ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު/ ފޮޓޯ: ވޮއިސް
ހަބަރު
17 Jul 2023 | 05:18
ވާދަވެރި ކެމްޕޭނެއް ކުރެއްވުމަށް އިދިކޮޅު ކެންޑިޑޭޓުން ނުކުންނަވާ: ރައީސް ޞާލިހު

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހާއި ވާދަކުރެއްވުމަށް، ވާދަވެރި ކެމްޕޭނަށް އެމަނިކުފާނާއި އިދިކޮޅު ކެންޑިޑޭޓުން ނިކުމެވަޑައިގަތުމަށް ރައީސް ޞާލިހު ގޮވާލައްވައިފި އެވެ. 

އެމަނިކުފާނު މިފަދައިން ގޮވާލައްވާފައި ވަނީ މ އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި އެ އަތޮޅުގެ ދިއްގަރަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ނެވެ. 

ރައީސް ޞާލިހު ވިދާޅުވީ އެމަނިކުފާނު ހުންނެވީ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވަން ތައްޔާރަށް ކަމަށެވެ. އަދި ރިޔާސީ އިންތިޚާބުގައި ވާދަވެރި ކެމްޕޭނެއްގެ ތެރެއިން އެމަނިކުފާނާއި ވާދަކުރެއްވުމަށް ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންނަށް އިލްތިމާސް ކުރައްވާކަމަށް ރައީސް ޞާލިހު ވިދާޅުވި އެވެ. 

"އަޅުގަނޑު ވަރަށް އިހުތިރާމާ އެކު މި ދަންނަވާލަނީ ދޫކޮށްލައްވާށޭ. ރަނގަޅަށް ވާދަވެރި ކެމްޕެއިނެއް ކުރައްވާށޭ. އަޅުގަނޑުމެން މި ތިބީ ރަނގަޅަށް ވާދަކޮށް، ކުރިއަށް އޮތް ރިޔާސީ އިންތިހާބު ބޮޑު ތަނުން ކާމިޔާބު ކުރަން"

ރައީސް ޞާލިހު

ރައީސް ޞާލިހު ވިދާޅުވީ ދިވެހިރާއްޖެއަށް ޒަމާނީ ޑިމޮކްރަސީ ގެނައުމަށް މީގެ އެތައް އަހަރެއް ކުރިން ކުރެވުނު މަސައްކަތުން މިހާރު ރާއްޖެ ދެކެމުންމިދާ ކާމިޔާބީތައް ހޯދުނީ އިންތިޚާބުތަކުގައި ވާދަކޮށް ވޯޓުން ނަތީޖާ ދައްކައިގެން ކަމަށެވެ. 

އެގޮތުން އެމްޑިޕީ އޮތީ ރިޔާސީ އިންތިޚާބުގައި ވާދަކުރަން ޖެހުނު ކޮންމެ ބަޔަކާއި ވެސް ވާދަކުރަން ތައްޔާރަށްކަމަށާއި، އިންތިޚާބު ކާމިޔާބު ކުރާނެކަމުގެ ފުރިހަމަ ޔަގީންކަން އޮތްކަމަށް ވެސް ރައީސް ޞާލިހު ވިދާޅުވި އެވެ. 

ރައީސް ޞާލިހު އިތުރަށް ވިދާޅުވީ ސިޔާސީ ގޮތުން ގައުމު ހަލަބޮލިކޮށް، ގައުމުގެ އަމާންކަން ނަގާލުމަށް ފުރުސަތު ނުދެއްވާނެ ކަމަށެވެ. އަދި އިންތިޚާބުތަކުގައި ވާދަކުރުމުގެ ރޫހު ގެންގުޅެން ޖެހޭނެ ކަމަށެވެ. 

