ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ޞާލިހު ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަނީ---ފޮޓޯ: އެމްޑީޕީ
ހަބަރު
16 Jul 2023 | 06:35
ކިތަންމެ ބާރަށް ތަކެތީގެ އަގު ބޮޑު ވެޔޭ ވާދަވެރިން ބުންޔަސް، އަގު މިހާރު ދަނީ ދަށަށް: ރައީސް ޞާލިހު

ކިތަންމެ ބާރަށް އަދި ކިތަންމެ އަޑު ހަރުކޮށް ތަކެތީގެ އަގު ބޮޑު ވެޔޭ ވާދަވެރިން ބުނިކަމުގައި ވީނަމަވެސް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނަނީ ތަކެތީގެ އަގު މިހާރު ދަނީ ދަށަށް ކަމުގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ރައީސް ޞާލިހު މިފަދައިން ވިދާޅުވެފައިވަނީ މ އަތޮޅަށް ކުރައްވާ ކެމްޕެއިން ދަުތުރގެ ތެރެއިން މ. މުލަކަށް ކުރެއްވުނު ދަތުރުފުޅުގައި އެ ރަށުގައި އޮތް ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެގޮތުން ރައީސް ޞާލިހު ވަނީ މިއަދަކީ ކޮވިޑަށްފަހު ރާއްޖޭގެ ބޯޑަރު ހުޅުވިތާ 3 އަހަރު ފުރޭ ދުވަސް ކަމަށް ފާހަގަކުރައްވާ 2020 ވަނަ އަހަރު 3 މަސްދުވަހަށް ބޯޑަރު ބަންދުކުރިއިރު މުޅި އިގްތިޞާދު ހުއްޓުމަކަށް އައި ކަމަށް ވިދާޅުވެފައެވެ.

"މުޅި އިގްތިސޯދު ހުއްޓުމަކަށް އައި، އެ އަހަރު ދައުލަތަށް ލިބެން އޮތް އާމްދަނީގެ 14 ބިލިއަން ރުފިޔާ ނުލިބި ދިޔަ، ފައިސާ ހޯދަން ޖެހުނު، އެހެންނަމަވެސް އެ ދުވަހު އެ ނެގި ފިޔަވަޅާއެކު ބޯޑަރު ކްލޯސް ކޮށްފައި އޮތުމަށް ފަހު ޖުލައި 15 ވަނަ ދުވަހު އަޅުގަނޑުމެން ބޯޑަރު ހުޅުވާލީ، ވަރަށް ގިނަބަޔަކު ކަންބޮޑުވުންތައް އަޅުގަނޑުމެންނާ ހިސާބަށް ގެނައި. އެހެންނަމެވެސް އަޅުގަނޑު އެ ޑިސިޝަން ނެގިން." ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ޞާލިހު

މިއާއިއެކު ރައީސް ޞާލިހު ވިދާޅުވީ މިއަދު އަމާޒުކޮށްގެން ތިބީ މިއަހަރު 1.8 މިލިއަން ޓޫރިސްޓުން ރާއްޖެ ގެނައުމަށް ކަމަށާއި މާދާމައަކި 1 މިލއަން ވަނަ ޓޫރިސްޓު މީހާއަށް މަރުހަބާ ކިޔާ ދުވަސް ކަމަށެވެ.

"މިއަދުގެ ތަސައްވަރަކީ މިއަހަރު ނިމޭ އިރުގައި 1.9 މިލިއަން ޓޫރިސްޓުން ރާއްޖެ ގެނައުން، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް އެކަން ހާސިލު ވާ މަންޒަރު އެބަ ފެނޭ." ރައީސް ޞާލިހު ވިދާޅުވިއެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވީ ކޮވިޑްގެ އާލަމީ ވަބާއަށްފަހު ދެން ކުރިމަތިލާންޖެހުނީ ޔޫކްރެއިން ރަޝިއާ ހަނގުރާމައަށް ކަމަށާއި މިއީ މުޅި ދުނިޔޭގެ އިގްތިޞާދަށާއި ތަކެތީގެ އަގަށް ބޮޑެތިި ބަދަލުތަކެއް އައި ކަމެއް ކަމަށެވެ.

