މިއަދު ބޭއްވި ބައްދަލުވުމަށްފަހު ތިން ލީޑަރުން ނޫސްވެރިނާއި ވާހަކަދައްކަވަނީ-- ފޮޓޯ/ދެން
ހަބަރު
19 Jul 2023 | 14:51
ޑިމޮކްރެޓްސް ގެ ޕްރައިމަރީގައި ވާދަ ނުކުރައްވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވެއްޖެ!

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި، މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް ތާއިދު ކުރައްވާ މެންބަރުން އުފައްދާފައިވާ އައު ޕާޓީ، ދަ ޑިމޮކްރެޓްސް ގެ ފަރާތުން ވާދަކުރައްވާނެ ކެންޑިޑޭޓަކު ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީގައި އެމަނިކުފާނު ވާދަ ނުކުރައްވާނެ ކަމަށް ވިދާޅުވެއްޖެއެވެ. 

ރިޔާސީ އިންތިހާބާއި ގުޅޭ މުހިންމު މަޝްވަރާތަކެއް ކުރެއްވުމަށް ރައީސް ނަޝީދާއި، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އަދި އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމް މިއަދު ވަނީ ޖުމްހޫރީ ޕާޓީގެ މައި އޮފީސް، ކުނޫޒުގައި ބައްދަލު ކުރައްވާފައެވެ. 

އެ ބައްދަލުވުމަށްފަހު ނޫސްވެރިއަކު ވަނީ، ރައީސް ނަޝީދު ދާދިފަހުން ގުޅިވަޑައިގެންނެވި ޑިމޮކްރެޓްސް ގެ ޕްރައިމަރީގައި ވާދަކުރައްވާނެ ތޯ ސުވާލު ކޮށްފައެވެ. 

އެ ސުވާލުގެ ޖަވާބު ދެއްވަމުން "ނޫން" ވިދާޅުވުން ފިޔަވައި އިތުރު އެއްވެސް ތަފްސީލެއް އެއްޗެއް އެމަނިކުފާނު ދެއްވާފައެއް ނުވެއެވެ. 

ރައީސް ނަޝީދު މިފަދައިން ވިދާޅުވެފައި ވާއިރު، މިއަދުގެ ބައްދަލުވުމުގައި ޕީޕީއެެމާއި، އެމްއާރްއެމް އާއި ވާހަކަ ދައްކައިގެން އެއް ކެންޑިޑޭޓަކު ނެރެން އެމަނިކުފާނާއި ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމާއި މޯލްޑިވްސް ނެޝަނަލް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނާޒިމް ވަނީ އެބަސްވެވަޑައިގެންފައެވެ. 

