ރީކޯ މޫސާ މަނިކު އަދި ފައްޔާޒް އިސްމާއިލް---ފޮޓޯ: އެމްޑީޕީ
ހަބަރު
18 Jul 2023 | 17:44
ރީކޯ މޫސާ ފައްޔާޒްއަށް: ޗެއާޕާސަން އަކަށް ހުންނަންވާނީ ޒާތީނުވެ ޕާޓީގެ މެމްބަރުންނާއެކު އުޅެވޭ މީހެއް

އެމްޑީޕީގެ މިހާރުގެ ޗެއާޕާސަން އަދި އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް، ރައީސުލްޖުމްހޫރިއްޔާގެ ރަނިން މޭޓްއަށް ޝައުގުވެރިވާ ކަމުގެ ވާހަކަދައްކަވަނީ އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ރީކޯ މޫސާ މަނިކު ކަމަށް ވިދާޅުވުމުން އެކަމަށް ރީކޯމޫސަ ރައްދު ދެއްވާއިފިއެވެ.

ފައްޔާޒް މިއަދު މިފަދައިން ވިދާޅުވީ ރަނިން މޭޓަށް ފައްޔާޒް އާއި ފޮރިން މިނިސްޓަރ އަބްދުالله ޝާހިދުއާއި މިހާރު ނައިބު ރައީސްގެ މަޤާމްގައި ހުންނެވި ފައިސަލް ނަސީމް ވާދަކުރައްވާ ކަމަށް ދެކެވެމުން އަންނަ ވާހަކަތަކާއި ގުޅިގެންނެވެ.

އެގޮތުން ފައްޔާޒް ކުރައްވި ޓްވީޓުގައި ވިދާޅުވީ އޭނާގެ އެއްވެސް ޝައުގެއް (އިންޓެރެސްޓްއެއް) ރަނިން މޭޓް ކަމަށް ނެތް ކަމަށެވެ.

އެހެންނަމަވެސް ކޮންމެސް ސަބަބަކާ ހުރެ މި ވާހަކަދައްކަވަނީ ރީކޯ މޫސާ މަނިކު ކަމަށް ފައްޔާޒް ވިދާޅުވިއެވެ. އަދި މިއީ ވަރަށް ދެރަކަމެއް ކަމަށް ފައްޔާޒް ވަނީ ފާހަގަކުރައްވާފައެވެ.

މިކަމަށް ރައްދު ދެއްވާ ރީކޯ ކުރެއްވި ޓްވީޓުުގައި ވިދާޅުވީ އެމްޑީޕީގެ ޗެއާޕާސަން އަކަށް ހުންނަން ވާނީ އާންމު މެމްބަރުންނާއި ޒާތީނުވެ ޕާޓީގެ މެމްބަރުންނާއިއެކު އުޅެވޭނެ މީހެއް ކަމަށެވެ.

މިއާއިއެކު ނޫސްވެރިންގެ އާޓިކަލްތަކުގެ ސަބަބުން އާންމު ތަންތަނުގައި ރީކޯ މޫސައާއި ދިމާ ކުރުމަކީ ފައްޔާޒް ވެސް ކޮށްގެން ވާނެ ކަމެއް ނޫން ކަމަށް ރީކޯ ވިދާޅުވިއެވެ. އަދި ކަނޑައެޅިގެން ދޮގު ވާހަކަ ނުފެތުރުމަށް ރީކޯ ވަނީ އެދިފައެވެ.

އިއްޔެ ރައީސް ޞާލިހުގެ ކެމްޕެއިން ދަތުރު ނިންމަވާލެއްވުމަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ރަނިންމޭޓް ކަމަށް ކަނޑައަޅާނެ ބޭފުޅަކާއި ގުޅޭގޮތުން ކޮންމެ ރެއަކުހެން އެކި ބޭފުޅުންނާއި މަޝްވަރާތައް ކުރައްވާ ކަމަށާ، އަދި އެ ބޭފުޅުން އެކި ނަންތައް ހުށަހަޅުއްވަމުން ގެންދަވާ ކަމަށެވެ.