އެގޮތުން ހާއްސަކޮށް ތެލުގެ އަގު އިންތިހާއަށް ބޮޑު ވެގެން ދިޔަ ކަމަށާއި ސަރުކާރުން ބަޖެޓް ކޮށްފައި އޮތް ވަރުގެ އިތުރަށް ކޮންމެ މަހަކު 20 މިލިއަން ޑޮލަރު ބަޖެޓުން ހޭދަކުރެވުނު ކަމަށް ރައީސް ޞާލިހު ވިދާޅުވިއެވެ.

"ރައްޔިތުންނަށް ހެޔޮ އަގެއްގަ ތެޔޮ ފޯރު ކޮށްދިނުމަށްޓަކައި ސަރުކާރުން 2.3 ބިލިއަން ރުފިޔާ އަޅުގަނޑުމެން މިދޔަ އަހަރުވެސް ހޭދަކުރިން. މިދިޔަ 2 އަހަރު. އެ ތަކުލީފު ނުޖެއްސުން އަޅުގަނޑު މެންގެ ބޭނުމަކީ، ރައްޔިތުންނަށް. ސަރުކާރުން އެ ބުރަ އުފުލުން، އޭގެ ނަތީޖާ އިރާދަކުރެއްވިއްޔާ އެ ބަ ފެނޭ."

ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ޞާލިހު

މިއާއިއެކު މިނެގި ފިޔަވަޅުތަކުން ރާއްޖޭގެ އިގްތިޞާދު 2 ގުނަ ވާނެ ކަމަށާއި 2018 ވަނަ އަހަރު ރާއްޖެއަށް ލިބުނު އާމްދަނީގެ 26 އިންސައްތަ އިތުރަށް މިދިޔަ 2022 ވަނަ އަހަރު ލިބުނު ކަމަށް ރައީސް ޞާލިހު ވަނީ ފާހަގަކުރައްވާފައެވެ.

އަދި މިއަހަރު ނިމޭއިރުގައި ސަރުކާރުގެ އަމާޒަކީ 30 ބިލިއަނަށްވުރެ ގިނަ ރުފިޔާ ދައުލަތަށް އާންމުދަނީގެ ގޮތުގައި ހޯދުން ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ މި 10 އަހަރު 2018 އިން ފެށިގެން 2028 އާއި ހަމައަށް ނިމޭއިރުގައި ރާއްޖޭގެ އިގްތިޞާދު ދެގުނަވެ ދައުލަތަށް ލިބޭ އާންމުދަނީ ދެގުނަ ވާތަން އެބަ ފެނޭ. އެދުވަހު ލޯން ނަގައިގެން އަޅުގަނޑުމެން ކުރި މަސައްކަތަކީ މީ. ރާއްޖޭގެ އިގްތިޞާދު ކޮއްޅަށްޖެހުން. ވިޔަފާރިތައް ބަނގުރޫޓު ވިޔަ ނުދިނުން. އޭގެ ނަތީޖާ މިއަދު މި ފެންނަނީ. ޕްލޭނެއް އޮވެ ރޭވުން ތަކެއް އޮވެގެން ކަންކުރީމާ ފެންނަ މަންޒަރު." 

ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ޞާލިހު

މީގެ އިތުރުން ރައީސް ޞާލިހު ވިދާޅުވީ އައިއެމްއެފްއާއި ވޯލްޑްބޭންކުން ރާއްޖޭގެ އިގްތިޞާދު މިއަހަރު ކުރިއަރާނެ ކަމަށް އަންދާޒާ ކުރީ 6 އިންސައްތަ އާއި 7 އިންސައްތަ އާއި ދެމެދު ނަމަވެސް މިއަދުގެ ރާއްޖޭގެ އިގްތިޞާދު އަންދާޒާއަކީ ނުވައެއް އިންސައްތަ ކުރިއެރުން ކަމަށެވެ.

"ރާއްޖޭގެ މުދަލުގެ އަގު ބޮޑު ވާނެ ކަމަށް، އިންފްލޭޝަން މައްޗަށް ދާނެ ކަމަށް، އަޅުގަނޑުމެންގެ ވާދަވެރިން ވަރަށް ބާރަށް އަޑުލާ ބުންމުންދިޔަ އަޑު ހަރުކޮށް." ރައީސްް ޞާލިހު ވިދާޅުވިއެވެ.

