ރައީސް ނަޝީދު ބ. ފެހެންދޫގައި
ހަބަރު
18 Jul 2023 | 13:26
ދަ ޑިމޮކްރެޓްސްގެ ސިޔާސަތު 'ފަސޭހަ ވިޔަފާރި' 36 ރަށެއްގައި ލޯންޗް ކުރަނީ!

ދަ ޑިމޮކްރެޓްސްގެ ސިޔާސަތު 'ފަސޭހަ ވިޔަފާރި' 36 ރަށެއްގައި ލޯންޗް ކުރުމުގެ ހަރަކާތްތައް ފަށައިފިއެވެ.

މިކަމާއި ގުޅިގެން ދަ ޑިމޮކްރެޓްސް އިން ބުނެފައިވަނީ ދިވެހިރާއްޖޭގެ ހުރިހާ ކަންކޮޅެއްގައި ޑިމޮކްރެޓްސްގެ ސިޔާސަތު 'ފަސޭހަ ވިޔަފާރި' ލޯންޗުކުރުމަށް 36 ރަށެއްގައި ޕާޓީގެ ޓީމްތަކުން އެކި ހަރަކާތްތައް މިއަދާއި މާދަމާ ހިންގަމުންދާނެ ކަމަށެވެ.

އެގޮތުން މި ޓީމްތަކުގެ ތެރޭގައި މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި، ޕާޓީއަށް ތާއީދު ކުރައްވާ މަޖިލިސް މެންބަރުންނާއި، އަތޮޅު ކައުންސިލް ރައީސުންނާއި، ކައުންސިލަރުން ހިމެނި ވަޑައިގަންނަވާ ކަމަށް ޑިމޮކްރެޓްސް އިން ވަނީ ބުނެފައެވެ.

މިއާއިއެކު އިސްތިއުފާ ދެއްވި މިނިސްޓަރުންނާއި ސްޓޭޓް، ޑިޕިއުޓީ މިނިސްޓަރުންނާއި، މެނޭޖިންގ ޑިރެކްޓަރުންނާއި، ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރުންނާއި، އެގްޒެކެޓިވް ޑައިރެކްޓަރުންނާއި، ވިމެން ޑިމޮކްރެޓްސްގެ އިތުރުން ޔަންގް ޑިމޮކްރެޓްސްއާއި ވެޓެރަންސް ކްލަބް އަދި އެންމެހާ ޑިމޮކްރަޓުން އެއްވާނެެއްގައި ނިކުންނާނެ ކަމަށް ޑިމޮކްރެޓްސް އިން ވަނީ ބުނެފައެވެ.

36 ރަށުގެ ތެރޭގައި ހިމެނެނީ އަންނަނިިވި ރަށްތަކެވެ:

