ރައީސް ޞާލިޙް ފެލިދުއަށް ވަޑައިގަތުން---ފޮޓޯ: އެމްޑީޕީ
ހަބަރު
17 Jul 2023 | 21:31
ރައީސް ޞާލިހު މ އަތޮޅަށާއި ވ އަތޮޅަށް ކުރެއްވި ކެމްޕެއިން ދަތުރުފުޅު ނިންމަވާލައްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު މ އަތޮޅަށާއި ވ އަތޮޅަށް ކުރެއްވި ކެމްޕެއިން ދަތުރުފުޅު ނިންމަވާލައްވާފިއެވެ.

އެގޮތުން މ އަތޮޅުގެ ރަށްތަކުގެ ތެރެއިން ރައީސް ޞާލުހު ވަޑައިގެންފައިވަނީ ކޮޅުފުށި، މުލި، ނާލަފުށި، މުލަކު، ރަތްމަންދޫ، މަޑުއްވަރީ، ދިއްގަރު އަދި ވޭވަށަށެވެ.

މިއާއިއެކު ވ އަތޮޅުގެ ރަށްތަކުގެ ތެރެއިން ރައީސް ޞާޅިހު ވަޑައިގެންފައިވަނީ ރަކީދޫ، ކެޔޮދޫ، ފެލިދޫ، ތިނަދޫ އަދި ފުލިދޫ އަށެވެ.

އެމަނިކުފާނުގެ އަރިހުގައި ދައުލަތުގެ ވަޒިރުންނާއި ރައްޔިތުން މަޖިލީހުގެ މެމްބަރުންނާއި ކޯލިޝަންގެ އިސް ބޭފުޅުން ވަނީ ވަޑައިގެންފައެވެ.

އަދި ކޮންމެ ރަށެއްގައި ބޭއްވުނު ރަސްމިއްޔާޓުގައި ވާހަކަފުޅު ދައްކަވައި އެނިކުފާނު ވަނީ ބައެއް ރަށްރަށުގައި ނިމިފައި ހުރި މަޝްރޫއުތައް އިފްތިތާހް ކޮށްދެއްވާފައެވެ.

ރައީސް ޞާޅިހުގެ ވާހަފުޅުގައި އެމަނިކުފާނު ވަނީ ކޮންމެ ރަށެއްގައި ވެސް 2018 ވަނަ އަހަރު އެމަނިކުފާނު ވެރިކަމަށް އައިރު ވެފައިވާ ވައުދުތަކަށް އަލިއަޅުވާލައި، ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އެމަނިކުފާނަށް އިތުރު ދައުރެއް ލިބިއްޖެނަމަ ކޮށްދެއްވާނެ ކަންތައްތަކުގެ ވާހަކަފުޅު ދައްކަވާފައެވެ.

ބައެއް ރަށްރަށުގައި އިދިކޮޅު ޕީޕއެމް އަށް ތާއީދު ކުރައްވާ ރައްޔިތުން ވަނީ ރައީސް ޞާލިހު ވަޑައިގަތުމުން މުޒާހަރާވެސް ކޮށްފައެވެ.

މިއަދު މި ދަތުރުފުޅު ނިންމާލައްވާ ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ ވާހަކަފުޅު ދައްކަވާފައެވެ.

އެގޮތުން ރަނިންގ މޭޓުގެ މަޝްބަރާ ކުރިއަށް ދާކަމަށާއި ރައީސް ނަޝީދުގެ ދަ ޑިމޮކްރެޓްސްއަށް ވުރެ ޕީޕީއެމް ޗެލެންޖަކަށް ވާނެ ކަމަށް ރައީށް ޞާލިހު ވަނީ ވިދާޅުވެފައެވެ