އެގޮތުން އައިއެމްއެފްއާއި ވޯލްޑްބޭންކުން އެދުހު އަންދާޒާ ކޮށްފަ އޮތީ ރާއްޖޭގެ އިންފްލޭޝަން ތަކެތީގެ އަގު 5.4 ޕަސެންޓަށް މައްޗަށް ދާނެ ކަމަށް ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އެހެންނަމަވެސް ސަރުކާރުން މި އަހަރު އަޅަން ފެށި ރަނގަޅު ފިޔަވަޅުތަކުގެ ސަބަބުން 3.4 ޕަސެންޓްގައި ގައި އިންފްލޭޝަން ހިފެހެއްޓިފައި އޮތް ކަމަށް ރައީސް ޞާލިހު ފާހަގަކުރެއްވިއެވެ.

އަދި ޔޫރަޕުގެ ގައުމުތަކާއި ރާއްޖެއާއި އަޅާކިޔާ ރައީސް ޞާލިހު ވިދާޅުވީ އެގައުމުތަކުގެ މިއަދުގެ އިންފްލޭޝަނަކީ 9 ޕަސެންޓު ކަމަށެވެ.

އެހެންކަމުން ރާއްޖޭގައި ތަކެތީގެ އަގު ބޮޑުވިޔަ ނުދީ ހިފެހެއްޓުމަށް މިކުރި ކުރި މަސައްކަތުގެ ހެޔޮ ނަތީޖާ މިއަދު ފެނިގެންދާ ކަަމަށް އެމަނިކުފާނި ވިދާޅުވި އެވެ.

"ކިތަންމެ ބާރަށް އަޑު ހަރުކޮށް ތަކެތީގެ އަގު ބޮޑު ވެޔޭ ބުނިޔަސް، އެމްއެމްއޭއިން ރާއްޖޭގެ ސެންޓްރަލް ބޭންކުން އެ ބުނަނީ ތަކެތީގެ އަގު މިހާރު ދަނީ ދަށަށޭ،" 

ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ޞާލިހު

އަދި މިއީ ތަފާސްހިސާބުތަކާއި މައުލޫމާތުތައް އެއްކޮށްގެން އެބޭފުޅުން ވިދާޅުވާ ވާހަކައެއް ކަމަށާއި އެއީއަކީ އެއް އެމަނިކުފާނު އެތާ ހުރެ ދައްކާ ވާހަކައެއް ނޫން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"އަޅުގަނޑުމެން މި ފިޔަވަޅުތައް އަޅަން ކަންތައްތަކެއް ކުރިން. އެ ބޭފުޅުން ދިރާސާ އެހައްދަވަނީ. އޭގެ ނަތީޖާ އެބޭފުޅުން އެވިދާޅުވަ. ނީއެހެންވީމާ ކޮންމެތާކު ކޮންމެ ބޭފުޅަކު ހުރެ ކޮންމެ ވާހަކައެއް ދެއްކިޔަސް ހަގީގަތް އޮތީ މި ގޮތަށް. އޮޅުވާލަން ދެއްކިދާނެ ކޮންމެ ފަދަ ވާހަކައެއްވެސް." ރައީސް ވިދާޅުވިއެވެ.