-ހއ އަތޮޅު: ހޯރަފުށި، ދިއްދޫ

-ހދ އަތޮޅު: ކުޅުދުއްފުށި، ވައިކަރަދޫ

-ށ އަތޮޅު: ބިލެތްފަހި، މިލަންދޫ، ކޮމަންޑޫ

-ނ އަތޮޅު: ކެނދިކުޅުދޫ، ވެލިދޫ، ކުޑަފަރި

-ރ އަތޮޅު: އުނގޫފާރު، ދުވާފަރު، މަޑުއްވަރީ

-ބ އަތޮޅު: ތުޅާދޫ

-ޅ އަތޮޅު: ނައިފަރު، ކުރެންދޫ

-ކ އަތޮޅު: މާފުށި، ގުރައިދޫ، މާލެ

-އއ އަތޮޅު: ރަސްދޫ، ތޮއްޑޫ، އުކުޅަސް، މާޅޮސް، ހިމަންދޫ

-އދ އަތޮޅު: މާމިގިލި، މަހިބަދޫ

-ވ އަތޮޅު: ކެޔޮދޫ

-ފ އަތޮޅު: ބިލެތްދޫ، މާގޫދޫ

-ދ އަތޮޅު: ކުޑަހުވަދޫ

-ތ އަތޮޅު: ގުރައިދޫ

-ލ އަތޮޅު: ގަން، އިސްދޫ

ގއ އަތޮޅު: ވިލނގިލި

ޏ އަތޮޅު: ފުވައްމުލައް، އައްޑޫ

މިއަދު ބ. ފުޅަދޫއަށް ވަޑައިގަތުމަށްފަހު ރައީސް ނަޝީދު މިހާރު ހުންނެވީ ބ އަތޮޅު ފެހެންދޫގައެވެ. އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވާ އެމަނިކުފާނު ވަނީ ފެހެންދޫގެ ކުނި ވަކި ކުރުމާއި ބެލެހެއްޓުމުގެ އޮޕަރޭޝަންތައް ބައްލަވާލައްވާފައެވެ.

ފެހެންދޫއަށްފަހު ބ އަތޮޅުގެ އެކި ރަށްރަށަށް ރައީސް ނަޝީދު ވަޑައިގަންނަވާނެ ކަމަށާއި ދަތުރުގެ އެންމެ ފަހު މަންޒިލަކީ ބ. ތުޅާދު ކަމަށް ޑިމޮކްރެޓްސް އިން ވަނީ ބުނެފައެވެ.

އަދި މި ރަށުގައި އޮންނަ ޑިމޮކްރެޓްސް ގެ 'ފަސޭހަ ވިޔަފާރި' ސިޔާސަތު ލޯންޗް ކުރުމުގެ މައި ހަރަކާތުގައި ރައީސް ނަޝިދު އިސްވެ އުޅުއްވާނެ ކަމަށް ވެސް އެ ޕާޓީއިން ވަނީ ބުނެފައެވެ.

ރައީސް ނަޝީދުގެ އިތުރުން މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު އިސްވެ ހުންނަވާ ހއ. ދިއްދޫއަށް ވަޑައިގެން ދޮރުން ދޮރަށް ހިނގުމުގެ ހަރަކާތްތައް ދަނީ ކުރިއަށް ގެންދަމުންނެވެ.

