ޤާސިމް ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން/ ފޮޓޯ: ދެން
ހަބަރު
19 Jul 2023 | 16:49
ނެރޭނެ ކެންޑިޑޭޓަކާއި މެދު އެއްބަސް ނުވެވިއްޖެއްޔާ ނިކުންނާނީ ވަކިން: ޤާސިމް

މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދި ޞާލިހާއި ވާދަކުރަން އިދިކޮޅު ސިޔާސީ ޕާޓީތައް ގުޅިގެން އެއް ކެންޑިޑޭޓެއް ނެރުމަށް ކުރާ މަސައްކަތުން އެއްބަސް ވެވޭ ކެންޑިޑޭޓެއް ނުދެއްކިއްޖެ ނަމަ، އިންތިޚާބުގައި ވަކިން ވާދަކުރައްވާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ޤާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ. 

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި މި ސަރުކާރު ބަދަލުކުރަން ޖެހޭކަމަށް ޤަބޫލުކުރާ ގިނަ ސިޔާސީ ޕާޓީތަކުން ދަނީ އެކުގައި މަސައްކަތް ކުރާނެ ގޮތަކާއި ގުޅޭގޮތުން މަޝްވަރާތައް ކުރަން ފަށާފައެވެ. 

އެގޮތުން މިއަދު ޖުމްހޫރީ ޕާޓީގެ މައި އޮފީހުގައި ޖޭޕީގެ ލީޑަރު ޤާސިމާއި އެމްއެންޕީގެ ރައީސް ނާޒިމާއި، ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވަނީ މަޝްވަރާ ބައްދަލުވުމެއް ބާއްވާފަ އެވެ. 

އެ ބައްދަލުވުމަށް ފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ތިން ޕާޓީގެ ލީޑަރުން ވިދާޅުވީ ކޮމަން ކެންޑިޑޭޓެއް ނެރުމަށް ތިން ލީޑަރުންނަށް ވެސް އެއްބަސްވެވޭ ކަމަށެވެ. އަދި ކޮމަން ކެންޑިޑޭޓެއް ނެރުމާއި ގުޅޭގޮތުން ޕީޕީއެމާއި މަޝްވަރާތައް ކުރާނެ ކަމަށެވެ. 

ރިޔާސީ އިންތިޚާބަށް އެންމެންނަށް އެއްބަސްވެވޭ ކެންޑިޑޭޓެއް ނެރުމަށް ޕީޕީއެމާއެކު މަޝްވަރާކޮށް އެއްބަސްވުމަކަށް އާދެވިއްޖެ ނަމަ އެގޮތަށް އެކަން ކުރައްވާނެކަމަށް ތިން ލީޑަރުން ވެސް ވަނީ ވިދާޅުވެފަ އެވެ. 

އެކަން ފާހަގަކުރައްވާ ޖުމްހޫރީ ޕާޓީގެ ލީޑަރު ވިދާޅުވީ ކަމެއް ކާމިޔާބު ކުރުމަށް ގުޅިގެން އެކުގައި އެކަތިގަނޑެއްގެ ގޮތުގައި މަސައްކަތް ކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ. 

އެހެން ނަމަވެސް ރައީސް ޞާލިހާއި ވާދަކުރުމަށް ގިނަ ޕާޓީތަކުން އެކުވެގެން އެއް ކެންޑިޑޭޓަކު ނެރުމާއި މެދު އެއްބަސް ނުވެވިއްޖެ ނަމަ، ރިޔާސީ އިންތިޚާބަށް ވަކިން ނިކުންނާނެކަމަށް ޤާސިމް ވަނީ ވިދާޅުވެފަ އެވެ. 

"އަޅުގަނޑުމެން މި ކުރާ މަސައްކަތަކީ މިހާރު ގައުމު މި އޮތް ހިސާބުން ކުރިއަށްދިއުމަށްޓަކައި އަޅުގަނޑުމެން އެމްއާރުއެމާއި ޕީޕީއެމާއި ވެސް ވާހަކަދައްކާފައި، އަޅުގަނޑުމެން އެއް ކެންޑިޑޭޓެއް ނެރެވޭނެގޮތަށް އެބޭފުޅުންނަށް ވެސް އެއްބަސްވެވޭކަމަށް ވަންޏާ އަޅުގަނޑުމެން އެގޮތަށް ކުރިއަށް ދާނީ. އެހެން ނޫން ނަމަ މިހާރު މިއޮތް ގޮތަށް މެޝިން ކުރިއަށް ދާނެ ވަކިވަކިން"

ޤާސިމް އިބްރާހިމް

ރިޔާސީ އިންތިޚާބު ބޯމަތިވެފައި ވާއިރު، ގިނަ ސިޔާސީ ޕާޓީތަކުން ބުނަމުން ދަނީ މި ވެރިކަން ބަދަލުކުރަން ޖެހޭ ކަމަށެވެ. އަދި ސިޔާސީ ޕާޓީތަކުން ދަނީ ރިޔާސީ އިންތިޚާބުން ރައީސް ޞާލިހު ބަލިކުރުމަށް ކުރެވެން އޮތް ކަންކަމާއި ގުޅޭގޮތުން މަޝްވަރާ ކުރަމުންނެވެ. 

އެހެން ނަމަވެސް އިންތިޚާބުގައި ކޮމަން ކެންޑިޑޭޓެއް ނެރުމަކީ ޚިޔާލު ތަފާތު މައްސަލައެކެވެ.