ކޮމެންޓް
އެއްކަލަ މީހާ
މަށަށް ލައްކައިން ތާއިދު އެބަޮތޭ ބުންޏަސް ރައްޔިތުންގެ ތާއިދު ބޮދުތަނުން ދަނީ ދަށަށް.
16 Jul 2023
ގުޅޭ ލިޔުންތައް
10 Sep 2026
އެޕަލް ކުންފުނީގެ ފުރަތަމަ ފަށްޖެހޭ ފޯނު ”އައިފޯން ޑުއޯ“ ނެރެފި
ދުނިޔޭގެ މަޝްހޫރު ޓެކްނޮލޮޖީ ކުންފުނި، އެޕަލް އިން އެ ކުންފުނީގެ ތާރީޚުގައި ވެސް ފުރަތަމަ ފަހަރަށް ފަށްޖެހޭ ސްމާޓްފޯނު ބުދަ ދުވަހު ރަސްމީކޮށް ދައްކާލައިފިއެވެ. "އައިފޯން ޑުއޯ"ގެ ނަމުގައި ތަޢާރަފުކުރި މި އައު އުފެއްދުމަކީ، އެޕަލްގެ އެންމެ ވިޔަފާރި ރަނގަޅު އުފެއްދުންތަކުގެ ލައިނަށް އިތުރު ދިރުމެއް ގެނެސްދިނުމުގެ ގޮތުން ނެރުނު ފޯނެކެވެ.
09 Sep 2026
ދިއްދޫއިން ނޮޅިވަރަމް ބަލިކޮށް ހަމަޖެހިލައިފި
މުބާރާތުގައި ދެން ދިއްދޫ އެންމެ އަވަހަށް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ. އޭގެ ކުރިން ނޮޅިވަރަމް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ.
09 Sep 2026
ބިލެތްދޫގެ ރަށްވެހިކަން ދޫކޮށްލާނަމަ 5،000 ރުފިޔާގެ ފީއެއް ނަގަނީ
ބިލެތްދޫ ކައުންސިލުން މިފަދަ ނިންމުމެއް ނިންމާފައި މިވަނީ، ރަށުގެ ރަށްވެހިންގެ ގޮތުގައި ތިބޭ މީހުންގެ އަދަދު ދަށްވިޔަނުދީ ހިފެހެއްޓުމަށާއި ރަށުގެ އާބާދީ އިތުރުކުރުމަށް ހިތްވަރު ދިނުމުގެ މަގުސަދުގައި ކަމަށް މައުލޫމާތު ލިބެއެވެ
09 Sep 2026
ބިން ވިއްކުމުގެ މައްސަލަ ނިންމާނީ އޭސީސީ އާއި ޤާނޫނީ ލަފާވެސް ހޯދުމަށްފަހު
މިކަމުގައި ކަނޑައެޅިފައިވާ އުސޫލުތަކާ ޚިލާފަށް ޢަމަލުކޮށްފައިވޭތޯ ބެލުމަށް ހައުސިން މިނިސްޓްރީން އިސްނަގައިގެން މި މައްސަލަ އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅުމަށް ނިންމާފައިވާކަމަށް މިނިސްޓްރީން ބުންޏެވެ
09 Sep 2026
ދޯދި އަދި އުދަރެސްގައި އުޅޭ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ހާއްސަ މަސައްކަތްތަކެއް
އެފްޑީސީން ބުނީ މި މަސައްކަތުގެ ދަށުން އެ ޓަވަރުތަކުގައި ކުޑަކުދިންނާއި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ދިރިއުޅޭ ޔުނިޓުތައް ފާހަގަކޮށް، ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ މުހިންމު ފިޔަވަޅުތައް މިހާރު އަޅަން ފަށާފައިވާކަމަށެވެ
09 Sep 2026
މާރުކުރުމުގެ ލައިސަންސް ނެތް ފަރާތްތަކާ މުއާމަލާތް ނުކުރޭ: އެމްއެމްއޭ
އެމްއެމްއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަދުގެ ނިޔަލަށް ބޭރު ފައިސާ މާރުކުރުމުގެ ލައިސަންސް ދޫކޮށްފައިވަނީ ޖުމްލަ 59 ފަރާތަކަށެވެ.
09 Sep 2026
މާލެ ސަރަހައްދުގެ ޓްރެފިކް މޮނިޓަރ ކުރެވޭނެ ސެންޓަރެއް ގާއިމްކުރަނީ
މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ މުއައްސަސާތައް ގުޅިގެން ޓްރެފިކް މައްސަލައަށް ހައްލު ހޯދޭނެ ގޮތެއް ރައީސްގެ އެބައޮތްކަމަށާއި، ސެންޓަރެއް ގާއިމްކޮށް ރިއަލް ޓައިމްގައި އެކަން ކުރެވޭނެ ނިޒާމެއް ގާއިމްކޮށް އެކަން ސަރުކާރުން ކުރާނޭކަމަށެވެ.
09 Sep 2026
ޤަވާއިދާ ހިލާފަށް ބޭރުފައިސާ ވިއްކުމާ ގުޅޭ 65 މައްސަލަ މިހާތަނަށް ރިޕޯޓްކުރި
އޮންލައިންކޮށް މިފަދަ ޣައިރުޤާނޫނީ މުޢާމަލާތްތައް ހިންގަމުންދިޔަ 16 ޕްލެޓްފޯމެއްގެ ތަފްޞީލު ވެސް މި މެސެޖުތަކުގެ ތެރެއިން ޓާސްކްފޯހަށް ވަނީ ލިބިފައެވެ.