ދަ ޑިމޮކްރެޓްސް އަކީ ރައީސް ނަޝީދަށް ތާއިދު ކުރައްވާ ބޭފުޅުން އިސްވެ ހުންނަވައިގެން އުފައްދާފައިވާ ޕާޓީއެކެވެ. މި ޕާޓީއިން ރިޔާސީ ކެނޑިޑޭޓެއް ނެރޭނެ ކަމަށް އިއުލާނު ކޮށްފައިވާއިރު މި ހަފްތާގެ ތެރޭގައި ޕްރައިމަރީއަށް ކުރިމަތިލުމަށް ހުޅުވާލާނެ ކަމަށް އެޕާޓީއިން ވަނީ ބުނެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Sep 2026
އެޕަލް ކުންފުނީގެ ފުރަތަމަ ފަށްޖެހޭ ފޯނު ”އައިފޯން ޑުއޯ“ ނެރެފި
ދުނިޔޭގެ މަޝްހޫރު ޓެކްނޮލޮޖީ ކުންފުނި، އެޕަލް އިން އެ ކުންފުނީގެ ތާރީޚުގައި ވެސް ފުރަތަމަ ފަހަރަށް ފަށްޖެހޭ ސްމާޓްފޯނު ބުދަ ދުވަހު ރަސްމީކޮށް ދައްކާލައިފިއެވެ. "އައިފޯން ޑުއޯ"ގެ ނަމުގައި ތަޢާރަފުކުރި މި އައު އުފެއްދުމަކީ، އެޕަލްގެ އެންމެ ވިޔަފާރި ރަނގަޅު އުފެއްދުންތަކުގެ ލައިނަށް އިތުރު ދިރުމެއް ގެނެސްދިނުމުގެ ގޮތުން ނެރުނު ފޯނެކެވެ.
09 Sep 2026
ދިއްދޫއިން ނޮޅިވަރަމް ބަލިކޮށް ހަމަޖެހިލައިފި
މުބާރާތުގައި ދެން ދިއްދޫ އެންމެ އަވަހަށް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ. އޭގެ ކުރިން ނޮޅިވަރަމް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ.
09 Sep 2026
ބިލެތްދޫގެ ރަށްވެހިކަން ދޫކޮށްލާނަމަ 5،000 ރުފިޔާގެ ފީއެއް ނަގަނީ
ބިލެތްދޫ ކައުންސިލުން މިފަދަ ނިންމުމެއް ނިންމާފައި މިވަނީ، ރަށުގެ ރަށްވެހިންގެ ގޮތުގައި ތިބޭ މީހުންގެ އަދަދު ދަށްވިޔަނުދީ ހިފެހެއްޓުމަށާއި ރަށުގެ އާބާދީ އިތުރުކުރުމަށް ހިތްވަރު ދިނުމުގެ މަގުސަދުގައި ކަމަށް މައުލޫމާތު ލިބެއެވެ
09 Sep 2026
ބިން ވިއްކުމުގެ މައްސަލަ ނިންމާނީ އޭސީސީ އާއި ޤާނޫނީ ލަފާވެސް ހޯދުމަށްފަހު
މިކަމުގައި ކަނޑައެޅިފައިވާ އުސޫލުތަކާ ޚިލާފަށް ޢަމަލުކޮށްފައިވޭތޯ ބެލުމަށް ހައުސިން މިނިސްޓްރީން އިސްނަގައިގެން މި މައްސަލަ އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅުމަށް ނިންމާފައިވާކަމަށް މިނިސްޓްރީން ބުންޏެވެ
09 Sep 2026
ދޯދި އަދި އުދަރެސްގައި އުޅޭ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ހާއްސަ މަސައްކަތްތަކެއް
އެފްޑީސީން ބުނީ މި މަސައްކަތުގެ ދަށުން އެ ޓަވަރުތަކުގައި ކުޑަކުދިންނާއި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ދިރިއުޅޭ ޔުނިޓުތައް ފާހަގަކޮށް، ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ މުހިންމު ފިޔަވަޅުތައް މިހާރު އަޅަން ފަށާފައިވާކަމަށެވެ
09 Sep 2026
މާރުކުރުމުގެ ލައިސަންސް ނެތް ފަރާތްތަކާ މުއާމަލާތް ނުކުރޭ: އެމްއެމްއޭ
އެމްއެމްއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަދުގެ ނިޔަލަށް ބޭރު ފައިސާ މާރުކުރުމުގެ ލައިސަންސް ދޫކޮށްފައިވަނީ ޖުމްލަ 59 ފަރާތަކަށެވެ.
09 Sep 2026
މާލެ ސަރަހައްދުގެ ޓްރެފިކް މޮނިޓަރ ކުރެވޭނެ ސެންޓަރެއް ގާއިމްކުރަނީ
މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ މުއައްސަސާތައް ގުޅިގެން ޓްރެފިކް މައްސަލައަށް ހައްލު ހޯދޭނެ ގޮތެއް ރައީސްގެ އެބައޮތްކަމަށާއި، ސެންޓަރެއް ގާއިމްކޮށް ރިއަލް ޓައިމްގައި އެކަން ކުރެވޭނެ ނިޒާމެއް ގާއިމްކޮށް އެކަން ސަރުކާރުން ކުރާނޭކަމަށެވެ.
09 Sep 2026
ޤަވާއިދާ ހިލާފަށް ބޭރުފައިސާ ވިއްކުމާ ގުޅޭ 65 މައްސަލަ މިހާތަނަށް ރިޕޯޓްކުރި
އޮންލައިންކޮށް މިފަދަ ޣައިރުޤާނޫނީ މުޢާމަލާތްތައް ހިންގަމުންދިޔަ 16 ޕްލެޓްފޯމެއްގެ ތަފްޞީލު ވެސް މި މެސެޖުތަކުގެ ތެރެއިން ޓާސްކްފޯހަށް ވަނީ ލިބިފައެވެ.