ހޯމް މިނިސްޓަރު އިމްރާނު/ ފޮޓޯ: ވޮއިސް
ހަބަރު
17 Jul 2023 | 10:50
ރައީސް ޞާލިހު ދެވަނަ ދައުރުގައި މަގުމަތީ ހަރަކާތް ހިންގުން ނިނުމަކަށް ގެންނާނަން: އިމްރާނު

އަމާން ރާއްޖެއެއް ހޯދުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހަށް ވެރިކަމުގެ ދެވަނަ ދައުރެއް ލިބިވަޑައިގެންފި ނަމަ މަގުމަތީގައި މުޒާހަރާކޮށްގެން ސިޔާސީ ހަރަކާތްތައް ހިންގުން ނިމުމަކަށް ގެންނާނެކަމަށް ހޯމް މިނިސްޓަރު އިމްރާނު އަބްދުالله ވިދާޅުވެއްޖެ އެވެ. 

ހޯމް މިނިސްޓަރު އިމްރާނު އަބްދުالله މިފަދައިން ވިދާޅުވެފައިވަނީ މ އަތޮޅު ދިއްގަރުގައި ބޭއްވި ރައީސް ޞާލިހުގެ ރިޔާސީ ކެމްޕޭނު ޖަލްސާއެއްގައި ވާހަކަދައްކަވަމުން ނެވެ. 

ރައީސް ޞާލިހު ދިއްގަރަށް ވަޑައިގަތުމުން އެރަށުގައި ދިރިއުޅޭ ޕީޕީއެމްގެ ސަޕޯޓަރުން ވަނީ ރައީސް ޞާލިހުގެ އިސްތިއުފާއަށް ގޮވާލާ މުޒާހަރާކޮށްފަ އެވެ. އަދި ދިއްގަރުގައި ކުރިއަށް ގެންދިޔަ އެ މުޒާހަރާ ހޫނުވެ މުޒާހަރާގެ ތެރެއިން 3 މީހަކު ހައްޔަރުވެސް ކުރިއެވެ. 

ދިއްގަރު ޖަލްސާގައި ވާހަކަދައްކަވަމުން އިމްރާނު ވަނީ އެކަމަށް އަލިއަޅުވާލައްވާފަ އެވެ. 

އެގޮތުން އިމްރާނު ވިދާޅުވީ ރައީސް ޞާލިހުގެ ސިޔާސީ ވާދަވެރިން އަދިވެސް ތިއްބެވީ ވަރަށް ފަހަތުގައި ކަމަށެވެ. އެގޮތުން ސިޔާސީ ލީޑަރުން ރަށްރަށަށް އެރުމުން އެ ލީޑަރުންނާއި ދެކޮޅަށް މުޒާހަރާކޮށް އަޑުއުފުލުމަކީ މާޒީކަމަށާއި، މިހާރު ރައްޔިތުންގެ ޝުއޫރު ފާޅުކުރަން ޖެހޭނީ ލާ ވޯޓުންނާއި ވާ ވައުދުތަކުން ކަމަށެވެ. 

އެހެންކަމުން ރައީސްގެ ދެވަނަ ދައުރެއްގައި ސިޔާސީ ހަރަކާތްތައް އެފަދައިން ހިންގުން ހުއްޓުވާނެކަމަށް އިމްރާނު ވަނީ ވިދާޅުވެފަ އެވެ. 

"الله އިރާދަކުރެއްވިއްޔާ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހުގެ ސަރުކާރުގައި، އަންނަން އޮތް ސަރުކާރުގައި މިކަން އިތުރަށް ސާބިތުކޮށްދީ އަމާން ރާއްޖެއަކަށް މިރާއްޖެ ހަދާނަން. އެޖާގައެއް ނުދޭނަން. މިރާއްޖޭގައި ސިޔާސީ ހަރަކާތް ހިންގާކަށް ދެނެއް ގަޔަށް ލޮލަށް ބޮލަށް އަރާ ވެލިއުކާކަށް ޖާގައެއް ނުދޭނަން"

ހޯމް މިނިސްޓަރު އިމްރާނު

އެކަންކަން ފާހަގަކުރައްވާ އިމްރާނު ވަނީ ރައީސް ޞާލިހު ރަށްރަށަށް އަރާވަޑައިގަތުމުން އެމަނިކުފާނުގެ ވާދަވެރިން ނިކުމެ މުޒާހަރާކުރުން ހުއްޓާލުމަށް ގޮވާލައްވާފަ އެވެ.

