ޖޭސީއައިއެމްއާއި ކޮމަންވެލްތްގެ މެމްބަރުން
ހަބަރު
20 Jul 2023 | 16:25
ޖޭސީއައިއެމް އާއި ކޮމަންވެލްތް ސެކްރެޓޭރިއެޓްގެ ޕްރީ އިލެކްޝަން ޓީމް ބައްދަލުކޮށްފި

ކޮމަންވެލްތް ސެކްރެޓޭރިއެޓްގެ ޕްރީ އިލެކްޝަންސް އެސެސްމެންޓް ޓީމް (ޕީއީއޭއެމް) އާއި ޖޫނިއާ ޗެމްބާ އިންޓަނޭޝަނަލް މޯލްޑިވްސް (ޖޭސީއައިއެމް) ގެ ރައީސް އަހްމަދު ފާރިހު މުހައްމަދާއި އެ ޖަމިއްޔާގެ ސެނެޓަރ ހަސަން ފަޔާޒް ބައްދަލުކުރައްވާފިއެވެ.

އެގޮތުން މިމަހު 18 ގައި ހޮޓެލް ޖެންގައި ބޭއްވުނު މި ބައްދަލުވުމުގައި ޖޭސީއައިއެމްގެ ރައީސް ފާރިހު ވަނީ ސިޔާސީ ކަންކަމުގައި ޒުވާނުންނާއި މަދަނީ ޖަމިއްޔާގެ މެންބަރުން ބައިވެރިވުމުގެ މުހިންމުކަމާއި ގުޅޭ ގޮތުން މަޝްވަރާ ކުރައްވާފައެވެ.

އަދި މިހާރަށްވުރެ ހަރުދަނާ އަދި ހުރިހާ ފަރާތްތައް ހިމެނޭ ފަދަ އިންތިޚާބީ ނިޒާމެއް އުފެއްދުމަށްޓަކައި ނިންމުންތައް ނިންމާއިރު ޒުވާނުން ބައިވެރިކުރުމުގެ މުހިންމު ކަން ފާހަގަކުރައްވާފައެވެ.

މިއާއިއެކު ސަރުކާރާއި އާންމުންނާއި ދެމެދު އޮންނަ އިތުބާރު ވަރުގަދަ ކުރުމަށްޓަކައި ސަރުކާރު ޖަވާބުދާރީކުރުވުމާއި، ހާމަކަން ބޮޑު ގޮތެއްގައި ކަންކަން ކުރުމާއި ވެރިކަން ކުރުމުގައި ރަނގަޅު އުސޫލުތައް ގެންގުޅުމަކީ ވަރަށް ބޮޑަށްވެސް ބޭނުންވެފައިވާ ކަމެއްގެ ގޮތުގައި ފާރިހު ވަނީ އަލިއަޅުއްވާފައެވެ.

ޕެނަލްގެ މަޝްވަރާގައި ސެނެޓަރ ފަަޔާޒް ވަނީ ފާރިހުގެ ޝުއޫރުތައް ތަކުރާރުކުރައްވާފައެވެ. އެގޮތުން ފަޔާޒް ވަނީ ތަރައްޤީއަށް ހުރަސްއެޅޭ ސިޔާސީ ފިއްތުންތައް ކުޑަކުރުމުގެ މުހިންމެ ކަމަށް އަލިއަޅުއްވާފައެވެ.

އަދި ސިޔާސީ ގޮތުން ހުރި ގުޅުމަށް ބެލުމެއްނެތި ކޮންމެ ފަރުދެއްވެސް ސިޔާސީ މަރުހަލާތަކުގައި އިންސާފުވެރި އަދި ހަމަހަމަ ގޮތެއްގައި ބައިވެރިވެވޭނެ ހާލަތްތަކެއް ޤާއިމްކުރުމުގެ މުހިންމުކަން ވެސް ފަޔާޒް ވަނީ ފާހަގަކުރައްވާފައެވެ.

މިއާއިއެކު މިއަށްވުރެ ތަފާތުކުރުން ކުޑަ، ތަނަވަސް މުޖުތަމައެއް ބިނާކުރުމަށްޓަކައި ރަނގަޅު ވެރިކަމެއްގެ ބޭނުންތެރިކަމަށް ވެސް ފަޔާޒް ވަނީ އަލިއަޅުވާލައިފައެވެ.

މީގެ އިތުރުން ފާރިހާއި ފަޔާޒު ވަނީ ޑިމޮކްރެޓިކް އިޖުރާއަތްތައް ކުރިއެރުވުމާއި މިނިވަން އިންސާފުވެރި އިންތިހާބުތައް ކަށަވަރުކުރުމުގައި ކޮމަންވެލްތްގެ ޕީއީއޭއެމް އިން ކުރާ މަސައްކަތަށް ޝުކުރު އަދާކުރައްވާފައެވެ.

އެގޮތުން ޕީއީއޭއެމް އިން އަޙްލާޤާއި ހަމަތައް ދަމަހައްޓައި ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތަށް ފާރިހާއި ފަޔާޒު ވަނީ ޝުކުރު އަދާކުރައްވާފައެވެ.