މީގެ އިތުރުން ކޯލިޝަންގައި ހިމެނޭ ޕާޓީއެއްގެ ތެރެއިން ރަނިންމޭޓަކު ކަނޑައަޅުއްވާފާނެތޯ ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން އެމަނިކުފާނު ވިދާލުވީ، އެފަދައިން ކަން ކުރުމުގެ ފުރުސަތު ވެސް އޮތް ކަމަށެވެ. އަދި ރަނިންމޭޓަކީ ކޮން ބޭފުޅެއްކަން މިހާރު އިއުލާން ނުކުރި ނަމަވެސް، އެމަނިކުފާނުގެ ކެންޑިޑެސީ ފޯމުގައި އެ ބޭފުޅެއްގެ ނަން އޮންނާނެ ކަމަށް ރައީސް ޞާލިހު ވިދާޅުވި އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Sep 2026
އެޕަލް ކުންފުނީގެ ފުރަތަމަ ފަށްޖެހޭ ފޯނު ”އައިފޯން ޑުއޯ“ ނެރެފި
ދުނިޔޭގެ މަޝްހޫރު ޓެކްނޮލޮޖީ ކުންފުނި، އެޕަލް އިން އެ ކުންފުނީގެ ތާރީޚުގައި ވެސް ފުރަތަމަ ފަހަރަށް ފަށްޖެހޭ ސްމާޓްފޯނު ބުދަ ދުވަހު ރަސްމީކޮށް ދައްކާލައިފިއެވެ. "އައިފޯން ޑުއޯ"ގެ ނަމުގައި ތަޢާރަފުކުރި މި އައު އުފެއްދުމަކީ، އެޕަލްގެ އެންމެ ވިޔަފާރި ރަނގަޅު އުފެއްދުންތަކުގެ ލައިނަށް އިތުރު ދިރުމެއް ގެނެސްދިނުމުގެ ގޮތުން ނެރުނު ފޯނެކެވެ.
09 Sep 2026
ދިއްދޫއިން ނޮޅިވަރަމް ބަލިކޮށް ހަމަޖެހިލައިފި
މުބާރާތުގައި ދެން ދިއްދޫ އެންމެ އަވަހަށް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ. އޭގެ ކުރިން ނޮޅިވަރަމް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ.
09 Sep 2026
ބިލެތްދޫގެ ރަށްވެހިކަން ދޫކޮށްލާނަމަ 5،000 ރުފިޔާގެ ފީއެއް ނަގަނީ
ބިލެތްދޫ ކައުންސިލުން މިފަދަ ނިންމުމެއް ނިންމާފައި މިވަނީ، ރަށުގެ ރަށްވެހިންގެ ގޮތުގައި ތިބޭ މީހުންގެ އަދަދު ދަށްވިޔަނުދީ ހިފެހެއްޓުމަށާއި ރަށުގެ އާބާދީ އިތުރުކުރުމަށް ހިތްވަރު ދިނުމުގެ މަގުސަދުގައި ކަމަށް މައުލޫމާތު ލިބެއެވެ
09 Sep 2026
ބިން ވިއްކުމުގެ މައްސަލަ ނިންމާނީ އޭސީސީ އާއި ޤާނޫނީ ލަފާވެސް ހޯދުމަށްފަހު
މިކަމުގައި ކަނޑައެޅިފައިވާ އުސޫލުތަކާ ޚިލާފަށް ޢަމަލުކޮށްފައިވޭތޯ ބެލުމަށް ހައުސިން މިނިސްޓްރީން އިސްނަގައިގެން މި މައްސަލަ އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅުމަށް ނިންމާފައިވާކަމަށް މިނިސްޓްރީން ބުންޏެވެ
09 Sep 2026
ދޯދި އަދި އުދަރެސްގައި އުޅޭ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ހާއްސަ މަސައްކަތްތަކެއް
އެފްޑީސީން ބުނީ މި މަސައްކަތުގެ ދަށުން އެ ޓަވަރުތަކުގައި ކުޑަކުދިންނާއި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ދިރިއުޅޭ ޔުނިޓުތައް ފާހަގަކޮށް، ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ މުހިންމު ފިޔަވަޅުތައް މިހާރު އަޅަން ފަށާފައިވާކަމަށެވެ
09 Sep 2026
މާރުކުރުމުގެ ލައިސަންސް ނެތް ފަރާތްތަކާ މުއާމަލާތް ނުކުރޭ: އެމްއެމްއޭ
އެމްއެމްއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަދުގެ ނިޔަލަށް ބޭރު ފައިސާ މާރުކުރުމުގެ ލައިސަންސް ދޫކޮށްފައިވަނީ ޖުމްލަ 59 ފަރާތަކަށެވެ.
09 Sep 2026
މާލެ ސަރަހައްދުގެ ޓްރެފިކް މޮނިޓަރ ކުރެވޭނެ ސެންޓަރެއް ގާއިމްކުރަނީ
މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ މުއައްސަސާތައް ގުޅިގެން ޓްރެފިކް މައްސަލައަށް ހައްލު ހޯދޭނެ ގޮތެއް ރައީސްގެ އެބައޮތްކަމަށާއި، ސެންޓަރެއް ގާއިމްކޮށް ރިއަލް ޓައިމްގައި އެކަން ކުރެވޭނެ ނިޒާމެއް ގާއިމްކޮށް އެކަން ސަރުކާރުން ކުރާނޭކަމަށެވެ.
09 Sep 2026
ޤަވާއިދާ ހިލާފަށް ބޭރުފައިސާ ވިއްކުމާ ގުޅޭ 65 މައްސަލަ މިހާތަނަށް ރިޕޯޓްކުރި
އޮންލައިންކޮށް މިފަދަ ޣައިރުޤާނޫނީ މުޢާމަލާތްތައް ހިންގަމުންދިޔަ 16 ޕްލެޓްފޯމެއްގެ ތަފްޞީލު ވެސް މި މެސެޖުތަކުގެ ތެރެއިން ޓާސްކްފޯހަށް ވަނީ ލިބިފައެވެ.