"އަޅުގަނޑުމެންނަށް މިއަދު އެއްބަސްވެވިއްޖެ މި ތިން ޕާޓީން ވެސް ވާހަކަ ދައްކައިގެން އަދި ޕީޕީއެމާ އެމްއާރްއެމާއެކު ވެސް ވާހަކަ ދައްކައިގެން އެއް ކެންޑިޑޭޓަކު ނެރެން އަޅުގަނޑުމެންނަށް އެއްބަސްވެވޭ ކަމަށްވާނަމަ ކުރިއަށް ދިއުމަށް އަޅުގަނޑުމެން ތިން ޕާޓީގެ އިސް ތިން ބޭފުޅުންނަށް އެއްބަސްވެވިއްޖެ،" ގާސިމް ވިދާޅުވި އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Sep 2026
ޤުރުއާން ކިޔެވުމުގެ 38 ވަނަ ގައުމީ މުބާރާތުގެ ރަންވަނަތައް އިޒުޢާން، އާޔަން އަދި ޒީކަށް
ޙާފިޡުގެ ގޮފިން، މުޅި މުބާރާތުން އެއް ވަނަ ޚާޞިލްކޮށްފައިވަނީ އިސްމާޢީލް އިޒުޢާން އިބްރާހީމްއެވެ. މުޅި މުބާރާތުން ނުބަލާ ކިޔެވުމުގެ ގޮފިން އެެއް ވަނަ ޚާޞިލްކޮށްފައިވަނީ ޢާއިޝަތު ޒީކް ރިޔާޟްއެވެ.
25 Sep 2026
މަސްޖިދުލްޙަރާމްގެ އިމާމު ޑރ ޔާސިރް އައްދައުސަރީ ރާއްޖެ ވަޑައިގަންނަވަނީ
މިއީ 43 އަހަރު ފަހުން މަސްޖިދުލް ޙަރަމްގެ އިމާމަކު ރާއްޖެވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.
24 Sep 2026
ފަހު ހާފްގައި ޖެހި ލަނޑުތަކާއެކު ޗައިނާއިން ދިވެހިރާއްޖެ ބަލިކޮށްފި
އީތަން އަދި އިލާން ނުލައި ރާއްޖެ ނުކުތް މި މެޗުގެ ފުރަތަމަ ހާފްގައި، ޗައިނާ ކުޅުންތެރިން ފޮނުވާލި ގިނަ ހަމަލާތައް ރާއްޖޭގެ ކީޕަރު ވަނީ ވަރަށް ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.
24 Sep 2026
ގަން އެއާޕޯޓުން 3,345 ގްރާމުގެ ކެނަބިސް އަތުލައިގެންފި
މި ތަކެތި ފެނިފައިވަނީ ސެޕްޓެމްބަރު 22 ވަނަ ދުވަހު ގަން އިންޓަރނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެ އެތެރެވި އިންޑިއާގެ ދެ ރައްޔިތެއްގެ ފޮށިތައް ބަލައި ފާސްކުރުމުގެ ތެރޭގައެވެ.
24 Sep 2026
ބާރަށުގައި ރޭގަނޑު 9 ގެ ފަހުން ދަރިވަރުން ބޭރުގައި އުޅުން މަނާކޮށްފި
ޒަރޫރީ ބޭނުމެއް ނެތި ރޭގަނޑު ނުވައެއް ޖެހުމަށް ފަހު، ބެލެނިވެރިއަކާއެކު މެނުވީ ދަރިވަރުން ބޭރުގައި
24 Sep 2026
އެމްޓީސީސީގެ މަސައްކަތްތަކަށް ޔޫއޭއީ ކުންފުންޏަކުން އިންވެސްޓުކުރުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފި
ޔޫއޭއީގެ އެންއެމްޑީސީއާ އެމްޓީސީސީ ގުޅިގެން ރާއްޖޭގައި މަޝްރޫޢުތައް ހިންގުމާއި ޑްރެޖިންގ ސަޕޯޓާއި މުވައްޒަފުން ތަމްރީނުކުރުމާ ގުޅޭ ގޮތުން އަބޫދާބީގައި މަޝްވަރާކޮށް، އެއްބަސްވުމެއްގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ.
24 Sep 2026
ހިލޭ ޑިގްރީ ސްކީމުގައި ބައިވެރިވި ދެބައިކުޅަ އެއްބައި ދަރިވަރުން ކޯސް ނުނިންމާ
އެ ރިޕޯޓުގައި ދިރާސާކޮށްފައި ވަނީ ހިލޭ ޑިގްރީ ސްކީމް ހިންގުމުގައި ކަންކަން އޮތް ގޮތެވެ. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ) އާއި ކިޔަވައިދޭ އެކި މަރުކަޒުތަކުން ހޯދި ތަފާސްހިސާބުތައް ދައްކާ ގޮތުން އެ މުއްދަތުގައި ޖުމްލަ 11641 ދަރިވަރުން ސްކީމުގައި ބައިވެރިވެފައިވެއެވެ. ނަމަވެސް ކޯސް ނިންމައިގެން ނުކުމެފައި ވަނީ 5833 ދަރިވަރުންނެވެ.
24 Sep 2026
ޗައިނާއާ އޮތީ ވަރަށް ގާތްގުޅުމެއް، އެ ގުޅުމުގެ ފައިދާ ވަރަށް ބޮޑު: ރައީސް
ރައީސް ވިދާޅުވީ ދެ ގައުމުގެ ގުޅުން ބިނާވެފައި އޮތީ އިހްތިރާމްގެ މައްޗަށް ކަމަށާ ރާއްޖެއާ ޗައިނާގެ ގުޅުމަކީ ފައިދާހުރި ގުޅުމެއް ކަމަަށެވެ. އެ ގުޅުމުގެ ފައިދާ މުސްތަގުބަލުގައި ވެސް ލިބިގެންދާނެ ކަމަށް ވިދާޅުވި އެވެ.