްވެސް ހެދުމަށް ރާވާފައިވަކަން ރައީސް ޞާލިހު ފާހަގަކުރެއްވިއެވެ.

އަދި އެމްޑީޕީގެ މެނިފެސްޓޯގަ މުލަކާއި، މުލީގެ ބޯހިޔާވަހިކަމުގެ ތަސައްވުރެއް އެބައޮތް ކަމަށާއި، ބޯހިޔާވަހިކަމަށް ހެޔޮ ބަދަލެއް ގެނެސްދެއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Sep 2026
އެޕަލް ކުންފުނީގެ ފުރަތަމަ ފަށްޖެހޭ ފޯނު ”އައިފޯން ޑުއޯ“ ނެރެފި
ދުނިޔޭގެ މަޝްހޫރު ޓެކްނޮލޮޖީ ކުންފުނި، އެޕަލް އިން އެ ކުންފުނީގެ ތާރީޚުގައި ވެސް ފުރަތަމަ ފަހަރަށް ފަށްޖެހޭ ސްމާޓްފޯނު ބުދަ ދުވަހު ރަސްމީކޮށް ދައްކާލައިފިއެވެ. "އައިފޯން ޑުއޯ"ގެ ނަމުގައި ތަޢާރަފުކުރި މި އައު އުފެއްދުމަކީ، އެޕަލްގެ އެންމެ ވިޔަފާރި ރަނގަޅު އުފެއްދުންތަކުގެ ލައިނަށް އިތުރު ދިރުމެއް ގެނެސްދިނުމުގެ ގޮތުން ނެރުނު ފޯނެކެވެ.
09 Sep 2026
ދިއްދޫއިން ނޮޅިވަރަމް ބަލިކޮށް ހަމަޖެހިލައިފި
މުބާރާތުގައި ދެން ދިއްދޫ އެންމެ އަވަހަށް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ. އޭގެ ކުރިން ނޮޅިވަރަމް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ.
09 Sep 2026
ބިލެތްދޫގެ ރަށްވެހިކަން ދޫކޮށްލާނަމަ 5،000 ރުފިޔާގެ ފީއެއް ނަގަނީ
ބިލެތްދޫ ކައުންސިލުން މިފަދަ ނިންމުމެއް ނިންމާފައި މިވަނީ، ރަށުގެ ރަށްވެހިންގެ ގޮތުގައި ތިބޭ މީހުންގެ އަދަދު ދަށްވިޔަނުދީ ހިފެހެއްޓުމަށާއި ރަށުގެ އާބާދީ އިތުރުކުރުމަށް ހިތްވަރު ދިނުމުގެ މަގުސަދުގައި ކަމަށް މައުލޫމާތު ލިބެއެވެ
09 Sep 2026
ބިން ވިއްކުމުގެ މައްސަލަ ނިންމާނީ އޭސީސީ އާއި ޤާނޫނީ ލަފާވެސް ހޯދުމަށްފަހު
މިކަމުގައި ކަނޑައެޅިފައިވާ އުސޫލުތަކާ ޚިލާފަށް ޢަމަލުކޮށްފައިވޭތޯ ބެލުމަށް ހައުސިން މިނިސްޓްރީން އިސްނަގައިގެން މި މައްސަލަ އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅުމަށް ނިންމާފައިވާކަމަށް މިނިސްޓްރީން ބުންޏެވެ
09 Sep 2026
ދޯދި އަދި އުދަރެސްގައި އުޅޭ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ހާއްސަ މަސައްކަތްތަކެއް
އެފްޑީސީން ބުނީ މި މަސައްކަތުގެ ދަށުން އެ ޓަވަރުތަކުގައި ކުޑަކުދިންނާއި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ދިރިއުޅޭ ޔުނިޓުތައް ފާހަގަކޮށް، ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ މުހިންމު ފިޔަވަޅުތައް މިހާރު އަޅަން ފަށާފައިވާކަމަށެވެ
09 Sep 2026
މާރުކުރުމުގެ ލައިސަންސް ނެތް ފަރާތްތަކާ މުއާމަލާތް ނުކުރޭ: އެމްއެމްއޭ
އެމްއެމްއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަދުގެ ނިޔަލަށް ބޭރު ފައިސާ މާރުކުރުމުގެ ލައިސަންސް ދޫކޮށްފައިވަނީ ޖުމްލަ 59 ފަރާތަކަށެވެ.
09 Sep 2026
މާލެ ސަރަހައްދުގެ ޓްރެފިކް މޮނިޓަރ ކުރެވޭނެ ސެންޓަރެއް ގާއިމްކުރަނީ
މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ މުއައްސަސާތައް ގުޅިގެން ޓްރެފިކް މައްސަލައަށް ހައްލު ހޯދޭނެ ގޮތެއް ރައީސްގެ އެބައޮތްކަމަށާއި، ސެންޓަރެއް ގާއިމްކޮށް ރިއަލް ޓައިމްގައި އެކަން ކުރެވޭނެ ނިޒާމެއް ގާއިމްކޮށް އެކަން ސަރުކާރުން ކުރާނޭކަމަށެވެ.
09 Sep 2026
ޤަވާއިދާ ހިލާފަށް ބޭރުފައިސާ ވިއްކުމާ ގުޅޭ 65 މައްސަލަ މިހާތަނަށް ރިޕޯޓްކުރި
އޮންލައިންކޮށް މިފަދަ ޣައިރުޤާނޫނީ މުޢާމަލާތްތައް ހިންގަމުންދިޔަ 16 ޕްލެޓްފޯމެއްގެ ތަފްޞީލު ވެސް މި މެސެޖުތަކުގެ ތެރެއިން ޓާސްކްފޯހަށް ވަނީ ލިބިފައެވެ.