މިދިޔަ ހަފްތާގައި ރައީށް ޞާލިހާއި އެމަނިކުފާނުގެ ކެމްޕެއިން ޓީމް ވަނީ ށ އަތޮޅާއި ކ ގުރައިދޫގެ ދާއިރާގެ ރަށްރަށަށްވެސް ވަޑައިގެންފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Sep 2026
އެޕަލް ކުންފުނީގެ ފުރަތަމަ ފަށްޖެހޭ ފޯނު ”އައިފޯން ޑުއޯ“ ނެރެފި
ދުނިޔޭގެ މަޝްހޫރު ޓެކްނޮލޮޖީ ކުންފުނި، އެޕަލް އިން އެ ކުންފުނީގެ ތާރީޚުގައި ވެސް ފުރަތަމަ ފަހަރަށް ފަށްޖެހޭ ސްމާޓްފޯނު ބުދަ ދުވަހު ރަސްމީކޮށް ދައްކާލައިފިއެވެ. "އައިފޯން ޑުއޯ"ގެ ނަމުގައި ތަޢާރަފުކުރި މި އައު އުފެއްދުމަކީ، އެޕަލްގެ އެންމެ ވިޔަފާރި ރަނގަޅު އުފެއްދުންތަކުގެ ލައިނަށް އިތުރު ދިރުމެއް ގެނެސްދިނުމުގެ ގޮތުން ނެރުނު ފޯނެކެވެ.
09 Sep 2026
ދިއްދޫއިން ނޮޅިވަރަމް ބަލިކޮށް ހަމަޖެހިލައިފި
މުބާރާތުގައި ދެން ދިއްދޫ އެންމެ އަވަހަށް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ. އޭގެ ކުރިން ނޮޅިވަރަމް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ.
09 Sep 2026
ބިލެތްދޫގެ ރަށްވެހިކަން ދޫކޮށްލާނަމަ 5،000 ރުފިޔާގެ ފީއެއް ނަގަނީ
ބިލެތްދޫ ކައުންސިލުން މިފަދަ ނިންމުމެއް ނިންމާފައި މިވަނީ، ރަށުގެ ރަށްވެހިންގެ ގޮތުގައި ތިބޭ މީހުންގެ އަދަދު ދަށްވިޔަނުދީ ހިފެހެއްޓުމަށާއި ރަށުގެ އާބާދީ އިތުރުކުރުމަށް ހިތްވަރު ދިނުމުގެ މަގުސަދުގައި ކަމަށް މައުލޫމާތު ލިބެއެވެ
09 Sep 2026
ބިން ވިއްކުމުގެ މައްސަލަ ނިންމާނީ އޭސީސީ އާއި ޤާނޫނީ ލަފާވެސް ހޯދުމަށްފަހު
މިކަމުގައި ކަނޑައެޅިފައިވާ އުސޫލުތަކާ ޚިލާފަށް ޢަމަލުކޮށްފައިވޭތޯ ބެލުމަށް ހައުސިން މިނިސްޓްރީން އިސްނަގައިގެން މި މައްސަލަ އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅުމަށް ނިންމާފައިވާކަމަށް މިނިސްޓްރީން ބުންޏެވެ
09 Sep 2026
ދޯދި އަދި އުދަރެސްގައި އުޅޭ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ހާއްސަ މަސައްކަތްތަކެއް
އެފްޑީސީން ބުނީ މި މަސައްކަތުގެ ދަށުން އެ ޓަވަރުތަކުގައި ކުޑަކުދިންނާއި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ދިރިއުޅޭ ޔުނިޓުތައް ފާހަގަކޮށް، ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ މުހިންމު ފިޔަވަޅުތައް މިހާރު އަޅަން ފަށާފައިވާކަމަށެވެ
09 Sep 2026
މާރުކުރުމުގެ ލައިސަންސް ނެތް ފަރާތްތަކާ މުއާމަލާތް ނުކުރޭ: އެމްއެމްއޭ
އެމްއެމްއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަދުގެ ނިޔަލަށް ބޭރު ފައިސާ މާރުކުރުމުގެ ލައިސަންސް ދޫކޮށްފައިވަނީ ޖުމްލަ 59 ފަރާތަކަށެވެ.
09 Sep 2026
މާލެ ސަރަހައްދުގެ ޓްރެފިކް މޮނިޓަރ ކުރެވޭނެ ސެންޓަރެއް ގާއިމްކުރަނީ
މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ މުއައްސަސާތައް ގުޅިގެން ޓްރެފިކް މައްސަލައަށް ހައްލު ހޯދޭނެ ގޮތެއް ރައީސްގެ އެބައޮތްކަމަށާއި، ސެންޓަރެއް ގާއިމްކޮށް ރިއަލް ޓައިމްގައި އެކަން ކުރެވޭނެ ނިޒާމެއް ގާއިމްކޮށް އެކަން ސަރުކާރުން ކުރާނޭކަމަށެވެ.
09 Sep 2026
ޤަވާއިދާ ހިލާފަށް ބޭރުފައިސާ ވިއްކުމާ ގުޅޭ 65 މައްސަލަ މިހާތަނަށް ރިޕޯޓްކުރި
އޮންލައިންކޮށް މިފަދަ ޣައިރުޤާނޫނީ މުޢާމަލާތްތައް ހިންގަމުންދިޔަ 16 ޕްލެޓްފޯމެއްގެ ތަފްޞީލު ވެސް މި މެސެޖުތަކުގެ ތެރެއިން ޓާސްކްފޯހަށް ވަނީ ލިބިފައެވެ.