އެގޮތުން އެމަނިކުފާނު އެދިވަޑައިގަންނަވަނީ ރިޔާސީ އިންތިޚާބުގައި އެމަނިކުފާނާއި ވާދަކުރައްވަން ނިކުމެ ވަޑައިގަތުން ކަމަށާއި، އަދި ރައްޔިތުންގެ ކިބައިން އެދިވަޑައިގަންނަވަނީ އަމާން ރާއްޖެއެއް ގާއިމްކުރުމަށް އަދި އިތުރު ދައުރެއް ދެއްވުމަށްކަމަށް ރައީސް ޞާލިހު ވިދާޅުވި އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Sep 2026
އެމްޑަބްލިއުއެސްސީގެ ޑްރައިވަރުންނަށް ޓްރެފިކް އެވެއާނަސް ޕްރޮގްރާމެއް ހިންގައިފި
ސެޕްޓެމްބަރު 8 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި އަލިއަޅުވައިލާފައިވަނީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހެދިފައިވާ އާންމު ގަވާއިދުތަކަށް ޑްރައިވަރުން އަހުލުވެރިކުރުމަށެވެ.
10 Sep 2026
ޔުއެފާ ޗެމްޕިއަންސްލީގް؛ ނަޕޯލީ އަތުން އާސެނަލަށް މޮޅެއް
އާސެނަލް އިން މި މެޗުގައި ޖުމްލަ 26 ހަމަލާ އަމާޒުކުރިއިރު، ޗެމްޕިއަންސް ލީގުގެ މެޗެއްގައި އާސެނަލުން މިހާތަނަށް އެންމެ ގިނަ ހަމަލާ އުފެއްދި ފަހަރެވެ
10 Sep 2026
ފަހަތުން އަރައި ފިއްލަދޫ އަތުން ކުޅުދުއްފުށި މޮޅުވެއްޖެ
މި މުބާރާތުގައި މިއަދުވެސް ދެ މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. ފުރަތަމަ ހަވީރު ކުޅޭ މެޗްގައި ބައްދަލުކުރާނީ ފިނޭ އާއި ކެލާ އެވެ. މިރޭ ކުޅޭ މެޗްގައި ބައްދަލުކުރާނީ ހަނިމާދޫ އާއި ވަށަފަރެވެ
10 Sep 2026
ވައިގަދަވާނެ ކަމަށް ލަފާކޮށް ބޮޑު ސަރަހައްދަކަށް ހުދު ސަމާލު ނެރެފި
މެޓުން ހުދު ސމަާލު ނެރުނީ ނ. އަތޮޅުން ފެށިގެން ލ. އަތޮޅާ ހަމައަށް ހުދު ސަމާލު ނެރެފިއެވެ.
10 Sep 2026
އެޕަލް ކުންފުނީގެ ފުރަތަމަ ފަށްޖެހޭ ފޯނު ”އައިފޯން ޑުއޯ“ ނެރެފި
ދުނިޔޭގެ މަޝްހޫރު ޓެކްނޮލޮޖީ ކުންފުނި، އެޕަލް އިން އެ ކުންފުނީގެ ތާރީޚުގައި ވެސް ފުރަތަމަ ފަހަރަށް ފަށްޖެހޭ ސްމާޓްފޯނު ބުދަ ދުވަހު ރަސްމީކޮށް ދައްކާލައިފިއެވެ. "އައިފޯން ޑުއޯ"ގެ ނަމުގައި ތަޢާރަފުކުރި މި އައު އުފެއްދުމަކީ، އެޕަލްގެ އެންމެ ވިޔަފާރި ރަނގަޅު އުފެއްދުންތަކުގެ ލައިނަށް އިތުރު ދިރުމެއް ގެނެސްދިނުމުގެ ގޮތުން ނެރުނު ފޯނެކެވެ.
09 Sep 2026
ދިއްދޫއިން ނޮޅިވަރަމް ބަލިކޮށް ހަމަޖެހިލައިފި
މުބާރާތުގައި ދެން ދިއްދޫ އެންމެ އަވަހަށް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ. އޭގެ ކުރިން ނޮޅިވަރަމް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ.
09 Sep 2026
ބިލެތްދޫގެ ރަށްވެހިކަން ދޫކޮށްލާނަމަ 5،000 ރުފިޔާގެ ފީއެއް ނަގަނީ
ބިލެތްދޫ ކައުންސިލުން މިފަދަ ނިންމުމެއް ނިންމާފައި މިވަނީ، ރަށުގެ ރަށްވެހިންގެ ގޮތުގައި ތިބޭ މީހުންގެ އަދަދު ދަށްވިޔަނުދީ ހިފެހެއްޓުމަށާއި ރަށުގެ އާބާދީ އިތުރުކުރުމަށް ހިތްވަރު ދިނުމުގެ މަގުސަދުގައި ކަމަށް މައުލޫމާތު ލިބެއެވެ
09 Sep 2026
ބިން ވިއްކުމުގެ މައްސަލަ ނިންމާނީ އޭސީސީ އާއި ޤާނޫނީ ލަފާވެސް ހޯދުމަށްފަހު
މިކަމުގައި ކަނޑައެޅިފައިވާ އުސޫލުތަކާ ޚިލާފަށް ޢަމަލުކޮށްފައިވޭތޯ ބެލުމަށް ހައުސިން މިނިސްޓްރީން އިސްނަގައިގެން މި މައްސަލަ އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅުމަށް ނިންމާފައިވާކަމަށް މިނިސްޓްރީން ބުންޏެވެ