މި ކަންކަމުން ދައްކުވައިދެނީ ޖޭސީއައިއެމް އާއި އެކުންފުނީގެ މަންދޫބުން ރާއްޖޭގެ ސިޔާސީ ކަންކަމުގައި ޒުވާނުންގެ ބައިވެރިވުމަށާއި، ޖަވާބުދާރީކުރުވުމަށާއި، ރަނގަޅު ވެރިކަމެއް ކުރިއެރުވުމަށް ކުރާ މަސައްކަތެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Sep 2026
އެޕަލް ކުންފުނީގެ ފުރަތަމަ ފަށްޖެހޭ ފޯނު ”އައިފޯން ޑުއޯ“ ނެރެފި
ދުނިޔޭގެ މަޝްހޫރު ޓެކްނޮލޮޖީ ކުންފުނި، އެޕަލް އިން އެ ކުންފުނީގެ ތާރީޚުގައި ވެސް ފުރަތަމަ ފަހަރަށް ފަށްޖެހޭ ސްމާޓްފޯނު ބުދަ ދުވަހު ރަސްމީކޮށް ދައްކާލައިފިއެވެ. "އައިފޯން ޑުއޯ"ގެ ނަމުގައި ތަޢާރަފުކުރި މި އައު އުފެއްދުމަކީ، އެޕަލްގެ އެންމެ ވިޔަފާރި ރަނގަޅު އުފެއްދުންތަކުގެ ލައިނަށް އިތުރު ދިރުމެއް ގެނެސްދިނުމުގެ ގޮތުން ނެރުނު ފޯނެކެވެ.
09 Sep 2026
ދިއްދޫއިން ނޮޅިވަރަމް ބަލިކޮށް ހަމަޖެހިލައިފި
މުބާރާތުގައި ދެން ދިއްދޫ އެންމެ އަވަހަށް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ. އޭގެ ކުރިން ނޮޅިވަރަމް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ.
09 Sep 2026
ބިލެތްދޫގެ ރަށްވެހިކަން ދޫކޮށްލާނަމަ 5،000 ރުފިޔާގެ ފީއެއް ނަގަނީ
ބިލެތްދޫ ކައުންސިލުން މިފަދަ ނިންމުމެއް ނިންމާފައި މިވަނީ، ރަށުގެ ރަށްވެހިންގެ ގޮތުގައި ތިބޭ މީހުންގެ އަދަދު ދަށްވިޔަނުދީ ހިފެހެއްޓުމަށާއި ރަށުގެ އާބާދީ އިތުރުކުރުމަށް ހިތްވަރު ދިނުމުގެ މަގުސަދުގައި ކަމަށް މައުލޫމާތު ލިބެއެވެ
09 Sep 2026
ބިން ވިއްކުމުގެ މައްސަލަ ނިންމާނީ އޭސީސީ އާއި ޤާނޫނީ ލަފާވެސް ހޯދުމަށްފަހު
މިކަމުގައި ކަނޑައެޅިފައިވާ އުސޫލުތަކާ ޚިލާފަށް ޢަމަލުކޮށްފައިވޭތޯ ބެލުމަށް ހައުސިން މިނިސްޓްރީން އިސްނަގައިގެން މި މައްސަލަ އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅުމަށް ނިންމާފައިވާކަމަށް މިނިސްޓްރީން ބުންޏެވެ
09 Sep 2026
ދޯދި އަދި އުދަރެސްގައި އުޅޭ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ހާއްސަ މަސައްކަތްތަކެއް
އެފްޑީސީން ބުނީ މި މަސައްކަތުގެ ދަށުން އެ ޓަވަރުތަކުގައި ކުޑަކުދިންނާއި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ދިރިއުޅޭ ޔުނިޓުތައް ފާހަގަކޮށް، ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ މުހިންމު ފިޔަވަޅުތައް މިހާރު އަޅަން ފަށާފައިވާކަމަށެވެ
09 Sep 2026
މާރުކުރުމުގެ ލައިސަންސް ނެތް ފަރާތްތަކާ މުއާމަލާތް ނުކުރޭ: އެމްއެމްއޭ
އެމްއެމްއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަދުގެ ނިޔަލަށް ބޭރު ފައިސާ މާރުކުރުމުގެ ލައިސަންސް ދޫކޮށްފައިވަނީ ޖުމްލަ 59 ފަރާތަކަށެވެ.
09 Sep 2026
މާލެ ސަރަހައްދުގެ ޓްރެފިކް މޮނިޓަރ ކުރެވޭނެ ސެންޓަރެއް ގާއިމްކުރަނީ
މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ މުއައްސަސާތައް ގުޅިގެން ޓްރެފިކް މައްސަލައަށް ހައްލު ހޯދޭނެ ގޮތެއް ރައީސްގެ އެބައޮތްކަމަށާއި، ސެންޓަރެއް ގާއިމްކޮށް ރިއަލް ޓައިމްގައި އެކަން ކުރެވޭނެ ނިޒާމެއް ގާއިމްކޮށް އެކަން ސަރުކާރުން ކުރާނޭކަމަށެވެ.
09 Sep 2026
ޤަވާއިދާ ހިލާފަށް ބޭރުފައިސާ ވިއްކުމާ ގުޅޭ 65 މައްސަލަ މިހާތަނަށް ރިޕޯޓްކުރި
އޮންލައިންކޮށް މިފަދަ ޣައިރުޤާނޫނީ މުޢާމަލާތްތައް ހިންގަމުންދިޔަ 16 ޕްލެޓްފޯމެއްގެ ތަފްޞީލު ވެސް މި މެސެޖުތަކުގެ ތެރެއިން ޓާސްކްފޯހަށް ވަނީ ލިބިފައެވެ.