ކްރިމިނަލް ކޯޓް---
ހަބަރު
16 Jul 2023 | 22:55
މަންމައަށް ބިރު ދެއްކި މީހަކު 3 މަސްދުވަހަށް ޖަލަށް!

މަންމަ މަރާލާނެކަމަށާއި ކަތިލާނެ ކަމަށް ބުނެ ބިރު ދެއްކި މީހަކު 3 މަސްދުވަހާއި 25 ދުވަހަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.

މި މައްސަލައިގެ ދައުވާގެ އިތުރުން މާލެއަށް ނިސްބަތްވާ އަހްމަދު ޖަޒީލްގެ މައްޗަށް 2 ދައުވާއެއް އުފުލާފައިވެއެވެ.

އެގޮތުން ގޭގައި މަސައްކަތއް ކުރާ މެއިޑަކަށް ބިރު ދެއްކުމާއި ތަޅާލައިފައިވާ ބިއްލޫރި ފުޅިއަކުން މަންމަ އަށް ބިރުދެއްކުމާއި މަންމަ މަރާލާނެކަމަށާއި ކަތިލާނެ ކަމަށް ބުނުނެ ބިރުދެއްކުމުގެ ދައުވާ ޖަޒީލްގެ މައްޗަށް ވަނީ ކޮށްފައެވެ.

އެހެންނަމަވެސް މީގެ ތެރެއިން ސާބިތުވެފައިވަނީ ހަމައެކަނި މަންމަ އަށް ބިރުދެއްކުމުގެ އެއް ދައުވާއެވެ.

އެގޮތުން 30 ޑިސެމްބަރު 2021 ގެ މެންދުރު އޭނާ ދިރިއުޅެމުންދާ ގޭގައި ހަޑިހުތުރު ބަހުން މުއާމަލާތްކޮށް، ގޭގައި ގެންގުޅޭ ތަކެއްޗަށް ގެއްލުންދޭތީ، އެކަން ނުކުރުމަށް އެންގުމުން މަންމަ މަރާލާނެ ކަމަށް ޖަޒީލު ވަނީ އިންޒާރު ދީފައެވެ. 

އަދި އެ ދުވަހު އެކި ވަގުތުތަކުގައި މަންމަ މަރާލާނެ ކަމަށާއި، ކަތިލާނެ ކަމަށް ބުނެ ބިރު ދައްކައިފައިވާކަމަށް ކްރިމިނަލް ކޯޓުން ވަނީ ބުނެފައިވެއެވެ.

ޖަޒީލު ދައުވާއަށް އިންކާރު ކުރިނަމަވެސް އޭނާއާއި ދެކޮޅަށް ހުށަހަޅާފައިވާ ހެކީގެ ސަބަބުން ކްރިމިނަލް ކޯޓުން ވަނީ އޭނާގެ މައްޗަށް އެކަން ސާބިތުވާ ކަމަށް ކަނޑައަޅާފައިވެއެވެ.

އަދި ބިރުދެއްކުމުގެ އަދަބުގެ ގޮތުން އޭނާއަށް ވަނީ 6 މަސްދުވަހުގެ ޖަލު ހުކުމެއް ކަނޑައަޅާފައެވެ.

