ވިލިމާލެ ދާއިރާގެ މެމްބަރު އަހްމަދު އުޝާމް---ފޮޓޯ: މަޖިލިސް
ހަބަރު
18 Jul 2023 | 22:13
ފުއްގިރި މައްސަލައިގަ ރައީސް ޔާމީން ޖަލުގަ, ތުހުމަތު ކުރެވޭ ކުންފުނިތަކުގެ އިސްވެރިން ކެމްޕެއިންގަ: އުޝާމް

ފުއްގިރި މައްސަލައިގަ ޕީޕީއެމް ޕީއެންސީ ކޯލިޝަންގެ ރައީސް އަދި ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްޤައްޔޫމް ޖަލުގައި އޮންނެވިިއިރު, މި މައްސަލާގައި ތުހުމަތު ކުރެވޭ ކުންފުނިތަކުގެ އިސްވެރިން އުޅުއްވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް ޞާލިހުގެ ކެމްޕެއިންގައި ކަމަށް ރައްޔިތުން މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެމްބަރު އަހްމަދު އުޝާމް ވިދާޅުވެއްޖެއެވެ.

އެގޮތުން މިހެން ވިދާޅުވެ އުޝާމް ކުރެއްވި ޓްވީޓުގައި ވަނީ ރައީސް ޞާލިހު އާއި އެމްޑީއޭގެ ރައީސް އަހްމަދު ސިޔާމް މުހައްމަދުގެ ފޮޓޯއެއް ލާފައެވެ.

އުޝާމް ވިދާޅުވީ ފުއްގިރި މައްސަލާގައި މަނީ ލޯންޑަރިންގެ ދައުވާ ލިބޭ ރައީސް ޔާމީން ޖަލުގައި އޮންނެވިއިރު މިމައްސަލާގައި މަނީ ލޯންޑަރ ކޮށްދިންކަމަށް ތުހުމަތު ކުރެވޭ ކުންފުނިތަކުގެ އިސްވެރިން އުޅުއްވަނީ ރައީސް ޞާލިހުގެ އަރިހުގައި ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގައި ކަމަށެވެ.

އަދި މިއީވެސް ހަމަހަމަކަމާ އަދުލުވެރިކަމާ އިންސާފުވެރިކަންތޯ އުޝާމް ވަނީ ސުވާލު އުފައްދާފައެވެ.