އެގޮތުން ޕީޕީއެމުން ބުނަމުންދަނީ އެ ޕާޓީގެ ކެންޑިޑޭޓަކީ ރައީސް ޔާމިނު ކަމަށެވެ. އަދި އެ ނޫން ކެންޑިޑޭޓަކާއި ދޭތެރޭ ނުވެސް ވިސްނާކަމަށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Sep 2026
ޤުރުއާން ކިޔެވުމުގެ 38 ވަނަ ގައުމީ މުބާރާތުގެ ރަންވަނަތައް އިޒުޢާން، އާޔަން އަދި ޒީކަށް
ޙާފިޡުގެ ގޮފިން، މުޅި މުބާރާތުން އެއް ވަނަ ޚާޞިލްކޮށްފައިވަނީ އިސްމާޢީލް އިޒުޢާން އިބްރާހީމްއެވެ. މުޅި މުބާރާތުން ނުބަލާ ކިޔެވުމުގެ ގޮފިން އެެއް ވަނަ ޚާޞިލްކޮށްފައިވަނީ ޢާއިޝަތު ޒީކް ރިޔާޟްއެވެ.
25 Sep 2026
މަސްޖިދުލްޙަރާމްގެ އިމާމު ޑރ ޔާސިރް އައްދައުސަރީ ރާއްޖެ ވަޑައިގަންނަވަނީ
މިއީ 43 އަހަރު ފަހުން މަސްޖިދުލް ޙަރަމްގެ އިމާމަކު ރާއްޖެވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.
24 Sep 2026
ފަހު ހާފްގައި ޖެހި ލަނޑުތަކާއެކު ޗައިނާއިން ދިވެހިރާއްޖެ ބަލިކޮށްފި
އީތަން އަދި އިލާން ނުލައި ރާއްޖެ ނުކުތް މި މެޗުގެ ފުރަތަމަ ހާފްގައި، ޗައިނާ ކުޅުންތެރިން ފޮނުވާލި ގިނަ ހަމަލާތައް ރާއްޖޭގެ ކީޕަރު ވަނީ ވަރަށް ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.
24 Sep 2026
ގަން އެއާޕޯޓުން 3,345 ގްރާމުގެ ކެނަބިސް އަތުލައިގެންފި
މި ތަކެތި ފެނިފައިވަނީ ސެޕްޓެމްބަރު 22 ވަނަ ދުވަހު ގަން އިންޓަރނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެ އެތެރެވި އިންޑިއާގެ ދެ ރައްޔިތެއްގެ ފޮށިތައް ބަލައި ފާސްކުރުމުގެ ތެރޭގައެވެ.
24 Sep 2026
ބާރަށުގައި ރޭގަނޑު 9 ގެ ފަހުން ދަރިވަރުން ބޭރުގައި އުޅުން މަނާކޮށްފި
ޒަރޫރީ ބޭނުމެއް ނެތި ރޭގަނޑު ނުވައެއް ޖެހުމަށް ފަހު، ބެލެނިވެރިއަކާއެކު މެނުވީ ދަރިވަރުން ބޭރުގައި
24 Sep 2026
އެމްޓީސީސީގެ މަސައްކަތްތަކަށް ޔޫއޭއީ ކުންފުންޏަކުން އިންވެސްޓުކުރުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފި
ޔޫއޭއީގެ އެންއެމްޑީސީއާ އެމްޓީސީސީ ގުޅިގެން ރާއްޖޭގައި މަޝްރޫޢުތައް ހިންގުމާއި ޑްރެޖިންގ ސަޕޯޓާއި މުވައްޒަފުން ތަމްރީނުކުރުމާ ގުޅޭ ގޮތުން އަބޫދާބީގައި މަޝްވަރާކޮށް، އެއްބަސްވުމެއްގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ.
24 Sep 2026
ހިލޭ ޑިގްރީ ސްކީމުގައި ބައިވެރިވި ދެބައިކުޅަ އެއްބައި ދަރިވަރުން ކޯސް ނުނިންމާ
އެ ރިޕޯޓުގައި ދިރާސާކޮށްފައި ވަނީ ހިލޭ ޑިގްރީ ސްކީމް ހިންގުމުގައި ކަންކަން އޮތް ގޮތެވެ. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ) އާއި ކިޔަވައިދޭ އެކި މަރުކަޒުތަކުން ހޯދި ތަފާސްހިސާބުތައް ދައްކާ ގޮތުން އެ މުއްދަތުގައި ޖުމްލަ 11641 ދަރިވަރުން ސްކީމުގައި ބައިވެރިވެފައިވެއެވެ. ނަމަވެސް ކޯސް ނިންމައިގެން ނުކުމެފައި ވަނީ 5833 ދަރިވަރުންނެވެ.
24 Sep 2026
ޗައިނާއާ އޮތީ ވަރަށް ގާތްގުޅުމެއް، އެ ގުޅުމުގެ ފައިދާ ވަރަށް ބޮޑު: ރައީސް
ރައީސް ވިދާޅުވީ ދެ ގައުމުގެ ގުޅުން ބިނާވެފައި އޮތީ އިހްތިރާމްގެ މައްޗަށް ކަމަށާ ރާއްޖެއާ ޗައިނާގެ ގުޅުމަކީ ފައިދާހުރި ގުޅުމެއް ކަމަަށެވެ. އެ ގުޅުމުގެ ފައިދާ މުސްތަގުބަލުގައި ވެސް ލިބިގެންދާނެ ކަމަށް ވިދާޅުވި އެވެ.