އެހެންނަމަވެސް މި މައްސަލައިގެ ޝަރީއަތުގެ މައްސަލާގައި 65 ދުވަހު ބަންދުގައި ޖަޒީލް ހޭދަކޮށްފައިވާތީ އެ ދުވަސްތައް ކެނޑުމަށްފަހު އޭނާގެ މައްޗަށް ކޯޓުން ކަނޑައަޅާފައިވަނީ 3 މަހާއި 25 ދުވަހުގެ ޖަލު ހުކުމެކެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Sep 2026
އެޕަލް ކުންފުނީގެ ފުރަތަމަ ފަށްޖެހޭ ފޯނު ”އައިފޯން ޑުއޯ“ ނެރެފި
ދުނިޔޭގެ މަޝްހޫރު ޓެކްނޮލޮޖީ ކުންފުނި، އެޕަލް އިން އެ ކުންފުނީގެ ތާރީޚުގައި ވެސް ފުރަތަމަ ފަހަރަށް ފަށްޖެހޭ ސްމާޓްފޯނު ބުދަ ދުވަހު ރަސްމީކޮށް ދައްކާލައިފިއެވެ. "އައިފޯން ޑުއޯ"ގެ ނަމުގައި ތަޢާރަފުކުރި މި އައު އުފެއްދުމަކީ، އެޕަލްގެ އެންމެ ވިޔަފާރި ރަނގަޅު އުފެއްދުންތަކުގެ ލައިނަށް އިތުރު ދިރުމެއް ގެނެސްދިނުމުގެ ގޮތުން ނެރުނު ފޯނެކެވެ.
09 Sep 2026
ދިއްދޫއިން ނޮޅިވަރަމް ބަލިކޮށް ހަމަޖެހިލައިފި
މުބާރާތުގައި ދެން ދިއްދޫ އެންމެ އަވަހަށް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ. އޭގެ ކުރިން ނޮޅިވަރަމް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ.
09 Sep 2026
ބިލެތްދޫގެ ރަށްވެހިކަން ދޫކޮށްލާނަމަ 5،000 ރުފިޔާގެ ފީއެއް ނަގަނީ
ބިލެތްދޫ ކައުންސިލުން މިފަދަ ނިންމުމެއް ނިންމާފައި މިވަނީ، ރަށުގެ ރަށްވެހިންގެ ގޮތުގައި ތިބޭ މީހުންގެ އަދަދު ދަށްވިޔަނުދީ ހިފެހެއްޓުމަށާއި ރަށުގެ އާބާދީ އިތުރުކުރުމަށް ހިތްވަރު ދިނުމުގެ މަގުސަދުގައި ކަމަށް މައުލޫމާތު ލިބެއެވެ
09 Sep 2026
ބިން ވިއްކުމުގެ މައްސަލަ ނިންމާނީ އޭސީސީ އާއި ޤާނޫނީ ލަފާވެސް ހޯދުމަށްފަހު
މިކަމުގައި ކަނޑައެޅިފައިވާ އުސޫލުތަކާ ޚިލާފަށް ޢަމަލުކޮށްފައިވޭތޯ ބެލުމަށް ހައުސިން މިނިސްޓްރީން އިސްނަގައިގެން މި މައްސަލަ އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅުމަށް ނިންމާފައިވާކަމަށް މިނިސްޓްރީން ބުންޏެވެ
09 Sep 2026
ދޯދި އަދި އުދަރެސްގައި އުޅޭ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ހާއްސަ މަސައްކަތްތަކެއް
އެފްޑީސީން ބުނީ މި މަސައްކަތުގެ ދަށުން އެ ޓަވަރުތަކުގައި ކުޑަކުދިންނާއި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ދިރިއުޅޭ ޔުނިޓުތައް ފާހަގަކޮށް، ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ މުހިންމު ފިޔަވަޅުތައް މިހާރު އަޅަން ފަށާފައިވާކަމަށެވެ
09 Sep 2026
މާރުކުރުމުގެ ލައިސަންސް ނެތް ފަރާތްތަކާ މުއާމަލާތް ނުކުރޭ: އެމްއެމްއޭ
އެމްއެމްއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަދުގެ ނިޔަލަށް ބޭރު ފައިސާ މާރުކުރުމުގެ ލައިސަންސް ދޫކޮށްފައިވަނީ ޖުމްލަ 59 ފަރާތަކަށެވެ.
09 Sep 2026
މާލެ ސަރަހައްދުގެ ޓްރެފިކް މޮނިޓަރ ކުރެވޭނެ ސެންޓަރެއް ގާއިމްކުރަނީ
މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ މުއައްސަސާތައް ގުޅިގެން ޓްރެފިކް މައްސަލައަށް ހައްލު ހޯދޭނެ ގޮތެއް ރައީސްގެ އެބައޮތްކަމަށާއި، ސެންޓަރެއް ގާއިމްކޮށް ރިއަލް ޓައިމްގައި އެކަން ކުރެވޭނެ ނިޒާމެއް ގާއިމްކޮށް އެކަން ސަރުކާރުން ކުރާނޭކަމަށެވެ.
09 Sep 2026
ޤަވާއިދާ ހިލާފަށް ބޭރުފައިސާ ވިއްކުމާ ގުޅޭ 65 މައްސަލަ މިހާތަނަށް ރިޕޯޓްކުރި
އޮންލައިންކޮށް މިފަދަ ޣައިރުޤާނޫނީ މުޢާމަލާތްތައް ހިންގަމުންދިޔަ 16 ޕްލެޓްފޯމެއްގެ ތަފްޞީލު ވެސް މި މެސެޖުތަކުގެ ތެރެއިން ޓާސްކްފޯހަށް ވަނީ ލިބިފައެވެ.