އުޝާމް މިހެން ވިދާޅުވެފައިވާއިރު މިއަދު ފުއްގިރި މައްސަލާގައި ބޭއްވުނު އަޑުއެހުމުގައި ހެކިންގެ ހެކިބަސް ނެގުމުގެ މަރުހަލާގައި ސިޔާމް އާއި އެމްޑީއޭގެ ނައިބު ރައީސް އަލީ މައުރޫފު ވަނީ ހެކި ދިނުމަށް އިންކާރުކޮށްފައެވެ. އަދި ދައުލަތުން ވަނީ އެމީހުންގެ ހެކިބަސް ނަގަން ބޭނުންނުވާ ކަމަށް ފާހަގަކޮށްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Sep 2026
އެޕަލް ކުންފުނީގެ ފުރަތަމަ ފަށްޖެހޭ ފޯނު ”އައިފޯން ޑުއޯ“ ނެރެފި
ދުނިޔޭގެ މަޝްހޫރު ޓެކްނޮލޮޖީ ކުންފުނި، އެޕަލް އިން އެ ކުންފުނީގެ ތާރީޚުގައި ވެސް ފުރަތަމަ ފަހަރަށް ފަށްޖެހޭ ސްމާޓްފޯނު ބުދަ ދުވަހު ރަސްމީކޮށް ދައްކާލައިފިއެވެ. "އައިފޯން ޑުއޯ"ގެ ނަމުގައި ތަޢާރަފުކުރި މި އައު އުފެއްދުމަކީ، އެޕަލްގެ އެންމެ ވިޔަފާރި ރަނގަޅު އުފެއްދުންތަކުގެ ލައިނަށް އިތުރު ދިރުމެއް ގެނެސްދިނުމުގެ ގޮތުން ނެރުނު ފޯނެކެވެ.
09 Sep 2026
ދިއްދޫއިން ނޮޅިވަރަމް ބަލިކޮށް ހަމަޖެހިލައިފި
މުބާރާތުގައި ދެން ދިއްދޫ އެންމެ އަވަހަށް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ. އޭގެ ކުރިން ނޮޅިވަރަމް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ.
09 Sep 2026
ބިލެތްދޫގެ ރަށްވެހިކަން ދޫކޮށްލާނަމަ 5،000 ރުފިޔާގެ ފީއެއް ނަގަނީ
ބިލެތްދޫ ކައުންސިލުން މިފަދަ ނިންމުމެއް ނިންމާފައި މިވަނީ، ރަށުގެ ރަށްވެހިންގެ ގޮތުގައި ތިބޭ މީހުންގެ އަދަދު ދަށްވިޔަނުދީ ހިފެހެއްޓުމަށާއި ރަށުގެ އާބާދީ އިތުރުކުރުމަށް ހިތްވަރު ދިނުމުގެ މަގުސަދުގައި ކަމަށް މައުލޫމާތު ލިބެއެވެ
09 Sep 2026
ބިން ވިއްކުމުގެ މައްސަލަ ނިންމާނީ އޭސީސީ އާއި ޤާނޫނީ ލަފާވެސް ހޯދުމަށްފަހު
މިކަމުގައި ކަނޑައެޅިފައިވާ އުސޫލުތަކާ ޚިލާފަށް ޢަމަލުކޮށްފައިވޭތޯ ބެލުމަށް ހައުސިން މިނިސްޓްރީން އިސްނަގައިގެން މި މައްސަލަ އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅުމަށް ނިންމާފައިވާކަމަށް މިނިސްޓްރީން ބުންޏެވެ
09 Sep 2026
ދޯދި އަދި އުދަރެސްގައި އުޅޭ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ހާއްސަ މަސައްކަތްތަކެއް
އެފްޑީސީން ބުނީ މި މަސައްކަތުގެ ދަށުން އެ ޓަވަރުތަކުގައި ކުޑަކުދިންނާއި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ދިރިއުޅޭ ޔުނިޓުތައް ފާހަގަކޮށް، ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ މުހިންމު ފިޔަވަޅުތައް މިހާރު އަޅަން ފަށާފައިވާކަމަށެވެ
09 Sep 2026
މާރުކުރުމުގެ ލައިސަންސް ނެތް ފަރާތްތަކާ މުއާމަލާތް ނުކުރޭ: އެމްއެމްއޭ
އެމްއެމްއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަދުގެ ނިޔަލަށް ބޭރު ފައިސާ މާރުކުރުމުގެ ލައިސަންސް ދޫކޮށްފައިވަނީ ޖުމްލަ 59 ފަރާތަކަށެވެ.
09 Sep 2026
މާލެ ސަރަހައްދުގެ ޓްރެފިކް މޮނިޓަރ ކުރެވޭނެ ސެންޓަރެއް ގާއިމްކުރަނީ
މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ މުއައްސަސާތައް ގުޅިގެން ޓްރެފިކް މައްސަލައަށް ހައްލު ހޯދޭނެ ގޮތެއް ރައީސްގެ އެބައޮތްކަމަށާއި، ސެންޓަރެއް ގާއިމްކޮށް ރިއަލް ޓައިމްގައި އެކަން ކުރެވޭނެ ނިޒާމެއް ގާއިމްކޮށް އެކަން ސަރުކާރުން ކުރާނޭކަމަށެވެ.
09 Sep 2026
ޤަވާއިދާ ހިލާފަށް ބޭރުފައިސާ ވިއްކުމާ ގުޅޭ 65 މައްސަލަ މިހާތަނަށް ރިޕޯޓްކުރި
އޮންލައިންކޮށް މިފަދަ ޣައިރުޤާނޫނީ މުޢާމަލާތްތައް ހިންގަމުންދިޔަ 16 ޕްލެޓްފޯމެއްގެ ތަފްޞީލު ވެސް މި މެސެޖުތަކުގެ ތެރެއިން ޓާސްކްފޯހަށް ވަނީ ލިބިފައެވެ.