އަދި އެކަން ނުހުއްޓައިފިނަމަ ރައީސްގެ ފަހަތްޕުޅުގައި ތިއްބެވި ބޭފުޅުން މާ ވަރުގަދަކަމާއެކު މުޒާހަރާއަށް ނިކުންނާނެ ކަމަށާއި އެ ހިސާބުން ހިފަހައްޓާ ނުލެވޭނެކަމަށް އިމްރާނު ވިދާޅުވި އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Sep 2026
އެމްޑަބްލިއުއެސްސީގެ ޑްރައިވަރުންނަށް ޓްރެފިކް އެވެއާނަސް ޕްރޮގްރާމެއް ހިންގައިފި
ސެޕްޓެމްބަރު 8 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި އަލިއަޅުވައިލާފައިވަނީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހެދިފައިވާ އާންމު ގަވާއިދުތަކަށް ޑްރައިވަރުން އަހުލުވެރިކުރުމަށެވެ.
10 Sep 2026
ޔުއެފާ ޗެމްޕިއަންސްލީގް؛ ނަޕޯލީ އަތުން އާސެނަލަށް މޮޅެއް
އާސެނަލް އިން މި މެޗުގައި ޖުމްލަ 26 ހަމަލާ އަމާޒުކުރިއިރު، ޗެމްޕިއަންސް ލީގުގެ މެޗެއްގައި އާސެނަލުން މިހާތަނަށް އެންމެ ގިނަ ހަމަލާ އުފެއްދި ފަހަރެވެ
10 Sep 2026
ފަހަތުން އަރައި ފިއްލަދޫ އަތުން ކުޅުދުއްފުށި މޮޅުވެއްޖެ
މި މުބާރާތުގައި މިއަދުވެސް ދެ މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. ފުރަތަމަ ހަވީރު ކުޅޭ މެޗްގައި ބައްދަލުކުރާނީ ފިނޭ އާއި ކެލާ އެވެ. މިރޭ ކުޅޭ މެޗްގައި ބައްދަލުކުރާނީ ހަނިމާދޫ އާއި ވަށަފަރެވެ
10 Sep 2026
ވައިގަދަވާނެ ކަމަށް ލަފާކޮށް ބޮޑު ސަރަހައްދަކަށް ހުދު ސަމާލު ނެރެފި
މެޓުން ހުދު ސމަާލު ނެރުނީ ނ. އަތޮޅުން ފެށިގެން ލ. އަތޮޅާ ހަމައަށް ހުދު ސަމާލު ނެރެފިއެވެ.
10 Sep 2026
އެޕަލް ކުންފުނީގެ ފުރަތަމަ ފަށްޖެހޭ ފޯނު ”އައިފޯން ޑުއޯ“ ނެރެފި
ދުނިޔޭގެ މަޝްހޫރު ޓެކްނޮލޮޖީ ކުންފުނި، އެޕަލް އިން އެ ކުންފުނީގެ ތާރީޚުގައި ވެސް ފުރަތަމަ ފަހަރަށް ފަށްޖެހޭ ސްމާޓްފޯނު ބުދަ ދުވަހު ރަސްމީކޮށް ދައްކާލައިފިއެވެ. "އައިފޯން ޑުއޯ"ގެ ނަމުގައި ތަޢާރަފުކުރި މި އައު އުފެއްދުމަކީ، އެޕަލްގެ އެންމެ ވިޔަފާރި ރަނގަޅު އުފެއްދުންތަކުގެ ލައިނަށް އިތުރު ދިރުމެއް ގެނެސްދިނުމުގެ ގޮތުން ނެރުނު ފޯނެކެވެ.
09 Sep 2026
ދިއްދޫއިން ނޮޅިވަރަމް ބަލިކޮށް ހަމަޖެހިލައިފި
މުބާރާތުގައި ދެން ދިއްދޫ އެންމެ އަވަހަށް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ. އޭގެ ކުރިން ނޮޅިވަރަމް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ.
09 Sep 2026
ބިލެތްދޫގެ ރަށްވެހިކަން ދޫކޮށްލާނަމަ 5،000 ރުފިޔާގެ ފީއެއް ނަގަނީ
ބިލެތްދޫ ކައުންސިލުން މިފަދަ ނިންމުމެއް ނިންމާފައި މިވަނީ، ރަށުގެ ރަށްވެހިންގެ ގޮތުގައި ތިބޭ މީހުންގެ އަދަދު ދަށްވިޔަނުދީ ހިފެހެއްޓުމަށާއި ރަށުގެ އާބާދީ އިތުރުކުރުމަށް ހިތްވަރު ދިނުމުގެ މަގުސަދުގައި ކަމަށް މައުލޫމާތު ލިބެއެވެ
09 Sep 2026
ބިން ވިއްކުމުގެ މައްސަލަ ނިންމާނީ އޭސީސީ އާއި ޤާނޫނީ ލަފާވެސް ހޯދުމަށްފަހު
މިކަމުގައި ކަނޑައެޅިފައިވާ އުސޫލުތަކާ ޚިލާފަށް ޢަމަލުކޮށްފައިވޭތޯ ބެލުމަށް ހައުސިން މިނިސްޓްރީން އިސްނަގައިގެން މި މައްސަލަ އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅުމަށް ނިންމާފައިވާކަމަށް މިނިސްޓްރީން ބުންޏެވެ